މޫސާ އިނާސް (ކ) އަދި އަބްދުއްލަތީފް އިބްރާހީމް މީގެ 12 އަހަރު ކުރިން
30 ޖުލައި 2020 - 14:37
ލ.ގަމު ތުނޑީ އަވަށު ބަނދަރުގައި އޮތް ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލި މައްސަލާގައި، މީގެ 12 އަހަރު ކުރިން ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލާގައި ކުށް ސާބިތުވި މޫސާ އިނާސް އާއި އެ ހަމަލާ އަށް ފަހު ފިލައިގެން އުޅުނު އަބްދުއްލަތީފް އިބްރާހީމްގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ދައުވާކޮށްފި އެވެ.
ތުނޑީ އަވަށު ބަނދަރުގައި އޮތް "ޕޮލިސް ލޯންޗް 34" ގައި މާޗު މަހުގެ 22 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ރޯކޮށްލި މައްސަލާގައި ދައުވާކުރަނީ ލ. ގަން، ތުނޑި، ކަޅައިދޫފިނިހިޔާގެ މޫސާ އިނާސްގެ އާއި ލ. ގަން، ތުނޑި، ލަވްސައިޑް އަބްދުއްލަތީފް އިބްރާހީމްގެ މައްޗަށެވެ. ނަމަވެސް މި ދެ މީހުންގެ މައްޗަށް ދައުވާކުރަނީ އެ މީހުން އުޅޭ ތަންތަނާއި ތަކެތި ފާސްކުރި އިރު ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިސިސް އާއި އަލްގައިދާ އަށް ތާއީދުކުރާކަން ދޭހަވާ ތަކެއްޗާއި ވީޑިއޯ ފެނިފައި ވާތީ އެވެ.
މޫސާ އިނާސް ދިރިއުޅޭ ގެ ފާސްކުރި އިރު ފެނުނު ލެޕްޓޮޕެއްގެ ހާޑްޑިސްކްގައި އައިސިސް އާއި އަލްގައިދާ އަށް ތާއީދުކުރާކަން ދޭހަކޮށްދޭ ލިޔުންތަކާއި ވީޑިއޯ ފެނިފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އެހެންވެ އޭނާގެ މައްޗަށް ކުރަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަމަށް ދޭހަވާފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ.
އަބްދުއްލަތީފް އުޅޭ ގެ ފާސްކުރި އިރު އޭނާގެ ހާޑް ޑިސްކަކުން ޓެރެރިސްޓް ޖަމާއަތްތައްކަމަށްވާ ޖަބްހަތުއް ނުސްރާ އާއި އަލް ގައިދާ އަށް ތާއީދުކުރާކަން ދޭހަކޮށްދޭ ލިޔުންތައް ފެނިފައިވާ ކަމަށް ވެސް ޕީޖީން ބުންޏެވެ.
މި ދައުވާ ސާބިތުވެއްޖެ ނަމަ ކޮންމެ މީހަކަށް ވެސް 1 އަހަރާއި 3 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމުގެ ހުކުމެއް އަންނާނެ އެވެ. ދެ ހާސް ހަތް ވަނަ އަހަރު، ސެޕްޓެމްބަރު 29 ވަނަ ދުވަހު ސަލްޓަންޕާކްގައި ބާރުގަދަ އެއްޗެއް ގޮއްވާލި މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ އަބްދުއްލަތީފް އޭރު ވަނީ ރާއްޖޭން ފިލައިގެން ގޮސްފަ އެވެ. ޓޫރިސްޓުންގެ 12 މީހަކު ޒަހަމްވި ހަމަލާއާ ގުޅިގެން އޭނާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ވެސް ނެރެފައިވަނިކޮށް ހައްޔަރު ކުރީ އޮގަސްޓް 5، 2012 ގައި ޕާކިސްތާނުން ރާއްޖެއަށް އޭނާ އައި ވަގުތު އެއާޕޯޓުންނެވެ. ލޯންޗުގައި ރޯކޮށްލި މައްސަލާގައި ތުހުމަތު ކުރެވުމުން އަބްދުއްލަތީފް ހައްޔަރުކުރަން ދިއުމުން އޭނާގެ ފޯނު ހަލާކުކޮށްލައި ހެކި ނައްތާލުމުގެ ކުށުގައި މިހާރު ވެސް ހުރީ 1 އަހަރާއި 12 ދުވަހުގެ ޖަލު ހުކުމެއްގަ އެވެ.
މޫސާ އިނާސް ވެސް ވަނީ ބޮމުގެ ހަމަލާއާ ގުޅިގެން 15 އަހަރަށް ޖަލަށް ވެސް ލައިފަ އެވެ. އެކަމަކު ފަހުން ވަނީ އޭނާ އަށް މާފު ދީ މިނިވަންކޮށްފަ އެވެ. ޖަލުގައި ހުރި އިރު އޭނާ ވަނީ ފިލަން އެކި ފަހަރު މަސައްކަތްކޮށްފަ އެވެ.
ގަމުގައި އޮތް ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލުމުގެ އިތުރުން އދ. މަހިބަދޫ ފަޅުގައި އަޅާފައިވާ ލޯންޗްތަކެއްގައި ވެސް އޭޕްރީލް މަހުގެ 16 ވަނަ ދުވަހުގެ ރޭ ރޯކޮށްލާފައިވެ އެވެ. މި ދެ ހާދިސާ އަކީ ވެސް ބަޔަކު ގަސްދުގައި ހިންގި އަމަލެއް ކަމަށް ފުލުހުން ކުރިން ވެސް ބުނެފައިވެ އެވެ. މަހިބަދޫ ފަޅުގައި ފަސް ލޯންޗަކާއި ދެ ޑިންގީއެއް އަންދާލި އެވެ. މި ޖަރީމާގައި ރޯކޮށްލާފައި ވަނީ ފުލުހުންގެ ލޯންޗަކާއި އދ. އަތޮޅުގެ ކައުންސިލްގެ ލޯންޗާއި ސީ އެމްބިއުލާންސަކާއި އެޗްއެމްއެޗްއައި 1 އާއި އެޗްއެމްއެޗްއައި 2 އަދި ދެ ޑިންގީއެއްގަ އެވެ. މިއީ ބަނދަރުގައި ޖެހިޖެހިގެން އަޅާފައި ހުރި އުޅަނދުތަކެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚަންދު
31 July 2020
އެއްހޮރުން ކިތައް ފަހަރަށް ކަށި މިޖަހަނީ. އެދުވަހު ތިޔަ މީހުންގެ މައްޗަށް ހިރާބާ ނުވަތަ ޑޮމެސްޓިކް ޓެރިޒަމްގެ ޙުކުމް ތަންފީޒު ކުރެވުނު ނަމަ މިއަދު ތިޔަ ގޮތަށް ތަންތަން ގޮއްވާކަށް ނުތިބެވުނީސް.
ޝޮކްތެރަޕީ
31 July 2020
ކޮބާ އެމްޑީޕީ ހުޅުޖެހި ގުރޫޕްމީހުން
ށަވިޔަނިި
31 July 2020
ގައުމުގެ މިނިވަންކަމާއި ހަމަޖެހުމަށް އޮތް އެންމެބޮޑު 4 ނުރައްކާ: 1- ދީނީހަރުކަށި ފިކުރުގެ މީހުން 2- ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން 3- ޑްރަގްގެ ވަބާގައި ޖެހިފައިވާ މީހުން. 5- ވާނުވާނުދަންނަ މަޖިލިސް މެންބަރުން
ކަތްދައްތަ
31 July 2020
އަދި ރަގަޅެއް ނޫން. ނުމީހުން ރައްޔިތުންގެ މައްޗަށް ވެރިންގެ ގޮތުގައި އިސްކުރުން.
Module
31 July 2020
މިމީހުން މިގައުމުން ބޭރުކުރޭ. އަހަރެމެން ބޭނުމެއް ނޫން މިކަހަލަ ޖާހިލުންނަ ދިވެހިންނޭ ކިޔަން
ައައިޝާ
31 July 2020
3 އަހަރަށް ޖަލަށް ލައިގެން މައިތިރިއެއް ނުވާނެ 3 އަހަރު ފަހުން މިނިވަންވެގެން އެއަށްވުރެ ބޮޑުވަރު ކޮށްލާނެ. އައިއެސް މީހުންގެ މަޤުސަދަކީ ކާފަރުން މެރުން އެމީހުން ދެކޭ ގޮތުގަ އެއީ ސުވަރުގެއަށް ދެވެން އޮތް ހަމައެކަނި ގޮތް އެމީހުން ދެކޭ ގޮތުގަ އިސްލާމްދީނުގެ މަގުގަ ޖިހާދު ކުރުމަކީ އަތު ޖެހުނު މީހެއް މެރުން. މުސްލިމެއް މަރާކަށްވެސް އެމީހުން ފަހެއް ނުޖެހޭނެ. ހަރުކަށި ޖަލުހުކުމެއް ދިނުމަށް ގޮވާލަން
ސަމާއ
30 July 2020
ހިފާ ހައްޔަރުކުރޭ
ސަމަން
30 July 2020
ފުލުހުން ލޯންޗު ރޯކުރީއޭ ކިޔާއިގެން ބުހުތާނު ދޮގު އެކަން ކުރި މީހުން އެބަ ތިބި ގޭގަ... ހަރުކަށި ފިކުރޭ ކިޔައިގެން ދީން ފޮހެލަން ބަޔަކު ރާވާ ރޭވުމެއް މިއީ.... ގެން ގުޅޭ ފޯނާއި އެއްޗެހީގައި އޮރިޔާން ފޮޓޯ ހުރީ ނުވަތަ މަނާ ފޮޓޯއާއި ވީޑެއޯ ހުރީ ކިތައް މީހުންގެ .... ފޯނުގައި އެއްޗެއް އިނިއްޔާ އެއީ ތާއީދު ކުރުން ތަ....
ައަފުރާސިޔާބު
31 July 2020
ބުނަންވީނުން އެއީ ކޮންބައެއްކަން. އެއިރުންތާ އެކަންވެސް ބެލޭނީ. ހަރުކަށިކަމަކީ ދީނުގައި އޮންނަކަމެއްނޫން. ޖިހާދުގެ ނަމުގައި ތެޅޭ ޓެރަރިސްޓުންނަށް ސަޕޯޓް ކުރުމަކީ ޓެރަރިޒަމަށް ހިތްވަރުދިނުން. އެފަދަ މީހުން ދާއިމީކޮށް ކުޑަގޮޅީގައި ބައިތިއްބަންޖެހޭނެ.
ޖަމަލު
30 July 2020
އަދި ކޮބާ 8 ފެބްރުއަރީ ގެ ބޮޑު ހުޅުގެ ކުދިން ކޮޅު
ގޯސް
30 July 2020
8 ފެބުރުއަރީގެ ޓެރަރިސްޓުންތައްކޮބާ.
މުލޭ
30 July 2020
މާފުދީ ދޫކޮށްލީއޭ. މިވަރުގެ ބޮޑެތި ނުރައްކާތެރި ކުށްވެރިން. ކީކޭ ދެން ބުނާނީވެސް.
އެހެންތޭ
01 August 2020
ޔާމީން ވެރިކަމުގައި އޭނައަށް މާފްދިނީ..