ހުޅުލެ ކައިރިއަށް އަޑިއަށް ފެތިފައިވާ ވިކްޓަރީ ބޯޓު: ބްރިޖްގެ މަސައްކަތުގައި އުޅޭ އުޅަނދުފަހަރުގެ ނަގިލިން ޖެހި އެ ބޯޓަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ފޮޓޯ: ހުސެއިން ރަޝީދު (ސެންޑީ)
25 އޮކްޓޯބަރ 2016 - 12:58
ހުޅުލޭ ކައިރިއަށް އަޑިއަށް ގޮސްފައިވާ އަދި ރާއްޖޭގެ އެންމެ ރީތި އެއް ޑައިވިން ސްޕޮޓް ކަމަށްވާ ވިކްޓަރީ ރެކަށް، ބްރިޖްގެ މަސައްކަތުގައި ބޭނުންކުރާ އުޅަނދުފަހަރުގެ ނަގިލިން ޖެހި، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ޑައިވަރުން މިއަދު ބުނެފި އެވެ.
ހުޅުލެ ފަރު ކައިރިއަށް 1981 ގައި ފެތުނު ވިކްޓަރީ ބޯޓް އޮތް ސަރަހައްދަކީ ދުނިޔޭގައި ވެސް މަޝްހޫރު ޑައިވިން ސްޕޮޓެކެވެ.
ބްރިޖްގެ މަސައްކަތުގެ ސަބަބުން އެ ސަރަހައްދަށް ގެއްލުން ލިބޭނެތީ، ހައުސިން މިނިސްޓްރީ އާއި ޑައިވަރުންނާ ގުޅިގެން ރައްކާތެރިވުމުގެ ބައެއް ފިޔަވަޅުތައް މި އަހަރުގެ މާޗް މަހު ވަނީ އަޅައިފަ އެވެ. އެގޮތުން ބޯޓު އޮންނަ ސަރަހައްދު ފާހަގަކުރުމުގެ ގޮތުން ހަތަރު ބޮއެ ހަރުކުރި އެވެ. އޭރު ޑައިވަރުންނަށް ގަބޫލުކުރެވުނީ ބްރިޖްގެ މަސައްކަތްތަކުގައި އުޅޭ މީހުންނަށް ވިކްޓަރީ ރެކް އޮތް ހިސާބު އެނގި، އެތަނުގެ ރައްކާތެރިކަމަށް ސަމާލުކަން ދޭނެ ކަމަށެވެ.
ނަމަވެސް ބްރިޖްގެ މަސައްކަތުގައި ބޭނުންކުރާ އުޅަނދުފަހަރުން ނަގިލި އެޅުމުގެ ސަބަބުން ވިކްޓަރީ ރެކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ފޮޓޯތައް ޑައިވަރުންތަކެއް ވަނީ ދާދި ފަހުން ނަގައިފަ އެވެ.
އެ ގެއްލުންތައް ބެލި ޓީމްގައި ހިމެނޭ ޑައިވަރު ހުސެއިން ރަޝީދު (ސެންޑީ) ބުނީ މި މަހުގެ 15 ވަނަ ދުވަހު އެ ބޯޓު ކައިރިއަށް ޑައިވްކުރި އިރު ބޯޓުގެ ވީލް ހައުސްއިން ބޭރުގައި ހުންނަ ދެ ވިންގް އެއްކޮށް ހަލާކުވެފައިވާ ކަމަށެވެ. އަދި ވީލް ހައުސް އިން ފެށިގެން ތިރިއަށް ހުންނަ ތިން ފްލޯގެ ވަރަށް ބޮޑު ބައެއް ވެސް ހަލާކުވެފައިވާ ކަމަށް އޭނާ ބުންޏެވެ.
ހުޅުލެ ކައިރިއަށް އަޑިއަށް ފެތިފައިވާ ވިކްޓަރީ ބޯޓު: ބްރިޖްގެ މަސައްކަތުގައި އުޅޭ އުޅަނދުފަހަރުގެ ނަގިލިން ޖެހި އެ ބޯޓަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ފޮޓޯ: ހުސެއިން ރަޝީދު (ސެންޑީ)
"އަޅުގަނޑުމެންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިނިސްޓްރީގެ ހުއްދައާ އެކު އަޅުގަނޑުމެންގެ ހަ ޑައިވަރުން އެ ބޯޓު ކައިރިއަށް ފީނައިގެން ލިބުނު ގެއްލުންތައް ބަލައި ވީޑިއޯކޮށް އަދި ފޮޓޯ ވެސް ނަގާފައިވާނެ. ވީލް ހައުސްގެ ވިންގަށް އެވަރުގެ ގެއްލުމެއް ލިބުނީ ބަޔަކު ނަގިލި އެޅުމުން. އޭގެ އިތުރުން މަސް ބާނަން ބޭނުންކުރާ ކަންވާރު ވެސް ގިނަ އަދަދަކަށް ހުރި މަންޒަރު ފެނުނު،" މަޝްހޫރު ޑައިވަރު ސެންޑީ ބުންޏެވެ.
އޭނާ ބުނީ ގާތްގަނޑަކަށް 37 މީޓަރު އަޑީގައި އޮތް ބޯޓަށް މީގެ ކުރިން އެވަރުގެ ބޮޑު ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ބޯޓަށް ލިބިފައިވާ ގެއްލުންތަކުގެ މައުލޫމާތު ހައުސިން މިނިސްޓްރީއާ މިހާރު ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުގެ ކެޕްޓަނުން ހޭލުންތެރިކުރުވަން މަސައްކަތްކުރާނެ ކަމަށް މިނިސްޓްރީން ބުނި ކަމަށް ވެސް ސެންޑީ ކިޔައިދިނެވެ.
އޭނާ ބުނި ގޮތުގައި އެއީ ރާއްޖޭގެ ކަނޑު އަޑީގައިވާ ތަރިކައަކަށް ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ. އެ ގެއްލުން ދިން ބަޔަކު ހޯދައި ޖޫރިމަނާކުރަން ވެސް ޖެހޭނެ ކަމަށް އޭނާ ދެކެ އެވެ.
"މީގެ ފަހުން އެކަހަލަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅަން ޖެހޭ،" ސެންޑީ ބުންޏެވެ.އޭނާ ބުނީ ވިކްޓަރީ ރެކަށް ލިބުނު ގެއްލުން މަރާމާތުކުރެވިދާނެ ކަމަށެވެ. އެހެންކަމުން އޭގެ މާހިރުން ލައްވާ އެ ގެއްލުންތަައް ދިރާސާކޮށް، މަރާމާތުކުރަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.
"ވިކްޓަރީ" ބޯޓު އަޑިއަށް ދިޔައީ މުދާ ހިފައިިގެން ގާދޫކޮލުން ވަދެގެން ދަނިކޮށް ހުޅުލޭގެ ފަރަށް އަރައިގެންނެވެ. ފުންކުރަން ވެގެން ބޯޓު ފަހަތަށް ޖަހައިގެން ވަކި ހިސާބަކަށް ދިޔަ ތަނުން ބޯޓު ދިޔަވެ، އަޑިޔަށް ދިޔައީ އެވެ. އޭގެ ފަހުން މިދިއަ ދުވަސްތަކުގައި "ވިކްޓަރީ ރެކް" މަޝްހޫރުވީ އެންމެ ހިތްގައިމު އެއް ޑައިވިން ސްޕޮޓްގެ ގޮތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑައިވަރެއް
26 October 2016
ވިކްޓަރީ އަށް ކުރާ ކޮންމެ ޑައިވް އަކުން ޤައުމަށް ލިބެމުން އައި ފައިސާތައް ހުއްޓުމަކީ، ޔާމީނުގެ އިކޮނުމިކްސް އިން ބަލާނަމަ ޤައުމަށް ވަރަށް ބޮޑެތި ފައިދާ ތަކެއް ކުރާނެކަމެއް.
ޝުއައިބު
26 October 2016
ކޮމެންޓްތައް ކިޔާލުމުން ވަރަށް ދެރަވެއެވެ. އަޅުގަނޑުގެ ނަޒަރުގައި ގައުމިއްޔަތު ދިވެހިންގެ ހިއްތަކުން ގެއްލިގެން ދާމަންޒަރު ވަރަށް ސާފުވެއެވެ. ދުނިޔެ ކިތަންމެ ވަރަކަށް ތަރައްގީ ވިޔަސް، އިސްތިއުމާރީންގެ އިސްތިއުމާރީ ވިސްނުން އެކި ސިފަސިފައިގައި އޮންނާނެކަން މިއަދުގެ ދިވެހިންގެ ހިތްތަކުން ހަނދުމަ ނެތިފައިވާ މަންޒަރު ވަރަށް ތިލަ އެވެ. ތާރީޚްގެ ސަފުހާތައް ކިޔުން ގިނަ ކުރުމަށް އަޅުގަނޑު ނަސޭހަތް ތެރިވަމެވެ. އެކި ކުލަކުލައިގެ ވިސްނުމުން ގެތިގެން އަންނަ ހާރު، ގެތި ނިމޭއިރު ހުންނަން ޖެހޭނީ ފެއްސާއި ރަތާއި ހުދުންނެވެ.
އަލްޖިބްރާ
26 October 2016
ތީވެސް މުޅިން ބޭކާރު މަސައްކަތް! ތިކަމަށް ފައިސާގަޑެއް ތަޅާހުސްކޮށްލުމަށް ވުރެ ތިޔަކަމަށް ޚަރަދު ކުރަން ބޭނުން ކުރާ ފައިސާއިން ނުކުޅެދުން ތެރިއަކަށް ނުވަތަ ޒަރޫރީ ބޭނުން ހަމަނުޖެއްސިފާ ތިބި ބަޔަކަށް އެހީއެއް ފޯރުކޮށްލިއަސް ދެދުނިޔޭގަވެސް މާ ފައިދާ ކުރާނެ !
ކޯން
26 October 2016
ތިކަންތައްތައް ދެފަރާތުން ގުޅިގެން މަޝްވަރާކުރުމަށްފަހު ރަގަޅުގޮތަކަށް ކަންތައް ކުރީމަ ރަގަޅުވާނެ.
ކެޕިޓަންހެރިސް
26 October 2016
ވިކްޓަރީ ބޯޓު އޮތްތަނަށް ނަގިލި އެޅުމަށް ނިންމުމަކީ އަޅުގަނޑަށް ފަސޭހަ ނިންމުމެއްނޫން ނަމަވެސް ބުރިޖުގެ ސަލާމަތަށްޓަކައި ކޮންމެހެން ކުރަންޖެހުނު ކަމެއް މިކަހަލަ ބިޔަ ބޯޓެއް އެއްތަނެއްގައި ހިފެހެއްޓޭނެ އިތުރު ގޮތެއް އޮންނާނެތޯ؟ ނޯންނާނެ މަސް ނުބާނާ ފަޅުވެރިންނަށް ކާން ދެވޭނެތޯ؟ ނުދެވޭނެ! ކަންވާރު ނާޅާ މަސް ބޭބޭނެތޯ؟ ނުބޭނޭނެ އެހެންވީމާ، ރާއްޖޭގެ ހާލަތަށް ބަލާފައި މިއީ ކޮންމެހެންވެސް ކުރަންޖެހުނު ކަމެއް ސަލާންޖަހައިގެންވެސް އަޅުގަނޑު ނަގަލި ވައްޓާލާނަން އެއީ އަބަދު އެއްގޮތަކަށް އޮންނަ ރެކަކަށް ލިބުނު އިތުރު ފުރިހަމަކަމެއް
ޜަހްމާން
26 October 2016
އެއްވެސް ވިކްޓްރީ ރެކެށް ނޯންނާނެ...ތިތާގައި އަޅާނީ ރެސްޓޯރަންޓަކާއި، ބިނާއަކައި އަދި ހިތްފަސޭހަ ކޮއްލާނެ ކުޑަކުޑަ ޕާކެށް..." ވިކްޓަރީ ވޭވް ޕޮއިންޓް" ނަން ދެވިގެން. ތިޔައެތި ނުނީ ބަދަލުކޮއްލާނީ މާލޭ ޓްރެކް ސަރަހައްދަށް....
ފަރުތަށޮ ހިމާޔަތް ކުރޭ
25 October 2016
ކޮބާތަ މެގޭ ކޮމެންޓް. ޤުދުރަތީ ކިތައް ފަރު ހަލާކުކޮއްފި. ހިމާޔަތް ކުރަން ނުކުންނާނެ ބަޔެއް ނެއްދޯ. ފަރުތައް ހަލާކުކޮށްގެން ބަނދަރުތަކާއި ވޯޓަރވިލާތައް ހަދަނީ
މާސްޓަރ
25 October 2016
ބުރިޖު އެޅިޔަސް ޑިޒްނީ ލޭންޑް ހުޅުވިޔަސް ދިވެހިންނެއް ނުވާނެ ބަދަލެއް. ހައްޕުޑު ޖަހާނެ މަގުމައްޗަށް، ކުޑަކަމުދާނެ މަގުމައްޗަށް. ހިތުހުރިތާކު ޕާކުކުރާނެ. ހިމާޔަތްކުރަން ގޮވާތަނެއް ހަލާކުކުރާނެ. ސަލާމަތްއޮތް އެއްވެސް ވަރިހަމަގޮަތެއް ނޯންނާނެ.
ޙުސެން
25 October 2016
ތީތި ތިތާ އޮތްކަން އެގުނީވެސް ބުރިޖް އަޅަން ފެށިމަ... ތިޔަކުން އަހަރުންނަ ވާފައިދާ އެއް ނެތް،،.
ތުއްޕުޅު
26 October 2016
ރަގަޅުކޮއްލައްވާ... ޙުސެން އަށް އެގުނީ ބްރިޖްއަޅަން ފެށީމާ... މީ ވަރަށްވެސް މަޝްހޫރު ޑައިވްޕޮއިންޓެއް..
ބަލްކު އެންޑް ބަލަކް
25 October 2016
ގެއްލުމެއް ނުލިބި ފައިދާއެއް ވުމީ މިކަހަލަ ކަންކަމުގާ ވަރަށް ނާދިރުކަމެއް. ދެން ބުނެލަން އޮތީ ތަރިކަހުރީ ހަމައެކަނި ކަނޑު އަޑީގައެއް ނޫނޭ. ކަނޑުމަތީގަވެސް އެބަހުއްޓޭ ތަރިކަ. އެހިމާޔަށް ކުރަން އުޅެމާ ބަހީ.