ކެއިޓްލިން (ކ) އަދި އެނިސްޓަން.
22 ޖުލައި 2020 - 08:21
މަޝްހޫރު މީހަކާ ވައްތަރު މީހަކު ފެނިއްޖެ ނަމަ އެކަމަށް ލިބޭ ސަމާލުކަން ބޮޑެވެ. އެމެރިކާގައި މިހާރު އުޅެނީ ހޮލީވުޑްގެ ބަތަލާ ޖެނިފާ އެނިސްޓަނާ ވައްތަރު މީހަކު ފެނިގެންނެވެ.
މި މީހާގެ ފޮޓޯތައް އިންސްޓަގްރާމަށް ލީ ކެލިފޯނިއާގެ ހެއާސްޓައިލިސްޓެއް ކަމަށްވާ ސްޓެފެނީ ކެރިލޯ އެވެ. އެ ފޮޓޯތައް އާންމުކުރުމާ އެކު ކޮމެންޓުތަކުން ފުރާލި އެވެ.
މި ލިބުނު ސަމާލުކަމާ އެކު، އިންޓީރިއަން ޑިޒައިން ބްލޮގާއެއް ކަމަށްވާ ކެއިޓްލިން ބުނީ އޭނާ ހައި ސްކޫލްގައި ކިޔަވަން އުޅުނު ދުވަސްވަރު ވެސް އެނިސްޓަނާ ވައްތަރު ކަމަށް ބުނާ ކަމަށެވެ.
އަދި އެ ދުވަސްވަރަކީ އެނިސްޓަން ކުޅުނު މަޝްހޫރު ސިލްސިލާ "ފްރެންޑްސް" ގެ ދުވަސްވަރު ކަމަށްވުމާ އެކު، އެނިސްޓަންގެ ކެރެކްޓާ ރެޗެލްއާ ވަރަށް ވައްތަރު ކަމަށް ރައްޓެހިން ވެސް ބުނާ ކަމަށް ކެއިޓްލިން ބުންޏެވެ.
"އެކަމަކު އަހަންނަކީ ދުވަހަކު ވެސް އެނިސްޓަނާ ވައްތަރުވާން އެއްވެސް ކަމެއް ކުރި މީހެއް ނޫން. އަދި ރައްޓެހިން އޭނާއާ އަހަރެން ވައްތަރު ކަމަށް ކިޔަސް އާއިލާ މީހުން އެކަމެއް ގަބޫލެއް ވެސް ނުކުރޭ." ފޮކްސް ނިއުސް އަށް ދިން އިންޓަވިއުއެއްގައި ކެއިޓްލިން ބުންޏެވެ.
އޭނާ ބުނީ އެނިސްޓަން ކޮޕީކުރަން މަސައްކަތް ނުކުރިޔަސް ފެޝަން އައިކަންއެއްގެ ގޮތުގައި އެނިސްޓަން ދެކޭ ކަމަށެވެ. އެގޮތުން އޭނާގެ އިސްތަށިގަނޑާއި ހެދުން އަޅާ ސްޓައިލް އަބަދު ވެސް ވަރަށް ރީތި ކަމަށް ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެލެން
22 July 2020
ހޫނނނނ ވައްތަރެއްވެސް ނޫން ދެން.
ހުސެންފުޅު
22 July 2020
ތިޔަ މީހާ ޖެނިފާ އެނިސްޓަންއަކާ ވައްތަެއްނޫން. އެކަމަކު ހިންދީ ފިލްމު ތަކުގަ ކުރީގަ އުޅޭ އުރުމީލާ އާ އެބަ ހުރި ވައްތަރު ގޮތެއް.
ބައިރޯ
22 July 2020
ދުނިޔޭގެ މީހުން މިތިބީ މޮޔަވެފަ ޑޮކްޓަރާކާއި ވައްތަރުވީމަ ޑޮކްޓަރަކަށް ވީތަ