14 އޯގަސްޓް 2020 - 08:57
ބަތަލާ ޕްރިޔަންކާ ޗޯޕްޅާ މީގެ ދެ އަހަރު ކުރިން ލިޔަން ފެށި އޭނާގެ ބައޮގްރަފީ ލިޔެ ނިންމައިފި އެވެ.
"އަންފިނިޝްޑް" ގެ ނަމުގައި ނެރެން ނިންމާފައިވާ ބައޮގްރަފީ ނިންމާފައިވާކަން ޕްރިޔަންކާ ވަނީ ކަށަވަރުކޮށް ދީފަ އެވެ. މިކަމާ ބެހޭ ގޮތުން އޭނާ ކުރި ޓްވީޓެއްގައި ބުނީ ބައޮގްރަފީ ވަރަށް އަވަހަށް ނެރޭނެ ކަމަށާއި އޭގައިވާ ކޮންމެ ލަފުޒަކީ، އިބާރާތަކީ އޭނާގެ ހަޔާތް ރަމްޒުކޮށްދޭނެ އެއްޗެއް ކަމަށެވެ.
މިހާރު ހޮލީވުޑްގައި ވެސް މަސައްކަތްކުރާ ޕްރިޔަންކާ، 38، އަކީ އޭނާގެ އަމިއްލަ ބުރަ މަސައްކަތުން ވަރަށް ބޮޑެތި ކާމިޔާބީތަކެއް މިހާތަނަށް ހޯދާފައިވާ ގިނަ ބަޔަކު އިންސްޕިރޭޝަނެއްގެ ގޮތުގައި ދެކޭ އަންހެނެކެވެ. އެގޮތުން 17 އަހަރުގައި މިސް ވޯލްޑްގެ ތާޖު ހާސިލުކުރުމަށް ފަހު، ބޮލީވުޑަށް ނުކުމެ އޭނާ ވަނީ އެކްޓިން ހުނަރު ވެސް ކިތަންމެ ރަނގަޅަކަށް ދައްކާލައިފަ އެވެ. އޭގެ އެއް ހެއްކަކީ 2008 ގެ ފިލްމު "ފެޝަން" އިން އެންމެ މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ވެސް ހޯދުމެވެ.
Unfinished is finished! Just about sent in the final manuscript! Wheee! Cannot wait to share it with you all. Every word in my memoir comes from a place of introspection and reflection into my life. #ComingSoon #unfinished
— PRIYANKA (@priyankachopra) August 11, 2020
ހޮލީވުޑަށް ނުކުތުމުގެ ކުރިން ޕްރިޔަންކާ ވަނީ ލަވަކިޔުމުގެ ހުނަރު ވެސް ދައްކާލައި، ޕިޓް ބުލް ފަދަ މަޝްހޫރު ފަންނާނުންނާ އެކު ލަވަތައް ވީޑިއޯތަކާ އެކު ވެސް ގެނެސްދީފަ އެވެ. ޕްރިޔަންކާ ހޮލީވުޑަށް ނުކުތީ އޭބީސީގެ ޓީވީ ސިލްސިލާ "ކްއަންޓިކޯ" އިން 2015 ގަ އެވެ. އޭގެ ފަހުން ހޮލީވުޑްގެ ފިލްމުތައް ވެސް އޭނާ އަންނަނީ ކުޅެމުންނެވެ.
އެމެރިކާގެ ލަވަކިޔުންތެރިޔާ/އެކްޓަރު ނިކް ޖޯނަސްއާ 2018 ގައި ކައިވެނިކުރި ޕްރިޔަންކާ އަކީ ވަރަށް ޕޮޝް ލައިފްސްޓައިލެއް ގެންގުޅޭ ތަރިއެކެވެ. އޭނާ އަކީ ހަމައެކަނި ބަތަލާއް ނޫނެވެ. ޕްރިޔަންކާ އަކީ ޕްރޮޑިއުސަރެއް ވެސް މެ އެވެ. އޭނާގެ އަމިއްލަ ފިލްމު ކުންފުންޏަކީ ޕާޕަޕް ޕެބްލް ޕިކްޗާޒް (ޕީޕީޕީ) އެވެ. މީގެ އިތުރުން ޕްރިޔަންކާ އަކީ އިންސާނީ ހައްގުތަކަށް ވެސް މަސައްކަތްކުރާ ތަރިއެކެވެ. އޭނާ އަކީ ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕެނިކް ފަރީދާ
14 August 2020
ޕްރިޔަންކާގެ އޮޓޯބައޯގްރަފީގެ ސަމަރީ: އަޅުގަޑަކީ ޕްރިޔަންކާ، މިސްވޯލްޑް 2000، އަޅުގަޑު ބޮލީވްޑްގެ ފިލްމުތަށް ކުޅެކުޅެ ލަވަތަކަށް ނަށަން ގަސްތަކުގެ ވަށައިދުވެ ފޫހިވެގެން ހޮލީވުޑުން ލިބުނު ފުރުސަތު ބޭނުންކޮށް ހޮލީވުޑަށް އައިސް އިތުރަށް މަޑުކުރަން އެކަން ޔަގީންކުރީ މިކޮޅުން 10 އަހަރު ހަގުމީހަކާ މެރިކޮށްގެން. ކާކު ބުނީ ހޮލީވުޑަށް އައުމަކީ އުނދަގޫކަމެކޭ. ސުނީތާ ކަމް. ޔޫއްޕެ ކަމް. ޔޫކޭން ޑޫއިޓް ޓޫ!