ޚަބަރު / އެތުލެޓިކްސް

އަށް އަހަރުގެ ދިވެހި ކުއްޖަކު ދޮޅު ގަޑިއިރު ވަންދެން ޕްލޭންކް ހަދައިފި!

މުލްހަމް ޕްލޭންކް ހަދަނީ: ދޮޅު ގަޑިއިރު ވާންދެން އޭނާ ވަނީ ޕްލޭންކް ހަދާފައި

އަށް އަހަރުގެ ދިވެހި ފިރިހެން ކުއްޖެއް ދޮޅު ގަޑިއިރު ވަންދެން އިއްޔެ ޕްލޭންކް ހަދައިފި އެވެ.

އިސްމާއިލް މުލްހަމް އާޒިމްގެ އާއިލާ އިން ދެކޭ ގޮތުގައި އުމުރަށް ބަލާއިރު މިއީ ދުނިޔޭގެ ރެކޯޑަކަށް ވުން ވެސް ގާތް ވަގުތެކެވެ.

މުލްހަމްގެ މަންމަ، މަރިޔަމް ސައީދާ ބުނީ މިދިޔަ ރޯދަ މަހުން ފެށިގެން އޭނާގެ ދަރިފުޅު އަންނަނީ ޕްލޭންކް ހަދަމުން ކަމަށެވެ. ގޭ ތެރޭގައި، ބޭބެ އާއި ދައްތައަށް ޗެލެންޖު ކުރުމުގެ ގޮތުން އެންމެ ފުރަތަމަ އޭނާ ޕްލޭންކް ހެދީ އެންމެ ފަސް މިނިޓަށެވެ. އެކަމަކު މާ ގިނަ ދުވަސްތަކެއް ނުވެ، މުލައްދަނޑި އާއި ފައިގެ އިނގިލިތަކުގެ ބާރުގައި، ބަނޑު ނުޖައްސައި އެއް ގަޑިއިރާއި 30 މިނިޓް ވަންދެން ބަންޑުން އޮވެގެން މުލްހަމް ވަނީ އޭނާގެ އާއިލާގެ އިތުރުން ގިނަ ބަޔަކު ހައިރާންކޮށްލައިފަ އެވެ.

އާންމުކޮށް ކަސްރަތުކޮށް، ޕްލޭންކް ނުހަދާ މީހަކަށް މިނިޓެއް އިރު ވެސް ހިފަހައްޓާލުން ވާނީ އުނދަގޫ ކަމަށެވެ.

"ފުރަތަމަ ހިއެއް ވެސް ނުކުރަން އޭނާއަށް އެކަން ވާނެ ކަމަކަށް. މުލްހަމް ކުޑަވީމައި ބުނިން ވަގުތު އެއަށް ވުރެ ކުޑަކުރަން. އެކަމަކު ފެށުމުގެ ކުރިން ވެސް އޭނާ އަޒުމު ކަނޑައެޅީ ދޮޅު ގަޑިއިރު ޕްލޭންކް ހަދައި، ރެކޯޑެއް ގާއިމްކުރަން،" ފަސް ކުދިންގެ މަންމަ ބުންޏެވެ.

މިހާތަނަށް އެންމެ ގިނައިރު ވަންދެން ކުޑަކުއްޖަކު ޕްލޭންކް ހަދާފައިވަނީ، އެއް ގަޑިއިރާ 20 މިނިޓް ވަންދެން 16 އަހަރުގެ އަންހެން ކުއްޖެކެވެ. އެހެންވެ މުލްހަމްގެ އަޒުމަކަށް ވެފައި އޮތީ އަންނަ ނޮވެމްބަރު ފާހަގަކުރާ އޭނާގެ ނުވަ ވަނަ އުފަން ދުވަހުގެ ކުރިން އެ ރެކޯޑް މުގުރާލުމެވެ.

ކައިރީގައި ހޮޅިއެއް ޖަހާފައިވާ ފެން ތައްޓެއް ބަހައްޓައިގެން، ކުރިމަތީގައި އައިޕެޑުން ސްޓޮޕްވޮޗް ޖައްސައިގެން މުލްހަމް ޗެލެންޖު ފުރިހަމަކުރީ އުނދަގުލުންނެވެ.

ގަވައިދުުން ދުވެ އަދި ފެތުމުގައި ވެސް ބައިވެރިވާ އަދި އިމާދުއްދީން ސްކޫލްގެ ގްރޭޑް ތިނެއްގެ ދަރިވަރު މުލްހަމް ބުނިގޮތުގައި ޕްލޭންކް ހަދަން ފެށިތާ ގަޑިއިރެއް ފަހުން ވެއްޓޭ ގޮތްވާން ފެށި އެވެ. އެކަމަކު ކަނޑައަޅާފައިވާ ވަގުތަށް ނިންމާލަން ހިިތްވަރުކުރީ ކަމަށް އޭނާ ބުންޏެވެ.

"މުލްހަމް ހިތަށްއެރީ ހަމަ ރެކޯޑް ހަދާނަމޭ. އެހެންވެ، ވެއްޓޭ ގޮތް ވާން ފެށީމައި ވެސް ހިތްވަރުކޮށްލީ،" މުލްހަމް ބުންޏެވެ.

"މިހާރު ވަރަށް އުފާވޭ ހެދުނީމަ. ގޭ މީހުން ޗޮކްލެޓް ވެސް ދިން. ސެޓްފިކެޓް ވެސް ދިން."

މުލްހަމް ޕްލޭންކް ހަދަމުން ދިޔައިރު، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ގެންދެވީ ފޯނުކޮށްގެން އެކަން ބައްލަވަމުންނެވެ. އެހާ ކުޑަކުއްޖަކު، ބޮޑު ކާމިޔާބީއެއް ހޯދުމުން އޭނާ ވެސް ހުންނެވީ އުފަލުންނެވެ. އަދި މުލްހަމް ޕްލޭންކް ހަދާ މަންޒަރު އޭނާ ޓްވީޓް ކުރައްވަމުން ވެސް ގެންދެވި އެވެ.

މަރޭގެ އެ ޓްވީޓްތައް ގިނަ ބަޔަކު ރީޓްވީޓް ކުރީ ހައިރާންވެ ތިބެ، ކުޑަކުއްޖާގެ އެ ހިތްވަރަށް ސާބަސް ދެމުންނެވެ.

މުލްހަމްގެ މަންމަ މަރިޔަމް ބުނީ ދަރިފުޅު އެކަން ކުރަން ފެށިއިރު ޕްލޭންކް ހެދެނީ ފަސް މިނިޓަށް ނަމަވެސް، ދުވަހަކަށް ވުރެ ދުވަހެއް ވަގުތު ގިނަ ކުރަމުން ގެންދިޔަ ކަމަށެވެ. ދޮޅު ގަޑިއިރުގެ ރެކޯޑެއް ހަދަން އޭނާ ނިންމީ، މީގެ ހަފުތާއެއް ކުރިން 35 މިނިޓް ވާންދެން ޕްލޭންކް ހެދުމަށް ފަހު އެވެ.

މުލްހަމް ބޭނުންވަނީ ބޮޑުވެގެން ސިފައިންގެ މީހަކަށް ވާށެވެ. އޭނާ ބުނީ އެންމެ ގިނައިރު ވަންދެން ޕްލޭންކް ހެދި ބޮޑު މީހާގެ ރެކޯޑު ވެސް މުގުރާލަން މަސައްކަތް ކުރާނެ އެވެ. ޕްލޭންގައި ދުނިޔޭގެ ރެކޯޑަކީ 8 ގަޑިއިރާއި 15 މިނިޓެވެ.

މުލްހަމް ބުނި ގޮތުގައި ދުނިޔޭގެ ރެކޯޑް މުގުރާލަން މަސައްކަތްކުރާނީ ބޮޑުވެގެން ތަމްރީނުތައް ހެދުމަށް ފަހު އެވެ. އެހެންވެ، މި ވަގުތު އޭނާގެ ހުރިހާ ޝައުގުވެރިކަމެއް ހުރީ އެ ތަމްރީނުތަކަށެވެ.

މުލްހަމްގެ މި އާދަޔާހިލާފު ކާމިޔާބީއާ ގުޅިގެން، އޮލިމްޕިކް ކޮމިޓީގެ ދައުވަތެއް ވެސް އޭނާ މިހާރު ވަނީ ލިބިފަ އެވެ.

18 ކޮމެންޓް, 188 ރިއެކްޝަންސް

icon happy icon happy 87%
icon sad icon sad 3%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހާލީ

28 April 2021

90 މިނިޓުގެ ޕްލޭންކް އެއް ދިވެހި އަންހެން ކުއްޖަކު ހަދައިފި

The name is already taken The name is available. Register?

ބާބާ

01 August 2020

މަށަށް ނޯވެވޭ 1 މިނިޓް ވަންދެންވެސް.

The name is already taken The name is available. Register?

އތނ

31 July 2020

މި އުމުރުގެ ކުއްޖަކު ކުރުން ރަގަޅެއް ނޫން... ތަންކޮޅެއް ބޮޑު ވަދެން މަޑުކޮށްލާ

The name is already taken The name is available. Register?

އާރީ

31 July 2020

މަރުޒޫގު ބަލަށް ހުރެގެން މިހާ ކުޑަ ކުއްޖަކު ގަންނުވާ މި ކުރީ ރަގަޅު ކަމެއްބާ?

The name is already taken The name is available. Register?

ހަކީމް

31 July 2020

ތިބުނާ މީހާއަކީ އަބަދުވެސް ދެއްކުންތެރިކަން އިސްކުރާ މީހެއް.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

01 August 2020

@ހަކީމް ތިބުނީ ވަރަށް ބޮޑު ތެދެއް.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

01 August 2020

މަރޭ އެއީ ދެއްކުންތެރިއެއް.އެހެން މީހުން ކުރާ ހުރިހާ ކަމެއްގެ ކްރެޑިޓް ނަގަން ވަރަށް ފަރިތަވާނެ.އަދި އެހާމެ ކިބުރުވެރިވާނެ.

The name is already taken The name is available. Register?

ހަކީމް

31 July 2020

ރެކޯޑެއް ހެދުމުގައި ތިހާގިނައިރު އޮވެގެން ހަށިގަނޑަށް ގެއްލުމެއް ނުވާނެބާ. ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމު.

The name is already taken The name is available. Register?

އަދުނާނު ދިއްދޫ

31 July 2020

ހެސްކިޔާފަ ހިތުހުރި އެއްޗެއް ކައިގެން ބަނޑުދަމާލައިގެން މިތާ ކޮމެންޓް ކުރަން އޮވޭ އޭރުން ހަށިގަނޑައް ގެއްލުމެއް ނުވާނެ.

The name is already taken The name is available. Register?

އތނ

31 July 2020

އަދުނާނު ދިއްދޫ، އެއީ ކުޑަ ކުއްޖެއް... ފިޓް ބޮޑު މީހަކާ ހެދިބޮޑުވަމުން އަންނަ 10 އަހަރުން ދަށުގެ ކުޑަ ކުއްޖަކާ ތަފާތުވާނެ

The name is already taken The name is available. Register?

ޢަނީ

31 July 2020

ގިނައިރު ޕްލޭންކް ހެދުމަކީ ނުރައްކާތެރި ކަމެއް. ހާއްސަކޮށް ކުޑަކުދިން. އިންޓަނެޓުން ބައްލަވާ ފުރިހަމަ މައުލޫމާތު ހޯއްދަވާ. ރިކޯޑު ހަދަންް ކުޑަކުދިން ލައްވާ ކުރުވާނީ އެކުދިންނަށް އެކަށީގެންވާ ކަންކަން.

The name is already taken The name is available. Register?

ފިޓްފަޒީލާ

31 July 2020

ތިހާގިނައިރު ޕްލޭންކް ހެދުމަކީ ހަށިގަނޑަށް ނުރައްކާ ވާ ކަމެއް އެންމެ ގިނައިން ހަދަން ވާނީ 2 މިނަޓު ހުއްޓާނުލާ. ރިކޯދު ހަދާ ނިމޭއިރު ދަރިފުޅު ހެޔޮހާލުގަ ހުންނާނެބާ

The name is already taken The name is available. Register?

ޙާލިދު

31 July 2020

ނުބައި ކޮށް ބޮޑީ ޕޮޒިޝަން އޮތީ.

The name is already taken The name is available. Register?

ތުނިޔަ

31 July 2020

މަރުޙަބާ މުލްހަމް! މާޝާﷲ...ތީފިސާރި ހިތްވަރު ގަދަ މޮޅު ކުއްޖެއް..އަޅުގަނޑަށް ހަން ކެނޑިގެންވެސް ދޮޅުމިނިޓަށްވުރެ ކުރިއަށް ނުގެންދެވޭ..

The name is already taken The name is available. Register?

ރީތި މޫސަ

31 July 2020

މަރުހަބާ ސާބަސް ތީމޮޅުކުއްޖެއް ކިގޮތުގަ ކުރިޔަށްދާތީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454