މިނިސްޓަރު ޝާހިދާއި އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާއެކު ބޭއްވެވި ޑިޖިޓަލް ވީޑިއޯ ކޮންފަރެންސް ތެރެއިން.-- ޓްވިޓާ ފޮޓޯ: ޑރ. ޖައިޝާންކަރު
13 އޯގަސްޓް 2020 - 14:53
ކޮވިޑް-19 ގެ ސަބަބުން އިގުތިސޯދަށް ލިބުނު ގެއްލުންތަކުން އަރައިގަންނަން، ބަޖެޓު ސަޕޯޓުގެ ގޮތުގައި ރާއްޖެ އަށް 250 މިލިއަން ޑޮލަރު (3.9 ބިލިއަން ރުފިިޔާ) ގެ ލޯނެއް ދޭން އިންޑިޔާ އިން ނިންމައިފި އެވެ. އެއީ ފަސް އަހަރުގެ ގްރޭސް ޕީރިއަޑަކާ އެކު 1.75 ޕަސެންޓްގެ އިންޓަރެސްޓާ އެކު 20 އަހަރުން ދައްކާ ގޮތަށް ދޭ ލޯނެކެވެ.
މުޅި ދުނިޔެ އަށް ވެސް ކުރިމަތިވެފައިވާ ބަލިމަޑުކަމުގައި ރާއްޖެ އަށް އެ ލޯނު އެހީ ދޭން ނިންމިކަން އިއުލާނުކުރެއްވީ މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާ އެކު ބޭއްވެވި ޑިޖިޓަލް ވީޑިއޯ ކޮންފަރެންސްގަ އެވެ.
ބަޖެޓު ސަޕޯޓުގެ އިތުރުން މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ގުޅުވައިދޭ ބްރިޖު އަޅަން ވެސް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ލޯނެއް ދޭން ވަނީ ނިންމައިފަ އެވެ. "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް"ގެ ދަށުން އަޅާ ބްރިޖުގައި 6.6 ކިލޯ މީޓަރުގެ ބްރިޖުތަކާއި ކޯޒްވޭތައް ހިމެނޭނެ އެވެ. އެކަންކަމުގެ އިތުރުން ރާއްޖެ އަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތި އެތެރެކުރަން އިންޑިއާއިން ދީފައިވާ ކޯޓާ ވެސް އިތުރުކޮށްދީފައި ވެ އެވެ.
މިހާރު ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަންނަން ބޭރުގެ މާލީ އިދާރާތަކުން މިހާތަނަށް ތިން ބިލިއަން ރުފިޔާ ދީފައި ވެ އެވެ. އޭގެ ތެރޭގައި ލޯނާއި ހިލޭ އެހީ ހިމެނެ އެވެ.
މިހާތަނަށް ރާއްޖެ އަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައި ވަނީ ވޯލްޑް ބޭންކާއި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އާއި އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އައިޑީބީ) އާއި އިންޓަނޭޝަނަލް މޮނިޓަރީ ފަންޑް (އައިއެމްއެފް) އާއި އޮޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (އޯފިޑް) އާއި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކާއި އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކެވެ.
މާލީ އިދާރާތަކުގެ ތެރެއިން އެންމެ ބޮޑު އެހީއެއް މިހާތަނަށް ލިބިފައިވަނީ ވޯލްޑް ބޭންކުންނެވެ. ވޯލްޑް ބޭންކުން ގާތްގަނޑަކަށް 31 މިލިއަން ޑޮލަރު (470 މިލިއަން ރުފިޔާ) ދީފައިވެ އެވެ.
މާލީ އެހީގެ އިތުރުން ބައެއް ގައުމުތަކުން ވަނީ އެހެނިހެން ތަކެތި ވެސް ފޯރުކޮށްދީފަ އެވެ. އޭގެ ތެރޭގައި އިންޑިޔާ އާއި ޖަޕާނާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ޔުނިސެފް ވެސް ހިމެނެ އެވެ. ވަކިވަކި ގައުމުތަކަށް ބަލާއިރު މިހާތަނަށް އެންމެ ބޮޑު އެހީއެއް ދީފައިވަނީ އިންޑިޔާއިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ބަލީ ބަނޑަށްބަލީ
13 August 2020
ބައްލަވާ އިއްޒަތްތެރި މެމްބަރު އީވާ މިވީ ކިހިނެތް؟؟؟؟ އިންޑިއާވީމައި ގައުމު ދަރަން އޯކޭ ވީ ތޯ؟ އެކަމަކު ހާދަވަރެކޭ ޗައިނާއަށް އެރުވީ.. ކެރޭނެތޯ މިކަން މަޖިލީހަށް ހާޒިރުކޮށް ބަލަން... ނޫނީ އެއީ އިންޑިއާއަށް ތުއި ދައްކަން ލެވި ހަޅޭކެއްތޯ؟
ގުޑިއަރުވާ އަހަންމަދު
13 August 2020
އިންޑިޔާއިން ދޭ ލޯނަލީ ދަރަންޏެއް ނޫނެވެ. އިންޑިޔާގެ ކްރެޑިޓް ލައިނަކީވެސް ދަރަންޏެއްނޫނެވެ. ޤައުމު ދަރަނީ ހަމައެކަނި ޗައިނާއިން ލޯނު ނެގުމުންނެވެ. އިންޑިއާއަށް ދެރީމާ ޤަމުގެ ސިޔާދަތަށް ގެއްލުމެއް ނުވާނެއެެވެ. އެކަންވާނީ ޗައިނާއިން ލޯނު ނެގީމައެވެ. އަދި އެއީ ދަރަނީގެ ދަންތުރަ އެއްވެސް ނޫނެވެ.
ބޮޑު މުހައްމަދު
13 August 2020
ގަލޮޅު ދެކުނު ދާއިރާގެ ހިފިނުހުރެވިގެން އުޅޭ ކަމަނާ ގާތު އަހާބަލަ މި ލޯނު ނެގީ އޭނަގެ ގެ މޯގޭޗް ކޮށްފަތޯ ދައްކައިދެނީ އޭނަގެ ލާރިންތޯ
ހަސަނުފު
13 August 2020
އެހެން ބައެއް ނޫސްތަކުގައި އޮތީ "ލޯނު" މި ބަހުގެ ބަދަލުގައި "އެހީ" ޖަހާފައެވެ. އާއްމުކޮށް އެއްގައުމުން އަނެއް ގައުމަށް ދޭ 'އެޙީ' އަކީ ގިނަ ދިވެހިންނަށް ހީވެފައި އޮންނަ ގޮތާއި ޚިލާފށް ލޯނުތައް. އެމީހުން ލޯނަށްވެސް 'އެހީ' އޭ ކިޔާނެ. އަދި މިއީ ދިގުމުއްދަތެއްގައި ދައްކަން ޖެހޭ ރިބަވީ ލޯނުތައް. ގެޓު ވޭ؟
ދިއްދޫމީހާ
13 August 2020
އިންޑިޔާއިން ލޯނު ނަގާގެން މިނިވަންކަން ނުގެއްލޭތޯ؟ ޗައިނާއިން އެކަނި ލޯނު ނަގާގެން މިނިވަންކަން ގެއްލެނީ؟؟އީވާ ލޯނަކީ ހަމަ ލޯނު، ކޮންމެ ސަރުކާރަކުންވެސް ލޯނު ނަގަނީ ލޯނު ދައްކާ ހަލާސް ވާނެ ކަމުގެ ޔަގީން ކަމާއެކު އަދި ލޯނު ދޭފަރާތުން ލޯނު ދެނީ އަނބުރާ ލިބޭނެ ކަމުގެ ޔަގީންކަން އޮތީމަ، އެހެންވީމަ ވަކި ގައުމެގެ ވާހަކަ އީވާމެން ދެއްކުމުގެ ބޭނުމެނެތް...
ސަންޕަދަރި
13 August 2020
ނޫނު އަތޮޅުން ކިތައްރަށް އިންޑިއާ އަށް ދޭތޯ?
އަތްޖަހާ
13 August 2020
އިންޑިއާއިން ތި ލޯންނެގީ ޗައިނާއިން 1% އިންޓެރެސްޓް ރޭޓްގަ. ދެން ރާއްޖެއަށް އެ މިފޮނުވާލީ 1.75% ރޭޓްގަ. ކިހާ މޮޅު ވިޔަފާރިއެއް
ސިދާ
13 August 2020
އިންޑިއާއަށް ރާއްޖެ ދަރާނިމުނީ ހުރިހިތާމައެއްގެ ބޮޑުކަމާއެވެ ދަރަނިމައްޗައް ދަރަނި.
ކަކުނިބޯ
13 August 2020
ގްރޭސްޕީރިޔެޑް ނި މޭއިރު 8.75 އިންޓަރެސްޓް އިތުރުވެފަ ހުންނާނީ އިންޑިޔާއަށް ދޭންވާއެތި ވިހާއިތުރުވީ
ހަސަނު1
13 August 2020
ފުރޮންޓު ލައިން އެމްޕީ އީވާމެން ދޮން ކޮންހާ ހާސަރެއް މަޖިލީހުގައި ދަމާކަށް؟ ޖިނާއީ ދައުވާ ކުރަންވީނު ފައިނޭން މިނިސްޓަރަކަށް. އެއޮތީ ގައުމު ދަރުވާލާފަ ލޯނެއް ނަގާފައި. އެކަމަކު ރޫހާނީ ލީޑަރަށްކާންދޭ މީހާ (އިންޑިއާއިން) މިފަހަރު ލޯނު ދިނީ. ޗައިނާއަކުން ނޫން...