ހުޅުމާލޭގެ ފިހާރައަކުން ބަޔަކު ވިޔަފާރި ކުރަނީ: ރާއްޖޭގެ ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި މި ކުއާޓާގައި ވެސް ދަށްވާނެ ކަމަށް ވަނީ ލަފާ ކޮށްފައި .-- ފޮޓޯ: ނިޝާން އަލީ / މިހާރު
31 ޖުލައި 2020 - 13:20
ހޯލްސޭލް އާއި ރިޓެއިލް ވިޔަފާރިތަކުގެ ހާލަތު މިހާރު ހިނގަމުންދާ މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ވެސް ދަށްވާނެ ކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭ އިން ލަފާކޮށްފި އެވެ.
އެ އިދާރާ އިން އިއްޔެ ނެރުނު މި އަހަރުގެ ދެވަނަ ކުއާޓަރުގެ ރިޕޯޓުތައް ދައްކާ ގޮތުން، އެ މުއްދަތުގައި ވެސް ހޯލްސޭލް/ރިޓެއިލް ވިޔަފާރިތައް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. ވިޔަފާރިތަކަށް ނޭދެވޭ އަސަރުކޮށް، ވިޔަފާރިތައް ދަށްވީ މިދިޔަ މާޗު 7 ގައި ރާއްޖެ އިން ފެނުނު ކޮވިޑް-19 ގެ ސަބަބުން ކަމަށް އެމްއެމްއޭގެ ރިޕޯޓުގައި ވެ އެވެ.
ރާއްޖޭގައި ކޮވިޑް ފެތުރުން އަދިވެސް ކޮންޓްރޯލް ނުވެ، ހާލަތު އިތުރަށް ގޯސްވަމުންދާތީ ވިޔަފާރިތަކަށް އޭގެ އަސަރުކުރާ ވަރު ކުރިމަގުގައި ބޮޑުވާނެ ކަމަށް އިގްތިސާދީ ތަޖުރިބާކާރުން ވެސް ދަނީ ބުނަމުންނެވެ.
އެމްއެމްއޭ އިން ބުނިގޮތުގައި ކޮވިޑާ ގުޅިގެން، ރާއްޖޭގެ ވިޔަފާރިތަކުގެ ހާލަތު ކުރިއާލައި ދެނެގަނެ ކުރިމަގުގައި އަންނާނެ ބަދަލުތައް ހޯދުމަކީ ވެސް ދަތިކަމެކެވެ. ނަމަވެސް މިހާރުގެ ހާލަތަށް ބަލައި، މިހާރު ހިނގަމުން މިދާ ތިންވަނަ ކުއާޓަރުގައި ވެސް ހޯލްސޭލް/ރިޓެއިލް ވިޔަފާރިތަކުގެ ހާލަތު ދަށްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެ އިދާރާ އިން ބުންޏެވެ.
މި އަހަރުގެ ދެވަނަ ކުއާޓަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގެ މައިގަނޑު ހުރިހާ ދާއިރާއަކުން ވެސް ވަނީ ވިޔަފާރި ދަށްވެފަ އެވެ. ޚާއްސަކޮށް މިދިޔަ ހަތަރު މަސް ދުވަހު ޓޫރިޒަމް ހުއްޓިފައި އޮތުމުން އެންމެ ބޮޑު އަސަރެއް ކޮށްފައި ވަނީ އެ ސިނާއަތަށެވެ. ނަމަވެސް މި މަހުގެ 15 ގައި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާ ގުޅިގެން މި ކުއާޓަރުގައި އެ ސިނާއަތުގެ ވިޔަފާރި މިދިޔަ ދެވަނަ ކުއާޓަރާ އަޅާބަލާއިރު ރަނގަޅުވާނެ ކަމަށް އެމްއެމްއޭ އިން ލަފާކުރެ އެވެ.
މަރުކަޒީ ބޭންކުގެ ލަފާކުރުންތަކަށް ބަލާއިރު، އިމާރާތް ކުރުމުގެ ދާއިރާ ވެސް މި ކުއާޓަރުގައި ރަނގަޅުވާނެ އެވެ. ދެވަނަ ކުއާޓަރުގައި އެ ދާއިރާގެ ހާލަތު ވެސް އޮތީ ވަރަށް ބޮޑަށް ދަށުގަ އެވެ.
ކޮންމެ ކުއާޓަރެއްގެ ވިޔަފާރި ކުރިއަރާ މިންވަރު އެމްއެމްއޭ އިން ލަފާކުރަނީ އެކި ކުންފުނިތަކުން ދޭ މައުލޫމާތުގެ އަލީގަ އެވެ.
ކޮވިޑް-19 އާ ގުޅިގެން މުޅި ރާއްޖޭގެ އިގްތިސޯދު އިންތިހާ އަށް ދަށަށް ގޮސް ހުރިހާ ވިޔަފާރިތަކަށް ވަނީ ނޭދެވޭ އަސަރު ކޮށްފަ އެވެ. އިގްތިސޯދު ޓޫރިޒަމް ސިނާއަތަށް އެކަނި ބުރަވެފައިވާއިރު، ރާއްޖޭގެ ބޯޑަރު އަލުން ހުޅުވި ނަމަވެސް ހީކުރި ވަރާ ގާތަށް ވެސް ޓޫރިސްޓުންނެއް އަދި ނާދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒުވާނާ.
31 July 2020
އެއްރިސޯޓާ ލެޕްޓޮޕަކުން ރިސޯޓުހިންގަންބުނި މީހުން މިހާރު ރާގުބަދަލުވީތަ
އައްޑޫބެއްޔާ
01 August 2020
ޒުވާނާ. ތިކިޔަނީ ކީކޭތަ؟ އެއް ރިސޯޓާ ލެޕްޓޮޕަކާއޭ ތޯ؟ ޒުވާނާއަކީވެސް ހަމަ ބުއްދި ލިބިހުރި މީހަކަށްވާއިރުގާ މީހަކު މަޖާޒީ ގޮތެއްގާ ދައްކާ ވަހަކައެއް ތިޔާ ފަދަ ގޮތަކަށް ބޭނުން ކުރުމަކީ ހާދަހާވާ ހުތުރު ކަމެކޭ
ޒުވާނާ.
31 July 2020
އެހެންވީ މަތާ މިކިޔަނީ ރިސޯޓު މުވައްޒަފުންގެ ޕެންޝަން ފަންޑުގަހުރި ލާރިން%50 ދޫކޮއްދޭށޭ ފަތުރުވެރިންނައިސް ދައުލަތް އިނދަޖެހެ މުންދާތީ މިހާލަތުގަނޫންބާ އަޑުއަހަންވީ މުވައްޒަފުން މިތިބީ ކިހާހާލުގަ
އަބްދުﷲ
31 July 2020
ނެތް ފައިސާއިން ތަކެތި ގަންނާނީ ކިހިނެއްތޯ. ނޫޑްލުސް އަދި ކިރު ފަދަ ތަކެތިވެސް ހުރީ އަގުބޮޑުވެފަ.
ނިޒާރު
31 July 2020
މިކަމުގައި ދައުލަތުން ކުރި އިސްރާފު އެތައް ތަނަކުން ބޮޑު. ކޮވިޑްގެ ނަމުގައި ބައެއް މީހުންގެ ރިސޯޓްތައް މުޅިންހެން އައުކޮށްދީ އެތަންތަނުގެ އިންފްރާސްޓްރަކްޗަރ ބަދަލުކޮށް ހެދި. ހަގީގީ ކާރިސާ އާ ކުރިމަތިވުމުގެ ކުރިން ބޭކާރު ގޮތުގައި ހޭދަތައް ކުރި. މުއްސަދިވީ މީހުން އެބައުޅޭ
ބަލާތިބަލާތި
31 July 2020
ރާއްޖޭގެ އިގްތިސާދު ބިންދައިގެން ހިނގައްޖެ ކަމުގެ ނިޝާން ތަކޭ ފެނިގެން މިދަނީ އިގްތިސާދަކީ އެއީ މަޖްލީހުގެ ރައީސަށް ނޫސް ކޮންފަރެންސް ތަކުގައި ރޯ ބުހުތާނު ދޮގުހަދައިގެން ހިފަހައްޓާލެވޭނެ ކަންކަމެއް ނޫން ކަން މިހާރު އެގިގެން މިދަނީ އެމްއެމްއޭގެ ގަވަރުނަރު ދައްކާ ވާހަކަ ދިމާނުވާ ތަން މިހާރު ފެނިގެން މިދަނީ ސީދާ ރާއްޖެ މިއޮތީ ބަނގުރޫޓްވެފައޭ...
ބިކާރީ ބްރަދަރ
31 July 2020
އެމެރިކާގެ އިކޮނިމީ %32 ކޮންޓްރެކްޓްވި. އެހެންކަމުން ޓްއަރިޒަމް އެކަންޏަށްކަހަލަގޮތަކަކށް ބަރޯސާވެފައޮތް އިގްތިސާދަކަށް ކުރާނެ އަސަރުވިސްނާލާ. އެހެންނަމަވެސް ބައެއްފަރާތްތަކުން ބޭކާރު އަދި ކޮންމެހެން ކުރަންނުޖެހޭ ޚަރަދުތައްކޮށްހަދާގޮތުން ކަމެއްވެގެންއުޅޭހެންވެސް ހީނުވޭ.
ގަޓް ބްރޯ
31 July 2020
ރާއްޖޭގަ ވިޔަފާރިކުރާ ގިނަފަރާތްތަކުން ވިޔަފާރިކުރަނީ ވިޔަފާރިއާބެހޭ އެއްވެސް މައުލޫމާތެއް ދުރުވިސްނުމެއްނެތި މީހުން ކުރާތީ ކުރާ ކަމެއްގެ ގޮތުގަ. މިއީ އެކަމުން ގައުމުގެ އިގްތިސާދަށްވެސް ނުހަނު ގެއްލުންވާނެ ކަމެއް. ޑިމާންޑަށްވުރެ ގިނައިން މުދާގަނެ ސްޓޮކް ކޮށްފަ ބަހައްޓަންޖެހުމުން އެމުދަލެއްގެ އަގު ނިސްބަތުން އުފުލެމުންދާނެކަން ގިނަ ވިޔަފާރިވެރިންނަކަށް ނޭނގެ. މިހާރުވެސް ރާއްޖޭގަ އިތުރު 10 މާލެއަށް ބޭނުންވާ މުދާ ފިހާރަތަކުގަ ސްޓޮކް ކޮށްފަ ހުންނާނެ
ާއުނިމާ
31 July 2020
ކާބޯތަކެތި ނޫން އެއްޗެއް ގަނެވޭކަަށް ނެތް ގަތުންވެސް ބުއްދިވެރިއެއްނޫން، މިކަން އެއްކޮށް ސާފުކޮށް ލެވެން އޮތްވާ ގިނަދުވަހު މީގެ ބިރުވެރިކަމުގައި އުޅެންޖެހޭގޮތައް ރާވާފަ މިއޮތީ