ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޫދު ވާހަކަ ދައްކަވަނީ.---ފައިލް ފޮޓޯ: މިހާރު
16 އޯގަސްޓް 2020 - 22:00
ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރު ހޯދަން ހެލްތު މިނިސްޓްރީން ހިންގި މުއާމަލާތުތަކުގައި ހިންގާފައިވާ ސުވާލު އުފެދޭ ކަންކަން ބަލައި އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ، އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތުގެ ޚާއްސަ އޮޑިޓު ރިޕޯޓު ރައީސް އޮފީހަށް ރަސްމީކޮށް ލިބޭނީ މާދަމާ ކަމަށެވެ. އެހެންވެ، އެ ލިބުމުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފަށާނެ ކަމަށް ހޫދު ވިދާޅުވި އެވެ.
"އެއީ ކޮންމެ ބޭފުޅަކަސް އަޅުގަނޑުމެން ފަހެއް ނުޖެހޭނަން ފިޔަވަޅު އަޅާކަށް. އެ ޔަގީންކަން އަޅުގަނޑުމެން ދެން،" ހޫދު ވިދާޅުވި އެވެ.
ކޮވިޑް-19އާ ގުޅިގެން ރާއްޖެ އަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމުގައި ދުބާއީގެ ކުންފުންޏަކާ 75 ވެންޓިލޭޓަރުގެ ގެންނަން ހަވާލުކުރީ ޑަބްލިއުއެޗްއޯގެ ލަފައާ އެކު ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވިޔަސް އެ ކުންފުންޏާ އެކު ހިންގާފައިވާ މުއާމަލާތަކީ މުޅިން ވެސް މަކަރާއި ހީލަތްކަން މިއަދު އާންމުކުރި އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފަ އެވެ.
އެ ރިޕޯޓުން ފާހަގަވި އެންމެ ބޮޑު މައްސަލައަކީ 75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ 34 މިލިއަން ރުފިޔާ އަށް ހަވާލުކޮށް، ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައި ވުމެވެ. ވެންޓިލޭޓަރުތައް ގެންނަން އެ ކުންފުންޏާ ހަވާލުކުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) މެދުވެރިކޮށް ކަމަށް ހެލްތުން ބުނަމުން އައި ވާހަކަ ވެސް އޮޑިޓުގައި ވަނީ ދޮގުކޮށްފަ އެވެ.
ދުބާއީން ގެންނަ ވެންޓިލޭޓަރުގެ އިތުރުން ރާއްޖޭގެ ބައެއް ކުންފުނިތަކާ ހަވާލުކޮށްގެން ވެންޓިލޭޓަރު ގެނައުމުގެ ކަންކަން ވެސް ހިންގާފައި ވަނީ ގޯސްކޮށް ކަމަށް އޮޑިޓު ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތަސް
17 August 2020
ޔާމީނު ނަންވާނީ. ބޮޑުތަނުން ފެ އިލް. ހުރިހާ މިނިސްޓްރީ އަކުންނާ އި ކުންފުނި ތަކާ އި އެމްްޕީސް ތަ އް ލާރީގެ ފަހަތުން ދުވަނީ.
ދިވެހިންގެ ވިންދު
17 August 2020
ޚޮންމެ ނަމެއްގައި ނެރުނަސް އޯޑިޓް ރިޕޯޓަކުން ނިންމައިލުން ރަންގަޅެއްނޫން، އޭސީސީ ވެސް މިހަމުގަޢި ހިގާފައިވާ ޖަރީމާ ބަލަންޖެހޭ، ދައިވާ ކޮށް ރައްޔިތުންގެ ލާރި މިފަދަފަރާތް ތަތުން އަބުރާ ހޯދަދޭން ޖެހޭ. ޚޮންމެބަޔަކުވެސް ރައްޔިތުންނަށް ހިދިމަތްކޮށް ދިނުމުގެ ނަމުގައި ވައްކަން ކުރަށާނަމަ އަދަބުވެސް ދޭންޖެހޭ.
ދިވެހި ބިން
17 August 2020
އޭސީސީން ނިންމީމަ ބޮޓުތައް ބުނާނެ ކޯޓުން ނިންމީމައޭ. ދެން ކޯޓުން ނިންމީމަ ކޮންމެސް އެހެން ޅެމެއް ކިޔާނެ! ވަގުން ހައްޔަރުކުރޭ!!
ގައުމީ ލޯބީގާ
17 August 2020
ރިޕޯޓުގައި ވައްކަމެއް ކުރި ވާހަކައެއް، ހޯދަން ނުޖެހޭ ވަސީލަތެއް ހޯދި ވާހަކައެއް ނެތި، ހަމައެކަނި ތައްގަނޑު ނެތިގެން މިވަރު ކޮށްލީމަ މަގޭ ހިތަށް އެރީ ބަޔަކު މީހުން އެންމެ ޖެހިލުންވާ ވަޒީރަކީ އަމީނުދޯއޭ. އެހެންޏާ، ނިޔަ ރޮއްޖެއް ވަރުގެ ކަމެއް މިވަރު ބޮޑު ކޮށްލާއިރު، އަދި ބޮޑު ކަމެއް ކޮށްފިނަމަ އެ ސޮރު ދުނިޔޭގައިވެސް ހުންނާނެތަ؟ އަމީންގެ ހިތްވަރަށް ސާބަަސްދެން. މިފަހަރުވެސް ހަގީގަތް އެނގިގެންދާނެ.
ރަދީފްއޮފިޝިއަލް
17 August 2020
އެންމެ މަޑުމައިތިރި އަދި އެހާމެ ބަސްއަހާ 15 އަހަރުގެ ޒުވާންނެއްގެ ގޮތުގަ ސިފަވާ އަމީންގެ މިނިސްޓްރީން މިފަދަ ކަމެއް ހިނގީމަ ދެން ރައްޔަތުން ރަނގަޅަށް ވިސްނާލާ ސަރުކާރުގެ އެހެން އިދާރާތަކުގެ ކަންކަން ހުންނާނެގޮތް.މަމެންގެ ވެރިކަމެއްގަ އަލުން މިހުރިހާ މައްސަލަތައް ބަލާނަން.އަބުރާ ބެހުން ވެސް ބޮޑު ކުށަކަށް ހަދާ 15 އަހަރު ޖަލުހުކުމް އަންނަ ގޮތަށް ކަންކަން ތަރުތީބުކުރާނަން.މިއަދުގެ ރެޖީމް ޖަލަށް ކަނޑާލާނީ 30 އަހަރު ޖަހާފަ.ވ.ވެދުން
ރޯނުއެދުރު ރަދީފު
17 August 2020
ރޯނުއެދުރު ރަދީފު. ރިޕޯޓުވެސް ނުކިޔާހެން ހީވަނީ. އޭގައި ނެތް ވައްކަމެއް ކުރި ވާހަކައެއް. އޭގައި ނެތް އެ ތަކެއްޗަކީ ހޯދަން ނުޖެހޭ އެއްޗެއް ކަމަށްވެސް. އޭގައި ގޮތީ ހަމައެކަނި ޑަބްލިއުއެޗްއޯ ރަސްމީ ތައްގަނޑެއް މަދުވި ވާހަކަ. އަދި ބުނަން، އެ ތައްގަނޑު ޖެހި ސިޓީ ނެތަސް، އެތަނުގެ ކަންޓްރީ ރިޕްރެޒެންޓެޓިވް ފޮނުވި އީމެއިލްއެއް އިން ވާޙަކަވެސް އެބައޮތް.
ރަކްސަންޖާނީ
17 August 2020
ވައްކަންކުރިކަން ސާބިތުވީމަ ކީއްވެހޭ ވަޒީރަކަށް ހުރެވެނީ
ބޯނުއެދުރު
17 August 2020
އެއްވެސް އޮއްޓަރެއް ނެތް ކުންފުންޏަކަށް ތަކެތި ހޯދަން ހަވާލުކުރީވެސް ހަމަ މަސައްކަތަށް ގާބިލްކަމުންބާ؟ އެބަޔަށްވެސް ބޮޓުންކޮޅު ޖަވާބު ދެއްވުން އެދެން.
ނުމޮށޭ
17 August 2020
މަ އެ ރިޕޯޓު ކިޔައިފިން. އޭގައި ނެތް އެންމެ ފައިސާ ފޮއްޗެއްގައިވެސް ނުހައްގުން އަތްލި ވާހަކައެއް. ހީވަނީ ބޮޑަށް މިކަން ސިޔާސީ ކޮށްގެން އުޅެނީ ހެލްތު މިނިސްޓަރު އަތުނުވެގެންހެން. އޭނައާ ނުވެސް ބެހޭ ކަމެއްގައި މިވަރުވީމަ އެބަ އެނގޭ ބަޔަކު މީހުން ވަރަށް ޖެހިލުންވާކަން އޭނާ ސަރުކާރުގައި ހުރެގެން ސަރުކާރަށް ލިބެމުންދާ އަދި ލިބޭ ރީތި ނަން ފެނިފައި. މި އެޖެންޑާ މާ ބޮޑުހެން ހީވަނީ.
ދިވެހި ފަހުލަވާނު
17 August 2020
ތެދެއް! ކުޑަގޯހެއްނަހަދާ! މުޅި ދަޢުލަތް ކަޗޯރުކޮށްލީ!
ދަލޭކަ ބްރޯ
17 August 2020
ތަސަައްރަފު ފުދޭ މީހުން ވާހަކަ ދައްކާ ގޮތަށް ދައްކަބަލަ. ވައްކަމެއް ކޮށްފައި އޮތްކަން ރިޕޯޓުގައި ބަޔާން ކޮށްފައި އޮތްނަމަ، ރިޕޯޓުގެ އެ ތަންކޮޅަށް ހަވާލާދިނުން އެދެން. ޝުކުރިއްޔާ.
އަދަބީ ބުސްތާނު
17 August 2020
ރިޕޯޓުގަ އޮޅުވާލުމާ ވައްކަން އޮތްއިރު ކީއްވެހޭ މިކަންކުރިމީހުން އަދިވެސް މިނިސްޓުރީ ހިންގަން ތިބެވެނީ
ހަމްދާން
17 August 2020
ވަރަށް ރަނގަޅު ނިންމުމެއް. ތިޔަ ނިންމުމުގެ ސަބަބުން ދެފުއް ފެންނަ ގޮތަށް މިކަން ސާފުވެގެންދާނެ. އަދި ތި ނިންމުމުގެ ސަބަަބުން މިހާރު ހެލްތު މިނިސްޓްރީ ހިނގާގޮތްވެސް ހަރުދަނާކަން ސާފުވެގެން ދާނެ. ބިޑް ކޮމިޓީ ވިޔަސް، ފްރޮކިއުމަންޓް ސެކްޝަން ވިޔަސް، ކޮންމެ ތަނެއްވެސް އެއްވެސް ނުފޫޒެއް ނެތި ހިނގާކަން އެނގި ސާބިތުވާނެ. ޕީޕީ ބޮޓުންތަށް ކޮންމެ ފިތުނައެއް ހެދިޔަސް ރައްޔިތުންނަށް މިކަންކަން ސާފުވާންޖެހޭ. އިރާދަކުރެއްވިއްޔާ ހައްގަށް ނަސްރު ލިބޭނެ މިފަހަރުވެސް.
ރިޝް
17 August 2020
ވަގު ސަރުކާރު! ވައްކަން ފޫ ބައްދަން ރައްޔިތުން ފެލުން! ރަގަޅަށް އިންޑިޔާ ގެ މޮޑެލް ބޭނުން ކޮށްފަ! އިންޑިޔާ ފަގީރު ކަމުގެ ސާލެއްގަ އެ އޮންނަނީ މި ހެން ކޮރަޕްޓް ވެރިން ވެރިކަން ކުރާތީ! ހުރިހާ ވަސީލަތެއް އޮވެމެ އިންޑީޔާ އަކީ އަދި ވެސް ދުނިޔޭގެ އެއްމެ ފަގީރު އެއ ގައުމު! އަމިއްލަ ގައުނުގެ ރައްޔިތުން ނިކަމެތި ކަމުގަ ތިއްބާ އެހެން ގައުމަކަށް 500 މިލިއަން ދޭ އުސޫލް!
އަލްފާ
17 August 2020
ބައެއްފަހަރު އަވަސް އަރުވާލައިގެން ހުންނާނެ އެގޮތަށްވެފަވެސް. މިއީ ސާކުސަމިޓުގަ ބަޖެޓުންބޭރުން ނުހައްޤުން ފައިސާ ޚަރަދުކުރިކަން ފަޅާއެރީމަ ނަޝީދުބުނި ވާހަކައެއް. އެއްވެސް ބޮޓެއް ހަނދާން އެބަހުރިބާ.
ރައްޔިތު ސޮރު
17 August 2020
ނަޝީދަކަސް ޔާމީނަކަސް އަމީނަކަސް ވައްކަންވާނީ ވައްކަމަށް!
އެޑްމުންޑޯ
17 August 2020
ތިގޮތަށް ފިޔަވަޅު އަޅަނަމޭ ބުނި ކިތަންމެ ކަމެއް ފޮޑިއެއްޖަހާލުން ހާފަސޭހައިންވަނީ ހިނދިފައި
ޕީޕީޕީޕީ
17 August 2020
ބޮޓުންނޭ ބޮޓުންނޭ ކިޔަން މިތަނަށް ވަދެ ތިބި ޕީޕީސީ ބޮޓުންނަށް ހީވަނީ ކަލޭމެން މެޑަމް ބުނީމަ ޗޮކްލެޓް ޕާރުސަލް ކުރަންތިބި ގޮތަށް ހިނގާކަމެއް ކަމަށްތަ މިއީ؟ އަދި މި ރާއްޖޭގެ ރައްޔިތުން އަބަދު ތިބެންޖެހެނީ ކަލޭމެން ހިންގާ އެޖެންޑާއެއްގައި ތާށިވެފައި ކަމަށްތަ؟ އެހެންޏާ، ހެލްތު މިނިސްޓަރަށް އިންސާފުން މީހަކު ބަހެއް ބުންޏަސް ބޮޓޭ ކިޔާއެބަ. ކަލޭމެން ތި ނޫން ކަމެއް ނުކުރަނީތަ އަބަދު ތި ހިޔާލު ބޮލުގައި ދަައުރުވަނީ؟ އަޖައިބެއް!
ފައްތާހު
17 August 2020
ފަސްމާމުލުންގެ ފަސްވަގު ގޮތަށް އަމީނުއާ އަމީނުގެ ބޮޓުތަކުގެ ވާހަކަޔަށް ފިލުމެއް ހަދަންފެނޭ
ޗީޗީޗީ
17 August 2020
ހެލްތް މިނިސްޓަރަށްވީމަ އިންސާފުން ބަސްބުނަނީ؟ ޕީޕީންވީމަ ނާއިންސާފުން ބަސްބުނަނީ؟ ހެލްތް މިނިސްޓަރަކީ މަތިން ފައިބާފަ ހުރި މީހެއްތަ؟ ޗޮކްލެޓް ޕާރުސަލު ކުރުމަށްވުރެ ތިޔަ ދިފާއުކުރާ ދިފާއުކުރުމަށް ކުރާ މަސައްކަތް ކުޑަތަ؟ މިއޮތްހުރިހާ ދުވަހު ހެލްތް މިނިސްޓަރުގެ ސަނާކިޔަސް ކަމެއް ނޫހާ ހަމައަށް އައިމަ ހިންގުންތެރި ހީވާގި އަބަދު ހޭލާ ހުންނަ މިނިސްޓަރު އަތުންވެސް ކަމެއް ގޯސްކޮށް ގޮއްސިކަން އެނގެނީ.
ހަލީމާ
17 August 2020
ޕީޕީއެމް ވީމަ ވާނީވެން ތިހެން. ދެންތިބީވެސް ވަގުންނޭ ހީވާނީ. މަ އެ ރިޕޯޓުވެސް ކިޔާ ނިންމައިފިން. އޭގައި ނެތް އެންމެ ބައި ރުފިޔާވެސް މިނިސްޓަރު ނެގި ވާހަކައެއް. ހައްގަށް ބުނާ ބަހެއް މިއީ. ދެން ކަލޭމެންނަށް ހަޖަމު ނުވަންޏާ ނުވެ ތިބޭ.