ޚަބަރު / ހެލްތު ޕްރޮޓެކްޝަން އެޖެންސީ

ގަވާއިދާ ހިލާފު ވުމުން އިތުރު 20 ތަނެއް ބަންދުކޮށްފި

މާލެ: މާޗް 21، 2020- ކޮވިޑް-19: ރާއްޖެ އިން ވެސް ކޮރޯނާވައިރަސް ފެނުމާ ގުޅިގެން, ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކެފޭ/ރެސްޓޯރަންޓުތަކުގައި ތިބެގެން ކެއުން މިރޭ 12:00 އިން ފެށިގެން އިކޮނޮމިކް މިނިސްޓްރީ އާއި ހެލްތު ޕްރޮޓެކްޝަން އިން ވަނީ މަނާކޮށްފައި. އެކަމަކު, އެ ހުރިހާ ތަނަކުން ވެސް ޓޭކްއަވޭގެ ޚިދުމަތް ލިބޭނެ. ކޮވިޑް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރެވެން އޮތް އެންމެ މުހިންމު އެއް ކަމަކީ ގިނަ ބަޔަކު އެއް ތަނަކަށް އެއްވުން ވީހާ ވެސް ބޮޑަކަށް މަދުކުރުން ކަމަށް ސިއްހީ ތަޖުރިބާކާރުން ބުނޭ. އެހެންވެ, ރާއްޖޭގައި ވެސް މީހުން ބޭރަށް ނުނިކުމެ ގޭގައި ތިބުމަށް ސަރުކާރުން ވަނީ އަންގާފައި. އެކަމަށް މަގުފަހި ކުރުމަށް ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުން. .-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/މިހާރު

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޗްޕީއޭ އިން އާންމުކޮށްފައިވާ އުސޫލާ ހިލާފު ވުމުން އިއްޔެ 20 ތަނެއް ބަންދުކޮށްފި އެވެ.

އެ އިދާރާ އިން މިއަދު ބުނީ، އެންމެ ފަހުން ބަންދުކުރީ އަށް ސެލޫނަކާއި ހަތް ފިހާރައަކާއި ތިން ކެފޭ/ ރެސްޓޯރަންޓެއްގެ އިތުރަށް ޖިމެއް ކަމަށެވެ. އެޗްޕީއޭގެ މިންގަނޑުތަކާ ޚިލާފުވެގެން މިދިޔަ ހަތް ދުވަސް ތެރޭގައި ވަނީ 146 ތަނެއް ބަންދުކޮށްފަ އެވެ. ބަންދުކުރާ ތަންތަނުން އެޗްޕީއޭ އަށް ފާހަގަވާ ކަންކަން އިސްލާހު ކުރުމުން އަލުން އަންނަނީ ހުއްދަ ދެމުންނެވެ.

މާލެ ސަރަައްދުން ކޮވިޑް-19 ފެނުމާއެކު، ދެ މަސް ދުވަހުގެ ލޮކްޑައުންއެއްގައި އޮތުމަށް ފަހު، ބޮޑެތި ލުއިތަކެއްދީ ހުރިހާ ތަނެއް ހުޅުވައިލީ އެޗްޕީއޭ އިން ކަނޑައެޅި "ނިއު ނޯމަލް" ގެ ގައިޑްލައިންއަކާ އެކު އެވެ. ނަމަވެސް ގިނަ ތަންތަނުން ގަވާއިދާ އެއްގޮތަށް އަމަލު ނުކުރާކަން އޭރު ފާހަގަވި އެވެ.

ލޮކްޑައުން އަށް ލުއި ދިނުމުން، ކޮވިޑް ކޭސްތައް އިތުރުވާން ފެށުމާ އެކު، އެޗްޕީއޭ އިން އަނެއްކާ ވެސް ފިޔަވަޅުތައް ވަރުގަދަކުރަން ފެށީ އެވެ. އެގޮތުން މާލެ ސަރަހައްދުގައި މިދިޔަ މަހުގެ 29 ގައި ބޮޑު އިންސްޕެކްޝަނެއް ފެށި އެވެ. އެ އިންސްޕެކްޝަންގައި، އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފުވާ ހުރިހާ ތަނެއް އަންނަނީ ވަގުތުން ބަންދު ކުރަމުންނެވެ. ބަންދު ކުރާ ތަންތަނުގައި ބަންދުކުރި ސަބަބު އެނގޭނެހެން ލިޔުން ހަރުކޮށްފައި ހުންނާނެ އެވެ.

އެޗްޕީއޭ އިން ބުނީ އިންސްޕެކްޝަން ފެށި އިރު ގަވާއިދާ ހިލާފު ގިނަ ތަންތަން ފާހަގަވި ނަމަވެސް، މިހާރު ގިނަ ތަންތަނުން ގަވާއިދާ އެއްގޮތަށް އަމަލުކުރާ ކަމަށެވެ.

19 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 0%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖެކް

05 August 2020

އެޗް.ޕީ.އޭ އިން މަސްމާރުކޭޓުގައި މަސްވިއްކަން ބައްޓާފަ ހުންނަ ފޮށިތަކުން އެއްމެ ފަހުން އައިސްފެން ބަދަ ލުކުރި ދުވަހެއް ސާފުކޮށްދީބަ ލަ! ގައިމު އެއީ 2 ލައްކަ މީހުންންނަށް ކާންދޭން މަސްގަންނަން ޖެހޭތަން!

The name is already taken The name is available. Register?

@ޛެކްމާކް

05 August 2020

އެޗްޕީ އޭއިން ކުރިންވެސް ބަލާކަންކަމެއް ނޫން ތި ހުންނަނީ ދެން މިހާރު އަމުދުން ތިކަންކަމުގަ އުޅޭނެ މީހަކު ނެތިފަ

The name is already taken The name is available. Register?

ޚކނބ

05 August 2020

ގަވާދާއި ހިލާފުވަނީ އެތަނުގެ ގޮޑިމޭޒު ކިހާ މަޖާ ކަމެއްމީ، އެތަނުގައި ވިސާނެތި އެތަނަށް ވަގަށް ވަޒީފާގައި ތިބިމީހުންނަކީ ސާފު ބައެއް، ހާބަރުގައި އެކަހަލަގެ ކަމެއް އެއިރުގައި ހިގިނަމަ މުޅިތަން އެތަށް ދުވަހަކަށް ބަންދުކުރޭ، އެހާވަރަށް ފުޑްު އޮތޯރިޓީން އައިސްބަލާ ، ހީވަނީ އެމީހުންގެ ބަދިގެހެން އެހާ ކެޔާ ކުރޭ ، މީހާރުވެސް ތިބީ ހަމައެމީހުން ، ނަމަވެސް ކަންހިގަނީ އެހެނެތްނޫން، ޒިންމާދާރުވާންވީ އެމީހަކު ބޭނުންވީމަ، ބޭރުމީހުން ކައުންޓަރ ތަކުހައި ހެސްކިޔާފަ

The name is already taken The name is available. Register?

ގަޓް ބްރޯ

05 August 2020

ގަވައިދާ ޚިލާފްވެގެން ބަންދުކުރާ ތަންތަން ޖެހިގެން އަންނަ ދުވަހު ހުޅުވެންޏާ އެއްވެސް ބަޔަކު ގަވައިދަކަށް ބޮލެއް ނުލަނބާނެ. ގަވައިދާ ޚިލާފްވެގެން ބަންދުކުރާ ތަންތަން އެންމެ އަވަހަށްވެސް ހުޅުވަން ހުއްދަ ދޭންވާނީ މަދުވެގެން ހަފްތާއެއްހާ ދުވަސް ފަހުން. އޭރުން އެއްޗެއް ވިސްނޭނެ. އެހެންނޫނީ އެ ދެވެނީ ގަވައިދާ ޚިލާފްވާ ފަރާތްތަކަށް ހިއްވަރު.

The name is already taken The name is available. Register?

ބަނީ އިސްރައިލް

05 August 2020

އެހެނެއް ނޫނޭ ވަނީ ގަޓް ބްރޯ. ވާ ގޮތަކީ މި ދެނީ 24 ގަޑިއިރު ކަންކަން ރަނގަޅުކޮށް ހަމަޔަކަށް އަޅުވަން. އެ ވަގުތުގައި ރަނގަޅު ކޮށްފި ނަމަ، އެޗްޕީއޭއިން ބަލާ 24 ގަޑި އިރު ފަހުން ހުޅުވަން ހުއްދަދޭ. އެގޮތަށް ނުކުރާ ތަންތަނުގައި ބަންދު ބޯޑު އަޅުވާލަނީ. މިގޮތް އެންމެ ރަނގަޅު ނޫންތޯ، އެހެން ނޫނީ ގަޓް ބްރޯ މެން ބުނާނެ ވިޔަފާރި ފުނޑެނީއޭ

The name is already taken The name is available. Register?

އެންދެރި

05 August 2020

އެޗްޕީއޭގެ ގަވާއިދާ ހިލާފް ވާ ތަންތަން ރިޕޮތް ކުރާނެ ފޯން ނަންބަރެއް ދިބަލާށެވެ. ނޫނީ ވައިބާރ ނަންބަރެއްވެސް ރަނގަޅު ވާނެ އެވެ. އޭރުން ކޮންމެ ވެސް ވަރަކަށް ފަރުދީ ޒިންމާ އަދާ ކުރެވޭނެ އެވެ.

The name is already taken The name is available. Register?

ބޯގޯސް އަފީފް

05 August 2020

މާސްކު އަޅާ، ޒަރޫރީ ބޭނުމެއްގައި ނޫނީ ނުނިކުމެ، އެ ގޮތަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި ގައި ދުރުކަން ބެހެއްޓީމަ މި ވަގުތަށް ފުދޭނެ. އަނެއްހެން ބުނަންޏާ އަސާސީ ތައުލީމު ނުހޯދާ މަތީ ތައުލީމެއްވެސް ނުހޯދެއެއްނު

The name is already taken The name is available. Register?

ބަހަވީއެކުވެރިން

05 August 2020

ކުރިންވެސް މިކަންކަމަށް ގާނޫނުއޮވޭ އޭގެ ދަށުން ގަވައިދުވެސް އޮވޭ މިކަންކަން ބަލަން އޮފީސް ހަދާފަ މަގާމްތަކަށް މީހުން ލާފަވެސް ތިބޭ މިހާރު ވަކިކަމާކާ ގުޅިގެން މިކަންކަން ބަލާ ފިޔަވަޅު އަޅަން މިޖެހުނީ މާޒީގައި އެފަރޓްތަކުން ވީ އިހްމާލުގެ ސަބަބުން އަބަދު ބަލާ ފާރަވެރިވާނަމަ މިއަދަކު ބަންދުކުރަންޖެހޭ އެއްވެސް ތަނެއް ނޫހުންނާނެ މިއީ ހަމަ ތިމަތިމާމެންގެ އިހްމާލު

The name is already taken The name is available. Register?

ދެބަންދެހާރަ

05 August 2020

ކަލޯ، ކޮން ދުނިޔެއެއްގައތޯ؟ މިހާރު ބަންދު ކުރަމުން ދަނީ ނިއު ނޯމަލްގެ ދަށުން ކޮވިޑް ގައިޑްލައިންތަކަށް އަމަލު ނުކުރާ ކެފޭތައް

The name is already taken The name is available. Register?

ވަޙީދު

05 August 2020

ބަންދު ކުރެވިދާނެ ކިތަންމެ ވަރަކަށްވެސް، އެކަމަކު މީހުން އިސްލާހު ނުވަންޏާ ކިހިނެއް މިކަން ހައްލުކުރާނީ.. އަލުން ހުއްދަނުދީ ހިފަހައްޓަންޖެހޭ ހާލަތުގަ މިއޮތީ މިހާރު

The name is already taken The name is available. Register?

ސަހަރޯ...

05 August 2020

ޤަވާޢިދާ ޚިލާފުވެގެން މިއަދު ހެނދުނު ބަންދުކުރާތަން ހަވީރު ހުންނަނީ ހުޅުވާފައި. އޭގެބަދަލުގައި ޤަވާޢިދާ ޚިލާފުވެގެން ބަންދެއް އަންނަ ނަމަ ސަސްޕެންޝަނެއްގެ ގޮތުގައި މަސްދުވަހުގެ ބަންދެއް ހަދިޔާ ކުރާނަމަ ތިޔަކަން ރަނގަޅުކުރަން އެންމެންވެސް މަސައްކަތް ކުރާނެ. އޭގެ ބދަލުގައި މިހާރު މިއޮންނަ ސިސްޓަމެއްގެ ސަބަބުން ޢާންމުނަށް ހުރިހާ ގެއްލުމެއް ލިބިގެން މިދަނީ

The name is already taken The name is available. Register?

ހައްގުު

05 August 2020

ރޯ ބުހުތާން ދޮގު. ބަންދު ކުރުމަށްފަހު އަލުން ހުޅުވެނީވެސް އެޗްޕީއޭއިން އިިންސްޕެކްޓް ކުރުމަށްފަހު

The name is already taken The name is available. Register?

ރަދުން999

05 August 2020

ކޮވިޑްއޭކިޔައިގެން މީހުން ބަންދުކޮށް ޖޫރިމަނާ ކޮށް ތިހަދަނީ ގާނޫނާ ހިލާފަށް. ކުދި ޥިޔަފާރިތައް ހަލާަކުކޮށް ސަރުކާރުގެ ބަޖެޓް ހުލިއަރުވާލުން ބޭނުމަކީ. ޑރ ން ގަވައިދުން ޑިއުޓީ ނުކުރުން، މީހުން ބިރުގެންނެވުން. ތިޔައީ މީހުން މަރުވާ ބައްޔެއް ނޫނޭ. 80 އަހަރުގެ ދެތިން މީހަކު މަރުވީ. ޢެވެސް ސީދާ ކޮވިޑް އަކުން ނޫން.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

05 August 2020

ގަވާއިދާއި އެއްގޮތަށް މާލޭގަ ހިންގަނީ އަތުން ގުނާލެވޭނެފަދަ މަދު ކެފޭ ރެސްޓޯރަންޓް އަދި ސެލޫންތަކެއް.ތަންތަނުގެ ތާހިރުކަން ހުރި މިންވަރު ބަލަން އެޗްޕީއޭއިން ރަނގަޅު އިންސްޕެކްޝަނެއް ހަދައިފިނަމަ 96% ތަންތަން އެއީ ބަންދު ކުރަން ޖެހޭނެ ތަންތަން.ހެދިކާ އަޅާ ތަށި ދުވަހަކުވެސް ކެފޭ ތަކުގަ ނުދޮންނާނެ.ބާވެފަ އޮންނަ ފޮތިކޮޅަކުން ތަށި ފޮހެނީ.ބަދިގެ ތާހިރުކަން ހުންނަނީ ވަރަށް މުޑުދާރުކޮށް.ވ.ވެދުން

The name is already taken The name is available. Register?

މުބީނާ

05 August 2020

ބަރާބަރު. ގޮޅިން ބޭރުވާ ކޮންމެ މީހަކުވެސް އެ މީހެއްގެ ގޮޅިއަށް ފައްތާލަދީ. އެހެން ނޫނީ ވައިރަސްވެސް ގޮޅިން ބޭރުވެ އެތައް ހާސް ބަޔަކު ޖަހައި ގަންނާނެ

The name is already taken The name is available. Register?

ވަޙީދު

05 August 2020

މައްސަލަ އަކީ އަލުން އަނެއްކާވެސް އިރުކޮޅަކުން ހުއްދަ ދޭތީ

The name is already taken The name is available. Register?

ފިނިކޮޓަރީގަ

05 August 2020

ސަފުން ބޭރުވާ ކޮންމެ މީހަކު ސަފަށް ވެއްދުމުގެ ގާވިލްކަމާ ކެރިފޯރުންތެރިކަމާ ހިތްވަރާ ޢަޒުމާ ފަރުވާތެރިކަމެއް ގައުމަކު މާކުރިއްސުރެ މުއައްސަސާތައް ހުރީ ވާގިނެތިފަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454