ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އަހުމަދު ފަޒީލް: ފަޒީލްގެ މައްޗަށް ގިނަ ބަޔަކު ވަނީ ޖިންސީ ގޯނާގެ ތުހުމަތުކޮށްފައި --
19 ޖުލައި 2020 - 21:47
މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ ސްލޮޓެއްގައި ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރުގެ މަގާމަށް އައްޔަން ކޮށްފައިވާ އަހުމަދު ފަޒީލަށް ޖިންސީ ގޯނާގެ ތުހުތަމުތަކެއް ކުރެވޭތީ، އެ މައްސަލަ ބަލައި ނިމެންދެން އެ ޕާޓީގެ މަސައްކަތްތަކުން އޭނާ އެކަހެރި ކޮށްފި އެވެ. އަދި އޭނާ ސަރުކާރުގެ މަގާމުން ވަކިކޮށްދިނުމަށް އެ ޕާޓީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން ވެސް ވަނީ އެދިފަ އެވެ.
ޒުވާން އަންހެނުންނަށާއި ކުޑަކުދިންނަށް އެކި ކަހަލަ ޖިންސީ ގޯނާކޮށްފައިވާ ކަމަށް ބުނެ ބައެއް މީހުން ދަނީ އެމްއާރުއެމްގެ އިސް މަގާމެއްގައި ހުރި ފަޒީލަށް ތުހުމަތު ކުރަމުންނެވެ. ގަޔަށް އަތްލުމާއި ބަދުއަޚުލާގީ އަމަލުތައް ހިންގާ މަންޒަރާއި އޮރިޔާން ފޮޓޯ ފޮނުވުން އެ ތުހުމަތުތަކުގެ ތެރޭގައި ހިމެނެ އެވެ.
މި ޕާޓީގެ މަޤާމެއްގައި ހުރި މީހަކާއިމެދު ޖިންސީ ފުރައްސާރައާއި އަނިޔާގެ ތުޙުމަތުތަކެއް ސޯޝަލް މީޑިއާގައި ކުރެވެމުންދާތީ އެ މައްސަލަ މި ޕާޓީއިން މިހާރު މި ދަނީ ބަލަމުންނެވެ. މައްސަލަ ބަލާ ނިމެންދެން ޕާޓީ ގެ ހަރަކާތް ތަކުން އޭނާ ވަނީ އެކަހެރި ކުރެވިފައެވެ.
— Maldives Reform Movement (MRM) 🇲🇻 (@MRM_Office) July 19, 2020
1/2
އެމްއާރްއެމުން މިރޭ ކުރި ޓްވީޓު
މި ތުހުމަތުތަކާ ގުޅިގެން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމުން މިރޭ ބުނީ، އެ ޕާޓީން އަންނަނީ މި މައްސަލަ ބަލަމުން ކަމަށެވެ. ކަމާ ގުޅޭ އިދާރާތަކަށް އެކަން އަންގާފައިވާ ކަމަށާއި ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް އެމްއާރުއެމުން ބުނެ އެވެ.
"ޖިންސީ ފުރައްސާރަ އާއި އަނިޔާ ފަދަ ކުށްތަކަކީ މި ޕާޓީން އެއްވެސް ވަރަކަށް ބަލައިގަންނާނެ ކަމެއް ނޫނެވެ،" އެމްއާރްއެމްގެ ޓުވީޓުގައި ވެ ބުންޏެވެ.
ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ބައެއް ބޭފުޅުން، އެ އޮފީސްތަކުގެ ބައެއް މީހުންނަށް ޖިންސީ ގޯނާކުރާ ކަމުގެ ތުހުމަތުގެ މައްސަލަތައް ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ.
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، އެ މިނިސްޓްރީގެ ގިނަ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކޮށްފައިވާ ކަމުގެ ތުހުމަތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، އޭނާ މަގާމުން ވަކިކުރައްވައިފަ އެވެ. އަދި "ދި އެޑިޝަން" ގެ އެޑިޓަރު ރާއި މުނައްވަރު ވަނީ ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ސެކްރެޓަރީ ހަސަން އިސްމާއިލް މިދިޔަ އަހަރު ޖިންސީ ފުރައްސާރަ ކޮށްފައިވާ ކަމަށް ވެސް ތުހުމަތުކޮށްފަ އެވެ.
މި ދެ މައްސަލަ ވެސް ފުލުހުން އަންނަނީ ބަލަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަބު
20 July 2020
މިއީ ނަގައިގެން އުޅޭ ބޮޑު ރާޅެއްތަ. އަބަދު ޖިންސީ ގޯނާ. ޖިންސީ ގޯނާ ނޫސްތަކުގެ ފަލަ ސުރުޚީ.
ޑްރާ މާ ކީރިތިކުރެއްވުން
20 July 2020
މިސަރުކާރުގަ ތިޔަ ނޫން ހެޑްލައިނެއް ނާންނާނެ! ރައްޔިތުންނަށް ފައިދާ ހުރި އެއްކަ މެއްވެސް ކޮށެއް ނުދޭނެ. އަބަދުގެ ވިސްނު މަކީ ވޯޓާ، ހުރިހާ ބާރުތަކެއް މުށުތެރެއަށް ލެވޭނެ ގޮތަކާ، ރައްޔިތުން ބޭކާރު ހެޑްލައިނެއްގަ ބޭތިއްބުން. ބިކަކޮށް ސަލާން ޖެއްސުން. ގުރުބާން ކުރި ވަޒީފާވެރީން ތިބީ ހާލުގަ! ﷲ ގަންދީ ބުނަން މިސަރުކާރުގެ ރައީސް މީހާ ފެށިގެން ހުރިހާ ވެރީންނަކީ ދޮގުހެދު މުގަ އަރާތިބި ވެރީންތަކެއް. އިސްލާ މް ދީނާ ދުރު ވިސްނުން ހުރި ވެރީންތަކެއް.
ރައްޔިތުކަލޯ
20 July 2020
(ކުރީ ކޮމެންޓާއިގުޅޭ) އެއީ ރޭޕެއްނޫން. ކެންޔާ ކުއްޖާ ބުނެފައިވަނީވެސް ސެކްޝުައަލް އެސޯލްޓެއްކަމަށް. ގުނަވަންތަކުގައި އަތްލިކަމަށް. ދެންއޮތީ މިނިސްޓަރ އަލީ ވަހީދުގެ ކޭސް. އެއީ ޖިންސީ ގޯނާއާއި ފުރައްސާރައިގެ މައްސަލައެއް. އެއަށްފަހު ރައީސް އޮފީހުގެ ހަސަން އިސްމާުއިލް ގެ ކޭސް. މިކޭސް ނޫސްތަކާއި އެހެނިހެން ފަރާތްތަކުން އެންމެ ބޮޑަށް އޮޅުވާލާފައިވަނީ. އެ ކޭހަކީ އަނގަބަހުން ކުރިކަމަށްބުނާ ސެކްޝުއަލް ހެރޭސްމެންޓް ނުވަތަ ޖިންސީ ފުރައްސާރައިގެ އަމަލެއް.
ރައްޔިތުކަލޯ
20 July 2020
ނޫސްވެރިން މިހާރު ވެއްޖެ ޖިންސީ ކުއްތަކަށް ބޭނުންކުރާ ބަސްބަހުގެ މާނަ އޮޅުންބޮޅުން ނާރާގޮތައް އާރޓިކަލްތައް ލިޔަން. ޖިންސީ ކުށްތަކުގެ 3 ވައްތަރެއް މިމޫސުމުގައި ރާއްޖޭގައި ފާހަގަވޭ. އެންމެ ނުބައިކަމުން ފައްޓަމާ. 1.ރޭޕް (އިއްފަތްތެރިކަން ފޭރުން) 2.ސެކްޝުއަލް އެސޯލްޓް (ޖިންސީ ގޯނާ) 3.ސެކްޝުއަލް ހެރޭސްމެންޓް (ޖިންސީ ފުރައްސާރަ) . ރޯޔަލް ރޭޕް ކޭސްގެ ނަމުގައި މަޝަހޫރުވެގެން މިއުޅެނީ އަސްލު ސެކްޝުއަލް އެސޯލްޓް ނުވަތަ ޖިންސީ ގޯނާގެ އަމަލެއް. (ނުނިމޭ) .
ވަތަނީ އަޑު
19 July 2020
ތިޔަ އެއްވެސް މައްސަލައެއް ސާބިތެއް ނުވާނެ. ރޯޔަލް މީހުނަށް ހެދިގޮތްތާ ދެން ހަދަން ޖެހޭނީ
ރެޑްޕިލް
19 July 2020
މަގުމަތިން ކުއްޖަކާ ދިމާލަށް ހީވެސް ނުލާތި އިނގޭ!
ދިއްދޫމީހާ
19 July 2020
މިކަން މިދަނީ މަސްތުވާތަކެތީގެ ވަބާ މުޅި ރާއްޖެއަ ފެތުރުނު ގޮތަ، ކުރިން ރޭޑިޔޯ ޓީވީ ހުޅުވާއިރަ އިވޭނީ މަސްތުވާތަކެެތީގެ ވާހަކަ، މިހާރު ގޭގެ ކުޑަ ދޮރު ހުޅުވާއިރަވެސް މިއިވެނީ ޖިންސީ ގޯނާގެ ވާހަކަ، ކީރިތި ކުއްރައްވާފަ ރޯޔަލް ފެމެލީ އަދި ބޭގަމް މެންގެ ފިރިންނަ ނުބަލާ ހަރުކަށިކަން އިސް ކޮއްފަ މިކަންތަކަ ހަރުކަށި އަދަބް ދޭންޖެހޭ،މިކަންތަ ކުރާ މީހުންނަކީ ބަލިމީހުންނަ ހަދާފިއްޔާ ގޯސްވާނެ، މަސްުވަނީ ވެސް ބަލިމީހުނޭ ބުނިފަހުން އެކަނެ ވެސް ގިނަވީ...
ބަކުރުބެ
20 July 2020
ޖިންސީގޯނާ, ޖިންސީފުރައްސާރަ އަކި އެއްޔެއަކު މިއަދަކު މި މުކުތަމަޢުގަ އަށަގެނެގެން އުޅޭކަމެއް ނޫން, މީގެ އެތައްއަހަރެއް ކިރިންސުރެވެސް ސަރުކާރުގެ ބައެއް އޮފީސްތަކުގެ ބޮސްއާ ދެންވެސް އިސްމަޤާމުތަކުގަ އުޅެމީހުންހެ ޝިކާރައަކަށް އެތަކެއް ކަނބަލުންވަނީ ހުށަހެޅިފަ, އެހެނަސް އޭރު އެކަން ހާމަކުރާކަށް ނުކެރެ.
ޙިނި
19 July 2020
ތި އަދި ތިކަމުގެ ކުޑަމިންވަރެއް، ޖިންސީގޯނާ ކުރުމުގެ ދިގުލިސްޓަކާ ދިގު ތާރީހެއްވޭ، ގިނަވާނީ ސައިލެންޓުކޮއް ތިބެންބޭނުންވާ ކަންބަލުން، ކޮންޕުލެނިން ލޮޖުޖް ކުރާ އޮންލައިން ދަފްތަރެއް ހުޅުވާލަން ފެނޭ އޭރުން ތިކަން ހުއްޓުވޭނީ
ބަންޑޭރި
19 July 2020
ޕާޓީގެ ހަރަކާތްތަކުން އެކެހެރިކުރުމަކުން އަދި ނުފުރޭ އަސްލު އެކެހެރިކުރަން ޖެހޭނީ މިނިސްޓްރީގައި އަދާކުރާ ވަޒީފާގެ މަސްއޫލިއްޔަތް ތަކުން. ދަވްލަތުން މުސާރައާއި އިނާޔަތް ލިބޭ ފަރާތްތަކުގެ އަޚްލާގީ ޖިނާއީ މައްސަލަތަކުގައި ޖަވާބްދާރީ ވާންޖެހޭނީ ރައްޔިތުންނަށް ނިސްބަތްވާ ސިޔާސީ ޕާޓީ އަކަށްނޫން.
ލުއިލުއި އަދުނާން
19 July 2020
ބަންޑޭރި. އަދި ސާބިތެއްނުވޭ . ހަމަ މީހަކު އެއްޗެއްބުނާއިރަށް ސަސްޕެންޑްކުރާކަށް ނުޖެހޭނެ . ތިޔަހާ ރުންކުރުނުވޭ .