މަޖިލީހުގައި ބޭއްވި ހިޔާލު ހޯދުމުގެ ބައްދަލުވުމުގައި މެމްބަރުންތަކެއް ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/މަޖިލިސް
20 ޖުލައި 2020 - 13:54
ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށާއި ރާއްޖޭގައި 100،000ރ. އަށް ވުރެ ބޮޑު އިންވެސްޓެއް ކުރާ ބިދޭސީންނަށް ރެޒިޑެންސް ވިސާ ދޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް ބަދަލު ގެނައުމާ މެދު އާއްމުންގެ ހިޔާލު ހޯދުމުގެ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.
ގައުމީ ސަލާމަތާއި ޚާރިޖީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އިބްރާހިމް ޝަރީފް ވިދާޅުވީ އިމިގްރޭޝަން ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހުތަކާ މެދު އާއްމުންގެ ހިޔާލު ހޯދަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވާފައިވާ ކަމަށެވެ. އެހެންވެ، ބިލް އަވަހަށް ފާސްކުރަން ފޮނުވުމުގެ ބަދަލުގައި ކޮމިޓީގެ ވިސްނުން ހުރީ ހިޔާލު ހޯދުމުގެ އެ ބައްދަލުވުން ނިންމައި އަންނަ މަހުގެ ތެރޭގައި ބިލް ފާސްކުރަން ފޮނުވާށެވެ.
އިމިގްރޭޝަންގެ ގާނޫނަށް ގެންނަ އިސްލާހުތަކާ މެދު ކޮމިޓީގައި މަޝްވަރާކޮށް ނިންމައި ތަޅުމަށް ފޮނުވުމުން މަޖިލީހުގެ ރައީސް އަނބުރާ ކޮމިޓީ އަށް ފޮނުވާލެއްވީ އެވެ. އެމަނިކުފާނު އެދިވަޑައިގަތީ ރެސިޑެންސް ވިސާ ލިބޭނެ ލުއި ގޮތްތަކެއް އިސްލާހުތަކުގެ ތެރޭގައި ހިމެނުމާ މެދު ވިސްނުމަށެވެ.
އެކަމަކު މި ގޮތަށް ގާނޫނު އިސްލާހުކުރަން ސަރުކާރުން ވެސް ދެކޮޅެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ކޮމިޓީގައި ވިދާޅުވީ ދިގު މުއްދަތަކަށް ކުއްޔަށް އުޅޭ ބިދޭސީންނަށް ރެސިޑެންސް ވިސާ ދިނުމުގެ ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށާއި އިމިގްރޭޝަންގެ ގާނޫނަށް ގެންނަން ކޮމިޓީން މަޝްވަރާކޮށް ނިންމައި ތަޅުމަށް ފޮނުވި ރިޕޯޓު ރަނގަޅު ކަމަށެވެ.
އޭނާ ވަނީ އެ ކޮމިޓީން ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓުގައިވާ ހުރިހާ ކަންކަމަށް ތާއީދު ކުރައްވައި، އެ އިސްލާހަށް ސަރުކާރުން އިތުރުކުރަން މިވަގުތަށް ބޭނުންވާ އިތުރު ކަމެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.
ސަރުކާރުގެ ހުށަހެޅުމަކީ މިހާރު ގަވާއިދަކުން ދޫކުރާ ކޯޕަރޭޓް ރެސިޑެންސް ވިސާ ދިނުން ގާނޫނުގެ މާއްދާއެއްގެ ގޮތުގައި ހިމެނުމަށެވެ. އެއީ، ގާނޫނީ ބާރު އިތުރުކޮށް އިންވެސްޓަރުންގެ އިތުބާރާއި ޔަގީންކަން ހޯދަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލކޖހގ
21 July 2020
ރެސިޑެންޓް ވިސާއާބެހޭ މައުލޫމާތު ދިވެހިރައްޔިތުންނަށް ދޭނެ ހަރުދަނާ ދިވެހިގައުމާ އިސްލާމް ދީންދެކެ ލޯބިވާ ބަޔަކު ބޭނުންވޭ. ރެސިޑެންޓް ވިސާއަކީ ވިސާ ކީނަމަވެސް ހަމަ ގާތްގަނޑަކަށް ދިވެހި ގައުމުގެ ރައްވެއްސެއްކަން އަންގައިދޭ އައިޑެންޓިޓީ ކާޑެއް. ބައެއް ގައުމުތަކުގައި ހުރިހާ އެގައުމުގެ ރައްޔިތުންނަށް ލިބިދޭ ހުރިހާ ހައްޤެއް ލިބޭ. ވޯޓުލުމާއި މަޖްލިހަށް ކުރިމަތިލުމާއި ވެރިކަމަށް ކުރިމަތިލުމުގެ ހައްޤުވެސް ލިބިދޭ. ހަމައެކަނި ބޭނުންވާނީ ގާނޫނެއް.
ހަލީމް 100
21 July 2020
ވަރަށް ބިރުވެރި ފޮރުވިފައިވާ އެޖެންޑާއެއް ކުރިއަށްގެންދާ ކަމަށް މިހާރު އެބަ ގަބޫލުކުރެވޭ. ދިވެހިންގެ ހިތްތަކުގައި އިސްލާމްދީނާ ގައުމަށް ލޯބި އޮތުމުން ދިވެހިންގެ އަގީދާއާ އަދި ކުޅެވޭގޮތްނުވި. އެކަމަކު މި 5 އަހަރު ތެރޭ އެކަން ކުރަން އެބަޖެހޭ. އެހެންވުމުން އެންމެ ފަސޭހަ ގޮތަކަށްވާނީ 5 ލައްކަ ދިވެހިންގެ ބަދަލުގައި 6 ލައްކަ ބޭރު މީހުން ދިވެހި ގައުމުގައި އާބާދުކޮށް އެމީހުންގެ ދީނީ މިނިވަންކަމުގެ ހައްޤު ލިބިދީގެންކަން މިވެރިން ދަނޭ.
ކޖހގފ
21 July 2020
ރެސިޑެންސް ވިސާއަކީ ހަމައެކަނި ވިސާ ތައްގަނޑު ނުޖަހާ ގައުމެއްގައި ދިގުމުއްދަތަކަށް ދިރިއުޅެވޭނެގޮތް ހެދުން ކަމަށް އެއްވެސް ދިވެއްސަކު ގަބޫލު ނުކުރާތި. ރެސިޑެންސް ވިސާއަކީ ދިވެހި އައިޑެންޓިޓީ ކާޑެއް އެކަނި ނުލިބުން. އެކަންވެސް ކުރެވޭނެ ގާނޫނަށް ބަދަލުގެނެސް. ފުރަތަމަ ފަށާނީ ކުޑަކޮށް ފަހުން އިމްތިޔާޒްލިބިފައިވާ ދިވެހިންގެ ގޮތުގައި މި ރެސިޑެންޓްސްތައް ވުމަކީވެސް ވަރަށް ގާތްކަމެއް.
ކޖފހހފ
21 July 2020
ދުނިޔޭގެ ގައުމުތަކުގައި ރެސިޑެންސް ވިސާ ދެގޮތަކަށްދޭ ވަގުތީ ގޮތުންނާއި ދާއިމީކޮށް. ދެގޮތުގައިވެސް އެގައުމެއްގެ ރައްޔިތުންނަށް ލިބޭ ވަރަށް ގިނަ ހައްޤުތައްލިބޭ. މިކަން ބިނާވެގެންވާނީ އެހަދާ ގާނޫނަކަށް. ގާނޫނުން އެމީހުންނަށް ވޯޓްލުމުގެ ހައްގު ދިނަސް އެއީވެސް ކުރެވިދާނެކަމެއް. އާއްމުގޮތަކީ، މުދާ މިލްކުކުރުމާއި ވަޒީފާއާއި ފްރީ ހެލްތްކެއަރ އާއި ފްރީ އެޑިޔުކޭޝަންއަށްވެސް އެމީހުން އެންޓައިޓްލްވުން. ވަޒީފާތަކަށްވެސް ދިވެހިންނެކޭ އެއްގޮތަށް އެޕްލައިކުރެވޭނެ.
މުރާދު އަލީ
21 July 2020
މަރުދީގެންވެސް މިކަން ކުރާނެ. ހަމައެކަނި ދިވެހިންނަށް އޮތްގޮތަކީ މަގުތަކަށް ނުކުންނަންވީ. ހުރިހާ ރަށެއްގައި މިކަމާ ދެކޮޅަށް މުޒާހަރާ ކުރަންވީ. މުޒާހަރާ ހުއްޓާލަންވާނީ، މަޖްލިސް އިސްތިއުފާ ދިނުމުން. އެހެންނޫނީ މިގައުމު ދެން ސަލާމަތްވުމެއްނެތް. މިމަޖްލިސް އޮތްހާ ހިނދަކު ދިވެހި ގައުމުގެ ދީނާއި މިނިވަންކަމާއި ދިވެހިރައްޔިތުންނަށް ލިބިފައިވާ ގުދުރަތީ މުއްސަނދިކަން ނައްތާލަން ކުރެވެންއޮތްހާ ކަމެއްކުރާނެ.
ފފފފފ2
21 July 2020
ބަލަ ސޯޝަލް މީޑިޔާގައި ކުރަމުންދާ ކަންކަން ނުފެނޭތަ؟ ސެކިއުލަރ ބައިގަނޑުގެ އުނދަގޫ ހާދަ ބޮޑުވެއްޖޭ.
އިސްމާލި
20 July 2020
މިއޮއް ދައްކާ ވާހަކައެއް. ނަޝީދު އެ ބިލަށް އިސްލާހު ހުށަނާޅާ އިރު ކޯންޗަކަށްތަ "ރައްޔިތުންގެ"ހިޔާލު ހޯދަން ތިޔަ އުޅެނީ؟ ކޮމިޓީއިން ބުނަނީ ތިމަންނަ މެން ތިޔަބުނާ އުސޫލުން ވިސާ ދޭކަށް ނުބުނަމޭ. ނަޝީދު އެ ބުނަނީ ތިމަންނަ ތިޔަ ބުނާ އިސްލާހެއް ހުށައެއްް ނާޅަމޭ. ދުެން ރައްޔިތުން މި އަހަނީ ކޮންތާކުން ކޮން އިރަކު ވުޖޫދުވި އިސްލާހެއްް ހޭ މާ ބޮޑު މައްސަލައަކަށް ވެގެން ތިޔަ އުޅެނީ.
ކަމަލާ
21 July 2020
ރައިސް ނަޝީދު އެވިދާލުވަނީ މަޖުލީހުގެ ތަލުމުގައި ފުރަތަމަ މަރުހަލާގެ ބަހުސު ކުރެވުނު އިރު ފާހަގަ ކުރެވުނު ޕޮއިންޓްތައް ހިމެނުމަށް! އެކަން ބޮޑުކޯށްލީ މަވޯޓާ އާއި މީޑިއާތަކުން. މިހާރު މިވަނީ އާމުންގެ ބަހެއް އެކަމުަގއި ހޯދަން ޖެހިަފއި. އެހެންވޭ އާމުްނގެ ޚިޔާލަށް ދާން ޖެހުނީ...!
އުދުހޭ
20 July 2020
އެމްޑީޕީން ދިވެހިރާއްޖެ ވިއްކާލަން ހިޔާލު ހޯދަންވެސް ފަހެއް ނުޖެހޭނެ؟
ޕޫބެއަރ
20 July 2020
ނަޝީދު ބުނި ތިމަން މަނިކުފާނު ހުށަހެޅި އިސްލާހެއް ނޫނޭ. ދެން ކާކު ހުށަހަޅައިން މި އިސްލާހު މިހާރު ކުރިޔަށް މިދަނީ
ތަހްމީނާ މ
21 July 2020
ދިވެހިންނަށް ނަޝީދު ދަސްވާނީ ވަޅިގެއްލި މަރިޔަނބު ގެއްލި ކޮށި ދަނޑުވެސް ގެއްލުމުން. އޭނާގެ މާޒީއާއި އޭނާގެ އާއިލާއަކީ ކޮންބައެއްތޯ ނިކަން ދެލޯ ބޮޑުކޮށްގެންތިބެ ބަލާބަލަ.
ގީސް
20 July 2020
ތިޔަ އިސްލާހަށް ހައެއްކަމީހުން ގެންގޮސް ފާޑެއްގެ ފޯރަމެއް ބާއއވައިގެން ހިޔާލުހޯދަންށޭކިޔައިގެން ކޮންގަޑެއް ގަންނަންތަ ތިޔައުޅެނީ. ތިޔަކަމަކުން ރައްޔިތުމީހާ ފިރުކެންޖެހޭނީ. އޭރުން އެއޮތީ ވައުދު ފުއްދިފަތަ. ލަދު. ތިޔަ އިސްލާހު ނަގާ
ހަބުޝީ
21 July 2020
ޣިސް ވެސް ގޮސް ފެންނަ ގޮތެއް ބުނެބަލަ! ތެޅި ބާނުލާ!