މައުމޫންގެ ވަކީލް ހުސްނުއް ސުއޫދު (ވ) އާއި މައުމޫން ފެކްޝަންގެ ބައެއް ބޭފުޅުން އިއްޔެ ހައި ކޯޓުން ނުކުމެވަޑައިގަންނަވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
24 އޮކްޓޯބަރ 2016 - 17:48
ވެރިކަން ކުރާ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހުސްނުއްސުއޫދު މާދަމާ ހައި ކޯޓަށް ހާޒިރުވާން އަންގައިފި އެވެ.
ސުއޫދު ދެންމެއަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި މާދަމާ ހެނދުނު 10:00 ގައި ހައި ކޯޓަށް ހާޒިރުވާން އެ ކޯޓުން ވަނީ ޗިޓެއް ފޮނުވާފަ އެވެ. އެކަމަކު، ހާޒިރު ކުރަނީ ކޮން މައްސަލައަކާ ގުޅިގެންކަން އެނގެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅޭ ގޮތުން ކޯޓުގެ ބަހެއް އަދި ނުލިބެ އެވެ.
އެކަމަކު، "މިހާރު" އަށް އެނގިފައިވާ ގޮތުގައި ސުއޫދު ހާޒިރު ކުރަނީ ހައި ކޯޓުން މައްސަލަތައް ކުރިއަށް ގެންދާ އުސޫލުތަކާ މެދު ސުއޫދު ފާޑު ވިދާޅުވެފައިވާތީ އެވެ.
ބަންޑާރަ ނައިބުކަން ވެސް ކުރިން ކުރައްވާފައިވާ ސުއޫދު މިހާރު ހަރަކާތްތެރިވެވަޑައިގަންނަވަނީ ވެރިކަން ކުރާ ޕީޕީއެމްގެ ތެރޭގައި ޖެހިފައިވާ މައްސަލައިގައި އެ ޕާޓީގެ ރައީސް މައުމޫންގެ ވަކީލުންގެ ޓީމުގަ އެވެ. އެ ގޮތުން، މައުމޫން ޕާޓީގެ ރައީސްކަމުން ދުރުކުރަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި މައުމޫންގެ ފަރާތްޕުޅުން ސުއޫދު ވަކާލާތުކުރެއްވި އެވެ. އެ މައްސަލަ މައުމޫނާ ދެކޮޅަށް ސިވިލް ކޯޓުން ނިންމުމުން ހައި ކޯޓުގައި އިސްތިއުނާފް ކުރި މައްސަލައިގައި ވެސް މައުމޫން ތަމްސީލު ކުރެއްވި ވަކީލުންގެ ޓީމުގައި ސުއޫދު ހަރަކާތްތެރިވެވަޑައިގެންނެވި އެވެ.
ހައި ކޯޓުން ވެސް އިއްޔެ ހުކުމް ކުރީ، ޕީޕީއެމްގައި ކުރީގެ ރައީސް މައުމޫން އަދާކުރައްވާ ޒިންމާތައް އެ ޕާޓީގެ މުސްތަޝާރާ ހަވާލުކުރަން ސިވިލް ކޯޓުން ކުރި ހުކުމް ރަނގަޅު ކަމަށެވެ.
ސިވިލް ކޯޓާއި ހައި ކޯޓުގައި ހިންގި ޝަރީއަތުގައި މައުމޫން ދިފާއު ކުރެއްވުމުގެ އިތުރަށް، ސުއޫދު ވަނީ މީޑިއާގައި ވެސް މައުމޫނާ އެއްކޮޅަށް ވަކާލާތު ކުރައްވައި، ކޯޓަށް ވެސް ކޮންމެވެސް ވަރަކަށް ފާޑު ވިދާޅުވެފަ އެވެ. އެ ގޮތުން، މައުމޫނަށް ނޭނގި، ދަށު ކޯޓަށް މައްސަލަ ހުށަހެޅި ރައީސް ޔާމީންގެ ފެކްޝަންގެ މީހަކު މައްސަލަ އިސްތިއުނާފްކޮށްފައި ވާތީ، އެ މައްސަލަ ކޯޓުން ބޭރުކުރަން ޖެހޭނެ ކަމަށާއި އެފަދަ ކަންކަމަށް ކޯޓުތަކުން ފުރުސަތު ދީގެން ނުވާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އަދި ސިވިލް ކޯޓުން ކުރި ހުކުމަކީ ރައީސް ޔާމީނަށް ދިން "ހަދިޔާއެއް"ގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފަ އެވެ.
ސުޕްރީމް ކޯޓުގައި ކުރިން ހިންގި މައްސަލައަކުން ސުއޫދު ސަސްޕެންޑް ވެސް ކޮށްފައިވެ އެވެ. އެއީ މިދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާ ބާތިލްކޮށް ދިނުމަށް އެދި އެ ކޯޓަށް ހުށަހެޅި މައްސަލައިގައި އިލެކްޝަންސް ކޮމިޝަން ތަމްސީލު ކުރައްވަން ވަޑައިގަތުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފފ
25 October 2016
ކޯޓަށް މީހަކު ހާޒިރު ކުރާނަމަ އެހާޒިރު ކުރާބޭނުން ޗިޓްގައި ލިޔެފައި އޮންނާންވާނެކަމަށް ޤަވާއިދުގައި ބަޔާންކޮށްފައިވޭ މީހުން ހާޒިރު ކުރުމުގެ!
މުއްދަތު
25 October 2016
ޔާމީނަކީ ރައްޔިތުން އިންތިޚާބު ކޮށްފައިވާ ރައީސެއް މައުމޫނަކީ ޕާޓީގެމެންބަރުން އިންތިޚާބު ކޮށްފައިވާ ރައީސެއް . ޕާޓީގެ މުސްތަޝާރު ރައީސްޔާމީނަށް ސަރުކާރު ނުހިންގޭކަމަށާ، ޕާޓީގެ މުސްތަޝާރަށް ސަރުކާރުގެ ވެރިކަން ނުހިންގޭތީ ސަރުކާރު ހިންގޭނެގޮތް ހައްދަވައި ދެއްވުންއެދި ކޯޓަށް ހުށަހަޅައިފިނަމަ ސަރުކާރު ހިންގުން ޕާޓީގެ ރައީސް މައުމޫނާވެސް ކޯޓުން ހަވާލު ކޮށްފާނެތާއެވެ!
ރަދީފް
25 October 2016
މިއައް ކިޔަނީ އިނގިރޭސިބަހުން ''އިންޓިމިޑޭޝަން'' . ވ.ވެދުން
ގަބަޓް
25 October 2016
ރައްޔިތުންނަށް ބިރުދައްކައިފަ ބައިތިއްބާ އޭރަށް ތިކުރާވެރިކަން ތިގޮތަށް ކުރެވޭނީ
ހަސީނާ
25 October 2016
މިހާރު މިރާއްޖޭގައި މިހިރަ ކޯޓްތަކަށް ނިސްބަތްވާގޮތަށް އެއްޗެއް ބުނަން ހެޔޮނުވާނެ. ބުރީހަންވެސް ނަގާފާނެ.
ސަހަރޯ
24 October 2016
މިއީ މަގޭވެސް ގައުމު . އަށަމެންގެ ގައުމުސަލާމަތް ކޮއްދެއްވާންދޭވެ.
ހަސަނު
24 October 2016
ކޯޓަށް ފާޑު ކިޔައިގެން ހާޒިރު ކުރާނަމަ މުޅި ގައުމު އެބަ ޖެހޭ ހާޒިރު ކުރަން
ޢަލީ
24 October 2016
ބިރުދައްކަނީ
ފަގީރުކޮއި
24 October 2016
ރަނގަޅަށް ތިޔާވަނީ .. މާދެން އެއްކަލަ ބުނާހެއް އިގިގެން ހުރިހާ ކަމެއްގަތެރެއަށް ބޯކޮށްޕާނެ. މިނޫނަސް ވަކީލުން އެބައުޅޭ.އަދި މޮޅުކަމަކީ ދެކޮޅަށް ދުވާތީ ، އެކަމަކު ހުންނަނީ ވަރަށް އެމްޑީޕީ ވެގަނެގެންނޯ..
ފަރުހާދު
24 October 2016
ހީވަނީދުވަސްކޮޅަކަށް ސުއޫދުވެސް ގޭގައިމަޑުކުރަންޖެހެނީހެން .