09 އޯގަސްޓް 2020 - 22:04
ކޯލިޝަން ސަރުކާރެއްގައި ކުދި ޕާޓީތަކަށް ފުރުސަތު ގެއްލޭ އިސްލާހެއް އެމްޑީޕީގެ އަސާސީގަވައިދަށް ގެންނަން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ހުށަހެޅުއްވުމުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ފާޑު ކިޔައިފި އެވެ.
ޖޭޕީގެ ނައިބު ރައީސް އަހުމަދު ސައުދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ އަސާސީ ގަވައިދަށް ގެންނަ ބަދަލަކުން އެހެން ޕާޓީތަކާ އެކު ހަދާފައިވާ ކޯލިޝަން އެއްބަސްވުމަކަށް ބަދަލެއް ނާންނާނެ ކަމަށެވެ. އެވަރު އެނގިވަޑައިނުގަންނަވާ ބޭފުޅުން ގާނޫނު ހަދާ މަޖިލީހުގައި ތިއްބެވުމަކީ ވަރަށް ދެރަ ކަމެއް ކަމަށް ވިދާޅުވެ އޭނާ ވަނީ ބޮންޑޭއަށް ފާޑު ވިދާޅުވެފަ އެވެ.
"އެފަދަ އިސްލާހެއް ގެނެސްފި ނަމަ ނަތީޖާއަކަށް ވާނީ ކުރިއަށް އޮތްތާގައި އެ ޕާޓީއަކާ އެކު އިސްލާހުގައި ބުނާ ޝަރުތު ހަމަނުވާ ޕާޓީތަކަށް ކޯލިޝަން ނުހެދުން،" ސައުދު ޓްވީޓް ކުރައްވާފައިވާ ނޯޓްގައިވެ އެވެ.
Verikamah annan party thakun hadhaa coalition ehbasvumaa party thakuge asaasy gavaaidhaa ey mulhin dhe ehchehkan Neyngeymeehun ulheybaa? pic.twitter.com/FjIzaZqKEp
— Ahmed Saud (@ammadaysaud) August 9, 2020
ސައުދު ކުރެއްވި ޓްވީޓް
އެމްޑީޕީގެ މެމްބަރު ބޮންޑޭގެ އިސްލާހުގައި ބުނަނީ އެ ޕާޓީގެ ކެންޑިޑޭޓެއްގެ ވެރިކަމުގައި އެކުލަވައިލާ ކޯލިޝަން ސަރުކާރެއްގެ ވަޒީރަކު، ކޮރަޕްޝަނާއި ޖިންސީ ފުރައްސާރަ އަދި އެ ނޫން ތުހުމަތެއްގައި ވެސް މަގާމުން ވަކިކޮށްފި ނަމަ އެ ސްލޮޓް އެ ޕާޓީއަކަށް ގެއްލޭނެ ކަމަށެވެ.
އެ އިސްލާހުގައިވާ ގޮތުން ނަމަ، އެ ހާލަތުގައި ކެބިނެޓުން ހުސްވާ މަގާމަށް އައްޔަން ކުރަން ވާނީ އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މަދުވެގެން 50،000 މެމްބަރުން ހަމަވާ ޕާޓީއެއްގެ މެމްބަރެކެވެ.
މި ސަރުކާރު ހިންގާ ކޯލިޝަންގައި މިހާރު ތިބި ހަތަރު ޕާޓީގެ ތެރެއިން އެހާ ވަރަށް މެމްބަރުންގެ އަދަދު ހަމަވަނީ އެމްޑީޕީގެ އެކަންޏެވެ. ޖުމްހޫރީ ޕާޓީ އާއި އަދާލަތާއި އެމްއާރުއެމަށް ބަލާއިރު އެންމެ ގިނަވެގެން 10،000 މެމްބަރުން ހަމަވަނީ ވެސް ޖުމްހޫރީ ޕާޓީގަ އެވެ.
އެމްޑީޕީގެ އަސާސީ ގަވައިދަށް ބޮންޑޭގެ އިސްލާހު ގެނެސްފި ނަމަ މި ސަރުކާރު ހިންގާ ކޯލިޝަންގެ ޕާޓީތަކުގެ ސްލޮޓުގައި ވަޒީރުކަމަށް ގެނެސްފައިވާ ބޭފުޅެއްގެ މަގާމު ހުސްވެއްޖެ ނަމަ އެ ސްލޮޓު ފުރުމުގެ ފުރުސަތު ލިބޭނީ އެމްޑީޕީ އަށް އެކަންޏެވެ.
އެމްޑީޕީގެ އިސް ބޭފުޅުން ދޭތެރެ ދޭތެރެއިން އަންނަނީ ސަރުކާރު ކޯލިޝަންގެ އެހެން ޕާޓީތަކަށް ފާޑު ވިދާޅުވަމުންނެވެ. މިސަރުކާރަށް އެންމެ އެ ދެވޭ ނަތީޖާ ނުނެރެވެނީ ކޯލިޝަންގެ ސަބަބުން ކަމަށް ވެސް އެބޭފުޅުން ވިދާޅުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާައަފޫ
10 August 2020
ކުދި ޕާޓީތަކާ ނުލާ ވެރިކަމަށް އާދެވޭނަމަ ލައްކަ ސަޅިއެއްނު. ހަންފަތުރަން އުޅެނީ
ތެދުވެރިޔާ
10 August 2020
މޮޅު ވާހަކަ ނުދައްކާ. ޖޭޕީން ވަކިވާނަން ކަލޭމެންނަކީ އަމިލްލަ އެދުން އިސްކުރި ބައެއް.
ނާސިރު ބޭނުމީ މިނިވަންކަން.
10 August 2020
އަޅުގަނޑު ދެނެ ޖޭޕީއަ ވޯޓް ނުދޭނަން. ވަސްސަލާމް
އެމްޑީޕީމީހާ
10 August 2020
ޖޭޕީޔާ އަދާލަތު ޕާޓީ ކުރިކަމަކުން ރައިސް ޔަމިންގެ ތާއީދު ދަނީ އިތުރުވަމުން. ރޔާމިންގެ އިގްތިސީދީ ވާހަކަ އެމްމެންވެސް އެދައްކަނީ.
މަންޑޭލާ
10 August 2020
ޖޭޕީ ވަނީ ހަތަރެސް ފައި ބަދެވިފަ. އަމިލްލައައް ހެދި ދަންތޫރަ އަމިލްލަޔައް ޖެހިފަ ތިއޮތީ.
ޝޮކްތެރަޕީ
10 August 2020
ޖޭޕީން ފާޑުކިއުމުގެ ބޭނުމެއްނެ މިހާރަކު. ރައިސް ޔާމިން ވެރިކަން ގެދިޔަ ގޮތުން މުޅި ރާއްޖެ ތަރައްގީވަމުން ދަނަނިކޮއް ޖޭޕީގެ ލީޑަރުންނަ އެގެނީ ރައިސް ޔާމިން ބަލި ނުކުރެވޭނެކަން އެހެންވެ ރައިސް ޔާމިންގެ ވެރިކަން ވައްޓާލަން ޖޭޕީ ނިކުތީ. ޖޭޕީޔައް އެގޭނެ އެމްޑީޕީ އަކީ ކޮންކަހަލަ ބައެއްކަންވެސް ޤައުމު ދެކެ ލޯބި ނުވާ ބައެއްކަންވެސް ޖޭޕީއައް އެގޭނެ. އެމްޑީޕީ ހޮވާން ހެދުނު ދޮގެއް ހަދާފަ މިހާރު ތިކިޔަނީ ކީކޭޔޯ؟
ޢިޙްސާސް
10 August 2020
ތިޔަފުއްޕާ އެ މެޑީޕީ އަކަށްވެސް ގިނިކަންޔާ ވެރިކަ މެއް ލިބުނު ފަހަރެއްނެތް. ޥެރިކަން ލިބެނީ ހަ މަ ކޯލިޝަނެއް ހަދައިގެން. ކޯލިޝަން ނުހެދުނުފަހަރު ޔާ މީނާ ވާދަކޮށް ބަލިވީ. އެފަހަރުވެސް ގާސި މު ފޫބުޑަށްވެއްޓި ނަޝީދު ސަލާންވެސް ޖެހި. މިއީ ފާޅުކަން ބޮޑުކޮށް އެނގެން ހުރިކަންކަން.
ނޫވިލު
10 August 2020
އެހެން ގިނަޕާޓިތަކުން މަސައްކަތްކޮށް ކާމިޔާބު ލިބުނީމާ ދެންވީ ކުދިޕާޓީތަކުގެ ކަރަށް ފައިން އަރަން. ކޮބާލަދު. ތިޔަބުނާ އެމްޑީޕީއެއް ނިވެމުން ހުލިވަމުން ދަނިކޮށް ބައެއްގެ ބުރަ މަސައްކަތުން ޕާޓީގަނޑު ކޮޅަށް ޖެހުނީވެސް. އެކަމުގާ އެންމެ އިސްކޮށް އެއިރުގެ ސަރުކާރާ ސީދާ އިދިކޮޅަށް މަސައްކަތްފެށީ މައުމޫނާއި ގާސިމް. އެދެމީހުންގެ މިންނެތް މަސައްކަތުން ސަރުކާރު ހޯދަދިނީމަ ރީއްޗެއްނު މިހާރު މިއުޅޭގޮތް.
އާންސީ
10 August 2020
ހިތްވަރެއް ހުރިއްޔާ ކޯލިޝަނުން ވަކިވެގެން ނަ މަވެސް 2023 އިންތިހާބު ޖޭޕީ އަށް ހޯދަ ބަލަ. އަބަދު ވެސް ތި ކުރެވޭ ކަ މަކީ ދެފަހަރު ދެއަތަށް ކޯލިޝަން ހަދައިގެން އުޅުން އެކަނި. ފެން ވަރެއް ހުރިކަ މަށް ވާނީ އެން މެ ފަހަރަކު ނަ މަވެސް ޖޭޕީ ލީޑް ކުރާ ވެރިކަ މެއް ގަނައީ މަ. ހިހޫ ތަނުން ކާހާ ދުވަހަކު ޖޭޕީ ޖެހޭނީ ތިހެން ތެޅެން.
ކަލް
10 August 2020
ކަލޯ އިސްލާހުގަ ލިޔަންވީނު އެމްޑީޕީ އެކަންޏޭ މިރާއްޖެއަކީ، ދެން ކިންގްޑަމެއް ހަދައިގެން ޑިމޮކްރަސީއޭ ކިޔަކިޔާ ތިބެގަ