18 އޯގަސްޓް 2020 - 06:51
ސަބްސްކްރައިބްކޮށްގެން ބޭނުންކުރެވޭ ގޮތަށް އެޕަލް އިން ފިޓްނެސް އަށް ހާއްސަ އެޕެއް ލޯންޗްކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޓެކް ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި އެ އެޕް އޮކްޓޯބަރު މަހު ލޯންޗްކުރާނެ އެވެ. ބައެއް މީޑިއާތަކުން ބުނީ ފިޓްނެސް އެޕް އެޕަލް އިން ލޯންޗްކުރުމުގެ ފުރުސަތު ބޮޑީ އެޕަލްގެ އާ އައިފޯން އިވެންޓްގައި ކަމަށެވެ.
އަންނަ މަހު އެޕަލްގެ އާ ފޯނު ނެރެން ކުރިން ނިންމި ނަމަވެސް އެކަން ފަސްކޮށްފައިވާ ކަމަށް މި މަހުގެ ކުރީކޮޅު އެޕަލްއިން ބުނެފައިވެ އެވެ. އެހެންވެ އޮކްޓޯބަރުގެ ތެރޭގައި އެޕަލްގެ ފިޓްނެސް އެޕް އަންނާނެ ކަމަށް ބެލެވެ އެވެ.
އެޕަލްގެ ފިޓްނެސް އެޕުން ކަސްރަތުގެ ތަފާތު ވާޗުލް ކްލާސްތަކާއި ކަސްރަތާއި ދުޅަހެޔޮ ސިއްހަތަކަށް ބޭނުންވާނެ ވަރަށް ގިނަ ކޮންޓެންޓްތައް ގެނެސްދޭނެ އެވެ. އަދި އެޕަކީ އައިފޯނާއި އައިޕެޑާއި އެޕަލް ޓީވީގައި ވެސް ވަރަށް ފަސޭހައިން ބޭނުންކޮށްލެވޭނެ އެއްޗަކަށްވާނެ ކަމަށް ބުންޏެވެ.
އެޕަލްގެ ދަށުން މިހާރު ވެސް މުހިއްމު އެހެން ބައެއް ހިދުމަތްތަކެއް ދެ އެވެ. އޭގެ ތެރޭގައި އެޕަލް މިއުޒިކާއި އެޕަލް ޓީވީ ޕްލަސް އާއި އެޕަލް އާކޭޑް ފާހަގަކޮށްލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯޖޯ
18 August 2020
ތީ އެހާ ކަންބޮޑުވާން ޖެހޭ ކަމެއް ނޫން !! ކުރަންވީ ކަމަކީ މިހާރު އެމެރިކާގެ ހުރި ބޯ ބުރާންތި ރައީސް ބޭރުކުރުން . ޗައިނާ އާްއި އެޕަލްއިން އުޅެފިއްޔާމު އެކަން ވާނެ.
211111
18 August 2020
އއއަ އިފޯނު 11 އާ އި 12 މާބޮޑު ތަފާތެ އް ނުފެނޭ ...ރޫމާސް