ޚަބަރު / ޓޫރިޒަމް

ކޮވިޑް ޓެސްޓުގައި ޓޫރިޒަމް ދާއިރާ އިން ބޭނުން ވަނީ ލުޔެއް!

ހަތަރު މަހަށް ފަހު ރާއްޖޭގެ ބޯޑަރު ޖުލައި، 15 ގައި އަލުން ހުޅުވާލުމާ އެކު ޗުއްޓީ ހޭދަކުރަން އައި ޓޫރިސްޓުންތަކެއް އެއާޕޯޓުގައި: ޕީސީއާރު ޓެސްޓު ހެދޭލެއް ލަސްވެގެން ޓޫރިޒަމް ދާއިރާ އިން ދަނީ ކަންބޮޑުވުންފާޅުކުރަމުން. -- ފޮޓޯ: ނިޝާން އަލީ /މިހާރު

ޓޫރިސްޓުންނަށް ރާއްޖޭގެ މައި ދޮރު އަލުން ހުޅުވާލައި މަރުހަބާ ކިޔަން ފަށާފައިވީ ނަމަވެސް މި ދާއިރާގައި އަދި އޮތީ ބޮޑު ޝަކުވާއެކެވެ؛ ޗުއްޓީ ހޭދަކޮށްފައި އެނބުރި ގައުމަށް ފުރާ ޓޫރިސްޓުން ކޮވިޑް-19 އަށް ޓެސްޓް ކުރާނެ އެކަށީގެންވާ އަވަސް، އިންތިޒާމެއް ހަމަޖެހިފައި ނެތުމެވެ. ބައެއް ޓޫރިސްޓުންގެ ފުރުން ލަސްވެ، ރާއްޖޭގައި ތާށިވި ކަމުގެ ހިތްހަމަނުޖެހުން ވެސް އެބަ އޮތެވެ. ޓެސްޓު ކުރުމުގައި ދިމާވި ދަތިތަކާ އެކު ޓޫރިސްޓުންތަކެއް ފުރުން ލަސްވުމަކީ، މި ދާއިރާގެ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި، ރަނގަޅަށް ތައްޔާރު ނުވެވުމެވެ.

ޓޫރިޒަމަށް ބަރޯސާވެފައިވާ މި ގައުމުގެ ބޯޑަރު ބަންދުކޮށްގެން ގާތްގަނޑަކަށް ހަތަރު މަސް ދުވަހު ތިބުމަށް ފަހު އަލުން ހުޅުވާލީ ޖުލައި، 15، ގަ އެވެ. އެކަމަކު އެއާޕޯޓުގައި ވެސް މިހާތަނަށް ޓެސްޓްކުރެވޭނެ އިންތިޒާމެއް ހަމަނުޖައްސާއިރު، ޓެސްޓް ކުރަން މިހާރު އޮންނަ ގޮތް އުނދަގޫވެފައި ތަކުލީފު ބޮޑު ކަމަށް ބައެއް ރިސޯޓްތަކުން ބުންޏެވެ.

މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރެއްވި ޓޫރިޒަމް ދާއިރާގެ ބައެއް ބޭފުޅުން ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގެ މައި ގޭޓު ހުޅުވާލީ ރާއްޖޭގެ ބަލިމަޑުކަމުގެ މި ހާލަތުގެ ދަތިކަން ޓޫރިސްޓުންނަށް ނުޖެހޭނެ ކަމުގެ ޔަގީންކަމާ އެކުގައި ނޫން ކަމަށެވެ. އެ ބޭފުޅުންގެ ކަންބޮޑުވުމަކީ ސަރުކާރުން ކުރިން ހަމަޖެއްސި އަދި ފަހުން ބަދަލުތަކެއް ގެނެސް މިހާރު އަމަލުކުރާ އުސޫލްގެ ތެރެއިން ޓެސްޓްކުރުމުގައި ވެސް ދަތިތަތަކެއް ހުރުމެވެ.

ފުލުހުންގެ ފޮރެންސިކް ސާވިސް ގައި ކޮވިޑް-19 ގެ ޓެސްޓެއް ހަދަނީ.---ފޮޓޯ: ޕޮލިސް

ރާއްޖެ އިން ފުރާ ޓޫރިސްޓުން ޓެސްޓް ކުރަން ފުރަތަމަ ނިންމީ އެކަން ކުރެވޭ އަމިއްލަ ހޮސްޕިޓަލްތަކުންނެވެ. އެއީ ކޮވިޑް ޓެސްޓުތަކުގައި ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުގެ ލެބޯޓްރީގެ ލޯޑު ކުޑަކުރުމަށެވެ. އަމިއްލަ ބައެއް ހޮސްޕިޓަލްތަކުން ޓެސްޓްތައް ހަދަން ބެލިއިރު، ކޮވިޑް ޓެސްޓްތަކުގައި ބޮޑު ބެކްލޮގެއް އޮވެ އެކަން ނުކުރެވި މައްސަލަ ބޮޑުވުމުން، މިހާރު ނިންމާފައި ވަނީ އައިޖީއެމްއެޗް މެދުވެރިކޮށް ޓެސްޓް ކުރާށެވެ.

ރިސޯޓުތަކަށް މިހާރު ޖެހެނީ ފުރާ ޓޫރިސްޓުންގެ ލިސްޓު ދެ ދުވަސް ކުރިން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރަށް ފޮނުވާށެވެ. މިއީ ވެެސް އެންމެ ފަސޭހަ އިންތިޒާމެއް ނޫން ކަމަށް މި ދާއިރާގެ ބޭފުޅުން ވިދާޅުވެ އެވެ.

އެހެން ހައްލެއް ނުހޯދެންވީ ސަބަބެއް ނެތް؟

އިގްތިސާދީ ލޮޅުންތަކުން އަރައިގަތުމަށް އެހެން ގައުމުތަކުން ވެސް ޓޫރިޒަމް ހުޅުވާލީ ކޮވިޑް-19 އިން ރައްކާތެރިވެވޭނެ އަދި އެކަމުގެ ތަކުލީފު ނުޖެހޭނެ ވަރުގަދަ ފިޔަވަޅުތަކާ އެކުގަ އެވެ. ރާއްޖެ އިން ވެސް ހިނގަންވީ އެ މަގުންނެވެ.

މިހާރު ރާއްޖޭގައި ބޭނުންކުރަމުން އަންނަނީ މުޅި ދުނިޔޭގައި ވެސް އެންމެ އާންމުކޮށް ބޭނުންކުރާ ޓެސްޓިން އެވެ. އެއީ ޕީސީއާރް (ޕޮލިމަރޭޒް ޗެއިން ރިއެކްޝަން) އެވެ. މިއީ ހަށިގަނޑުން ނަގާ ސްވޮބް ސާމްޕަލްގައި ހުންނަ ވައިރަސްގެ ޖެނެޓިކްސް މެޓީރިއަލް ވަކިކޮށްގެން ހަދާ ޓެސްޓެކެވެ. ޖެނެޓިކް މެޓީރިއަލް އިން ޕްރޮޓީން އާއި ފެޓް ވަކިކުރުމަށް ބޭނުންކުރަނީ ކެމިކަލް އެވެ. އަދި އޭގެ ފަހުން ސާމްޕަލް ލަނީ ޓެސްޓްކުރާ މެޝިނަށެވެ.

މިއީ ކޮރޯނާވައިރަސް އަށް ޓެސްޓްކުރުމުގެ "ގޯލްޑް ސްޓޭންޑާޑް" ނުވަތަ އެންމެ ޔަގީންކަން ބޮޑު ގޮތް ކަމަށް ވަނީ ބެލެވިފަ އެވެ. އެކަމަކު މިއީ މިކަމުގައި ބޭނުންކުރާ އެންމެ އަގުބޮޑު ޓެސްޓެވެ. ސާމްޕަލްތައް ޕްރޮސެސްކޮށް ނަތީޖާއާ ހަމައަށް ދާން އަށެއްކަ ގަޑިއިރު ހޭދަވެ އެވެ. ސާމްޕަލްތައް އެއްތަނުން އަނެއް ތަނަށް އުފުލުން ފަދަ ކަންކަމަށް ހިނގާ ވަގުތު މީގެ ތެރޭގައި ހިމަނައިފި ނަމަ ޓެސްޓެއްގެ ނަތީޖާ ލިބެން ގާތްގަނޑަކަށް އެއް ދުވަސް ހޭދަވާނެ އެވެ.

ބޯޑަރު އަލުން ހުޅުވުމުން ރާއްޖެއަށް އައި ފުރަތަަމަ ޓޫރިސްޓުން ފްލައިޓުން ފައިބަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

މި ލަސްކަން ނައްތާލަން ގައުމުތަކުން ވަރަށް ބޮޑު އިސްކަމެއް ދެ އެވެ. ކޮވިޑް ޓެސްޓަށް ބަލާއިރު ވެސް ރާއްޖޭގައި މި އަމަލުކުރަމުން އަންނަ އުސޫލަށް ވުރެން ފަސޭހަ ގޮތްތަކަކަށް ގައުމުތަކުން އެބަ އަމަލުކުރެ އެވެ. ޓޫރިޒަމް ދާއިރާ އަށް މިފަދަ އަވަސް ޓެސްޓެއްގެ ބޭނުން ބޮޑުއިރު އެއީ މިހާރު ދިމާވަމުންދާ މައްސަލަތަކަށް ލިބޭނެ ލުޔެއް ކަމަށް "މިހާރު"އާ ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.

"ޓެސްޓްކޮށް، ތިން ގަޑިއިރަށް ވުރެން އަވަހަށް ނަތީޖާ އެބަ ލިބޭ މިހާރު. ބައެއް ގައުމުތަކުގައި އެ ޓެސްޓްތައް އެބަ ހަދާ، ރާއްޖޭގައި ވެސް އެކަން ނުކުރެންވީ ސަބަބެއް ނެތް. އަޅުގަނޑުމެން އަމިއްލަ މެޝިންތަކުގައި އެކަން ކުރަން ތައްޔާރު،" އޭނާ ވިދާޅުވި އެވެ.

އޭގެ ތެރެއިން އެއް ޓެސްޓަކަށް ޓޫރިޒަމް ދާއިރާގެ ވިސްނުމަކީ ރެޕިޑް އެންޓިޖެން ޓެސްޓެވެ. މި ޓެސްޓުގައި އެންޓިޖެން ކިޔާ ޕްރޮޓީންއެއް ވަކިކޮށްލަ އެވެ. މިއީ ބަލީގެ ވައިރަހަށް ހާއްސަ ޕްރޮޓީންއެކެވެ. މި ޓެސްޓުން 15-20 މިނެޓް ތެރޭގައި ނަތީޖާ ލިބޭނެ އެވެ. އެކަމަކު މިއީ ޕީސީއާރް ޓެސްޓަށް ވުރެ ޔަގީންކަން ކުޑަ ޓެސްޓެކެވެ. ބައެއް ކޭސްތަކުގައި މި ޓެސްޓުގެ އެކިއުރެސީ 50 ޕަސެންޓުގައި ވެސް ހުރެ އެވެ. މިއީ އެންމެ ފުރަތަމަ، ސިއްހީ ހިދުމަތް ދޭ ތަންތަނާއި ބަލި ވަރަށް ބޮޑަށް ފެތުރިފައިވާ ތަންތަނުގައި ބޭނުންކުރަން ފެށި ޓެސްޓެކެވެ.

އަވަހަށް ނަތީޖާ ލިބޭ މި ޓެސްޓު އަވަށްޓެރި އިންޑިއާ އާއި ބްރެޒިލް ފަދަ ގައުމުތަކުގައި ވެސް މިހާރު ކުރެ އެވެ. މި ޓެސްޓުތައް އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރީސާޗް (އައިސީއެމްއާރް) އަދި އޯލް އިންޑިއަން އިންސްޓްޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް) އިން ވަޒަންކޮށް ބެލުމަށް ފަހު ބުނެފައިވަނީ ނަތީޖާގެ ޔަގީންކަން އުޅެނީ 50-84 ޕަސެންޓުގައި ކަމަށެވެ. އިންޑިއާގައި މި ޓެސްޓް ބޭނުންކުރަން ފެށުމާ ބެހޭ ގޮތުން ބައެއް ތަޖުރިބާކާރުން ވިދާޅުވެފައިވަނީ ބަލި ޖެހިފައިވާ މީހުންގެ ތެރެއިން 50 ޕަސެންޓް މީހުން މި ޓެސްޓް ދެނެ ނުގަނެވި ދޫވާނެ ކަމަށެވެ.

"ޓެސްޓު ކުރުމުގައި މި ދިމާވާ ތަކުލީފަށް ނިމުމެއް ގެންނަން ވެއްޖިއްޔާ މިއީ ވެސް އަޖުމަ ބެލިދާނެ ޓެސްޓެއް. ޓެސްޓުކޮށް ނަތީޖާ ނުލިބިގެން ރާއްޖޭގައި ކުރާ ޝަކުވާތަކަށް ވެސް ކުޑަވެގެންދާނެ މި ޓެސްޓު ކުރަން ފަށައިފިއްޔާ. އެހެންވީމަ އެންޓިޖެން ޓެސްޓު ވެސް ހެދެން ހުރިިއިރު އެކަން ޓެސްޓު ނުކުރާންވީ ސަބަބެއް ނެތް،" އޭނާ ވިދާޅުވި އެވެ.

"އަވަހަށް ނަތީޖާ ލިބުނީމަ އެ މީހަކު އައިސޮލޭޓްކޮށް، ކޮންޓެކްޓް ޓްރޭސިން ހަދައި ދެން އަޅަން ޖެހޭ ފިޔަވަޅުތަކުގެ ވެސް ސްޕީޑު އެބަ އަވަސް ވޭ."

ރިސޯޓްތަކަށް މެޝިން ގެނެސްގެން އަމިއްލަ އަށް ޓެސްޓް ކުރެވޭނެ ގޮތް ހެދިއަސް އަނެއް ކަންބޮޑުވުމަކީ އެޗްޕީއޭ އިން މިހާރު ކަނޑަަޅާފައިވާ ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތައް ފިޔަވައި ރާއްޖޭގެ އެހެން އެއްވެސް ތަނަކުން ހަދާ ޓެސްޓް ގަބޫލުނުކުރުމެވެ. މިއީ، ރިސޯޓްތަކުން މެޝިންތައް ގެނެސްގެން ޓެސްޓުތައް ހެދުމުގައި ވެސް އޮތް ގޮންޖެހުމެކެވެ.

އެކަމަކު މިއީ ލުޔެއް ދެވިދާނެ ކަމެއްގެ ގޮތުގައި ޓޫރިޒަމް ދާއިރާ އިން ދެކެ އެވެ. އެޗްޕީއޭ އިން މިކަމާ މެދު ވިސްނައި، މަޝްވަރާތަކެއްކޮށް ގޮތްތަކެއް ކަނޑައެޅިދާނެ ކަމަށް ވެސް "މިހާރު"އާ ވާހަކަ ދެއްކެވި ބައެއް ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

އެއް ބޭފުޅަކު ވިދާޅުވި ގޮތުގައި ރިސޯޓްތަކުން މެޝިންތައް ގެނެސްގެން ހަދާ ޓެސްޓުތަކުގެ ސްޓޭންޑަޑް ބަލައި އެޗްޕީއޭ އަށް ގޮތްތަކެއް ކަނޑައެޅިދާނެ އެވެ. އެކަމަށް އެޗްޕީއޭ ތައްޔާރު ނޫން ސަބަބާ މެދު އޭނާ ސުވާލު އުފެއްދެވި އެވެ.

ހުއްދަ ނުދިނުމުގެ ވިސްނުމެއް ނެތް

ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަކީ ސަރުކާރުން ހައްލުކުރަމުން އަންނަ މައްސަލަތަކެއް ކަން ފާހަގަކުރައްވައި އެޗްއީއޯސީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ޕީސީއާރު މެޝިންތަކެއް ބަހައްޓައިި އަމިއްލަ އަށް ޓެސްޓުތައް ކުރިއަށް ގެންދަން ރިސޯޓްތަކުން މިހާތަނަށް ހުށަހަޅައިފައެއް ނުވެ އެވެ. ރާއްޖޭގައި ކޮވިޑަށް ޚާއްސަ އަދި އެންމެ ޔަގީންކަން ބޮޑު ޓެސްޓަކީ ޕީސީއާރުކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ސީއެސްއާރުގެ ދަށުން ހެލްތު ސެންޓަރު ފަދަ ތަންތަނުގައި އެފަދަ މެޝިންތައް ބަހައްޓައި ކޮވިޑާ ދެކޮޅަށް މި ކުރާ މަސައްކަތުގައި އެހީވާން ބޭނުންވާ ކުންފުނިތަކަށް ނުވަތަ ހެޔޮއެދޭ ފަރާތްތަކުގެ ހުށަހެޅުންތައް އަންނަނީ ބަލައިގަންނަމުން ކަމަށެވެ.

އެ ހުށަހެޅުމެއް ރަނގަޅު ނަމަ، ހުއްދަ ދެމުން އަންނަ ކަމަށް ވެސް އެޗްއޯއީސީން ބުންޏެވެ.

ޕީސީއާރު ޓެސްޓު ކުރިއަށް ގެންދަން ރިސޯޓަކުން ހުށަހަޅައިފި ނަމަ އެކަމާ މެދު ގޮތެއް ނުނިންމައި ނުވަތަ އިޖާބަނުދީ ލަސްވެފައި ވެސް ނޯންނާނެ ކަމުގެ ޔަގީންކަން ވެސް އޮފިޝަލް ދެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރިސޯޓްތަކުން ބޭނުންވާ ރެޕިޑް އެންޓިޖެން ޓެސްޓް ކުރިއަށް ގެންދަން ވެސް ހުށަހަޅައިފައެއް ނުވެ އެވެ.

"އަޅުގަނޑުމެންގެ ސްޓޭންޑަޑަކީ ހަމަ ޕީސީއާރު ޓެސްޓް، އެ ދުލެއް ނުކޮށްލާނެ. ގިނަ ގައުމުތަކުން ރެކޮމަންޑް ކުރަނީ ވެސް ޕީސީއާރު ޓެސްޓް. އެއާ އެކު އެންޓިޖެން ޓެސްޓް ހަދަން ބޭނުންވެގެން ވެސް ހުށަހަޅާފައެއް ނެތް، ދެން އެ ޓެސްޓް ކުރިއަށް ގެންދަން ލަފާ ލިބިފައެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.

"ޕީސީއާރު ޓެސްޓް ހަދަން ހުށަހަޅާފައި ހުރި ތަނެއް ވެއްޖިއްޔާ މިދަނީ ހުއްދަ ދެމުން، އެންޓިބޮޑީ ޓެސްޓަށް ނޫނެކޭ މި ކިޔަނީ،" އޭނާ ވިދާޅުވި އެވެ.

ހުރަވަޅި ރިސޯޓްގެ ކަނޑުއަޑީގެ ރެސްޓޯރެންޓުގައި ދެ ޓޫރިސްޓަކު: ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ހައްލު ހޯދަން މިނިސްޓްރީން އޮތީ ތައްޔާރަށް.

އޮފިޝަލް ވިދާޅުވި ގޮތުގައި ޕީސީއާރު ޓެސްޓް، ހެލްތު މިިނިސްޓްރީން ކަނޑައަޅާފައިވާ ސްޓޭންޑަޑަށް ރިސޯޓްތަކުން އަމިއްލަ އަށް ކުރިއަށް ގެންދިއުމުގައި ހުރަހެއް ނެތެވެ. އެ ނަތީޖާއާ އެކު ރިސޯޓްތަކަށް ޓޫރިސްޓުން ފުރުވާލެވޭނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓެސްޓުގެ ނަތީޖާ އަވަސްކުރަން އަދި ލުއި ގޮތެއް ޚިޔާރުކުރުމަށް އެންޓިޖެން ޓެސްޓް ހަދަން ބައެއް ރިސޯޓްތަކުން ބޭނުންވާ ނަމަ، އެކަން ހުށަހެޅުމުން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގު)ގައި މަޝްވަރާ ކުރެވިދާނެ ކަމަށެވެ.

"އެ މަޝްވަރާ އަށް ފަހު އަޅުގަނޑުމެންގެ ސްޓޭންޑަޑް ބުނާނަން. އަދި ނެތް އެންޓިޖެން ޓެސްޓް ރިސޯޓްތަކުން އަމިއްލަ އަށް ކުރިއަށް ގެންދަން ހުށަހަޅާފައެއް ވެސް،" އޮފިޝަލް ވިދާޅުވި އެވެ.

ޓޫރިޒަމް ހުޅުވާލި އިރު، ސަރުކާރުގެ ވިސްނުމަކީ އެއާޕޯޓުގައި ވެސް ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމެވެ. އެކަމަކު އެކަން އަދި ހަމައެއް ނުޖެހެ އެވެ. އެ މަޝްވަރާތައް ކުރެވުނު ކަން އޮފިޝަލް ފާހަގަކުރެއްވި އެވެ.

ޓޫރިޒަމް ދާއިރާ އިން ބޭނުންވާ ގޮތަށް ޓެސްޓު ކުރުމުގައި ލުއި ގޮތެއް ހޯދިދާނެ ކަމުގެ ސިގްނަލް އެޗްއޯއީސީން މިވަނީ ދީފަ އެވެ. އެހެންކަމުން ލުއި ހޯދުމުގެ ދޮރު މިވަނީ ހުޅުވިފަ އެވެ.

20 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 10%
icon angry icon angry 70%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސްވަލޮސްކީއަބްދުރަހީމް

11 August 2020

އެއްކަމެއްވެސް ކުރާނެކަމެއްނެތް. ކޮން ޓެސްޓެއް ކުރާކަށް! ނަމާދުކޮށްކޮށް ތިބެންވީ.

The name is already taken The name is available. Register?

ޚިޓު

11 August 2020

. މިއޮއްހުރިހާ ދުވަހު ރަންބިސްތައް ބަގުޑިލައިގެން ތިބެ، މިހާރު މިމީހުންނަށް ޑޮލަރު ލިބޭނެ ގޮތް ހަދަން މިމީހުން އަމިއްލައަށް ޓެސްޓްކުރެވޭ އާލާތްތައްގެނެސްގެން ތިކަން ކުރަންވީނުން. ޙަމަްެކަނި ސީޕްލޭން ތަކާ، އެއަރޕޯޓުތައް ހަދައިގެން ޓޫރިޒަމްގެ ސިނާއަތުގަ ލާރިއެއް ލިބޭ ކަމެއް އޮތިއްޔާ އެކަމަކަށް ބޯކޮއްޕާ މޮނޮޕޮލައިޒް ކުރުން ބާނީންނާ އިންވެސްޓަރުން ކުރާ ކަމަކީ.

The name is already taken The name is available. Register?

ގައުމީ ލޯބީގާ

11 August 2020

ރެޕިޑް ޓެސްޓު ކިޓްތައް ވަރަށް ބޮޑުތަން އަގުކުޑަ ވެދާނެ ޕީސީއާރު މެޝިނަކާ އަޅާ ބަލާއިރު، އެކަމަކު ޓެސްޓުގެ ކޮލިޓީ އެތައް ތަނެއް ދަށްވެގެން ދާނެ. މީގެ ސަބަބުން އަންދާޒާ ކުރެވޭ މިންވަރަށް ވުރެވެސް ބޮޑަށް އަދަދުތަކުގެ ތަފާތު އައިސް މުޅި ޕްރޮސެސްގެ ކޮލިޓީ ގެއްލި ވާނުވާ ނޭނގިދާނެ. އެކަން އެގޮތަށް ކުރުމަކީ މިވަގުތު ނެގޭނެ ރިސްކެއް ނޫން.

The name is already taken The name is available. Register?

ކަޓޭ

11 August 2020

އަބަދު ދައުލަތުން ކަޓެއް ލިބޭތޯ އުޅުމުގެ ބަދަލުގައި އެ އޮންނަ މިންގަނޑެއް ހިފެހެއްޓުން މުހިންމު. ރިޒޯޓު އޯނަރުންނަކީ ޕީސީއާރު މެޝިނެއް ނުގެނެވޭ ވަރު ބައެއް ނޫން. އެހެންވީމަ ޕްރޮސެސްގެ ކޮލިޓީ ގެއްލޭ ގޮތަށް ކަންތައް ކުރަން އުޅުމަށްވުރެ ރަނގަޅުވާނީ އެ އޮންނަ މިންގަނޑަކަށް ތަބާވުން.

The name is already taken The name is available. Register?

މޫސާ މަނިކް

11 August 2020

ވިޔަފާރިވެރިން އަބަދުވެސް މި ބަލަނީ ކޮންމެވެސް ޝޯޓްކަޓެއް ނެގޭތޯ. އެ ހެޔޮ މުޅި ޕްރޮސެސްގެ ސްޓޭންޑާޑް ކޮމްޕްރޮމައިޒް ކޮށްގެން ވިޔަސް ހަރަދު ކުރަންޖެހޭ އެތިކޮޅުން ލުޔެއް ލިބިޖިއްޔާ. އެ މީހުންނާ ޖެހުނީމަ އަބަދުވެސް ދައުލަތުން ފަހަތު ފަޔަށް ބުރަވާ ގޮތަށް ކަންތައް މި ކުރުވަނީ. މިހެންވީމަ ކޮންފަރެންސް ހޯލާ އެއްޗިހިވެސް އަމިއްލައަށް ހަދާފައި ބަހައްޓަން ޖެހެނީ. އަބަދު ވިޔަފާރިވެރިން ފަހާ ދުވަން ނުޖެހޭނެ. ވިޔަފާރިވެރިން ބޭނުންވާ ގޮތަކަށް ދައުލަތް ހިންގާކަށެއް ނުޖެހޭނެ.

The name is already taken The name is available. Register?

ޒިންމާ

11 August 2020

އަލީ ވަހީދު ބުނީ ހުރިހާ ކަމެއް އޮތީ ހަމަޖެހިފައޭ މިލިއަނުން ބުކިން ހަދައިފިޔޭ ބައިވަރު ޓޫރިސްޓުންވެސް އަންނާނެޔޭ. ކޮބާ ކިހާ ވަރެއްވި؟ އެންމެ ކުޑަ މިނުން ރިޒޯޓެއްގައި ނެތް ޕީސީއާރު ޓެސްޓު ހެދޭނެ ގޮތެއްވެސް ހަަމަޖެހިފައެއް. ހެލްތު މަސްއޫލިއްޔަތެއް ނޫން ހުރިހާ ރިޒޯޓެއްގައި ޕީސީއާރު މެޝިން ބަހައްޓާފައި ހުރިތޯ ބެލުމަކީ. ހެލްތު މަސްއޫލިއްޔަތަކީ މިންގަނޑު ކަނޑައެޅުން. އެއަށް ތަބާވާން ޖެހޭ އެންމެން. ވާނަމަ، މިހެނެއް ނުވާނެ.

The name is already taken The name is available. Register?

ނަރުސް.

11 August 2020

އަޖައިބެއް. މި ރާއްޖޭގައި ކޮވިޑް އެންމެ ބާރު އަރައިގެން ދިޔައިރުވެސް ކޮވިޑް ޓެސްޓުގެ ސްޓޭންޑާރޑް ހިފެހެއްޓި. ދެން ހަމަ ރިޒޯޓު މަހުޖަނުންނާ ޖެހޭ އިރަށް ދޫކޮށްލަންވީ؟ މިގޮތަށް ހެލްތު މިިނިސްޓަރު ކަންތައް ދޫކޮށް ނުލާތީ ނަޝީދު ހިތްހަމަ ނުޖެހެނީ. އުސޫލާ ހަމަ ގެންގުޅޭ މީހެއް ވިއްޔާ ނަޝީދަކަށް ކަމަކު ނުދާނެ. މަހުޖަނުންނަށްވީމަ ހަދާ ޓެސްޓު ތަކުގެ ސްޓޭންޑާޑްވެސް ދޫކޮށްލަންވީތަ؟ ތިހާ މުއްސަންދި ބައެއް ވިއްޔާ ޕީސީއާރު މެޝިނެއް ގެނެސްބަލަ.

The name is already taken The name is available. Register?

ބޭބެ.

11 August 2020

ކޮންމެ ކަމެއްވެސް ސަލާންޖަހަން މިޖިހެނީ...

The name is already taken The name is available. Register?

ބޮޑުމީހާ

11 August 2020

ވިޔަފާރިވެރިން އެހެން އުޅިނީމަ ހުތުރުދޯ؟

The name is already taken The name is available. Register?

ހެލްތު

11 August 2020

ޓެސްޓް ހަދަންވީގޮތް ކިޔާދޭނެ ކަމެއް ނެތް. ބޮކްސް އިން ބޭރަށް ނުނިކުމެ ތިބެވޭތޯ ބަލާ.

The name is already taken The name is available. Register?

ޑރ.ނަސީރާ

11 August 2020

ކޮން ބޮކްސް ހޯކްސްއެކޭ ކިޔާކަށް. ހަަމަ ވިޔަފާރިވެރިންނާ ޖެހޭ އިރަށް ކޮންމެ ކަމެއް ދޫކޮށްލާތީ ތިހެން ވަނީ. އާންމު މީހާއަށް އުސޫލު އެޕްލައި ކުރާ ނަމަ ވިޔަފާރިވެރިއަކު އިސްތިސްނާ ވެގެނެއް ނުވާނެ. ހެލްތު ބަރާބަރު. އުސޫލާއި ހަމަތައް ހިފަހައްޓާތީ.

The name is already taken The name is available. Register?

Omega 3

11 August 2020

ކޮންމެ ކަމެއް ސަރުކާރުގެ ސަމާލްކަމަށާ ހަދަންވީގޮތް މިބުނެދެންޖެހެނީ ރައްޔިތުން. ޓޫރިޒަމް ހުޅުވާލުމުގެ ކުރިންވެސް ހެލްތް މިނިސްޓްރީ އިސްނަންގަވައިގެން ރިސޯޓް އޯނަރުންނަށް ޕީސީއާރ މެޝިން ރިސޯޓުގާ ބެހެއްޓުމާގުޅޭ ގޮތުންނާ ހުއްދަލިބޭނެކަން ޔަގީންކަންދިންނަމަ މިހެންޝަކުވާނައީސް. މައްސަލައަކީ ހެލްތްމިނިސްޓްރީގެ ކޮލެޓީ ކޮންޓޮރޯލް ޑިޕާރޓްމެންޓާއި އައިޖީއެމްއެޗްގެ ވަކި ޑރ އިންތަކަކާގުޅިފައޮތުން. އެބޭފުޅުންގެ ކޮލިނިކްތަކުގެ ފުށުއެރުން.

The name is already taken The name is available. Register?

މަސްތެޔޮ

11 August 2020

ރިސްޓް އޯނަރުން އެމީހުން ކަމެއް ކުރަން ބޭނުމިއްޔާ ބޭނުން ގޮތަކަށް 'ދަށުން ދަމާ' ކުޅެގެން ކަންތައްކުރޭ. ޕީސީއާރް މެޝިން ގަނޑެއް ބަހައްޓަންވީމާ މިނިސްޓްރީ ޖެހެނީ މިމީހުން ފަހާ ދުވަން. ތަންފީޒީ އިދާރާތައް ނުޖެހޭ މަހުޖަނުން ފަހާ ދުވާކަށް. ދެން ޓޫރިޒަމް މިނިސްޓްރީން ކުރަންޖެހޭ ކަންތައްތައް ހެލްތް މިނިސްޓްރީން ކުރަން ނުވެސްޖެހޭނެ.

The name is already taken The name is available. Register?

ތާރީޙު

11 August 2020

މި ރާއްޖޭގެ އެއްވެސް ބައެއްގެ ސަމާލުކަމަށް ކޮވިޑް ނައިސް އޮތްވާ ޖަނަވަރީ މަހުގައި މުޅި ސަރަހައްދުންވެސް އެންމެ ފުރަތަމަ ސްކްރީން ކުރަން ފަށާ، އެންމެ ފުރަތަމަ ޓާސްކު ފޯހެއް އެކުލަވާލާ، އެންމެ ފުރަތަމަ ކަންކުރާނެ ގޮތުގެ އެސްޕީތައް އެކުލަވާލީ ހެލްތު މިނިސްޓްރީއިން. އެގޮތަށް ކަންތައް ކުރީމަވެސް މިއީ އާދައިގެ ރޯގާއެކޭ ކިޔާ މުޅި ރާއްޖޭގައި ކެމްޕޭނު ކުރަނިކޮށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ގައުމު ހަމަ މަަގަށް އެޅުވީވެސް ހެލްތުން. ނޭނގެންޏާ ތާރީޙު ހޯދާބަލާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454