14 އޯގަސްޓް 2020 - 17:24
ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޗްޕީއޭ އިން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް މާލެ އިން އައްޑު އަށް ދިޔަ އަންހެނަކު އިއްޔެ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން އައްޑޫ ފޭދޫން އިއްޔެ ހައްޔަރު ކުރި އުމުރުން 35 އަހަރުގެ އެ ދިވެހި އަންހެން މީހާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން 15 ދުވަސް ކޯޓުން ދީފައިވާ ކަމަށެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި މިއީ ހުއްދަ ނެތި އެ އަންހެން މީހާ މާލެ އިން އައްޑު އަށް ދިޔަ ދެ ވަނަ ފަހަރެވެ. ފުރަތަމަ ފަހަރު އޭނާ އެގޮތަށް ދިއުމުން، އެކަން ތަކުރާރު ނުކުރަން އޮތީ ނަސޭހަތް ދީފަ އެވެ. އިއްޔެ އޭނާ ހައްޔަރު ކުރީ މި ފަހުން މާލޭގައި އުޅުމަށް ފަހު ހުއްދަ ނެތި އައްޑު އަށް ގޮސް އުޅެނިކޮށެވެ.
އެޗްޕީއޭގެ ގައިޑްލައިން ބުނާގޮތުން، މާލެ އިން މިހާރު ރަށްރަށަށް ދެވޭނީ އެ އިދާރާ އާއި އެ ރަށެއްގެ ކައުންސިލްގެ ހުއްދަ ލިބިގެންނެވެ. މާލެ އިން ރަށްރަށަށް ދާ މީހުން ގޭގައި 14 ދުވަހު ކަރަންޓީންވެ ތިބެން ޖެހެ އެވެ. އެ މީހުން ބޭރަށް ނުކުތުމުގެ ހުއްދަ ދެނީ 14 ދުވަސް ފަހުން ހަދާ ޓެސްޓުން ކޮވިޑް-19 އަށް ނެގަޓިވް ވުމުންނެވެ.
މި ފަހުން އައްޑޫން ވެސް ވަނީ ކޮވިޑް-19 އަށް ބަޔަކު ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރޭގައި މާލެ އިން އެ ސިޓީއަށް ގޮސް ކަރަންޓީންގައި ތިބި މީހުން ހިމެނެ އެވެ.
ރާއްޖެ އިން މިހާތަނަށް ވަނީ 5،494 މީހަކަށް ކޮވިޑް ޖެހި 2،920 މީހަކު ރަނގަޅުވެފަ އެވެ. އެކަމަކު، ކޮވިޑް ކޭސްތައް އިތުރުވަމުން ގޮސް އެ ބަލީގައި މިހާރު ވެސް 2،553 މީހަކު އަންނަނީ ފަރުވާ ހޯދަމުންނެވެ. ހޮސްޕިޓަލްތަކުގައި މިހާރު 156 މީހަކު ވަނީ އެޑްމިޓު ކޮށްފަ އެވެ. މި ބަލި ޖެހިފައިވާ އެންމެ ގިނަ މީހުން ފެންނަމުން ދަނީ މާލެ ސަރަހައްދުންނެވެ. އެއީ އޭޕްރީލް 15 އިން ފެށިގެން ހަލުވިކަމާ އެކު ކޮވިޑް ބަލީގެ މީހުން ފެންނަމުންދާ ސަރަހައްދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖަޒީރާ އަހަންމައިދީ
15 August 2020
ބަންގާޅު ބޭފުޅުން ކަރަންޓީނު ފެސިލިޓީތަކުން ފިލީމާ އަދަބެއް ތަހުގީގެއްނެތް. ނިކަމެތި ދިވެހި މީހާވީމާ ބަންދުކޮށް އަދަބުދެވޭ. #ޖަޒީރާއިންސާފު
މުލޭ
15 August 2020
މާލެ ދަތުރުކުރާ ބޯޓަކުން ފަޅުވެރިޔަކު މާލެ ފައިބައިފިނަމަ ކެޕްޓަން ޖޫރިމަނާކުރޭ.. ހުއްދަ ނެތް މީހަކު ރަޑަކަށް ގެންދިޔައިމަ އުޅަނދުގެ ކެޕްޓަނަށް ވެސް ކަމެއް އޮންނަންވާނެފޯ. މި ދެބާވަތުގެ މައްދަލަތަކުގައި ދެ ފަރާތްވެސް ޒިންމާ ކުރުވެން ޖެހޭނެ.
ބޭރުމީހުން ވިއްޔާ އޯކޭ
15 August 2020
ބަލަ ނަޒްލާ ބުނި ކަރަންޓީނުކޮށްފަހުއްޓަ ފިލި ބަނގުލަދޭޝްބޭފުޅުން 21ދުވަސްވީމަ ކިޔޯވެފަހުންނާނެކަމަށްބަލާ އަޅާނުލީއޭ. ރާއްޖޭގެޤާނޫނު މުގުރިޔަސް ބިދޭސީންނަކައް ދައުވާއެއްނުކުރެވޭތަ؟ ކޮބާއިންސާފު!
ޙުސެންފުޅު
15 August 2020
ތިހާ ހަރުކަށި ކޮށް ތިކަން އޮންނަންވާނީ. ޢެކަމަކު މާލޭގަ ޕޮޒިޓިވް ވާ މީހުންގެ ގޭގޭގަ ނޯޓިސް ވެސަ ހަރުކޮށްނުލާ.
ސުނިލް އާދަން މަނިކު
15 August 2020
ޤާނޫނުއަސާސީ އާ ހިލާފް ބަންދެއް.
ގަލީބު
15 August 2020
ކޮން ޤާނޫނެއްގެ ކޮން ޖަދުވަލެއްގެ ދަށުންދޯ އެ ހައްޔަރު ކުރުން ޢައިރުޤާނޫނީވީ ބުނެލަދިނުން އެދެން.
އުޅުމެއް ނެތް ދިވެހިން
14 August 2020
އެއް ފަހަރު ގަވައިދު ފޫ އަޅުވާލާ ދިޔައިމަ ނަސޭހަތްދީ ދޫކޮށްލި މީހާ އަނެއްކާވެސް އެ ކުށް ތަކުރާރު ކުރީމަވެސް މި ދައްކަނީ އެހެން މީހުންގެ ވާހަކަ. ޢެހެންވީމަ މަ މި ބުނަނީ ޔާމީނު ބުންޏަސް މިއީ ސިންގަޕޫރޭ ނުބުނާށޭ، މި ގައުމުގެ މީހުންގެ އުޅުން ހުރީ ޒިމްބާބުވޭއާ ދާދި އެއް ފެންވަރެއްގައޭ.
7ބޯރާހި
14 August 2020
ބޭރުގައުމުތަކަށް ދަތުރުކުރާއިރުވެސް މީހާއަތުގަ ޕާސްޕޯޓާއި ވިސާ އޮތްތޯބަލަނީ ބޯޓަށްއެރުމުގެ ކުރިން، ދާތާކަށްގޮސް ބޯޓުން ފޭބީމައެއްނޫން. ބޯޓުފުރާއިރު އެބަ އެނގޭ ބޯޓު ދަނީ އައްޑުއަށްކަމާއި އައްޑުއަށް ދެވެނީ ހުއްދައެއް އޮވެގެންކަން. އެހެންވީމަ ބޯޓަށް އެރުމުގެ ކުރިން ހުއްދައޮތްތޯ ބަލަންޖެހެއެއްނޫންތަ، އަމާކީތީ ފަރަށްދިޔުމުގެ ބަދަލުގަ ކަންކަން ރަނގަޅަށްކުރަން އެބަޖެހޭ.
ވަކީލު
15 August 2020
ހުއްދަ އޮތްތޯ ބަލަންޖެހޭ މުއައްސަސާއިން އެކަން ކޮށްފައި ނުވާނަމަ އެ މުވައްސަސާވެސް ވަނީ އެޗްޕީއޭގެ ގައިޑްލަން މުގުރާލާފައި. ފިޔަވަޅު އެޅެން ޖެހޭ. ފަރުދަށްވެސް، މުއައްސަސާއަށްވެސް.
ދުންދަނޑި
14 August 2020
ހުއްދަނުނަގާ ދިޔަމީހެއްގެ ތަހުގީގުގަ އޭނައަތުގަ ހުއްދައޮތްތޯ ފިޔަވާ އިތުރުކަމެއް ބަލާކަށް ނޯންނާނެ، އެކަމަށް 15 ދުވަސް ބޭނުމެއްނުވާނެ. މަސްތުވެގެން ބީތާވެފަ މަގުމަތީތިބޭ މީހުނަށްވެރެ ބޮޑުވަރު މިކޮށްލަނީ. ބަލިޖެހިގެން ގެންގޮއްސަތިއްބާ ބޮންދުން ފިލީ، ފަހުން ބުނީ ބަލީގެ މުއްދަތު ހަމަވެފަވާތީ ދެން އެމީހުން ހޯދާކަށްނޫޅެމޭ. ދިވެހިމީހާ މިއޮންނަނީ ގޮޅީގަ.
ވަކީލު
15 August 2020
ބައްލަވާ، ޑިއު ޕްރޮސެސް ފޮލޯ ކުރަންވާނެ ނޫންތޯ ކޮންމެ ކަހަލަ ކުށެއް ވިޔަސް؟ ފުރަތަމަ ކަމަކަށް ދިފާއީ ވަކީލެއް ހޯދަންވެސް 7 ދުވަހުގެ ފުރުސަތެއް ދޭންޖެހޭ. އަދި މިއަށްފަހު ތަހްގީގުކޮށް، ދައުވާ އުފުލާ، ކޯޓު މަރުހަލާ ދެވިގެން ނޫންތޯ ހުކުމް ކުރެވޭނީ؟ ރާއްޖޭގައި ވާ ގޮތަކީ ތުހުމަތެއް ކުރެވޭއިރު ސޯޝަލް މީޑިޔާ ފަނޑިޔާރުން ނިކުމެ ހުކުމް އިއްވާލާނެ. ދެން އެހާ ހިސާބުން ސިއްކަ ޖެހުނީ. އެކަމަކު މިއީ އިންސާފެއް ނޫނެއް ނޫންތޯ؟ އަލީގެފާނުގެ އައްޑަނައިގެ ހާދިސާ ވިދާޅުވޭ.
ހިންދުކޮޅު
14 August 2020
ޢެމީހާބަންދުގައިނުބެހެއްޓިއަސް ތަހުގީގުކޮއް ޝަރީއައްހިންގޭނެ ކޮއްމެ ކަމެއްގައިވެސް މިފެއްނަނީ ނާގާބިލުކަމާއި ނޭއްގާނިކަން
މޫސާ ސިރާޖް
15 August 2020
ބަންދުގައި ބެހެއްޓީ ކަރަންޓީނުކުރަން
އޮނަރަބްލް އަފީފު ދީދީ
14 August 2020
ފުރަތަމަކަމަކަށް ތިމާގެ ވަޒަނަށާއި އަނބިދަރިންކާރިއަށް ނުދެވޭގޮތަށް މީހުން ބަންދުކޮށްގެން ގެންގުޅުމަށް ޑައިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތް ސާވިސްގެ މަޤާމްގައި ހުންނަމީހާއަކަށް ނުނިންމޭނެ. # އަދި ފުލުހުންނާއި ކޯޓްތަކުގެ ފަނޑިޔާރުން ހަދާނުގައި ބަހައްޓާންވީ މިފަދަ ކަންކަމުގައި ޖިނާޢީ ދައުވާނުކުރައްވާނެކަމަށް ދައުލަތުގެ ޕްރޮަިކިއުޓަރ ނިންމަވާފައިވާއިރު "ތަޙްޤީގުގެ ބޭނުނަށް ކަމަށްބުނެ" 15 ދުވަހު ބަންދު ކުރުމަކީ އިންސާފުވެރިނިންމުމެއްނޫންކަން.
ވަކީލު
15 August 2020
އަފީފު ދީދީއަކީ ހަމަ ރޯނު އެދުރެއްދޯ؟ ޢާންމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 34 ވަނަ މާއްދާގެ (ޅ) ގައި ވަނީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ކުރިމަތިވެ އެކަން ވަޒީރު އިޢުލާންކޮށްފި ކަމުގައިވާނަމަ، އެއްގަމު މަގުންނާއި، ކަނޑުމަގުންނާއި، ވައިގެ މަގުން ދަތުރުކުރުން ހުއްޓުވުން ނުވަތަ ކޮންޓްރޯލު ކުރުން ނުވަތަ އެފަދައިން ދަތުރުކުރުމުގައި ޚާއްޞަ ފިޔަވަޅުތައް އެޅުމަށް ޑިރެކްޓަރ ޖެނަރަލްއަށް އަމުރުކުވިދާނެ ކަމަށް.
އަނިލް އާދަން މަނިކު ދޮންވެލި
15 August 2020
އޭނާ ބަންދުކުރީ ލޯއެން އޯޑަރ ގާއިމްކުރުމަށް