ބ.ބޮޑުފިނޮޅުގައި ރިޒް ކުންފުނިން މަސައްކަތްކުރަން ގެންގުޅުނު ބިދޭސީން: އެރަށުން ހައްޔަރުކުރި 19 ބިދޭސީން ދޫކުރުމުގެ އަމުރެއް ކޯޓުން ނުދިން -- ފޮޓޯ: ޕޮލިސް
08 އޯގަސްޓް 2020 - 18:41
ބ. ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުުކުރި 19 ބިިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ބައިތިއްބާފައި ތިބީ އިދާރީ ބަންދެއްގައި ކަމަށާއި އެހެންވެ، އެ މީހުންގެ ބަންދުން ދޫކުރުމުގެ އަމުރެއް ދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.
ސީލް ކުންފުނިން ބޮޑުފިނޮޅުގައި ހަދަމުންދިޔަ ރިސޯޓްގެ މަސައްކަތް ކުރަމުންދިޔަ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުނިން އެ ރަށުގައި ތިބި 179 ބިދޭސީންނަށް މުސާރަ ނުދިނުމުން އެ މީހުން ހިންގި ހަމަނުޖެހުންތަކުގައި 19 ބިދޭސީއަކު ހައްޔަރުކޮށް، ފުލުހުންގެ ބަންދުގައި ބޭތިއްބުމަށް ފަހު މިހާރު ވަނީ ޑީޕޯޓް ކުރުމަށްޓަކައި އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ. އެ 19 މީހުންނާއި އެ ރަށުގައި ދެން ތިބި ބިދޭސީން ވެސް މިހާރު ތިބީ ހުުޅުމާލޭގައި ހުންނަ ޑިޓެންޝަން ސެންޓަރުގަ އެވެ.
އެ 19 ބިދޭސީން އެތަނުގައި ބަންދުކޮށްފައި ތިބީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ހެބިއަސް ކޯޕަސްގެ އަމުރަކަށް އެދި އެ މީހުންގެ ވަކީލުން ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ކޯޓުން މިއަދު ނިންމީ އެ މީހުން އެތަނުގައި ތިބީ ކުށެއްގެ ތުހުމަތެއްގައި ނޫން ކަމަށާއި އެއީ އިމިގްރޭޝަންގެ ގާނޫނާ ޚިލާފު ވެގެން ކުރި ބަންދެއް ކަމަށް ވާތީ އެއީ އިދާރީ ބަންދެއް ކަމަށެވެ. އެގޮތަށް މީހުން ބަންދު ކުރުމުގެ ބާރު އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ލިބިދޭ ކަމަށް ކޯޓުގެ ނިންމުމުގައި ވެ އެވެ. އެހެންވެ، އެއީ ގާނޫނާ ޚިލާފު ބަންދެއް ކަމަށް ނުވާތީ އެ މީހުން ބަންދުން ދޫކުރުމުގެ އަމުރެއް ނުދެވޭނެ ކަމަށް އެ ނިންމުމުގައިވެ އެވެ.
މީގެ އިތުރުން، އެއީ ސައްހަ ވިސާއެއް ނެތި ތިބި ބަޔަކަށް ވާއިރު، ޒިންމާވާނެ މީހަކު ނެތި އެފަދަ ބިދޭސީން ބަންދުން ދޫ ނުކުރެވޭނެ ކަމަށް ހައި ކޯޓުން ކުރިން ކަނޑައަޅާފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ ނިންމުމުގައިވެ އެވެ. އަދި 19 ބިދޭސީންނަށް ޒިންމާވާނެ ފަރާތެއް މިވަގުތު ނެތް ކަމަށް ވެސް އެ ނިންމުމުގައިވެ އެވެ.
ގާޒީ އާދަމް މުހައްމަދުގެ ނިންމެވި އެ ނިންމުމުގައި ބުނެފައިވާ ގޮތުން، އެ މައްސަލަ ބެލުމުގެ އިހްތިސާސް ވެސް ކްރިމިނަލް ކޯޓަކަށް ނެތެވެ. ސަބަބަކީ އެ މީހުން ބަންދު ކުރަން ނިންމި ނިންމުމަކީ އިމިގްރޭޝަންގެ އިދާރީ ނިންމުމެއް ކަމަށް ވެފައި، ދައުލަތުގެ އިދާރާއެއްގެ އިދާރީ ނިންމުންތައް ބެލުމުގެ ބާރު ކޯޓުތަކުގެ ގާނޫނު އޮތްގޮތުން ކްރިމިނަލް ކޯޓަށް ނެތުން ކަމަށް އެ ނިންމުމުގައިވެ އެވެ. އެފަދަ މައްސަލަތައް ސިވިލް ކޯޓުން ކުރިން ބަލާފައި ހުރި ކަން އެ ނިންމުމުގައި ފާހަގަ ކޮށްފައިވެ އެވެ.
ބޮޑުފިނޮޅުގައި ތިބި ބިދޭސީންނާ ހަވާލުވާން ރިޒް ކުންފުނީގެ މައްޗަށް ބ. ތުޅާދޫ ކޯޓުން އަމުރެއް ނެރުނަސް، ރިޒުން އެކަމަށް ވަނީ އިންކާރުކޮށްފަ އެވެ. އަދި އެ މައްސަލަ ހައި ކޯޓުގައި އެ ކުންފުނިން ވަނީ އިސްތިއުނާފް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީމަޖީދު1
09 August 2020
ގާނޫނު އަސާސީއަކު ނޯވޭ އިދާރީ ބަންދެއްގެ ވާހަކައެއް. މީޙަކު ބަންދުކުރެވޭނީ ބަންދުކުރުމުގެ ގާނޫނީ ހައިސިއްޔަތު އޮތް ފަރާތަކަށް. ބަންދު ކޮށްފިއްޔާ 24 ގަޑިއިރުތެރޭ ކޯޓަށް ގެންދަންޖެހޭ. އިދާރީ ގޮތުން މީހުން ބަންދުކޮށްފައި ޑިޓެންޝަންގައި ނުބޭތިއްބޭނެ. އިޚްތިޞާޞް ނެތްކަމަށް ބުނެފައިވެސް 'ހުކުމެއް' އިއްވީމާ، އެނގޭ ހަދާނެ ނަހަދާނެ ގޮތެއް ނޭނގިގެން އުޅުނީކަން. ދޫކޮށްލެވޭކަށް ނެތް. އެކަމަކު ގާނޫނީ ގޮތުން ބަންދުގައި ބޭތިއްބޭކަށް ނެތް.
ކުދޭމުޑެދީ
09 August 2020
ޤާޒީ އާދަމް މުހައްމަދަކީ ވަރަށް ޅަ ޤާޒީއެއް. މި ޤާޒީއަށް ސަރުކާރު ހިންގާ ރޯޔަލް ފެމިލީތަކުން ނުފޫޒު ފޯރުވައިގެން ނިންމި ނިންމުމެއް. ރިޒުން ދޭންޖެހޭ މުސާރަ ނުދޭންވެގެން ސިސްޓަމް މުޅި މިކަމަށް ބޭނުންކުރާތަން މި ފެންނަނީ
ވަތުބަތާނަ
09 August 2020
އަވަހަށް ތިއަމުރު ނުދިން ގާޟީ މަނިކުފާނުގެ ސްލީކީ މައްސަލައެއް ލާ! އޭރުންވެސް ގޮތެއްވޭތޯ ބަލަންވާނެ.
ހިންދުކޮޅު
08 August 2020
މިގައުމަކު އެއްވެސްބަޔަކައް އިންސާފްނުލިބޭނެ ދިވެއްސަކަސް ބޭރުމީހަކަސް ޖުޑިޝަރީ އޮތީއެއައްވުރެ ބިރުވެރިކަމެއްގަ ފަޑިޔާރުން ތިބީހާސްކަމެއްގަ
މިހޫ
08 August 2020
ހަމަ ގައިމުވެސް އެމީހުން ރާއްޖެ ގެނައިބަޔަކުވެސް އުޅޭނެކަންޔަގީން. އެމީހުންކުރި މަސައިކަތުގެ އުޖޫރަދޭން ޖެހޭނެ އަދި އެމީހުންއެދިންގެއްލުމުގެ ބަދަލުވެސްދޭންޖެހޭނެ.
ވަތުބަތާނަ
09 August 2020
އެމީހުންނަކަށް އަމިއްލައަކަށް ނޭދެވޭތޯ؟ އަދި މީހަކު ގެނަނައިރަށް ފިލައިގެން ނޫޅެވޭތޯ؟
ައަބުދުއްލާ
08 August 2020
ވަރަށް ރަނގަޅު އެއްވެސްހާލެއްގައި ތިޔައިން އެކަކުވެސްދެން ދޫކޮށްގެންނުވާނެ އެހެނެއްނޫން ދޭންޖެހޭ މުސާރަދީފަ ލަސްނުކޮށް ބޭރުކުރޭ
ކަކުނިބޯ
08 August 2020
ޤަވާއިދާހިލާފަށް އެތެރެވެފައިވާމީހެއްގެ މުސާރަ ކޯޓަކުންވެސް އަދި ދައުލަތުންވެސް ހޯދާދެވިގެން ނުވާނެ. ޤާނޫނަކުންވެސް ހޯދާދރވިގެންނުވާނެ. އެގޮތަށް އިންސާފުހޯދަންޔާ ނަހަމަ ހެކިވެސް ޝަރީއަތުގައި ބަ ލައިގންނަންޖިހޭނެ
ސަނައްޓޭ
08 August 2020
އިހްތިސޯސް ނެތް މައްސަލަ އެއް ބަލައި ނިންމީ ކީއްވެ ޔޯ؟ ގާޒީގެ ސުލޫކީ މައްސަލަ ބަލަންޖެހޭނެ
އަހުމަދު ވަހީދު
08 August 2020
އެމީހުންނަށް މުސާރަ ލިބެންޖެހޭ އެމީހުން ގެ މައްޗަށް ބޔަކު ރަހީންކުރުމުގެ ދަޢުވާ ވެސް އުފުލެންޖެހޭ ބައއްގެ މުދަލަށް ދިން ގެއްލުމުގެ ބަދަލުވެސް އެމީހުންގެ ފަރތުން ހޯދަންޖެހޭ މިބުނި ކަންތައްތަށް ފުރިހަމަނުކޮއް އެމީހުން ފޮނުވާލާފިއްޔާ ދެން ތިބި މީހުންނައް ބޭނުންގޮތަކަށް އުޅެން ލިބޭ ހިތްވަރަކައްވާނެ
ކަކުނިބޯ
08 August 2020
މުސާރަދިނުމަކީ އެކަމަށް އޮތް ހިތްވަރު ވަގަށް އެތެރެވެފައިވާނަމަ.
ހިލަބެ
08 August 2020
ވަރަށް ރަނގަޅު އެއްވެސްހާލެއްގައި ތިޔައިން އެކަކުވެސްދެން ދޫކޮށްގެންނުވާނެ އެހެނެއްނޫން ދޭންޖެހޭ މުސާރަދީފަ ލަސްނުކޮށް ބޭރުކުރޭ