އެޗްޕީއޭގެ ގައިޑްލައިނަށް އަމަލުކުރޭތޯ ބަލަން އަނެއްކާވެސް އިންސްޕެކްޝަނަކަށް ނުކުންނަނީ

ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އެޗްޕީއޭ އިން އިއުލާން ކޮށްފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އޮފީސްތަކާއި އާންމު ޚިދުމަތް ދޭ ތަންތަނުން ތަންތަނުން އަމަލުކުރޭތޯ ބެލުމަށް އަނެއްކާވެސް ބޮޑު އިންސްޕެކްޝަނެއް އަންނަ އާދިއްތަ ދުވަހު ފަށަން ނިންމައިފި އެވެ.


އެޗްޕީއޭ އިން ބުނީ މާލެ ސަރަހައްދުގައި އާދިއްތަ ދުވަހު ފަށާ ބޮޑު އިންސްޕެކްޝަންގައި ސަރުކާރު އޮފީސްތަކާއި އަމިއްލަ އޮފީސްތަކުގެ އިތުރުން އާންމު ދަތުރުފަތުރުގެ ޚިދުމަތްދޭ ތަންތަނުން ގައިޑްލައިނާ އެއްގޮތަށް އަމަލު ކުރޭތޯ ބަލާނެ ކަމަށެވެ. އަދި އާންމު ޚިދުމަތް ދޭ ތަންތަން ވެސް އެ މުއްދަތުގައި އިންސްޕެކްޓް ކުރާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން ގައިޑްލައިނާ ޚިލާފަށް އަމަލުކުރާ ފުރަތަމަ ފަހަރު 48 ގަޑިއިރަށް ތަން ބަންދު ކުރާނެ އެވެ. އަދި ދެވަނަ ފަހަރު 72 ގަޑިއިރަށް ތަން ބަންދުކުރުމަށް ފަހު 1،000ރ. އިން ޖޫރިމަނާކޮށް އަދި ތިން ވަނަ ފަހަރު ފަސް ދުވަހަށް އެ ތަނެއް ބަންދު ކުރުމަށް ފަހު 1،000ރ. އިން ޖޫރިމަނާ ކުރާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

ކޮވިޑް-19 ފެތުރޭތީ ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފުވެގެން ބައެއް ތަންތަން މީގެ ކުރިން ވެސް ޖޫރިމަނާ ކޮށްފައިވެ އެވެ.