ޚަބަރު / ސިއްހަތު

މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު ކުރިއަށް ދެވޭނެ: އަމީން

ށ. ފުނަދު ދާއި ބ. އޭދަފުށީ ފެސިލިޓީގެ ކޮވިޑް ފެސލިޓީ ހުޅުވުމުގެ ހަފުލާގައި ހެލްތު މިނިސްޓަރު އަމީން އޮންލައިންކޮށް މިރޭ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހެލްތު މިނިސްޓްރީ

ކޮވިޑް-19 އިން އަރައިގަތުމަށް އެޅި ފިޔަވަޅުތަކަށް ލުއި ދިނުމާއެކު، އެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައި ވިޔަސް މިހާރު އަޅާފައިވާ ފިޔަވަޅުތަކުގައި ކުރިއަށް ދެވޭނެ ކަމަށް ސިއްހީ ތަޖުރިބާކާރުން ލަފާދެއްވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ވިދާޅެއްޖެ އެވެ.

ކޮވިޑް-19 އަށް ފަރުވާ ދިނުމަށް އަތޮޅުތެރޭގައި ގާއިމު ކުރި ހަތް ފެސިލިޓީގެ ތެރެއިން ށ. ފުނަދު ދާއި ބ. އޭދަފުށީ ކޮވިޑް ފެސިލިޓީ ހުޅުވުމަށް އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަމީން ވިދާޅުވީ، އެ ބަލީގެ ނުރައްކަލަށް އަދި ބަދަލެއް ނާންނަ ކަމަށާއި އެ ބައްޔަށް ފަރުވާއެއް ވެސް ލިބިފައި ނުވާ ކަމަށެވެ. އެހެންކަމުން ބަލިން ރައްކާތެރި ވުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް މެދުކެނޑުމެއް ނެތި އަޅަން ޖެހޭ ކަމަށް އަމީން ވިދާޅުވި އެވެ.

"ފަހަތަށް ދިޔަ ދުވަސްތަކަކީ ލުއި ދުވަސްތަކެއް ނޫން. އަދި ކުރިއަށް އޮތް ދުވަސް ތަކަކީ އެއަށް ވުރެ މާ ބުރަ ދުވަސްތަކެއް. ވަކިން ހާއްސަ ގޮތެއްގައި ސިއްހީ ހިދުމަތްތެރީންނަށް ބުރަ ދުވަސްތަކެއް،" އަމީން ވިދާޅުވި އެވެ.

"އެއީ ކޮވިޑް ފެތުރޭ މިންވަރު އިތުރުވެގެން އެބަދޭ. ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރު ވެގެން އެބަ ދޭ. ހޮސްޕިޓަލްގައި އެޑްމިޓް ކުރެވޭ މީހުންގެ އަދަދު އިތުރު ވެގެން އެބަދޭ."

މިނިސްޓަރު ވިދާޅުވި ގޮތުގައި، މިހާ ހިސާބަށް އާދެވުނުއިރު ދަސްވި ކަންކަމަށް ބަލާއިރު މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު ކުރިއަށް ދެވޭނެ އެވެ.

"ކޮވިޑް ބައްޔާ ކުރިމަތިލުމުގައި ދުނިޔެ ކޮށްފައިވާ ތަޖުރިބާ އަށް ބަލާއިރުގައި އަޅުގަނޑުމެންނަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކުގައި ކުރިއަށް ދެވޭނެ ކަމަށް ފަންނީ މާހިރުން ގަބޫލު ކުރައްވާތީ އަޅުގަނޑުމެން މިހާރު މިހިރަ ގޮތަށް ކުރިއަށް މިގެންދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ށ. ފުނަދު ދާއި ބ. އޭދަފުށީ ފެސިލިޓީގެ ކޮވިޑް ފެސލިޓީ ހުޅުވުމުގެ ހަފުލާގައި ހެލްތު މިނިސްޓަރު އަމީނާއި އެހެން ބައެއް ބޭފުޅުން އޮންލައިންކޮށް މިރޭ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހެލްތު މިނިސްޓްރީ

އަމީން ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކުރިއަށް އޮތްތަނުގައި އަޅާނީ ފަންނީ ބޭފުޅުންގެ ލަފާގެ މަތިން، އިގްތިސާދަށް ދިރުން އަންނަ ގޮތަށާއި ދިރިއުޅުމަށް ވެސް ލުއިވާ ގޮތަށް ކަމަށެވެ. ނަމަވެސް ކޭސްތައް އިންތިހާ އަށް އިތުރުވެ، ފަހަތަށް ޖެހެން ޖެހިއްޖެ ނަމަ އެކަން ވެސް ކުރަން ޖެހިދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި ހުރިހާ ކަމެއް ބިނާވާނީ މިއަދު އަޅުގަނޑުމެން ރައްކާތެރިވުމަށް އެޅޭ ފިޔަވަޅުގެ މައްޗަށް،" އަމީން ވިދާޅުވި އެވެ.

ކޮވިޑް-19އާ ދޭތެރޭ ކަންފަސޭހަ ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިހާރު ރާއްޖޭގައި އެ ބަލި ފެތުރޭ މިންވަރަށް ބަލާއިރު، އެކަމަށް ކަންފަސޭހަ ކުރެވިއްޖެ ނަމަ ކުރިއަށް އޮތީ ނުރައްކާތެރި ދުވަސް ތަކެއް ކަމަށް ވިދާޅުވި އެވެ.

ށ. ފުނަދޫ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ.---ފޮޓޯ: ހެލްތު މިނިސްޓްރީ

"މިހާރު އަޅުގަނޑުމެންގެ ބޯޑަރު ހުޅުވިއްޖެ. އަދި އެއްތަނުން އަނެއް ތަނަށް ދިއުމުގެ އިހަށް ވުރެ ފަސޭހަތައް ދެވިއްޖެ. ގޭގައި ބަންދުވެފައި ތިބުން ވީއްލިއްޖެ. މިހާ ހިސާބުން ކުރަން އޮތް ކަމަކީ އަޅުގަނޑުމެން އަމިއްލަ އަށް ރައްކާތެރިވުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތަކަކީ އެންމެ މުހިންމު މަސައްކަތްތައް ކަމަށް ދެކިގެން މަސައްކަތް ކުރުން،" އަމީން ވިދާޅުވި އެވެ.

"ވަރަށް ބޮޑަށް ފަރުދީ ޒިންމާގެ މައްޗަށް ކޮވިޑުން ރައްކާތެރިވުމުގެ ކަންކަން ބިނާވެގެން ވަނީ."

އަތޮޅުތެރޭގައި ކޮވިޑް-19ގެ ފަރުވާ ދޭން ފެށުމީ އެކަމަށްޓަކައި ކަމާ ބެހޭ ފަރާތްތަކުން ކުރި ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ވެސް މިނިސްޓަރު އަމީން ވިދާޅުވި އެވެ.

ލޮކްޑައުން އަށް ލުއިދިނުމާއެކު، ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ގިނައީ ދިވެހީންނެވެ. އެގޮތަށް ދިމާވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅައި އުޅުމުގެ ސަބަބުން ކަމަށް ސިއްހީ ތަޖުރިބާކާރުން ވިދާޅުވެ އެވެ.

64 ކޮމެންޓް, 51 ރިއެކްޝަންސް

icon happy icon happy 27%
icon sad icon sad 41%
icon angry icon angry 31%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޚައްބ99

18 July 2020

ކުރިއަށް ދެވޭނެޔޭކޭ ކޮމަން ސެންސެއް ނުބުނޭ. ދެން ނޭނގެ އަސްލު ސުޓްޕިޑްއީތޯ ނޫނީ ސްޓުޕިޑްކަމަށް ހެދެނީތޯ. ކުޑަކުއްޖަކަށްވެސް ތި ޑިސިޝަންތަކުގެ އިމްޕެކްޓް ބުނެލަދޭން އިނގޭނެ. ލުއި ނުދޭ އެއްވެސްކަމެއް ނެތީމަ އިނގެނީ ރައްޔިތުންގެ މައްޗަށް ޤައުމު އިސްކުރިކަން. 2 ތިން މަހު މަސައްކަތްކުރީމާ ކުދިން ވަރުބަލިވެ ގިވްއަޕްކުރިކަހަލަ ހެން ފީލްވަނީ. ލޯ އެންފޯސްމަންޓް އެޖެންސީތައް މިއީ ޤައުމުގެ ފެއިލިޔާ އަދި ބަލިފައި.

The name is already taken The name is available. Register?

ޢައްޓަމަސް

17 July 2020

ބިލިޔަނަކައް ވުރެންމައްޗައް ހަރަދުތައް ގޮސް ކުދިމެދު ފަންތީގެ ވިޔަފާރިތައް ބަންގުރޫޓްވެ އެތައްބައެއްގެ ވަޒީފާ ގެއްލުންވެ ތިންމަސްދުވަސް ލޮކްޑައުންގަ ސަރުކާރުގެ ދޯދިޔާ ސިޔާސަތުގެ ސަބަބުން ބަލިކޮންޓުރޯލެއްނުކުރެވުނު މުޅިއެތިމިވަނީ ބޮޑުތަނުން ފެއިލްވެފަ ފެނިގެންދިއައީ ބޭކާރުހަރަދާ ގެސްޓްޖައުސްތަކުގަ ކުޅިމަޖާ ކުރާތަން

The name is already taken The name is available. Register?

ދިޔާނީ

17 July 2020

ހަޤީޤަތަކީ ރައީސް އިބޫއަކީ މާ ސުލޯ މީހެއް! އަމީން ހުރީމަ މިވަރުވެސް މިވީ އަދި ކޮވިޑް ފެތުރުން ކޮންޓުރޯލް މިކުރެވުނީ. ދުވާ ޓުރެކް ހަދަން ތިބި މީހުން ކޮންމެ ދުވަހަކު މަށަންދަތި ކާތާލަ ކާތާލަ އެތިބެނީ! ވެސްޓު ޕާރކް ކައިރީ ކުޑަތަންކޮޅެއް ހާވާލަ ހާވަލަ ތިބޭތާ މިސަރުކާރަށް ވީދުވަހެއް.

The name is already taken The name is available. Register?

ކޮކަޑި ހަކީމް

17 July 2020

ހަހަހަ

The name is already taken The name is available. Register?

މުދައްރިސެއް

17 July 2020

ބެލެނިވެރިންނަށް އާދޭސް ކޮށްފަ ދަންނަވަން. ތިޔަބޭފުޅުންގެ ކުދިން ސްކޫލަށް ނުފޮނުއްވާ. އެޓެންޑެންސް އުޅެނީ ގާތްގަނޑަކަށް %40 ގައި. އެހެންވީމަ އޯލެވެލް އަށް ތައްޔާރުވާ ކުދިންނަށް މިހާރު ކިޔަވައިދެމުންދާ ބައިތައް ސްކޫލްތަކުން އަލުން ކިޔަވާދޭނެ. ކުދިން ބަލިވެ ގޮތެއް ވެއްޖިއްޔާ އައިސްތު އަލީ އެއް ނޫން ހިތާމަ ކުރާނީ. ހަމަ ތިޔަ ބޭފުޅުންނަށް ހުރިހާ ދެރައެއް އޮތީ

The name is already taken The name is available. Register?

މޮޔަ ސޮރު

17 July 2020

ކޮންތާކަށް ކުރިއަށް ދެވޭ ވާހަކަބާ؟

The name is already taken The name is available. Register?

މަލީހު

17 July 2020

ޝުކުރިއްޔާ އަމީން! އަމީން މިއަދު ޒަޢާމަތުގަ ނެތްނަމަ ރާއްޖޭގެ އެތައް ބަޔަކަށް ކޮވިޑްޖެހި ޤަޢުމުގެ މާލިއްޔަތު ހުސްވެ މުޅި ދަޢުލްތް ފެއިލްވީސް!

The name is already taken The name is available. Register?

ސުކުން

17 July 2020

ދެން މަލީހަށް ކުރެވުނީ ކޮން ކަމެއްހޭ؟!

The name is already taken The name is available. Register?

މަލީހާ

17 July 2020

މަލީހު ބަލާލަބަލަ އަމީނުގެ ޓެކް ކަން ވެސް. ރޭގައިވެސް ކޮވިޑް ސެންޓަރުތައް އިފްތިތާހު ކޮށްލީ މާލޭގައި ހުރެގެން ފޭސްބުކް އަދި ޓުވިޓާ މެދުވެރިކޮށް ބ.އަތޮޅާއި ށ.އަތޮޅަށް ގޮސްގެން. ކިހާ ސަޅި!

The name is already taken The name is available. Register?

އަލީމާކިން

17 July 2020

އަމީނުތޯ ޒައާމަތުގަ ހުރީ މިއަދު؟ ހަބަރެއް ތިވެސް!

The name is already taken The name is available. Register?

ފިތުނަރެސް

17 July 2020

ނޭނގޭ ގޮތައްވެސް ފިތުނަ ފެކްޝަނުން ފިތުނައެއް ހެދޭތޯ

The name is already taken The name is available. Register?

ނަރުސް.

17 July 2020

މުޅިން ދޮގެއް ނޫން. ސިއްހީ ކަންތަކުގައި ދުނިޔޭގެ ހުރިހާ ގައުމެއް ފަހަތު ފަޔަށް ބުރަވެފައިވާއިރު މިވަގުތު ހުރިހާ ގައުމެއްގެވެސް ސިއްހަތު ވަޒީރުންގެ ދައުރު މިއޮތީ ދުވަހަކުވެސް ބޮޑުނުވާ ވަރަށް ބޮޑުވެފައި. އެމީހުން ނެރޭ ނަތީޖާއެެއް ދައުލަތުގެ ބާކީ ހުރިހާ ކަމަކަށް މި ވަގުތު އަސަރުކުރޭ. މިނިސްޓަރު އަމީން މިކަމުގައި ދެއްކެވި ސާބިތުކަމަށް ސާބަސްދެން.

The name is already taken The name is available. Register?

މޫސާފުޅުު

17 July 2020

މިނިސްޓަރު ތިޔަ ވިދާޅުވީ ރަނގަޅަށް. ކޮވިޑްއާ އެކީ އުޅެން ދަސްކުރުމަކީ މިއަދު ދުނިޔޭގެ އެންމެންވެސް ކުރިމަތިލަމުންދާ ހަގީގަތް. ވެކްސިނެއް ލިބެން އަދި އިތުރު 6 މަސް ނަގާފާނެ ކަމަށް ބުނާއިރު މުޅި އަހަރަށް ގައުމު ލޮކްޑައުންގައި ނުބޭއްވޭނެ. މި ވައިރަހާ އެކީ އުޅެން ދަސްކުރުން ނޫން ގޮތެއް މިއަދު ނެތް. ދުއާ އަކީ ކޮވިޑްގެ ދެވަނަ ރާޅަކުންވެސް ރާއްޖެ ސަލާމަތްވުން.

The name is already taken The name is available. Register?

ކަންބޮޑުވާ

18 July 2020

އާމީން

The name is already taken The name is available. Register?

ޞައްހަ00

18 July 2020

ވައިރަހާއެކު އުޅެން ދަސްކުރުމަކީ ކުރިއަށްވުރެ ގޯސް އާދަތަކާއެކު އުޅެވޭނެ ގޮތް ހަދައިދިނުމެއް ނޫން. ރައްޔިތުން ބުނާ ގޮތް ނަހަދާކަން އެނގިތިބެ ހުރިހާ ލުޔެއް ދިނުން އެއީ ކޮވިޑާއެކީ އުޅެން ދަަސް ކުރުމަށް ދޫކޮށްލުންކަމަށް ޤަބޫލު ނުކުރަން. މިކަހަލަ ކަންކަމުގައި ސަރުކާރުގެ ޒިންމާ ދޫކޮށްލުން އެއީ ސަރުކާރެއް އޮތުމުގެ ބޭނުމާމެދުވެސް ސުވާލު އުފައްދަންޖެހޭ ވަރުކަމެއް. ބޮޑެތި މީހުން ޤަބޫލު ނުކުރޭ މިއީ ބައްޔެއްކަމަށްވެސް.

The name is already taken The name is available. Register?

ވީސް

17 July 2020

15 އޭޕްރިލްއިން ފެށިގެން މިހާތަނަށް 65،000 ސާމްޕަލް ރިޕީޓް ހިމެނިގެން ނެގުނުއިރު ޓެސްޓިންގމާ މަދު. އެންމެ ކުރިއްސުރެ އަލާމާތްނެތް މީހުން ލައިގެން މާސް ޓެސްޓިންގއެއް ހިންގާލިނަމަ ގިނަ ބަޔަކު އެނގި މިކަން ކުރީކޮޅުގަ ކޮންޓްރޯލްވީސް ކަމަށް ބެލެވޭ. މިހާރު މިއޮތީ ރަށްރަށަށް ދިއުމަށް ހުޅުވާލެވިފަ. ދެން ފެންނާނީ ހިތްދަތި މަންޒަރެއް. ވައިރަހަކީ ފިލައިގެންއޮވެ ފެތުރޭ ބައްޔެއް. ރޭންޑަމްސާމްޕްލިނއާ ޓްރޭސިންގއާ ސިމްޕްޓަމްސާމްޕްލިނގއިން ކޮންޓްރޯލްނުވާނެ

The name is already taken The name is available. Register?

މުބީނު މާރނީ

17 July 2020

އަލީ ޝިޔާމް ޤާނޫނީ ގޮތުން އައި.ޖީ.އެމް.އެޗް އާއި ދޭތެރޭ އޮތީ ކޮން ގުޅުމެއްތޯ ބަލަންޖެހޭ. އިޢުލާން ކުރަން ޖެހޭ.

The name is already taken The name is available. Register?

މެންޑޭޓް

17 July 2020

އައި.ޖީއެމް.އެޗް ހެލްތު މިނިސްޓްރީ މެންޑޭޓުން ވަކިކޮށް ވަކި ގަވަނިން ބޯޑެއް އުފައްދަވާ ސީދާ ރައީސް އޮފީހުގެ ބެލުމުގެ ދަށަށް ގެނައީ 2014 ވަނަ އަހަރުގައި ރައީސް ޔާމީން. މިވަގުތު ރައީސް އޮފީހުން މިކަމާ ހަވާލުވެ ހުރީ އެ އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމް.

The name is already taken The name is available. Register?

ރިޒްމާ.

17 July 2020

ޢަލީ ޝިޔާމް ދެކެ ހާދަ ލޯތްބެއް ތިވަނީ.

The name is already taken The name is available. Register?

ފަރީދާ

17 July 2020

މަޖްލިހަށް ޖަވާބުދާރީ ކުރުވޭނީ އަލީ ޝިޔާމް ތާ؟ ތިޔަ ބުނި މޭންޑޭޓް ޤާނޫނުގައި ލިޔެވިފަކާ ނޯވޭ. ޔާމީނު އަމިއްލަ އަމިއްލަ ކުރާ ކަންކަމަކީ ޤާނޫނެއް ނޫން.

The name is already taken The name is available. Register?

އަލީރާޖާ

17 July 2020

ސިންގަޕޫރު ފަދަ ގައުމުތަކުގައި ހަދާފައިވާ ގޮތަށް ގެއިން ބޭރަށް ނުކުންނަ އެންމެން މާސްކު އެޅުން މަޖުބޫރު ކުރުމަށް ގޮވާލަން! ހުރިހާ ތަނެއް ބަންދުކޮށް ބޯޑަރު ތަޅުލައިގެން ބޭސްކުރާނެ ފައިސާވެސް ނުލިބޭނެ. ވެކްސިންއެއް ލިބެންދެން މި ބައްޔާ އެކީ އުޅުން ނޫން އެއްވެސް ގޮތެއް ނެތް. ސިއްހީ ބޭފުޅުން ވިދާޅުވާ ގޮތް ނުހަދާ މީހުންގެ ސަބަބުން މުޅި މުޖުތަމައުއަށް ގެއްލުން.

The name is already taken The name is available. Register?

މުބީނު

17 July 2020

ފަޤީރުން ނޫޅޭ ސިންގަޕޫރަކު. މާސްކު ނުގަނެވޭނެ މީހުން ރާއްޖޭގައި ބައިވަރު.

The name is already taken The name is available. Register?

ޏބޗފ99

18 July 2020

ސިއްހީ ބޮޑެތި ބޭފުޅުން ބުނާ ބަހުގެ ބުރަދަނެއް ނެތް މިއަދު. ބައެއްގެ ޕަޕެޓްތަކެއް އެއީ. ލިޔެފައިވާ ސްކްރިޕްޓަށް އެކްޓްކުރުން އެމީހުންގެ ކަމަކީ. ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މިކަމުގައި ބުރަކޮށް އުޅޭ މީހުންގެ ވާހަކައެއް ނޫން މިދައްކަނީ. ބަސްވިކެންޖެހޭ މީހުންގެ ބަސްނުވިކޭތީ މައްސަލަޔަކީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454