ޚަބަރު / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ކުރިއަށް އޮތް ތިން ދުވަހު ސަރުކާރުގެ އޮފީސްތައް ބަންދު

ތިން މަހެއްހާ ދުވަހަށް ފަހު ސަރުކާރުގެ އޮފީސްތައް މިދިޔަ ޖުލައި 5 ގައި އަލުން ހުޅުވުމުން ދެ މުވައްޒަފަކު، އެ ދުވަހުގެ ހެނދުނު އޮފީހަށް ދަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

03 އޯގަސްޓް 2020 - 20:21

30 comments

ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު އިތުރަށް ގޯސްވެ، ދިވެހިންގެ ތެރޭގައި އެ ބަލި ފެތުރުން އާންމުވުމާ ގުޅިގެން، ކުރިއަށް އޮތް ތިން ދުވަހު ސަރުކާރުގެ އޮފީސްތައް ބަންދު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެންމެ ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ، ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި އަޅާ ފިޔަވަޅުތަކުގެ ތެރެއިން، ސަރުކާރުގެ އޮފީސްތައް މާދަމާ އިން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ބަންދުކުރި ނަމަވެސް ގޭގައި ތިބެގެން މުވައްޒަފުން ކުރަންޖެހޭ މަސައްކަތްތައް އެގޮތަށް ކުރިއަށް ގެންދަން ދަންނަވަން ރައީސް ވިދާޅުވި ކަމަށެވެ. އަދި ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް، ދެވެން ހުރި ޚިދުމަތްތައް އެ އުސޫލުން ދިނުމަށް ވެސް ދަންނަވަން ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރާއްޖެ އިން ކޮވިޑް ފެނުމާ ގުޅިގެން، މާޗު 12 ގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިއުލާން ކުރެއްވި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތަކާ އެކު، މިދިޔަ ޖުލައި 5 އާ ހަމައަށް ވެސް ސަރުކާރުގެ އޮފީސްތައް ބަންދުކުރި އެވެ. އެކަމަކު، އެ މުއްދަތުގެ ތެރޭގައި ވަކި ހިސާބަކުން، ކޮންމެހެން އޮފީސްތަކަށް ނުކުމެ ކުރަންޖެހޭ މަސައްކަތްތަކަށް އޮފީސްތައް ހުޅުވި އެވެ.

ސަރުކާރުގެ އޮފީސްތައް ކުރިއަށް އޮތް ތިން ދުވަހު ބަންދުކުރަން ނިންމިއިރު، ރާއްޖޭގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވެ، ދިވެހިންގެ މެދުގައި އެ ބަލި ފެތުރުން ދަނީ އާންމުވަމުންނެވެ. އިއްޔެ އެކަނިވެސް 149 ދިވެއްސަކަށް އަލަށް ކޮވިޑް ޖެހުނެވެ. މިއީ އެއް ދުވަހެއްގެ ތެރޭގައި މިހާ ގިނަ ދިވެހިންނަށް އެ ބަލި ޖެހުނު ފަހަރެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ން މިދިޔަ ހަފުތާގައި އާންމުކުރި ހިސާބުތައް ދައްކާ ގޮތުން، މިދިޔަ ޖުލައި މަހު ކޮވިޑަށް ޕޮޒިޓިވްވި މީހުންނާ އެންމެ ގިނަ ބަޔަކު ކޮންޓެކްޓްވީ އޮފީސްތަކާއި އެހެނިހެން މަސައްކަތުގެ މާހައުލުންނެވެ.

ހިސާބުތައް ދައްކާ ގޮތުން، ކޮވިޑް ޖެހުނު މީހުންނާ މިދިޔަ މަހުގެ މަހުގެ އެކަކުން 28 ގެ ނިޔަލަށް އޮފީސްތަކުން 655 މީހަކު ކޮންޓެކްޓްވި އެވެ. އެއީ ކޮންޓެކްޓްވި މީހުންގެ 31 ޕަސެންޓެވެ. މަސައްކަތުގެ އެހެން މާހައުލުތަކުން ކޮންޓެކްޓްްވީ 564 މީހެެކެވެ. އެއީ 27 ޕަސެންޓެވެ. ތިން ވަނަ އަށް އެންމެ ގިނަ މީހުން ކޮންޓެކްޓްވީ ސިއްހީ ހިދުމަތްދޭ ތަންތަނުންނެވެ. އެއީ 303 މީހުން ނުވަތަ 14 ޕަސެންޓެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުން ހަތަރުވަނަ އަދި ފަސް ވަނަ އަށް އެންމެ ގިނަ މީހުން ކޮންޓެކްޓްވީ ކެފޭ/ރެސްޓޯރެންޓްތަކާއި ފިހާރަތަކުންނެވެ. ކެފޭތަކާއި ރެސްޓޯރެންްޓްތަކުން 154 މީހަކު ކޮންޓެކްޓްވި އިރު ފިހާރަތަކުން ކޮންޓެކްޓްވީ 89 މީހެކެވެ.

30 ކޮމެންޓް, 73 ރިއެކްޝަންސް

icon happy icon happy 60%
icon sad icon sad 12%
icon angry icon angry 27%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޮޑު މުހައްމަދު

04 August 2020

މާލިމީއެއް ނެތް އޮޑިއެކޭ މިގައުމެކޭ އެއްގޮތް. މިއޮތީ ހެޔޮވެރިކަމުގެ ބލ ވެރިކަން ގެނެއްސަ މިގައުމަށް.

The name is already taken The name is available. Register?

20000

04 August 2020

ސަރުކާރު ބަންދު ކޮށްފައި ބާރު ހުންނަ މީހުން މާގިރި ހޮޓާ ކުއްޔަށް ހިފައިގެން ޕާޓީ ބޭއްވީ ދައުލަތުން ލާރި ހުސްވަމުން ދިޔައީ

The name is already taken The name is available. Register?

ޗާލޫ

04 August 2020

ބާކީ އޮތް 3 އަހަރާ ދުވަސްކޮޅެއް ، އެއްގޮތަކަށްވެސް ހުޅުވާނެ ކަމެއްނެތް ، މުޅި ދައުލަތް ބަނޑުއަލާލައިގެން ތިބޭ

The name is already taken The name is available. Register?

ހުސެން

04 August 2020

3 ދުވަހަށް ބަންދުކުރުމުގެ މާނައަކީ ކޮބައިތޯ؟ އަޅުގަނޑަށްވިސްނޭގޮތުގައި މީގެ މާނައަކީ ކޮވިޑް19 ކޮންޓުރޯލްކުރުމަށް ފޮލޯކުރާނެ އެކަށީގެންވާ ޕުރޮސީޖަރއެއް ނުވަތަ ޕުލޭނެއް ތައްޔާރުކުރެވިފަކާނެތޭ، މިކަންކަމާމެދު ވިސްނާ ޕުލޭން ހެދުމަށް ބަންދުކުރި 3 ދުވަސްކަމަށް ބެލެވޭ! ނިއުސްބުރީފިންތަކުގައި ކުރިމަތިވެދާނެ ކޮންމެ ހާލަތަކަށް ތައްޔާރުކަމަށްބުނެ މަތިއޮމާން ކުރުމުގެ ނަތީޖާއަކީ ކޮވިޑް19 އާމެދު ދިވެހިންގެ ސީރިއަސްކަން ކުޑަވުން

The name is already taken The name is available. Register?

އަހުމަދުބޭ

04 August 2020

ސަރުކާރު ބަންދުކޮއްގެން، މަސައްކަތްތަށް ހުއްޓައިލައިފައި ގޭގައި ތިބޭނީ ކިހައި ދުވަހަކުތޯ، ނުކައި ނުބޮއި ޒަރޫރީ ބޭނުންތަށް ފުއްދައިނީ ކިހިނެތްތޯ، ސަރުކާރު މުވައްޒަފުންނަށް މައްސަލައެއް މިޔަކުނެތް ގައުމު އޮތިއްޔާ ދަރައިވިކިގެން ނޫނީ ފައިސާ ޖަހައިގެން ވެސް ސަރުކާރު މުވައްޒަފުންނަށް މުސާރަ އެކައުންޓަށް މަސްނިމުމުގެ ކުރިން އެބަޖަމާކުރޭ، ސުވާލަކީ ޕުރައިވެޓް ސެކްޓަރ، ފުރީ ލެންސަރ އަދި އެކިގޮތްގޮތުން ފުރާގް ހޯދައި މީހުން ހަދައިނީ ކިހިނެތްހޭ

The name is already taken The name is available. Register?

ޣުޅަ

04 August 2020

އެތަން ހުޅުވިއަސް ކާޖާ ނުދިޔައިމަ އެ ނިމުނީ.

The name is already taken The name is available. Register?

އާރީ

03 August 2020

ކޮވިޑްގެ ނުރަށްކާ އެއްމެ ބޮނޑްވި ދަނޑިވަޅު ފެސިލިޓީތައް ފުރި ފޮޒިޓިވް ވެފަ ތިބި ގިނަބަކު ނުގެންދެވި ތިބި މަކީ ގިނަ ރަށްއިތުންގެ ކަންބޮނޑް ވުމެއް.

The name is already taken The name is available. Register?

ކާޖާ

03 August 2020

ބަންދު ކުރަންވީ ހޮޓާ ރެސްޓޯރަންޓްތައް

The name is already taken The name is available. Register?

ވާނުވާ ޕާޓީ

03 August 2020

އެތަން ތަން ކުރަމުން އެ ދަނީ. މިހާރުވެސް 70 ތަނެއް ކޮށްފި.

The name is already taken The name is available. Register?

އތނ

06 August 2020

ގަވައިދާ ހިލާފް ވާތީ ކެފޭތަކާ ރެސްޓޯރަންޓްތަށް ބަންދު ކުރަނީ.. ގަވައިދާ ހިލާފް ވާ ރެސްޓޯރަންޓްތަށް އިންގޭނެ ގޮތް ހަދައިދޭން ޖެހޭ

The name is already taken The name is available. Register?

1828

03 August 2020

ސަރުކާރުގެ އޮފީސްތަށް ބަންދުކުރިޔަސް ޕްރައިވެޓް ސެކްޓަރ ބަރާބަރަށް އެބަ ހިނގާ. ރިސޯޓްތަށް އެބަ އޮޕަރޭޓް ކުރޭ. ހުރިހާ މޮޅެއް ސަރުކާރު މުވައްޒަފުންނަށް.

The name is already taken The name is available. Register?

ސަލްފާ

03 August 2020

ސަރުކާރު އޮފީސްތައް ބަންދުކުރިޔަސް އެތައްހާސް ބަޔަކު ނުކުންނަންޖެހޭ ރިސްކްތެރޭގައިވެސް..

The name is already taken The name is available. Register?

ޢިންގިލާބު

03 August 2020

ރަަގަޅު ނިންމުމެއް! ހަމަ ތިގޮތައް އަމިއްލަ ކުންފުނިތަކުންވެސް ގޭގަ ތިބެގެން މަސައްކަތް ކުރެވޭ މީހުން ގޭގަ މަސައްކަތް ކުރަން އަންގަންވީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454