ހިރިމަރަދޫ ބަނދަރު ހުޅުއްވައިދެއްވަން ރައީސް ޔާމީން އެ ރަށަށް ވަޑައިގަންނަވަނީ. --ޓުވިޓާފޮޓޯ: ރައީސްޔާމީން2018
25 އޮކްޓޯބަރ 2016 - 15:42
ހަމައެކަނި ފަގީރުންނަށް ސަބްސިޑީ ދޭ ގޮތަށް ހަމަޖައްސައި ކާޑުގެ އަގު ބޮޑުކުރުމަކީ އެ މަނިކުފާނަށް ފަސޭހަފުޅު ނިންމެވުމެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން، ހދ. ހިރިމަރަދޫގައި މިއަދު ވިދާޅުވެއްޖެ އެވެ.
ކާޑުގެ އަގު ބޮޑު ކުރި މައްސަލާގައި އެ މަނިކުފާނާއި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައި ވަނިކޮށް އެކަމާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހަމައެކަނި 2018 އަށް ވިސްނުން ގެންގުޅުއްވާ ނަމަ، ކާޑުގެ އަގު ބޮޑު ކުރުމަކީ އެ މަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަމަށެވެ. ކާޑުގެ އަގު ބޮޑު ކުރީ، ތަރައްގީގެ މަޝްރޫއުތަކަށްޓަކައި ކޮންމެހެން ކުރަން ޖެހިގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ހިރިމަރަދޫ ބަނދަރު ހުޅުއްވައިދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން، ގައުމުތަކުގައި 8ރ. އަށް ހަނޑޫ ކިލޯއެއް ވިއްކާއިރު ރާއްޖޭގައި ހަނޑޫ ކިލޯ 2ރ. އަށް ވިއްކާނީ ކިހިނެއްތޯ ރައީސް ސުވާލު އުފެއްދެވި އެވެ.
"ބައެއް ގައުމުތަކުގައި މިކަން ކުރާ ގޮތަކީ، މިސާލަކަށް ގައުމު ނުދެންނެވިއަސް އަޅުގަނޑުމެންގެ އަވަށްޓެރި ވަރަށް ގިނައިން ހަނޑޫ އުފައްދާ ގައުމެއް. އެއް ވަނަ ގްރޭޑާއި ދެ ވަނަ ގްރޭޑުގެ ހަނޑުލަކީ އެ ރަށުގެ ރައްޔިތުން ކާން ބާޒަރަށް ނެރޭ އެއްޗެއް ނޫން،" ރައީސް ވިދާޅުވި އެވެ.
އެ ގައުމުގެ ރައްޔިތުން ކާން ހުންނަނީ، އެމަނިކުފާނު ވިދާޅުވި ގޮތުގައި، ތިން ވަނަ ގްރޭޑުގެ ހަނޑުލެވެ. އެއީ ވެސް މި ސަރަހައްދުގައި އުޅޭ ގައުމަކުން ކަންކުރާ އުސޫލް ކަމަށް ރައީސް ވިދާޅުވި އެވެ.
ހިރިމަރަދޫގައި ރައީސް ޔާމީން ވާހަކަ ދައްކަވަނީ. ބޮލަކަށް ޖެހޭ ދަރަނި އިތުރުވިއަސް އެ ދަރަނި އަދާކުރާނެ ގޮތްތައް ވެސް ހޯއްދަވާނެ ކަމަށް ވިދާޅުވި. --ޓުވިޓާ ފޮޓޯ: ރައީސްޔާމީން2018
ރައީސް ވިދާޅުވި ގޮތުގައި ތަފާތު ސަބްސިޑީގެ ގޮތުގައި ދައުލަތުގެ ބަޖެޓުން އެއް ބިލިއަން ރުފިޔާ ހޭދަކުރަން ޖެހެ އެވެ. ރާއްޖެ އަކީ ކުޑަ ގައުމަކަށް ވާއިރު، ލިބޭ އާމްދަނީން ހުރިހާ ހިދުމަތްތަކެއް ފަހި ކޮށްނުދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އާމްދަނީން ދެކޮޅު ނުޖެހޭތީ ދެން އޮތް ގޮތަކީ ދަރަންޏަށް ލޯނު ނެގުން ކަމަށާއި ކެރިވަޑައިގެން އެ މަނިކުފާނު އެކަން ކުރައްވަނީ ދަރަނި ދެއްކެވޭނެ ގޮތްތައް ވެސް ހޯއްދަވައިގެން ކަމަށް ރައީސް ވިދާޅުވި އެވެ. އެ ލޯނުތަކަކީ ރައްޔިތުންނާއި ގައުމުގެ ތަރައްގީ އަށް ބޭނުންވާ މުހިއްމު ކަންކަމަށް ނަގާ ލޯނުތައް ކަމަށް ރައީސް ވިދާޅުވި އެވެ.
"ސަލާން ޖަހައިގެން ނަމަވެސް އަޅުގަނޑުމެން ރާއްޖެ ތަރައްގީ ކުރާނަން،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ތެރޭގައި ބުނެއުޅޭ ދެއްތޯ، ނުފޯރާ ފޮތިން ފޫ ނުގަޅާ ވާހަކަ. އެކަމަކު އަޅުގަނޑާ އެކު މަސައްކަތް ކުރައްވާ ކެބިނެޓް ޓީމުގެ ވިސްނުމަކީ ކިތަންމެ ކުޑަ ފޮތިކޮޅެއް ދިނަސް ތިމަންނަމެން ފޫގަޅާނަމޭ."
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީގައި ތިއްބެވި ސަރުކާރު ކޯލިޝަން މެމްބަރުންނަކީ ވެސް "ރޮކެޓް ސްޕީޑުގައި" ކަންކަން ކުރައްވާ ބޭފުޅުންނެވެ.
އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭ މުއްދަތު ކައިރިވެފައިވާ ކަން ފާހަގަކުރައްވައި ވިދާޅުވީ ރައްޔިތުންގެ ތަރައްގީ އަށް ބޭނުންވާ ގިނަ ކަންކަން މި ފަހަރު ވެސް ބަޖެޓުގައި ހިމަނުއްވާނެ ކަމަށެވެ. އެކަމަކު ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިއްބަވައި ބަޖެޓަށް ވޯޓު ނުދޭ މެމްބަރުން ފެނިވަޑައިގަންނަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ނުސީދާކޮށް ފާޑުވިދާޅުވީ މަޖިލީހުގައި ތިއްބެވި އިދިކޮޅު ޕާޓީތަކުގެ މެމްބަރުންނަށެވެ.
ކައުންސިލް އިންތިހާބު ކައިރިވެފައި ވާއިރު ޕީޕީއެމްގެ އެތެރޭގައި އުފެދިފައިވާ މައްސަލަތަކާ ހެދި އާއްމު މެމްބަރުންގެ ނުތަނަވަސްކަން ހުންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމަކު ކޮންމެ މީހަކީ ވެސް އުސޫލްތަކަކާ އެކު ހިދުމަތް ކުރަން ބޭނުންވާ މީހެއް ކަން ވިސްނާލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ޕީޕީއެމްގެ ރައީސް އަދި ބޭބޭފުޅު މައުމޫން އަބްދުލް ގައްޔޫމާ މެދު އުފެދުނު މައްސަލަތަކުގައި ޕީޕީއެމް މިހާރު އޮތީ ދެ ފަޅިވެފަ އެވެ. މައުމޫން ފެކްޝަނެއް ހިންގަވާއިރު އަނެއް ފެކްޝަން ހިންގަވަނީ ރައީސް ޔާމީނެވެ.
ޕާޓީތަކަކީ، ރައީސް ވިދާޅުވި ގޮތުގައި، ވަކި މީހަކު ވަށައިގެން އެނބުރޭ ޕާޓީތަކަކަށް ވެގެން ނުވާނެ އެވެ. އެކަކުގެ ފަހަތުން މީހުން އެނބުރޭ ކަމަށް ވަންޏާ، ގިނަ ބަޔަކު މިހާރު މުގޯލި އަޅަން ޖެހޭނީ އެ މަނިކުފާނު ވަށައިގެން ކަމަށާއި ސަބަބަކީ ރައްޔިތުންނަށް ހިދުމަތް ކުރަން ހުންނެވި ބޭފުޅަކީ އެ މަނިކުފާނު ކަމަށް ވާތީ ކަމަށް ރައީސް ވިދާޅުވި އެވެ.
ކައުންސިލް އިންތިހާބަށް އަލި އަޅުއްވާލައްވައި ވިދާޅުވީ ކައުންސިލަރުންގެ ގޮތުގައި އިންތިހާބު ކުރަން ޖެހޭނީ ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް އެއްބާރުލުން ދޭނެ މީހުން ކަމަށެވެ. އެކަމުގެ ހެޔޮ ފައިދާ ކުރާނީ ރައްޔިތުންނަށް ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2018
26 October 2016
ރޮކެޓް ސްޕީޑުގައި ގައުމުތަކުގައި ކަރަންޓު އަގުބޮޑުވޭތަ؟ ރޮކެޓް ސްޕީޑުގައި ގައުމުތަކުގައި ކާޑު އަގުބޮޑުވޭތަ؟ ކުރަންޖެހޭ ހަރަދު ރޮކެޓް ސްޕީޑުގައިމައްޗަށް ރައްޔަތުން ބަޑަށް
ސައްލޭ
26 October 2016
މަނިކުފާނަށް އުނދަގޫ ކަމެއްނަމަ މަނިކުފާނު އެކަމެއް ނުކުރައްވާނެ ، މަނިކުފާނު ތިޔަކުރައްވަނީ މަނިކުފާނަށް ވަރަށް ވަރަށް ފަސޭހަ ކަންތައްތައް ސިޔާސީ މަގާމުތައް މަދުކުރުމަކީ މަނިކުފާނަށް އުނދަގޫކަމެއް ، އެކަން ނުކުރައްވާ. ކުރައްވަނީ އިތުރު . އިންކަމްޓެކްސް ނެގުމަކީ މަނިކުފާނަށް އުނދަގޫ ކަމެއް . އެކަން މަނިކުފާނެއް ނުކުރައްވާ .
ހަސަން
26 October 2016
ރައްޔިތުން ވިސްނަވާ. އެބޭފުޅުން ޕޯޑިއަމް ތަކަށްއަރާ އެދައްކަވާ މޮޅު ވާހަކަ އަކުން ތިބޭފުޅުންގެ އާންމު ދިރިއުޅުމަށް އެއްވެސް ފައިދާއެއް ކުރޭތޯ؟ ނުކުރޭ. މިނިސްޓަރުން ދައުރު ނިމުނީމަ ގައުމުންބޭރަށް ދިޔައީމަ ނިމުނީ. ވިސްނަވާލައްވާ.
އާދަނު
26 October 2016
ކަލޭމެންނަށް ރަނގަޅުކަމެއް ކޮށްދެވޭނެ ވެރިޔެއް ދުވަހަކު މިގައުމަށް އަންނާނޭހެން ހިޔެއްނުވޭ. އަދިވެސް ކާޑުގެ އަގު ކުޑައީ.. ތިވައްތަރަށް ފަގީރުންނޭ ކިޔައިގެން ކޮމެންޓް ކުރި ކޮންމެ މީހެއްގެ ގޭގައި 2 ބަންގާޅިން ތިބޭނެ، ޖީބުގައި އޮންނާނީ ސުމާޓް ފޯނެއް، އުޅެނީ އެންމެ އަގުބޮޑު އެޕާޓް މަންޓް ތަކުގައި، އަތުކުރީގައި އޮންނާނީ އެންމެ އަގުބޮޑު ގަޑިއެއް، ކާރެއް އޮންނާނެ ސައިކަލަކާ، ކޮންމެ ރެޔަކު އަންހެނުން ގޮވައިގެން ކާންދާނެ. ޗުއްޓީ އެއްވިއްޔަ މުޅި އާއިލާގޮވައިގެން ބޭރަށް، ކޮބާ ސިގިރޭޓާއި ކޮފީ މިއީ އަދި ލިސްޓްގެ ބައެއް އެކަމްވެސް ބުނާނެ ފަގީރުންނޭ.....
އަޙްމަދު
26 October 2016
ރައްޔިތުން އޮޅުވާލަން ބެކަރު ވަހަކަ ނުދައްކާ.ރައްޔިތުން ބަޑަށް ޖައްސާފައި ކުރަ ތަރއްޤީއެއް ބޭނުމެއް ނޫން.މީނާ 2018 އަށް ކުރިމަތިލަނެ ކަމެއް ނެތް
ދުރުމީ
25 October 2016
ތީހަމަ މިޤަރުނުގެ އެންމެބޮޑު ދޮގު، ކާޑުއަގުބޮޑުކުރީ ކާޑަކީ ދިރިތިބުމަށް އިއާނުލާ ނުތިބެވޭނެ އެއްޗެއްކަން އެނގޭތީވެ ސަލާމްޖަހައިގެން ނަމަވެސް ކޮންމެމީހަކުވެސް ބަނޑުފުރާނަ މުއްތިކުރަން ކާރޑުނުގަނެ ނުތިބެވޭނެތީވެ އެތައްމިލިއަންރުފިޔާއެއް ރައްޔިތުންފެލާލާއިގެން ނެގުމަށާއި ފަޤީރުން އިތުރަށްފަޤީރުކޮށް ނިކަމެތިކުރުމުގެ ބޭނުމުގެވެ. ރައްޔިތުން ދައްކާ ޓެކްސްއިން އަރާމާއި ޢިއްޒަތްހޯދައިގެންތިބެ އިތުރަށް ރައްޔިތުން ނިކަމެތިކޮށް ދަރަނިވެރިކުރުވައި ހާލުގައި ޖައްސަމުންދަނީ އެވެ. މިސަރުކާރަކީ ރައްޔިތުން އެންމެ ހާލުގައި ޖެއްސުމުގެ ރޮނގުން ދެވަނައެއް ނެތް ސަރުކާރެކެވެ. އަދި އެރޮނގުން އޭ ޕްލަސް އެއް މި ސަރުކާރަށް ރައްޔިތުންވަނީ ދީފައެވެ. ނަތީއްޖާ ފާޅުކުށް އިނާމުދިނުމުގެ ޖަލްސާ އޮތީ 2018 ނޮވެމްބަރ މަހުތެރޭގައެވެ.
ކުކުޅު
25 October 2016
ކާޑުގެ އަގަށް މިނޫންގޮތެއް ހޯދަ ބަލާ
ޛނ
25 October 2016
އިތުރަށް އުނދަގޫ ނިންމުން ނިންމަވާނެ ކަމެއްނެތް. މާތް ރަސްކަލާނގެ ރަސްކަން ފުޅަށްޓަކައި އުނދަގޫނުކޮށް ދެން ވެރިކަމުން ފައިބާން އުޅެ. މިހާރު ފުދިއްޖެ
ގާދިރު ސޯ
25 October 2016
ނިކަން ކެރެންޏާ ބޭކާރު ވަޒީފާތައް އުވާލައްވާ. ނުކުޅަދާނަވަރަށް ކޯޑިނޭޓަރުން. ނުކުޅާދާނަވަރަށް ސްޓޭޓް މިނިސްޓަރުން. ނުކުޅަދާނަވަރަށް ނާއިބުން. ޕާޓީ ކުދިންނަށް ބޭކާރު އެތައް ވަޒީފާއެއް. ކީއްވެތޯ އެކަންނުކުރެވި ކާޑުކޮޅާ ކުޅުއްވަނީ...
ރޮކެޓްސައިންސް
25 October 2016
ކާކުތަބުނީ ތިހާއުނދަގުލުން ރައްޔިތުންނަށް ދަތިކުރާށޭ .....ބޯހަލާކު