ޚަބަރު / އަހުމަދު މަހުލޫފް، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު

ސަރުކާރު ހަލާކުވާ ގޮތަށް އެމްޑީޕީގެ ދެތިން މެމްބަރަކު މަސައްކަތް އެބަ ކުރޭ: މަހުލޫފް

ޔޫތު މިިނިސްޓަރު މަހްލޫފް މަޖިލީހުގައި: ސަރުކާރު ބަލިކަށިކުރަން މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތު އޭނާ ކުރެއްވި. --ފޮޓޯ/މިހާރު

ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ހިމެނިވަޑައިގަންނަވާ ގޮތުން އެ ޕާޓީގެ ދެތިން މެމްބަރަކު، ސަރުކާރު ހަލާކޮށްލަން މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތު ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ރޭ ކުރައްވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވަޒީރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް، ޖަވާބުދާރީ ކުރުވުމުގެ ތެރެއިން ތުހުމަތުތަކެއް އަޅުވައި އިތުބާރު ނެތް ކަމުގެ ވޯޓާ ދިމާލަށް މިސްރާބު ޖަހާފައިވާ މައްސަލައިގައި "ރާއްޖެ ޓީވީ"ގައި މަހްލޫފް ވިދާޅުވީ އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ ދެތިން މެމްބަރަކު އެ މަސައްކަތް ކުރައްވަނީ ވަޒީރުންގެ މައްސަލައެއް އޮވެގެން ނޫން ކަމަށެވެ. މަޖިލީހުގެ ގިނަ މެމްބަރުންނަކީ ވަޒީރުންނާ ގާތުން އެއްބާރުލެއްވުމާ އެކު މަސައްކަތް ކުރައްވާ ބޭފުޅުން ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވެރިކަން ހިންގަވަން ރައީސަށް ދަތިފުޅުވާ ގޮތަށް ދެތިން މެމްބަރަކު މަޖިލީހުގެ ތެރޭގައި މަސައްކަތް ކުރެއްވުމަކީ ދެރަ ކަމެއް ކަމަށެވެ. މިއީ އެންމެން އެކުގައި ރައްޔިތުންނަށް ވައުދުތަކަކާ އެކު ގެނައި ސަރުކާރެއް ކަން ހަނދާންކޮށްދެއްވަމުން އެ މަގްސަދާ ދުރަށް މަޖިލީހުން ވެސް އަމާޒު ނުހިފުމަށް އޭނާ އެދިވަޑައިގަތެވެ.

މަހްލޫފް ވިދާޅުވީ މި ވެރިކަން ނުހޯދުނު ނަމަ މަޖިލީހަށް ނިސްބަތްވެވަޑައިގަންނަވާ ގިނަ މެމްބަރުން ތިއްބަވާނީ އެކި ތުހުމަތުތަކުގައި، ޖަލުގައި ކަމަށެވެ.

ވެރިކަން ބަލިކަށިކޮށްލަން އާޒިމްގެ އިތުރުން ދެން އިޝާރާތް ކުރެއްވި މެމްބަރުންނަކީ ކޮބައިތޯ ޕްރެޒެންޓަރު ސުވާލުކުރުމުން މަހްލޫފް ސީދާ ޖަވާބެއް ނުދެއްވި އެވެ. އޭނާ އެދިވަޑައިގަތީ ސަރުކާރުން ރައްޔިތުންނަށް ކުރާ މަސައްކަތްތަކަށް މަޖިލީހުގެ ތެރެއިން ހުރަސްއަޅަން ކުރާ މަސައްކަތް ހުއްޓާލެއްވުމަށެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރެއްގެ ގޮތުގައި މަޖިލީހުގައި 10 އަހަރު ހޭދަކުރެއްވި މަހްލޫފް ވިދާޅުވި ގޮތުގައި މެމްބަރުންގެ ދާއިރާ އަށް ވައުދުވެވަޑައިގަތް ކަންކަން ބޭނުންވާ ސްޕީޑުގައި ކޮށްނުދެއްވޭ ނަމަ މެމްބަރުންގެ ކަންބޮޑުވުންތައް ހުންނާނެ އެވެ. މަޖިލީހުގައި މިހާރު ތިއްބެވި މެމްބަރުންނެކޭ އެއްގޮތަށް އޭނާ އަށް ވެސް އެކަން ތަޖުރިބާ ކުރެއްވިފައިވާ ކަމަށް ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ ވޯޓާ ވެސް މަހްލޫފް ދެކޮޅުހެއްދެވި އެވެ. މެމްބަރުން އުޅުއްވަނީ ފައްޔާޒުގެ މައްސަލައެއް އޮވެެގެން ނޫން ކަމަށް ވިދާޅުވި އެވެ. އަދި އެ މައްސަލަ ވާހަކަ ދައްކައިގެން ހައްލުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

"ދެތިން މެމްބަރަކު ހަމަ އެބަ އުޅުއްވާ ކަނޑައެޅިގެން މުޅި މީތި ހަލާކުކޮށްލަން. އެކަން އެބަ ފެނޭ. އެކަމަކު އަޅުގަނޑަކަށް ހިއެއްނުވޭ އެ ބޭފުޅުން އެ ކުރާ މަސައްކަތް ކާމިޔާބުވެދާނެހެން،" މަހްލޫފް ވިދާޅުވި އެވެ.

އޭނާ ދެން ކުރެއްވީ އޭނާ މަގާމުން ވަކިކުރަން އަލީ އާޒިމް މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތެވެ. އޭނާ ވިދާޅުވީ މީގެ ކުރިން ވެސް އެކަން މަޖިލިހުގެ ތެރެއިން ކާމިޔާބުވޭތޯ މަސައްކަތް ކުރި ކަމަށާއި ބައެއް މެމްބަރުންގެ ސޮއި ހޯއްދަވަން އާޒިމް އުޅުއްވި ކަމަށެވެ.

"އެއްވެސް ހާލެއްގައި މިއުޅެނީ އަޅުގަނޑު ގޯސްކޮށް ކަމެއް ކޮށްގެނެއް ނޫން. އަޅުގަނޑު މިހުރި މަގާމުން އަޅުގަނޑު ވަކިކުރުމަށް. އެ ވިސްނުމުގައި ކުރެވެމުންދާ މަސައްކަތް،" މަހްލޫފް ވިދާޅުވި އެވެ.

"އަލީ އާޒިމް އިސްވެ މިއުޅެނީ ވަރަށް ވަރުގަދަކޮށް އޮތް ސަރުކާރެއް ހަލާކުވެގެން ދާ ގޮތަށް މަސައްކަތް ކުރަން. އަޅުގަނޑު އެދެނީ އެކަން ހުއްޓާލަން."

އޭނާ އަކީ މަގާމު ގެއްލުމުގެ ބިރު އޮވެގެން ނުފޫޒަކަށް ގުޑާލާނެ ބޭފުޅެއް ނޫން ކަމަށާއި އެކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެއް ބޭފުޅަކީ ވެސް އާޒިމް ކަމަށް މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވި ގޮތުން ނަމަ ދިދަ ޖެހި ކާރުކޮޅާއި ސެކިއުރިޓީން އޭނާއަކަށް މުހިއްމެއް ނޫނެވެ. އާދައިގެ ރައްޔިތުންނާ އެއް ހަމައެއްގައި، އުޅުމަކީ އޭނާ ބޭނުންވާ އަދި މިހާރު ވެސް އުޅުއްވާ ގޮތް ކަމަށް ވިދާޅުވި އެވެ.

އަލީ އާޒިމް އާއި އޭނާއާ ދެމެދު އޮންނަ މައްސަލައަށް އިޝާރާތް ކުރައްވައި ވިދާޅުވީ ވަޒީރަކަށް އޭނާ އައްޔަން ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށެވެ. އަދި އެފްއޭއެމްގައި ތަޅުއަޅުވަން ޖެހިއްޖެ ނަމަ ވެސް އެކަން ކުރައްވާނީ ރައީސް އެންގެވުމުން ކަމަށް ވިދާޅުވި އެވެ. އޭގެ ބަދަލުގައި އާޒިމް އަންގަވައިގެން އެފްއޭއެމްގައި ތަޅުއެޅުވުން ފަދަ ކަމެއް ނުކުރައްވާނެ ކަމަށް، މިސާލެއްގެ ގޮތުން، އޭނާ ވިދާޅުވި އެވެ.

"ހަމަ އެހެންމެ ރައީސަށް ވެސް އެނގިވަޑައިގަންނަވާނެ ގާނޫނާ ޚިލާފަށް އަޅުގަނޑު ކަމެއް ނުކުރާނެކަން. އާޒިމްގެ އެންމެ ބޮޑު އިންޓްރެސްޓަކީ އެފްއޭއެމްގައި، ބައްސާމް ހުރީމަ އޭނަ ބޭރުކުރުން. އެކަން ކުރަން ވެސް އަލީ އާޒިމްމެންނާ އެކު މަސައްކަތް ކުރިން. ދެން ސްޕޯޓްސް މިނިސްޓަރަކަށް ހުންނަ ބޭފުޅަކަށް ކިހިނެއްތޯ އަބަދު އެފްއޭއެމްއާ ތަޅަތަޅާ ހުންނާނީ؟" މަހްލޫފް ވިދާޅުވި އެވެ.

ކުޅިވަރުގެ ތެރެއަށް ސިޔާސީ ކަންކަން ނުވެއްދުމަކީ، މަހްލޫފް ވިދާޅުވި ގޮތުގައި، ވެރިކަމަށް އައުމަށް މި ސަރުކާރުން ވި ވައުދެކެވެ. އެ ވައުދާ ޚިލާފަށް އެކަން ނުކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

43 ކޮމެންޓް, 56 ރިއެކްޝަންސް

icon happy icon happy 63%
icon sad icon sad 7%
icon angry icon angry 30%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދިއްދޫމީހާ

13 August 2020

ތިހަލާކު ކުރަން ނުވެސްޖެހޭ، އަމިއްލައަ ހަލާކު ވަމުންދަނީ، މަހްލޫފަވެސް އެމް،އެމް،ޕީ،އާރް،ސީން ލާރި ލިބުނީމަ މަހްލޫފް ބުނީ އެއީ އެސްއޯފް މެދުވެރިވެގެން ޑޮލަރު ގަންފައޭ، މަހޭ މަޖްލިސް މެމްބަރަކަ ހުންނަ އިރު ނޭގޭ ސަރުކާރުން ހުއްދަ ނުދޭ ފަރާތަކުން ބޭރު ފައިސާ ގަތުމަކީ މަނާކަމެކަން، އެހެން ވީމަ ދެން ވިސްނާ ހަލާކުވާނެ ވަރު...

The name is already taken The name is available. Register?

ކަންނާޑި

13 August 2020

އަސްލު މައްސަލަ ؟؟ ވަޒީރުން ހިންގާ ކޮރަޕްސަންގެ ވާހަތައް މަޖިލީހުގައި ގޮވުން

The name is already taken The name is available. Register?

ހާމިދު ޝާހިދު

13 August 2020

ކޯލީޝަން އޮތްގޮތައް އޮއްވާ މިހާރު ތި އީ އަންނި ގެ ސަރުކާރެއްކަމަށް ވެ ނިމިއްޖެ. އޭ ބޭނުންފުޅުވާ ގޮތެއް ނޫންގޮތަކަށް އެއްކަމެއްވެސް ކުރާކަށެއް ނުކުރޭނެ. ދެން އަތަ ޖަހަން ތިބުން ނޫންގޮތެއް ނެތް. މިސަރުކާރު ބަދަލު ކުރުމަކީވެސް ދެން ވާނެކަމެއް ނޫން. އެމްޑީޕީ އިން 2009 ގައި ވެސް ބުނަމުންދިޔަ ގޮތައް 50 އަހަރު ވެރިކަން ކޮށް މިގައުމު، ސެކިއުލާ މުޖްތަމަޢު އަކަށް ބަދަލު ކޮށްލާނެ. ބައެއްދާއިރާތަކުން ކުރިއެރުން، އަނެއްބައި ދާއިރާއިން އެތައް ގުނަ ފަހަތައް ދާނެ.

The name is already taken The name is available. Register?

ޙަލީފާ

13 August 2020

އޮތީ ކޯލިޝަން ސަރުކާރެއް. އެއާހީލާފަށް މަޖިލީސް އޮތީ، ވަކި ވަކި ޕާޓީތަކުގެ މައްޗަށް ބެހިފައި. އެހެން ނަމަވެސް މަޖިލީހަށް އެމްޑީޕީގެ މެންބަރުން ވަޑައިގެންފައިވަނީ ސަރުކާރުގެ “އެޖެންޑާ” ތަންފީޒު ކުރުމުގެ ވައުދާއެކު. އެހެންކަމަށްވާނަމަ، ސަރުކާރުގެ ސިޔާސަތުތަކަށް އެ މެންބަރުން އެއްބާރުލުން ދޭންޖެހޭނެ! ތިމާ ބޭނުންވާ “ވަކިކަމެއް” ހާސިލު ކުރުމަށްޓަކައި ވައުދުތައް މަތީން ހަދާން ނައްތާލައި “ބަޣާވަތް” ކުރަން އުޅޭ ފާޑަށް އުޅުމަކީ، ޑިމޮކްރަަސީގެ އަސާސެއްތޯ؟

The name is already taken The name is available. Register?

ނަޝީދު.

13 August 2020

އެޖެންޑާ19ގަ ހައްގުމިންވަރު ހޯދައިދޭން ވީހާ ވައުދު ކޮބާ؟ ސަރުކާރުން ވިޔަފާރިކުރުން ހުއްޓާލަން ބުނިންތަ؟ ހުރިހާ އިންޕޯޓް ޑިއުޓީ ކަނޑާލަން ބުނިންތަ؟ އަނބިދަރިންގެ ހިސާބުތައް ހާމަކުރަން ބުނިންތަ؟ ހުޅުމާލެއާ ގުޅީފަޅުން ގޯތިދޭން ބުނިންތަ؟ އެލް.ޖީ.އޭ އޮވާލާ އަތޮޅާ ރަށުސަރުކާރަށް ބާރުތައް ބަހާލަން ބުނިންތަ؟ އިންޓަނެޓް އަގުހެޔޮކުރަން ބުނިންތަ؟ ކޮމިޝަންތަކެއް ހަދާ ތަހުގީގުތަކެއް ހާމަކުރަން ބުނިންތަ؟ ވަޒީފާ ގެއްލުވާލިމީހުންނަށް ވަޒީފާ ދޭން ބުނިންތަ؟

The name is already taken The name is available. Register?

ނަޒިރު

13 August 2020

މަހުލޯފްގެ އަނގަ މިއީ އިބޫ ސޯލިހާ ނަސީދާ ދެމީހުން ރާވައިގެން ކުޅޭ ޑްރާމާ. ވައްކަން ކޮށްފަ ރައްޔިތުން އެވާހަކަ ދައްކާތީ އެކަން ހަދާން ނައްތާލުމަށް ރޭވި މަކަރުވެރި ރޭވުން ނާގާބިލް ސަރުކާރު

The name is already taken The name is available. Register?

އުމަރުބެ

13 August 2020

ސަރުކާރު ހަލާކުވާގޮތައް މަސައްކަތް ކުރަނީ ސަރުކާރުގެ ކެބިނެޓާއި، ރައީސުލް ޖުމްހޫރިއްޔާ

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

13 August 2020

ސަރުކާރު އަންނާން ވޯޓްދިންމީހުން ވޯޓްދީފައިވަނީ އެމްޑީޕީގެ މެނިފެސްޓޯއާއި ސޯލިޙް ވެފައިވާ ވައުދުތަކަށްކަން ހަދާން ނައްތާލާފައި ރައީސް ސޯލިޙްގެ ވަޒީރުން އުޅެގަތްގޮތާއި ލާމަރުކަޒު ކުރުމަށާއި، ޖަޒީރާ ވަންތަ ދިރިއުޅުމަށް ފުރުސަތުނުދީ "އަނެއްކާވެސް މާލެ ތޮއްޖެއްސުމަށް" ފޫގަޅައިގެން ނިކުތުމާއި، ކުރީގެ ވެރިކަން ބަދަލުކުރާން ރައްޔަތުން ނިކުންނާންޖެހުނު ސަބަބު ކަމުގައިވާ "މަކަރާއި ހީލަތުން ދައުލަތް ކަޅާކޮށްލުމުގެ ކުޅިގަނޑު ވަޒީރުން ފެއްޓުމުން" ރައްޔަތުން ސަރުކާރުހަލާކުކުރާންނިކުންނާނެ.

The name is already taken The name is available. Register?

ގާކޮށި ހުސޭނު

13 August 2020

ތީގެ ދެފުއްކެހެރިން ގިނަވީމަ

The name is already taken The name is available. Register?

ހޭހަން

13 August 2020

ފަހުން ތިޔަވިދާޅުވެވުނީ ރަނގަޅަށް. އާޒިމްގެ އެންމެ ބޮޑު އިންޓްރެސްޓަކީ އެފްއޭއެމްގައި، ބައްސާމް ހުރީމަ އޭނަ ބޭރުކުރުން. އެކަމަކު ވިސްނާލަން ޖެހޭނެ ހަގީގަތަކީ އެމީހަކު ބޭރުކުރުމަށް ބަޔަކު މަސައްކަތް އެކުރަނީ ކީތްވެބާއޭ. އެކަމެއް ނުބެލުނު. ނުވެސް ބަލާނެ. ތިމާގެނަގޫ ބޮޑުތަނުން ތާށިވީމަ ތިހުރިހާ އެއްޗެއް ކިޔާނެ. އާޒިމެއްނޫން ގޯސްވެގެން މިއުޅެނީކީ. އަދި ސަރުކާށރެއްވެސްނޫން ގޯސްވީކީ. ގޯސްވީ ތިބޭފުޅާއަށް ނުއަތުން ދިއްކޮށްލިއެތީގާ ތިބޭފުޅާހިފީމަ. އެކަން މިއުޅެނީނޭނގިގެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454