ޚަބަރު / ވެންޓިލޭޓަރުތައް ގެނައުމުގެ މައްސަލަގަނޑު

ކުންފުނި ހޮވީ ވަޒީރާއި މާލީ ޒިންމާދާރުވެރިޔާ ހުށަހެޅި މައުލޫމާތަށް: ނިޝާމާ

ބިޑް ކޮމިޓީގެ ޗެއާ ނިޝާމާ: އޭނާ ވިދާޅުވަނީ ބިޑް ކޮމިޓީން ގޯހެއް ހަދާފައި ނުވާނެ ކަމަށް.

ރާއްޖެ އަށް 75 ވެންޓިލޭޓަރު ގެންނަން، ގެރެންޓީއަކާ ނުލައި 30 މިލިއަން ރުފިޔާ އެޑްވާންސަށް ދޫކުރި އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ހޮވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ދެއްވި މައުލޫމާތާއި މާލީ ޒިންމާދާރުވެރިޔާ އަހްމަދު އަސްލަމް ހުށަހެޅުއްވި މައުލޫމާތަށް ބިނާކޮށް ކަމަށް އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ބިޑް ކޮމިޓީގެ ޗެއާމަން ނިޝާމާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19ގެ ފަރުވާއަށް ވެންޓިލޭޓަރު ހޯދަން، މާލީ އަދި ފަންނީ ގާބިލްކަމެއް ނެތް ދުބާއީގެ އާދައިގެ ކުންފުންޏެއްގެ އިތުރުން ދެން ހޮވީ ރާއްޖޭގެ މެޑްޓެކާއި ނާޑް އެވެ. މި ތިން ކުންފުނި ހޮވުމުގައި މާލިއްޔަތު ގަވާއިދާ ޚިލާފުވެ ދައުލަތަށް ގެއްލުން ލިބޭ ގޮތަށް އަމަލުކޮށްފައިވާ ކަން އޮޑިޓަ ޖެނެރަލް ނެރުއްވި ޚާއްސަ އޮޑިޓުގައިވެ އެވެ.

މި އޮޑިޓްގެ ތަފްސީލް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެމްބަރުންނާ ހިއްސާކުރައްވައި އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެފައި ވަނީ ވެންޓިލޭޓަރު މައްސަލައިގައި ބިޑް ކޮމިޓީ އާއި ހެލްތުގެ މާލީ ޒިންމާދާރުވެރިޔާގެ އިހުމާލު ބޮޑު ކަމަށެވެ. ވެންޓިލޭޓަރު ގެނައުމުގައި މަަކަރާއި އޮޅުވާލުންތައް ހެދި ދުބާއީގެ ކުންފުނި ހޮވީ މިނިސްޓަރު އަމީނާއި ރާއްޖޭގައި ހުންނަވާ ޑަބްލިއުއެޗްއޯގެ ރެޕްރެޒެންޓޭޓިވް ޑރ. އަރުވިންދު މާތުރުގެ މަޝްވަރާކުރުމަށް ފަހު ކަމަށް، އޮޑިޓް އޮފީހުން ބުނެ އެވެ.

ހެލްތު އޮޑިޓް ނެރުމާ އެކު ރައީސް އޮފީހުން ވަނީ ބިޑް ކޮމިޓީގެ މެމްބަރުންނާއި މާލީ ޒިންމާދާރުވެރިޔާ ސަސްޕެންޑްކޮށްފަ އެވެ.

މި އޮޑިޓް ނެރުމާ އެކު ބިޑް ކޮމިޓީން އަމަލުކުރި ގޮތާ މެދު ހަގީގަތާ ޚިލާފު ވާހަކަތަކެއް ފަތުރައި ބަދުނާމުކުރަމުންދާ ކަމަށް ވިދާޅުވެ، ނެރުއްވި ބަޔާނުގައި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު ނިޝާމާ ވިދާޅުވީ ކޮމިޓީގެ ޗެއާގެ ހައިސިއްޔަތުން އަމަލުކުރެއްވީ ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކުގައި ކަމަށެވެ. ބިޑް ކޮމިޓީގެ ނިންމުންތައް ނިންމާފައި ވާނީ ލިބިފައިވާ ލިޔެކިއުންތަކާއި މައުލޫމާތުތަކުގެ މައްޗަށް ކަމަށް ވިދާޅުވި އެވެ.

ނިޝާމާ ވިދާޅުވި ގޮތުގައި ވެންޓިލޭޓަރު ގަތުމުގައި އެއްވެސް ފަރާތަކަށް ނާޖާއިޒު މަންފާތަކެއް ހޯދައިދޭން އޭނާ މަސައްކަތް ކުރައްވައިފައެއް ނުވާނެ އެވެ.

ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުގެ ދަށުން ވެންޓިލޭޓަރު ގެންނަން އެގްޒެކިއުޓާސްއާ ހަވާލުކުރަން ބިޑް ކޮމިޓީން ނިންމި އެއް ސަބަބަކީ އެ ކުންފުންޏަކީ ހެލްތު މިނިސްޓަރު އަމީން، ޑަބްލިއުއެޗްއޯގެ ރެޕްރެޒެންޓޭޓިވް އަރުވިންދު މެދުވެރިކޮށް ހޯއްދެވި ފަރާތެއް ކަމަށް ބިޑް ކޮމިޓީ އަށް ލިއުން ހުށަހަޅާފައިވުން ކަމަށް ނިޝާމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭގެ އިތުރުން ޑަބްލިއުއެޗްއޯގެ ކަންޓްރީ އޮފީހުން މައުލޫމާތު ސާފުކޮށް، ކުންފުނި ހޮވިއިރު ހެލްތުގެ ފައިނޭންޝަލް އެގްޒެކެޓިވް އަހްމަދު އަސްލަމް ބިޑް ކޮމިޓީ އަށް ހާޒިރުވެ ދެއްވި މައުލޫމާތުތަކުގެ މައްޗަށް ބުރަވި ކަމަށެވެ. ވެންޓިލޭޓަރު ހޯދުން ސިންގަލް ސޯސްކޮށް ކުރިއަށް ގެންދިއުމުގެ ހުއްދަ ފިނޭންސް މިނިސްޓަރު ދެއްވައި، އެއީ ކޮންމެހެން ހޯދަން ޖެހޭ ތަކެއްޗަށް ވުމާއި ވަގުތާއި ހާލަތަށް ބަލައި ވެންޓިލޭޓަރުތައް ނުލިބި ލަސްވެއްޖެ ނަމަ މީހުންގެ ފުރާނައަށް ނުރައްކާ ވެދާނެ ކަމަށް ބަޔާންކޮށް ފިނޭންސް މިނިސްޓްރީގެ ސިޓީއެއް ބިޑް ކޮމިޓީ އަށް ލިބިފައިވާ ކަމަށް ވެސް ނިޝާމާގެ ބަޔާނުގައިވެ އެވެ.

ފިނޭންސްގެ ސިޓީގައި ހުއްދަ ދީފައި ވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ސިންގަލް ސޯސްކޮށް ކުރިއަށް ގެންދިއުމަށެވެ.

ނިޝާމާ ވިދާޅުވި ގޮތުގައި އޭސީސީން ތަހުގީގެއް ހިންގަނިކޮށް ކަން ހިނގާފައިވާ ގޮތް އޮޅޭ ގޮތަށް ވާހަކަ ދައްކަނީ އެ ތަހުގީގަށް ނުރަނގަޅު ނުފޫޒުތަކެއް ފޯރުވާށެވެ. މައްސަލައިގައި ބިޑް ކޮމިޓީގެ މެމްބަރުންގެ ބައިވެރިވުން އޮތް މިންވަރު އެކަނި ބެލުމުގެ ބަދަލުގައި ހުރިހާ މަރުހަލާތަކެއްގައި އެކަމުގައި ބައިވެރިވި އެންމެން ޝާމިލްކޮށް ފުރިހަމަ ތަހުގީގެއް ހިންގައި ކަމާ ގުޅޭ އިދާރާތަކުން މައުލޫމާތު ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނިޝާމާ ވިދާޅުވީ ބިޑް ކޮމިޓީން އަމަލުކުރި ގޮތް ކަމާ ގުޅޭ އިދާރާތަކަށް ހިއްސާކުރައްވާނެ ކަމަށެވެ. އަދި ތަހުގީގުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އޮޑިޓުގެ ކުރިން ވެސް އެގްޒެކިއުޓާސްއާ މެދު ބޮޑެތި ތުހުމަތުތަކެއް ކުރުމުން ހެލްތު މިނިސްޓްރީން ބުނެފައި ވަނީ އެ ކުންފުނި ހޮވީ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން ކަަމަށެވެ. އެކަމަކު އޮޑިޓުގައި ބުނެފައިވާ ގޮތުގައި އެ ކުންފުނި ހޮވުމުގައި ޑަބްލިއުއެޗްއޯގެ އެއްވެސް ދައުރެއް ނެތް ކަން ލިއުމުން ވަނީ އޮޑިޓަށް މައުލޫމާތު ދީފަ އެވެ. އެހެންކަމުން އެއީ ޑަބްލިއުއެޗްއޯގެ ނަމުގައި ހިންގި ވަރަށް ބޮޑުު މަކަރެއް ކަން އޮޑިޓުގައިވެ އެވެ.

މި ކުންފުނި ހޮވީ، އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެފައިވާ ގޮތުގައި އަމީނާއި ރާއްޖޭގައި ހުންނަވާ ޑަބްލިއުއެޗްއޯގެ ރެޕްރެޒެންޓޭޓިވް ޑރ. މާތުރު މަޝްވަރާކުރެއްވުމަށް ފަހު އެވެ.

ދުބާއީގެ ކުންފުންޏަށް ދޫކުރި އެޑްވާންސް ޕޭމަންޓު އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކުރަން ވެސް އުޅުނު ކަމަށް، އޮޑިޓް އޮފީހުން ބުނެ އެވެ. ނަމަވެސް އެކަން ފިނޭންސް މިނިސްޓްރީން ހުއްޓުވީ އެވެ.

އޮޑިޓް ރިޕޯޓުގައިވާ ކަންކަން ތަހުގީގުކޮށްދޭން ރައީސް އޮފީހުން ވަނީ އޭސީސީގެ އިތުރުން ފުލުސް އޮފީހުގައި ވެސް އެދިފަ އެވެ.

82 ކޮމެންޓް, 76 ރިއެކްޝަންސް

icon happy icon happy 12%
icon sad icon sad 3%
icon angry icon angry 86%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކައްދަ

21 August 2020

މިސަރުކާރުން އެއްވެސް ކަމެއް ބަލާނެ ކަމެއްނެތް. ތި އޭސީސީ ތެރޭގައި ކަނޑައެޅިގެން ހެއްކާއި އެކު ނުފޫޒާއި ނާޖާއިޒުފައިދާ ނެގި އެތައް ކޭސްއެއް އެހެރީ މިހާރު ވެރިކަން ކުރާ ބްރޯއިން ބޭނުންވާ ގޮތަށް ފައިލު ކޮށްފައި ހިރަފުސް އަރުވަން. ނައްތާ ނުލާކަމެއްވެސް ނޭގޭ. ދެން މިވަރުގެ ބަޔަކު ވައްކަން ހުއްޓުވާނެ ގޮތެއް ނޯންނާނެ. ހުރިހާ ސަރުކާރުގެ އޮފީސްތައް އަދިވެސް ކޮރަޕްޓު

The name is already taken The name is available. Register?

ސަރުމީލް

21 August 2020

ކޮރަޕްޝަން ހުއްޓުވަން އައި މީހުން....ކޮރަޕްޗަނުގައި ޖެހިފަ ތިއްބަ މި ފެންނަނީ...ކުރިއަށްވުރެން ގިނައިން ކައިފަ

The name is already taken The name is available. Register?

ބްލަޑް

21 August 2020

ތެދުވެރިކަން ދައްކަން މިހާރު ލަސްވެއްޖެ. ނިކަމެތި ރައްޔިތުން ތިބީ ވަރަށް ދަތި ހާލުގަ. އޭޕްރިލް 15ގަ މާލެ ލޮކްޑައުން ކުރީ ރައްޔިތުން ބިރުގަންނުވާފަ ބޮޑެތި ވައްކަން ކުރަން. ހިތްބަލި ކުދިންގެ ފަރާތުން މިކަންތަށް ފަޅާއަރާ ދުވަސް އަންނާނެ.

The name is already taken The name is available. Register?

Dr Edward Kachab

21 August 2020

ތި ނާޑު ކިޔާ ކުންފުނިން ގެނައި ވެންޓިލޭޓަރު ތަކަކީ ބޭނުން ކޮއްފަ ހުރި އެއްޗެހި. ޢެކުންފުނިން މިހާރު މަސައްކަތް ކުރަނީ ބާކީ ހުރި ވެންޓިލޭޓަރުވެސް ގެންނަން. މިކަމަށް ބޭނުންވާ ހުރިހާ ސަޕޯޓެއް ދެނީ މަޖްލިސް މެމްބަރެއް

The name is already taken The name is available. Register?

މުއާޒު

21 August 2020

ޤާނޫނީ ގޮޅިއަކައް ފިތިބާރވީ ތިޔަ ، ކޮބާ ޒީރޯ ޓޮލަރަންސް ތަހުޤީގު 2028 ގަ ދޯ ނިމޭވަރުވާނީ.

The name is already taken The name is available. Register?

އޮރިޖިނަލް މޮހަނު

21 August 2020

އަސްލު ތިއޮތީ އިންޑިއާ އަޑީގަ އޮވެގެން އަރްވިންދު ލައްވާ މިނިސްޓަރަށް އޮޅުވާލާފަ. އެހިސާބުން ދެން އެދިޔައީ އުސޫލުގެ ތެރޭން އާންމުކޮށް ސަރުކާރުގެ އޮފީސްތަކާ ކުންފުނިތަކުގަ ކަންތައްތައް ހިނގާ ގޮތަށް. މަބުނީތީވެސް ނިކަން ވިސްނާލަބަލަ. ޑަބްލިއު.އެޗް.އޯގެ ސަފީރަކު ލައްވާ އިންޑިއާއިން ކުޅޭ ގޭމް ޕްލޭނެއް.

The name is already taken The name is available. Register?

ހައްވާޅު ގޯތި

20 August 2020

ޑަބްލިއުއެޗްއޯގެ ނަން ބޭނުންކޮށްގެން ވައްކަން ކުރީމައި ރާއްޖޭން ދޭންޖެހޭ ބަދަލުގެ ދައުވާއަށް އޭޖޭ މެދުވެރިވެގެން ކީރިތި ކުރަށްވާވަރަށް ބަދަލުހޯދައިގެން އަދި ބަހާނެ !

The name is already taken The name is available. Register?

ނިމިއްޖެ

20 August 2020

މިހާރު ތިޔަ މައްސަލަ ނިމިއްޖެ. އެކަމަނާ ވިދާޅުވީ ހެޔޮ ނިޔަތުގައި ކަމަށް. އެމްއެމްޕީއާރ އިން ފައިސާ ނެގި މީހުންގެތެރެއިން ހެޔޮނިޔަތުގައި ފައިސާ ނެގި މީހުންގެ މައްޗަށް ދައުވާ ނުކުރާނެ ކަމަށް ޕީޖީ އޮތީ ވިދާޅުވެފައި. މިއޮތީ ޕީޖީގެ ސިޔާސަތު ހާމަކޮށްފައި. ހެޔޮނިޔަތުގައި ކުރާ ކަމަކަށް ޕީޖީ ދައުވާއެއް ނުކުރާނެ. މައްސަލަ މިހާ ހިސާބުން ނިމުނީ ކަމަށް ނިންމީމާ ނިމުނީ.

The name is already taken The name is available. Register?

ތިލަފަޅު މޫސަ

20 August 2020

ދެން ކީރިތު ކުރައްވާ !

The name is already taken The name is available. Register?

ގީސް

20 August 2020

ނަ އޭރުވެސް ހިތައްއެރި އަމީނަށް އިތުބާރުކޮށް ބިޑްކޮމެޓިން ނިންމީކަމަށް. ގިނަ އޮފީސްތަކުގައި އަންހެނުން ވަރަށްމަދުން ކޮރޮޕްޝަންހިންގަނީ. އެގޮތަށް ހުންގާފަހުނަނީ ވެސް ކޮންމެވެސް ނުފޫޒަކުން. އަމީނާ އަރުވިންދުގެ ކުޅިގަނޑެއް.

The name is already taken The name is available. Register?

ބޭސް

21 August 2020

އެކޮޅު ކޮޅުން ނެށިއަސް މީގައި ނެތް އަމީނުގެ މައްސަލައެއް. ކޮންމެ މީހަކަށްވެސް ނަމެއް ހުށަހެޅިދާނެ ބިޑު ކޮމެޓީއަށް. އެއީ އަމީނޭ މުހައްމަދޭ ކާސިމޭވެސް ބުނެވިދާނެ. އެކަމަކު އެއީ ކިހާ ވަރެއްގެ ކުންފުންޏެއްތޯ ބަލައި، އިވެލުއޭޓްކޮށް ޑިއު ޑިލިޖެންސް ހެދުމަކީ ބިޑް ކޮމިޓީގެ މަސްއޫލިއްޔަތެއް. މި ބައި ފުރިހަމަކޮށް ބިޑު ކޮމިޓީއިން ހުށަހަޅާ ފަންނީ ލަފަޔަށް މައްޗަށް ބުރަވެ ބާކީ ތިބި ކަންކަން ތަރުތީބު ކުރެވޭނީ. މިވަރު ނޭނގޭ މީހަކު ބިޑު ކޮމިޓީގައި ހުރުމަކީ މައްސަލައެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454