ބުރުގާ އަޅައިގެން ވަޒީފާ އިން ވަކި ނުކުރެވޭނެ ކަމަށް ސްވިޒަލެންޑުގެ ކޯޓަކުން ވަނީ ހުކުމްކޮށްފައި.
24 އޮކްޓޯބަރ 2016 - 16:09
ޖެނީވާ (އޮކްޓޯބަރު 24) - ސްވިޒަލެންޑުގެ ކުންފުންޏެއްގައި މަސައްކަތް ކުރާ މުސްލިމް އަންހެނަކު ބުރުގާ އެޅުން އުޒުރަކަށް ދައްކާ އޭނާ ވަޒީފާ އިން ވަކި ނުކުރެވޭނެ ކަމަށް އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.
ސްވިޒަލެންޑުގެ މީޑިއާތަކުން ބުނީ މިއީ އެ ގައުމުގެ ކޯޓަކުން ކުރި މި ބާވަތުގެ ފުރަތަމަ ހުކުމް ކަމަށެވެ. ބާންގެ ސަރަހައްދީ ކޯޓަކުން ނިންމާފައި ވަނީ އުމުރުން 29 އަހަރުގެ ސާބިއާގެ އަންހެން މީހާ ވަޒީފާ އިން ވަކިކޮށްފައި ވަނީ މަގްބޫލް ސަބަބެއް ނެތި ކަމަށެވެ. އަދި އޭނާ ވަޒީފާ އިން ވަކިކުރި މުއްދަތުގައި ލިބެން ޖެހޭ މުސާރަ އިޔާދަކޮށް ލިބުނު އެހެނިހެން ގެއްލުންތަކުގެ ބަދަލު ދިނުމަށް އޭނާ މަސައްކަތް ކުރި ޑްރައި ކްލީނިން ކުންފުނީގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.
އާބިދާ ނަމަކަށް ކިޔާ އަންހެން މީހާ ބުރުގާ އަޅަން ފެށުމުން ވަޒީފާ އިން ވަކިކޮށްފައި ވަނީ ޖެނުއަރީ 2015 ގަ އެވެ. އޭރު އޭނާ ވަނީ އެ ކުންފުނީގައި ހަ އަހަރު މަސައްކަތްކޮށްފަ އެވެ. ކުންފުނިން އަންގާފައި ވަނީ ބުރުގާ އެޅުމަކީ އެ ކުންފުނީގެ ސާފުތާހިރު ކަމުގެ މިންގަނޑާ ޚިލާފު ކަމެއް ކަމަށާއި އެހެންވެ ބުރުގާ ބާލަން ޖެހޭނެ ކަމަށެވެ. ނޫން ނަމަ ވަޒީފާ އިން ވަކިކުރާނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ. އަންހެން މީހާ ވަނީ ކޮންމެ ދުވަހަކު ވެސް އޭނާގެ ބުރުގާ ދޮންނާނެ ކަމަށާއި ނޫން ނަމަ ޑިސްޕޯސެބަލް ބުރުގާ ބޭނުންކޮށްފާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް ކުންފުނިން ގަބޫލް ނުކޮށް އޭނާ ވަނީ ވަޒީފާ އިން ވަކިކޮށްފަ އެވެ.
ކޯޓުގެ ނިންމުންތަކަށް މުސްލިމް ޖަމާއަތްތަކުން ވަނީ ތައުރީފްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަލީކް
19 April 2018
މިއީ މޫނު ބުރުގާގެ ވާހަކައެއް ނޫން.
ޅިޔަނާ
01 March 2018
ދިވެހިންގެ ޙާލު އެއަށްވުރެ މާދަށޭ. ފިރިހެނުން މޫނު ބުރުގާ އަޅައިގެން ގޮސް ކުށްތަކަށް އެބަ އަރައިގަނޭ ވިއްޔާ.
ޒައިން
27 October 2016
ވަރަށް ރަގަޅު ނިންމުއް
ސަރުކާނު
25 October 2016
މަޖުބޫރުން ބުރުގާ ނެންގުމަކީ މައްސަލައެއް ނޫންތޯ؟ ޝުކްރިޔާ
ޞުކުރިއްޔާ
24 October 2016
މަޖުބޫރުން ބުރުގާ އެޅުވުން މީ ބޮޑުމައްސަލައެއް.
ދެވަނަ ވިސްނުން
24 October 2016
ތަނެއްގަ ވަޒީފާ އަދާ ކުރާ އިރު އެމީހަކީ ކާކުތޯ އެގެން ޖެހޭ. އެހެން ވީމާ ބުރުގާ އެޅިޔަސް މޫނު ނިވާ ކުރަންޏާ އެއީ މައްސަލައެއް.
އަހަރެން
24 October 2016
މޫނު ނިވާކުރުމަކީ މައްސަލައެއް ނަމަ ކިޔަވަން ދެވޭ ގޮތަށް ދިވެހިރާއްޖޭގެ ކޯޓަކުންވެސް އެފަދަ ޙުކުމެއް ނުކުރާނެ. ދެވަނަ ވިސްނުން އަދި ތިންވަނަ ވިސްނުމަކުން ވިސްނަން ފެނޭ. އަދި މި ދިވެހިރާއްޖޭދައި މޫނު އަޅާފައި ތިބޭ ކުދިން ވަޒީފާ އަދާ ކުރާތަންވެސް ފެންނާނެ. އިންޝާﷲ އެކަންތައް ދާނީ ހަމަ ބާރަށް ކުރިޔަށް.
ޜަހީމް
01 March 2017
ޢޯކޭދޯ ކަލޭމެން ހޯދާ ފައިސާގެ ދޮންކަޅު ނޭގުނަސް . . ޢާނ. ޢަނބިމީހާވެސް ނާހާވިއްޔާ . . މޫނު ނުފެނިގެންދޯ މޮޔަވަނީ
ވިސްނައިގަތުން
01 March 2017
އެހެންވީމާ ކޯލް ސެންސަރުތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން މީގެ ފަހުން ކާކުކަން އެނގޭފަދަގޮތަކަށް ވީޑިއޯ ކޯލް ކުރަން ގޮވާލަން،.
އެޑަމް
01 March 2018
މޫނު ނިވާކުރިއަސް އެއީ ކާކުކަން އެނޭ މީހުނަށް އެނގޭނެ. މިބުނީ އެމީހަކު ދަންނަ ވާހަކަ ދައްކާ އުޅޭ މީހުނަށް އެނގޭނެ ޓީޗަރަކު މޫނު ނިވާކޮށްފަ ހުއްޓަސް ކުދިންނަށް އެނގޭނެ އެއީ ކާކުކަން.... ކާކުކަން ނޭނބޭ މީހަކަށް ނޭނގޭނެ ބރހނ ކޮށް ހުއްޓަސް.... މިހާރުވެސް ސްކޫލްތަކުން ވަކިކޮށްފަ ތިބި ޓީޗަރުން ގެންގޮސްގެން މޫނު އަޅާ ބައިނަދާފަ އޭނަ ދައްކާފަ ކުދިންނާ އެސްކޫލްގެ ބެލެނިވެރިންނާ އެހެން ޓީޗަރުން ގާތު އަހާބަލަ އެއީ ކާކުކަން އެނގޭތޯ؟ ނޭނގޭ މީހަކު ނުހުންނާނެ...