ޔޫރޯ ސްޓޯރުގެ އޮފީސް ހިންގާ މއ. ޖަވާހިރިއްޔާގޭގެ ގޭޓު ކައިރީގައި ފުލުހަކު މިއަދު ހަރަކާތްތެރިވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
23 އޯގަސްޓް 2020 - 13:23
ޔޫރޯ ސްޓޯރުގެ އޮފީހުގެ ތިޖޫރީ ރޭ ފަޅާލައި، އެ ތަނުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ޗާންދަނީ މަގުން އަސްރަފީ ބުކްޝޮޕް ކުރިމަތީގައި ހުންނަ މއ. ޖަވާހިރިއްޔާގެ ފުރަތަމަ ބުރީގައި ހިންގާ ޔޫރޯ ސްޓޯރުގެ އޮފީހަށް ވަގުން ވަދެ ގިނަ އަދަދެއްގެ ފައިސާ ނެގި މައްސަލައިގެ ރިޕޯޓު ލިބިފައި ވަނީ ހެނދުނު ކަމަށެވެ. ނަމަވެސް ވަގަށް ނެގި ފައިސާގެ އަދަދާއި އެކަމާ ގުޅޭ އެއްވެސް ތަފްސީލެއް ނުދެ އެވެ.
ޔޫރޯ ސްޓޯރުގެ އޮފީސް ހިންގާ މއ. ޖަވާހިރިއްޔާގޭގެ ގޭޓު ކައިރީގައި ފުލުހުން މިއަދު ހަރަކާތްތެރިވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
ލަވާޒާ ކޮފީ އާއި އައިސް ކްރީމް ވިއްކުމަށް މަޝްހޫރު ޔޫރޯ ސްޓޯރުގެ އޮފީހުގެ ދޮރު ހަލާކުކޮށްލައިގެން ބަޔަކު ވަދެ ވައްކަން ކުރި މައްސަލައިގައި އެ އޮފީހުން އަދި ރަސްމީކޮށް ވާހަކައެއް ނުދައްކަ އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން، މާލެ ސަރަހައްދުގައި ކޮންމެ ރެއެއްގެ 10 އިން ފަތިހު 5 އަށް މިހާރު އޮންނަނީ ކާފިއު ހިންގައިފަ އެވެ.
މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ވެސް އެޕޯލޯ ހޯލްޑިންސްގެ އޮފީސް ފަޅާލައި 1.7 މިލިއަން ރުފިޔާގެ ބޮޑު ވައްކަމެއް ކުރި އެވެ. އެކަމަކު އެ މައްސަލައިގެ މައުލޫމާތެއް އަދިވެސް ނުލިބެ އެވެ. ބަޔަކު ހައްޔަރުކުރި ކަމެއް، ތަހުގީގު ގޮސްފައިވާ ހިސާބެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޫސަ123
31 October 2020
ރަތްޔިތުން ވަރަށްބޮޑަށް ސަމާލުވާންވެއްޖެ މިހާރު ޖަލުތައް ފުރިބާރުވެގެން މިވެރީން ވައްދާނެ ތަނެއްނެތް އެހެންވީމާ ފައްޓަރުބައިވެސް ގެއްލިދާނެ ޒުވާނުންގެ ފައިދާ އޭގެ އެންމެ މީރުކޮށް ފޮނިކޮށް މިލިބެނީ.
އެންދެރި
23 August 2020
ކޮވިޑް ގަ ޖަލުން މީހުން ދޫކުރަނީ އެވެ. ވައްކަން ކުރަނީ ތަކުރާރު ކޮށެވެ.
ޒަރީރު
23 August 2020
ތިޔަހަރަ ފެންނަން ފެށީ ލޮކްޑައުންގެ އަސަރު! ކުރިއަށް އޮތްތާ ވެސް ވައްކަން އިތުރު ވާނީ! ލާރި ލިބޭނެ ގޮތް ނެތި ގޮތް ހުސްވީމަ އިންސާނުން ކުށްތަކަށް އަރައިގަންނަކަމީ ހަގީގަތެއް
ކަބީރު
23 August 2020
ރާއްޖޭގަ އަބަދުވެސް ތިޖޫރީ ފަޅަނީ އެއްބައެއް. އެމީހުން އެކަން ކުރޭ އިގުތިސާދު ކޮންމެ ހާލަތެއްގަ އޮތަސް. ދެން ލޮކްޑައުންއޭ ތިކިޔަނީ ލޮކްޑައުން ނެތަސް މިތަނަށް ޓޫރިސްޓުން ނާންނަހާ ހިނދެއްގާ އިގުތިސާދު ރަނގަޅެއް ނުވާނެ!
ޢިބޫ
23 August 2020
ރޭގަނޑު އެންމެން ގެޔަށް ވާއްދާފަ ވަގުންނަ ފުރުސަތުދެނީ ފުލުހުންނެ ބަލަނީކީނޫން. ރައްޔަތުންނަ ހުރިހާ ގެއްލުމެއް.
ިއިބްރާހިމް
23 August 2020
މިސަރުކާރުން ވަނީ ފުލުހުން ސޯޓްލައްވައި ފުލުހުންގެ އަގުވައްޓާލާފައެވެ. މިސަރުކާރު އަބަދުވެސް އޮންނާނީ ކުއްވެރިން ދިފާއުކުރުމުގައެވެ. މިގޮތުން ގޯރައިއްބެ ދޫކޮއްލުމާއި، ހުޅުމާލޭގައި ރޭޕްކުރި މީހުން ދޫކޮށްލުމާއި އެމްޑީއެންއަށް ފިޔަވަޅު ނޭޅުން ހިމެނޭ
ރަދީފްއޮފިޝިއަލް
23 August 2020
ރޭގަނޑު 22:00 ގެ ފަހުން ހުއްދަ ލިބިފައި ތިބޭ ބަޔަކަށް / ފަރާތްތަކަށް ނޫނީ މަގުމައްޗަށް ނުނިކުމެވޭ.މަގުމަތި ޕެޓްރޯލް ކުރާކަމަށް ވެސް ބަޔަކު ވަރަށް ގިނައިން ލައިވް ޓީވީގަ އޮފްވެގެން ތިބެ ބުނޭ.އެހެންވީމަ ފުރަތަމަ ވެސް ސަސްޕެކްޓް ކުރެވެނީ އެއްކަލަ ހުއްދަ ލިބިފަ ތިބޭ މީހުންނަށް.އިފް ޔޫ ނޯ ވަޓް އައި މީން.ހެހެހެހެހެ.ވ.ވެދުން
އިސްތިއުފާ
23 August 2020
ޕޮލިސް ކަމިޝަނަރަށް މާލެ ނުބެލެހެއްޓޭތީވެ ޕޮލިސް ކަމިޝަނަރު މިހާރުން މިހާރަށް އިސްތިއުފާ ދޭންވީއޭ ކަމިޝަނަރު އިސްތިއުފާ ދޭންވީއޭ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ
ވައިސޫރި
23 August 2020
މިކަހަލަ ދުވަސްވަރެއްގާ އެހާގިނައަދަދެއްގެ ފައިސާބެހެއްޓީ ކީއްކުރަން ވަގުންނައް ފުރުސަތެއްހޯދާދިނުމައްތޯ ނުވަތަ ރޭވުމެއްގެތެރޭންތޯވެސް ވިސްނާލަންޖެހޭ މިގޮތައް ނުބެހެއްޓުމައް ތަކުރާރުކޮއް އެތައްފަހަރަކު ޕޮލިހުންވެސް އިލްތިމާސް ކުރި