އެމްޓީސީސީން ރަސްމާދޫގައި ބަނދަރުގެ މަސައްކަތް ކުރުމަށް ގެނެސްފައިވާ ބައެއް މެޝިނަރީތައް
28 ޖުލައި 2020 - 11:50
ރ. ރަސްމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފި އެވެ.
މި މަސައްކަތް ކުރުމަށްޓަކައި ބޭނުންވާ މެޝިނަރީތައް އެރަށަށް ގެންގޮސްފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެމްޓީސީސީން ބުނީ މި މަޝްރޫއަށް ބޭނުންވާ އީއައިއޭ ހުއްދަ ލިބިފައިވަނީ މި މަހުގެ 16 ގައި ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 9،000 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ބަނދަރު ފުންކުރުމާއި، 377 މީޓަރު ސަރަހައްދުގައި ބޭރު ތޮށިލުމުގެ މަސައްކަތް ހިމެނެ އެވެ. އަދި 600 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި ހަރުކުރުން ވެސް ހިމެނެ އެވެ.
ފްލޭނިން މިނިސްޓްރީން އެމްޓީސީސީ އާއި މި މަސައްކަތް ހަވާލުކުރީ 18.7 މިލިއަން ރުފިޔާ އަށް ކުރިއަށް ގެންދިއުމަށެވެ.
އެމްޓީސީސީން ރާއްޖޭގެ ގިނަ ރަށްތަކެއްގެ ބަނދަރާއި ބިން ހިއްކުމާއި މަގު ހެދުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. ކޮވިޑް-19 އާ ގުޅިގެން މަސައްކަތްތައް ކޮންމެވެސް ވަރަކަށް މަޑުޖެހުނު ނަމަވެސް އަނެއްކާ ވެސް އެމްޓީސީސީން އަންނަނީ އަތޮޅު ތެރޭގައި ހިންގާ ގިނަ ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެންޓަނާ
28 July 2020
ރަސްމާދޫ ބަނދަރު ފެނޭތަ!؟
އިމްޖާދު
28 July 2020
ރަސްމާދޫގައި ކޮންމެހެންވެސް ރީތި ބަނދަރެއް އޮންނަން ޖެހޭ. މީ ވަރަށް ރީތި ރަށެއް.
ހާމަ333
28 July 2020
އަތޮޅުތެރޭ ބަނދަރެއް ހަދައިދިނުން އެއީ 5 އަހަރުތެރޭ ހައްގު މިންވަރުތޯ....އެވަރުން ދަންޏާ އެރަށެއް ތަރައްގީ ވާނީ 100 އަހަރުންތޯ...ކޮންމެ 10 އަަހަރަކުން ބަނދަރު މަރާމާތު ކުރަން އަނެއްކާޖެހޭ...ބަނދަރު ހެދުން ނޫންކަމެއް ޕްރޮޖެކްޓަކަށް އަތޮޅުތެރޭގައި ކުރެވޭތަނެއް މިރާއްޖެއަކުން ނުފެނޭ
ުވައިސޫރި
28 July 2020
ތިޔަބަނދަރު ކިތެންމެވަރަކައް ހެދިޔަސް ތިލަނުވާގޮތެއްނުވާނެ އަދިބަނދަރު ހަދާފާވާގޮތުން ރައްގިރުމުގެ މައްސަލަވެސް ދަނީބޮޑުވަމުން އިރުވާ މޫސުމުގާ ވޮޑޭ ތުނޑިއެއް ނެތިކޮއްލުމުން އެވެލިގަނޑު ކަނޑައް ބޭރުވުމާ ފަޅުތެރެއައްވަނުމުން ފަޅުތިލަވެގެންދަނީ ވީމާ ރަނގަޅައް ސާވޭކޮއްގެން ހަރުދަނާގޮތަކައްކުރުންވަރައްމުހިންމު