ޓޫރިސްޓުންތަކެއް ލަންކާގައި އެތްތަކެއް ބަލާލަނީ--
11 އޯގަސްޓް 2020 - 21:59
ކޮވިޑް-19އާ ގުޅިގެން ޗުއްޓީ ހޭދަ ކުރުމަށް އެންމެ ރައްކާތެރި މަންޒިލްތަކަށް ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލުން ދޭ "ސޭފް ޓްރެވަލް" ސްޓޭމްޕް ސްރީ ލަންކާ އަށް ލިބިއްޖެ އެވެ.
މި ސްޓޭމްޕަކީ އދ.ގެ ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޔޫއެންޑަބްލިއުޓިއޯ) އިން އެކުލަވާލައިފައިވާ ކައުންސިލުން، އެކި ގައުމުތަކުގައި ކޮވިޑް-19އާ ދެކޮޅަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބަލައި ދެމުން އަންނަ ސްޓޭމްޕެކެވެ. މީގެ ސަބަބުން މި ވަގުތު ދަތުރުފަތުރު ކުރުމަށް އެންމެ ރައްކާތެރި ގައުމުތަކާއި އެންމެ ރައްކާތެރި ޓޫރިސްޓް ފެސިލިޓީތައް އެނގޭނެ އެވެ.
ލަންކާގެ ޓޫރިޒަމް ޗެއާޕާސަން ކިމަރްލީ ފަނާންޑޯ އެ ގައުމުގެ މީޑިއާތަކަށް ވިދާޅުވިގޮތުގައި އެ ގައުމުގެ ސަރުކާރުން ވަނީ ކޮވިޑް-19އާ ދެކޮޅަށް ވަރުގަދަ ފިވަޅުތަކެއް އަޅައިފަ އެވެ. މި ފިޔަވަޅުތަކުގެ ސަބަބުން އެ ގައުމުގައި ވައިރަސް ފެތުރުން މަދުވެފައިވާއިރު މީގެ ސަބަބުން އެ ގައުމަކީ ޓޫރިސްޓުންނަށް މިވަގުތު ރައްކާތެރި މަންޒިލެއްކަން ކަށަވަރު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ލަންކާއިން ވަނީ ފިޔަވަޅުތައް ވަރުގަދަކޮށް އެ ގައުމުގެ ބޯޑަރު ހުޅުވައިފަ އެވެ. އަދި މިހާރު ހުރިހާ ފަންތިއެއްގެ ޓޫރިސްޓުންނަށް މަރުހަބާ ކިޔުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެ ގައުމުގެ ޓޫރިޒަމް ޗެއާޕާސަން ވިދާޅުވި އެވެ.
ލަންކާގެ އިތުރުން އިޖިޕްޓާއި ޔޫކްރެއިން އާއި ތުރުކީ އާއި މޮރީޝަސް އާއި ޕެނަމާ އަދި ޕޯޗުގަލް ފަދަ މަޝްހުރު ޓޫރިސްޓު މަންޒިލްތަކަށް ވެސް މި ސްޓޭމްޕް ވަނީ ލިބިފަ އެވެ. ލަންކާއަކީ މި ސަރަހައްދުގައި ސޭފްޓީ ސްޓޭމްޕް މިހާތަނަށް ކާމިޔާބު ކުރި ހަމައެކަނި ގައުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެންދެރި
12 August 2020
ރާއްޖޭގެ އާބަދީ 5 ލައްކަ އެވެ. ލަންކާ ގެ އާބާދީ 16 މިލިއަނެވެ. ފަރުވާކުޑަ ކޮށް ބޭރުގެ އެހީ ހޯދަން މަސައްކަތް ނުކޮށް ހަރުދަނާ ފިޔަވަޅު ތަކެއް އަޅަން ވީ އެވެ.
ދިވެސްމީހާ
12 August 2020
ދިވެހިންގެ އަހްލާޤާއި މިޒާޖް ބަދަލުކޮށްލަނިކޮށް ސްޓޭޕްމް ލިބޭނެ.
ގައުމުގެ ވިންދު
12 August 2020
ރާއްޖެ އައް ސޭފް ޓްރެވެލް ނުލިބޭނެ ޕޮލިޓިކަލް ކޮވިޑެއް ހަދައިގެން އުޅޭހާ ދުވަހަކު، އިދިކޮޅުން ހިޔާލު ފާޅުކުރުމައް ރޭވި ހިސާބުން ކޭސްގެ ނަންބަރުތައް އިތުރުކުރަން ފެށީ، މިހެން ފޭކު ޖެއްސީމަ ދުނިޔޭގެ ސްޓެޓިސްޓިކްސް އިން އާބާދީގެ ނިސްބަތުން ޕޮސިޓިވް ރޭޓް އެއްމެ މަތީގަ ރާއްޖޭގަ އުޅެނީ، މޮޔައިންނާ ކަނޑި ހަވާލު ކުރީމަ ވާނެ ހަތެރެތިމިވަނީ، ރަތްޔިތުން ފަނާވަނީ
ދާމިސް
12 August 2020
ކޮބައިތަ ހެލުތު މިނިސްޓަރު އަމީން މިސްޓޭމްޕް ހޯދަށް ތައްޔާރުކުރި ކޮޓަރި
ރައްޔިތުންގެ ސުޕަމެޖޯރިޓީ
12 August 2020
މަތިފަޑީގައިވެސް ޖާހިލުން. މިކަމުން ގައުމާއި ރައްޔިތުންގެ ހާލަތު ވަރަށް ރަގަޅަށް އެނގިގެންދޭ. އަމިއްލަ އަތުން ފޭހުނު އިލޮށިގަނޑު މިހިރަ ހެރިގެންދަނީ އަމިއްލަ ލޮލަށް.
Ahmed Shujau
12 August 2020
ދިވެހިރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން އެއްމެ މުޑު ދާރު އަދި އެއްމެ ނާތަހުޒީބު ގައުމު. ގައުމުގައި ގިނައީ ރޯނު އެދުރުން
ހިއްޕި
12 August 2020
ކޮމެންޓްތައް ކިޔާލީމަ އިނގޭ އަހަރުމެން ދިވެހިންގެ ނޭއްގާނީކަމާއި ޖާހިލުކަން. ބަލި ކޮންޓްރޯލްކޮށްފަ އަމިއްލަ ފަރުދީ ޒިންމާ އަދާކުރަން ހަވާލުކުރީ، ފަރުދީ ޒިންމާ އަދާނުކުރެވުނު ތަނުގައި ތަންފީޒީ އިދާރާތަކުން އަންގާ އެންގުންތަކަށް ގޮންޖެހީ. އަހަރުމެން ދިވެހިންނަށް ވާންޖެހޭގޮތަށް މިވަނީ. އަދިވެސް ހޯދަނީ ޒިންމާއިން ރެކިގެން އެކަމަށް ދައްކާނެ އުޒުރު.
ާއުނިމާ
12 August 2020
ރައްޔިތުން ފަރުދީ ޒިއްމާ ފުރިހަމަޔަށް އަދާކުރަމުންދަނީ، ކަންކަން ކުރަން ނޭގޭމީހުން ވެރިކަމުގަ ހުރީމާ ކަންކަން މެނޭޖްނުކުރެވި ބޮއްސުންލައިގެން ގޮައްސަ މިއޮތީ، ފަރުދީ ޒިއްމާއޭ ކިޔައި ރައްޔިތުން ބޮލަށް ކަންކަން ނުކެނޑޭނެ!
ބަޑިއެދުރު ކަލޭގެފާނު
12 August 2020
ފަރުވާދޭން ބޭނުންވާ ވެންޓިލޭޓަރަށް ފައިސާ ދެއްކިއަސް ވެންޓިލޭޓަރު ރާއްޖެއަކަށް ނާދޭ. އެކަށީގެންވާ ސިއްހީ ފަރުވާ ދެވެން ނެތި ތިޔަ ސްޓޭމްޕް ލިބިދާނެބާ؟ ސަރުކާރުގެ ސިޔާސަތަކީ ނޫސް ކޮންފަރެންސް ބާއްވައިގެން ރައްޔިތުންނަށް ބެވުން. ކޮރެންޓީންކުރުމާއި ، ޓެސްޓްކުރުމާއި ، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އެކަށިގެންވާ ގޮތެއްގައި ކުރިއަކަށް ނުގެންދެވޭ!
ސުނިލް
12 August 2020
ނަސީދުގެ ސަބަބުން މިގައުމު ފަނާ މިވަނީ. ކޮވިޑުން ދުނިޔޭގެ 1 ވަނަ. ޓޫރިޒަމް ވަޅު އެޖެހީ. ލަންކާ ފަތު އަޑުކިޔާފަ ކުރިއަށް.
Hippolyte Mege-Mouries
12 August 2020
ދިވެހިރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން އެއްމެ މުޑު ދާރު އަދި އެއްމެ ނާތަހުޒީބު ގައުމު. ގައުމުގައި ގިނައީ ރޯނު އެދުރުން