ސަލްމާން.
03 އޯގަސްޓް 2020 - 06:45
އިންޑިއާގެ ލޮކްޑައުންއާ ހެދި ފަސް މަހެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ސޮނީ ޓީވީގެ ކޮމެޑީ ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ" ހޮނިހިރު ދުވަހުގެ ރޭ އަލުން ދައްކަން ފެށުމާ އެކު، އެ ޝޯ ބޮއިކޮޓްކުރަން ބައެއް މީހުން ޓްވިޓާގައި ގޮވާލަން ފަށައިފި އެވެ.
ޓްވިޓާގައި ފާޅުކޮށްފައިވާ ހިޔާލުތަކަށް ބަލާ އިރު މައްސަލައަކަށްވެގެން އުޅެނީ ޝޯގެ ޕްރޮޑިއުސަރަކީ އެކްޓަރު ސަލްމާން ޚާނަށްވުމެވެ. އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު 2018 ގެ ފަހުކޮޅު އެ ޝޯ އަލުން ގެނެސްދޭން ފެށި އިރު، އޭގެ އެއް ޕްރޮޑަކްޝަން ހައުސްއަކީ ސަލްމާންގެ އެސްކޭ ޓީވީ އެވެ.
"ދަ ކަޕިލް ޝަރުމާ ޝޯ" ބޮއިކޮޓްކުރަން ގޮވައިލާ މީހުން ބުނަމުންދާ ގޮތުގައި ސަލްމާނަކީ ވެސް ޖޫން މަހު މަރުވި އެކްޓަރު ސުޝާންތުގެ މަރުގެ ޒިންމާ ނަގަން ޖެހޭ މީހެކެވެ. އެހެންވެ މިފަދަ ނުފޫޒު ގަދަ މީސްމީހުންގެ އެއްޗެހި ޕްރޮމޯޓްކޮށް، އެ އެއްޗެހި ބަލައިގެން އެ މީހުން ޖީބު ބޮޑުކޮށްދޭން ނުޖެހޭ ކަމަށް ބުނެފައިވެ އެވެ.
Although Sonu bhai is a real Hero, don’t want to miss Sonus talks. But, this show is produced by @BeingSalmanKhan - Sushants Murderer. So all those thinking what to do, let’s watch only this episode for Sonu Bhai post this Bann Kapil Sharma Show . #JusticeforSushantSingRajput
— Esha (@EshaIndian) July 31, 2020
ހިޔާލުފާޅުކުރި ބައެއް މީހުން ބުނިގޮތުގައި "ކަޕިލް ޝަރުމާ ޝޯ" އަލުން ގެނެސްދޭން ފެށި އިރު ހޮނިރާއި އާދީއްތަ ދުވަހުގެ ރޭގެ އެޕިސޯޑްތަކުގައި މެހުމާނެއްގެ ގޮތުގައި ސޯނޫ ސޫދު ފަދަ ބަތަލެއް ބައިވެރިޔަސް ސަލްމާންގެ ހިއްސާ ޝޯގައި އޮންނާތީ އެ އެ މީހުން އެޕިސޯޑްތަކަށް ވެސް ޝައުގުވެރިކަމެއް ނެތެވެ.
I am not going to watch even for Sonu. For me, boycott is boycott. Although, I was a greatest fan of TKSS. Mind my word, "I was". Was
— Rahul Jain (@rjpatni123) July 31, 2020
އަދި ބައެއް މީހުން ބުނެފައި ވަނީ އެ ޝޯ އަކީ ކިތަންމެ ގަޔާވާ ޝޯއަކަށް ވިޔަސް ސަލްމާންގެ ބައިވެރިވުން އޮތްހާ ހިނދަކު ދެން އެ މީހުން "ދަ ކަޕިލް ޝަރުމާ ޝޯ" ނުބަލާނެ ކަމަށެވެ.
މިފަދަ މައްސަލަތަކުގައި ގިނަ ފަހަރަށް ޗެނަލްތަކަށް ބެލުންތެރިން ގޮވާގޮވުންތަކަށް ތަބާވާން މަޖުބޫރުވެ އެވެ. އޭގެ އެއް މިސާލަކީ ކުރިން "ދަ ކަޕިލް ޝަރުމާ ޝޯ" ގަ ބައިވެރިވި ނަވްޖޯތު ސިދޫ، ޕާކިސްތާނަށް ތާއީދުކުރާ މޭރުމަކުން މިދިޔަ އަހަރު ޓްވީޓްކުރި މައްސަލައެއްގައި އޭނާ ޝޯ އިން ވަކިކުރަން ގޮވައިލަން ފެށުމުން ސޮނީ ޓީވީން އެގޮތަށް އަމަލުކުރުމެވެ.
އަދި އެ ޗެނެލްގެ "އިންޑިއަން އައިޑޮލް" ގެ ޖަޖެއްގެ ގޮތުގައި ބައިވެރިވި އައްނޫ މަލިކަށް ޖިންސީ ގޯނާގެ ތުހުމަތުކުރެވިގެން އޭނާ ވެސް ޝޯއިން ބޭރުކޮށްލަން ގޮވަން ފެށުމުން އޭނާ ވަކިކުރަން ޖެހުމަކީ ވެސް ސޮނީ ޓީވީ އަށް މި ފަހުން ކުރިމަތިވެފައި ހުރި ކަންކަމެވެ.
Sry not going to watch cz of your producer but we love you Kapil God bless you!!
— Kavita Yadav (@KavitaY02389650) July 31, 2020
ސުޝާންތުގެ މަރުގެ ޒިންމާ ނަގަންޖެހޭ މީހުން ކަމަށް ބުނެ ބޮލީވުޑްގެ ފަންނާނުންގެ ލިސްޓެއް ބަޔަކު ފުލުހުންނަށް ހުށަހެޅި އިރު އޭގެ ތެރޭގައި ވެސް ސަލްމާން ހިމެނެ އެވެ. އޭގެ ތެރޭގައި ދެން ހިމެނުނީ ކަރަން ޖޯހަރާއި އެކްތާ ކަޕޫރާއި ސަންޖޭ ލީލާ ބަންސާލީ އާއި ސީރީޒްގެ ވެރިޔާ ބުޝަން ކުމާރާއި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އެވެ.
އެ މައްސަލަ ފަހުން ވަނީ ކޯޓުން ބޭރުކޮށްލައިފަ އެވެ. މީގެ އިތުރުން ހަމަ މި ފަންނާނުންގެ އުފެއްދުންތައް ބޮއިކޮޓްކުރަން ގޮވާލައި އޮންލައިން ޕެޓިޝަނެއްގައި ގިނަ ބަޔަކު ސޮއި ވެސް ކޮށްފައިވެ އެވެ.
"ދަ ކަޕިލް ޝަރުމާ ޝޯ" ސަލްމާނާ ހެދި ބޮއިކޮޓްކުރަން ގޮވައިލާ އިރު، ސްޓާ ޕްލަސް އިން ގެނެސްދޭ ޑާންސް ޝޯ "ނަޗް ބަލިޔޭ" ނުވަ ވަނަ ސީޒަން މިދިޔަ އަހަރު ގެނެސްދިން އިރު އޭގެ ޕްރޮޑިއުސަރަކީ ވެސް ސަލްމާނެވެ. އަދި މި އަހަރުގެ ސީޒަން ޕްރޮޑިއުސްކުރަނީ ކަރަން ކަމަށް މީޑިއާތަކުން ބުންޏެވެ. އެހެންވެއްޖެ ނަމަ އެ ޝޯ ވެސް ބޮއިކޮޓްކުރަން ގޮވައިލުމުގެ ފުރުސަތު ބޮޑެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަމަނަ
03 August 2020
ތިޔައީ އެއްފަރާތުގެ ވާހަކަ ދޮއްތަ ހަގީގަތް އެގޭނީ ދެފަރާތުން ވހަކަ ދެއްކީމަ ނޫނީ ތަހްގީގެއް ކޮށްގެން
ކްރޯޑް
03 August 2020
މިހާރު އެބުނަނީ އެސްއެސްއާރ ގެ ލޯބިވެތިޔާ ރިޔާގެ ސަބަބުންނޭ އޭނާ މަރުވާން ޖެހުނީ ހަގީގަތެއް ނުބަލާ ތެޅިބާލަނީ އިންޑިއާގެ ބައެއްމީހުން ތަހްގީގު ނިމިނީމަތާ ވަކިބަޔަކު ކުށްވރި ކުރެވޭނީ
މީށް
03 August 2020
55 އަހަރު ތި ސަލޫ އަށް ވީ އެކަމަކު އަދިވެސް 25 ކަމަށް ހެދިގެން ހުއްޕާފަ!
ބާބާ
03 August 2020
ތި ސަލްމާނަކީ އޭނަގެ މަޝްހޫރުކަން މިހާރު ވަރަށް ނާޖާއިޒުކޮށް ބޭނުންކުރާ މީހެއް، ކޮންމެ ފިތުރު އީދެއްގަ އޭނަގެ ފިލްމުއަޅުވަން ސިނަމާތަށް ބްކްކުރުމާ، އޭނަ ބޭނުން ނުވާ މީހުންގެ ފިލްމުތަށް ސިނަމާތަކަށް އައުން ލަސްކުރުމަށާ މަދު ސިނަ މާތަކުގަ އަޅުވޭނެ ގޮތްހަދަން ނުފޫޒު ބޭނުންކުރާ މީހެއް. ބީންހިއުމަން ބްރޭންޑެއްގެ ފަހަތުގަ ހުރެ ވަރަށް ބޮޑެތި ގެއްލުންތަށް މީހުންނަށް ދެމުން އެބަދޭ، އޭނަގެ ދަބަންގު ފުރަތަމަ ފިލްމުގެ ޑައިރެކްޓަރަށް ކިހިނެއް ހަދާލީ.
ޑަމީ
03 August 2020
ތިކަހަލަ ވާހަކަ ނުދައްކާ.ދިވެހިންވެސް މީ ސައްލޫ ގެ ބޮޑެތި ފޭނުން. ހަޖަމެއްނުވާނެ
ނިކަމެތި
03 August 2020
ސަލްމާން ޚާން އެއް ނޫން ތިކަހަލަ ކަންކަމުގަ މައްސަލަ އަކީ، އޭނާ އަށް ދިމާވާ ގޮތަކީ އޭނާއަށް ލަނޑު ދޭން މީހުން ކުރާ ކަންތަކުން އޭނަ ރުޅިވެސް ގަދަ ވަނީ، ރުޅި ގަދަ ވެގެން ގޮސް މީހުނަށް ގެއްލުން ވެސް ދެނީ... ސަލްމާން ކުށްވެރި ކުރާތީ ރުޅިވެސް ގަދަވަނީ...