ދުނިޔެ

ދެ މަހަށް ފަހު ސްޕޭސްއެކްސްގެ އެސްޓްރޮނޯޓުން އެނބުރި ދުނިޔެ އަށް

ސްޕޭސްއެކްސްގެ ޑްރެގަން ކެޕްސޫލް ކަނޑަށް ތިރިކުރަނީ. --ފޮޓޯ:އޭއެފްޕީ

ފްލޮރިޑާ (އޮގަސްޓް 3) - އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ގައި ދެ މަހަށްވުރެ ގިނަ ދުވަސް ހޭދަ ކުރުމަށް ފަހު ސްޕޭސްއެކްސް ކްރޫ ޑްރެގަން ކެޕްސޫލްގައި، ދެ އެސްޓްރޮނޯޓުން މިރޭ އެނބުރި ބިމަށް އަތުވެއްޖެ އެވެ.

ހަތަރު ވައިކުޑައިގެ އެހީގައި ޓެސްޓް ޕައިލެޓުން ކަމަށްވާ ޑަގް ހާލީ އާއި ބޮބް ބެންކަން ކެޕްސޫލް ގަލްފް އޮފް މެކްސިކޯ އަށް ތިރިކުރީ މިރޭ ޖީއެމްޓީން 18:48 ގަ އެވެ. ރާއްޖޭ ގަޑިން މިރޭ 11:48 ގަ އެވެ. މިއީ 45 އަހަރު ތެރޭ ކަނޑަށް ތިރިކުރި އެމެރިކާގެ ފުރަތަމަ ކެޕްސޫލެވެ. އެންމެ ފަހުން ކަނޑަށް ތިރިކޮށްފައި ވަނީ އެޕޯލޯ ޕްރޮގްރާމް ނިންމާލި އިރު 1975 ވަނަ އަހަރު އެވެ.

ސްޕޭސްއެކްސްގެ ޑްރެގަން ކެޕްސޫލުން ރިކަވަރީ އުޅަނދަށް ނަގަނީ. --ފޮޓޯ:އޭއެފްޕީ

ދުނިޔޭގެ އެޓްމޯސްފިއާ އަށް ވަންނަން ދިޔައިރު ކެޕްސޫލްގެ ސްޕީޑް ހުރީ ގަޑިއަކު 17،500 މޭލު (ގަޑިއަކު 28،000 ކިލޯ މީޓަރު) ގެ ބާރު މިނުގަ އެވެ. އެ ސްޕީޑުގައި ދަތުރުކުރި އިރު ޓެމްޕަރޭޗަރަކީ 3،500 ޑިގްރީ ފެރަންހައިޓް (1،900 ޑިގްރީ ސެލްސިއަސް) އެވެ. ކެޕްސޫލް ހަދާފައި ވަނީ ވެހިކަލް އާއި ކްރޫން ހޫނުން ރައްކާތެރިކޮށްދޭ ޚާއްސަ ޝީލްޑަކުންނެވެ. ވެހިކަލްގެ ބޭރުގައި ހޫނުގަދަވުމުގެ ސަބަބުން މުވާސަލާތީ ގުޅުން ހަ މިނިޓަށް ކެނޑުނެވެ. ނަވާރަގަޑިއިރުގެ ދަތުރަކަށް ފަހު ކަނޑަށް ޖެއްސިއިރު ސްޕީޑް ވަނީ ގަޑިއަކު 15 މޭލަށް ދަށްކޮށްފަ އެވެ.

ކެޕްސޫލް ކަނޑަށް ޖެއްސުމާ އެކު ރިކަވަރީ ކްރޫން ވަނީ ވަގުތުން ގޮސް ކެޕްސޫލް ސަލާމަތް ކުރުމުގެ މަސައްކަތް ފަށައިފަ އެވެ. ކެޕްސޫލުން އެސްޓްރޮނޯޓުން ނެރުނީ އެ ކެޕްސޫލް އުޅަނދަކަށް ނެގުމަށް ފަހު އެވެ. ކެޕްސޫލްގައި އެއްވެސް ލީކެއް ހުރިތޯ ޗެކްކުރަން ގަޑިއެއްހާ އިރު ނެގި އެވެ. ހެލިކޮޕްޓަރުގައި އެއްގަމަށް ދެ އެސްޓްރޮނޯޓުން ގެންދިއުމަށް ފަހު، ހިއުސްޓަންގައި އެ މީހުންގެ އާއިލާތަކާ ބައްދަލު ކުރުމަށް ގެންދާނީ މަތިންދާ ބޯޓުގަ އެވެ. ދެ އެސްޓްރޮނޯޓުން އެއްގަމަށް ގެންދިޔައީ އެ މީހުންގެ ސިއްހީ ހާލަތު ވަޒަން ކުރުމަށް ފަހު އެވެ.

ސްޕޭސްއެކްސްގެ ޑްރެގަން ކެޕްސޫލުން ނެރުމާ އެކު އެސްޓްރޮނޯޓް ބެންކަން އަށް ރިކަވަރީ ކްރޫން އެހީވަނީ. --ފޮޓޯ:އޭއެފްޕީ

އެޓްލާންޓިކް ކަނޑުގައި އުފެދުނު ތޫފާނަކާ ގުޅިގެން، ނާސާ އިން ވަނީ ފްލޮރިޑާ ޕެނިންސުލާގައި ކެޕްސޫލް ކަނޑަށް ތިރިކުރާނެ ހަތް ތަނެއް ކަނޑައަޅައިފަ އެވެ.

ކެޕްސޫލް ގެންދިއުމަށް ހަމަޖެހިފައި ވަނީ ކޭޕް ކެނަވާރަލްގެ ސްޕޭސް އެކްސްގެ ގުދަނަށެވެ. ކުރިމަގުގެ ދަތުރުތަކަށް އެ ކެޕްސޫލް ބޭނުން ކުރާނެ އެވެ. ދެން ފަށާ ކްރޫ-1" ގެ މިޝަންގައި ހަތަރު މެންބަރުން އައިއެސްއެސް އަށް ދާނެ އެވެ. ސެޕްޓެމްބަރު މަހު ފަހުކޮޅު ފަށަން ޕްލޭންކޮށްފައިވާ އެ ދަތުރުގައި ފަޅުވެރިން ޖައްވީ ސްޕޭޝަނުގައި ހަ މަސް ދުވަސް ހޭދަކުރާނެ އެވެ.

ސްޕޭސްއެކްސްގެ ޑްރެގަން ކެޕްސޫލުން ނެރުމާ އެކު އެސްޓްރޮނޯޓް ހާލީ އަށް ރިކަވަރީ ކްރޫން އެހީވަނީ. --ފޮޓޯ:އޭއެފްޕީ

ސްޕޭސްއެކްސްގެ ފެލްކަން-9 ގެ ރޮކެޓާ އެކު އުދުއްސާލި ޑްރެގަން ޖައްވީ އުޅަނދު އައިއެސް އަށް ދަތުރުފެށީ މެއި 30 ވަނަ ދުވަހު އެވެ. އެއީ ނުވަ އަހަރު ކުރިން ނާސާގެ ޝަޓްލް ޕްރޮގްރާމް ހުއްޓާލި ފަހުން އެމެރިކާގެ އުޅަނދެއްގައި އޮސްޓްރޮނޯޓުން ޖައްވަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. ދެހާސް އެގާރަ ވަނަ އަހަރުގެ ފަހުން އޮސްޓްރޮނޯޓުން ޖައްވަށް ފޮނުވަން ނާސާ އިން ބޭނުންކޮށްފައި ވަނީ ރަޝިޔާގެ ސޮޔޫޒް ރޮކެޓެވެ. އެހެންކަމުން މިހާރު ވަނީ ސްޕޭސް ފްލައިޓްތަކުގައި ކޮމާޝަލް ކުންފުނިތަކަށް އާ ދޮރެއް ހުޅުވިފަ އެވެ.

ބޮން ބެންކަން (ކ) އާއި ޑަބް ހާލީ މެއި 30 ގައި ޖައްވަން ފުރަން ތައްޔާރުވެފައި. --ފޮޓޯ:އޭއެފްޕީ

މީގެ 18 އަހަރު ކުރިން އުފެއްދި އީލޮން މާސްކުގެ ސްޕޭސްއެކްސް ކުންފުނިން ވަނީ އޮސްޓްރޮނޯޓުން ޖައްވަށް ފޮނުވަން ނާސާ އެކު 2.6 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ގާއިމްކޮށްފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ޖައްވަށް ހަ ދަތުރު ކުރާނެ އެވެ.

2 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 81%
icon sad icon sad 6%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޗަކޮއި ކައިޒީން

04 August 2020

ހެޑްލައިންގަ ވާގޮތަށް "ދެ މަހަށް ފަހު ސްޕޭސްއެކްސްގެ އެސްޓްރޮނޯޓުން އެނބުރި ދުނިޔެ އަށް" އެއީ ގޯހެއް. ސްޕޭސްއެކްސްގެ އެސްޓްރޮނޮޓުންނެއްނޫން ދުނިޔެއައް އައީކީ. ނާސާގެ އެސްޓްރޮނޮޓުން....

The name is already taken The name is available. Register?

ޢިތުބާރުކުރޭ67

03 August 2020

ޢަދިވެސް އިންޑިޔާ މާފަހަތުގަ؟؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454