23 އޯގަސްޓް 2020 - 13:10
މޯލްޑިވިން އައިޑޮލް އިން ވިދައިލި ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމާއި ޝިފާ އިބްރާހިމް މިއަދު ކައިވެނިކޮށްފި އެވެ.
ޝަލަބީ، 23، ކައިވެނިކޮށްފައި ވަނީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދޮޅު އަހަރެއްހާ ދުވަސްވެފައިވާ ޝިފާ، 21، އާ އެވެ. އައްޑޫ ހިތަދު އަށް އުފަން ޝިފާ އަކީ ވެސް މޯލްޑިވިއަން އައިޑޮލްގައި ވާދަކުރި ބައިވެރިއެކެވެ.
ޝަލަބީ އާއި ޝިފާ ކައިވެނިކުރީ ފެމިލީ ކޯޓުން މިއަދު ހެނދުނު ކުރިއަށް ގެންދިޔަ ޒޫމް ވީޑިއޯ ކޮންފަރެންސް ކޯލެއް މެދުވެރިކޮށެވެ. އެ ދެ މީހުންގެ ކައިވެނީގެ ރަނަކީ 1،234.56ރ. އެވެ.
ދިވެހިވަންތަކޮށް ބޭއްވި ކައިވެނީގެ ކުޑަކުޑަ ހަފުލާގައި ބައިވެރިވީ ޝަލަބީ އާއި ޝިފާގެ އާއިލާގެ މީހުންނެވެ.
މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަނުގައި ވާދަކޮށް، ދައްކައިލި ހުނަރާ އެކު ޝަލަބީވެގެން ގޮސްފައި ވަނީ ރާއްޖޭގެ މިއުޒިކް ދާއިރާގައި މިހާރު އެންމެ މަގުބޫލު އެއް ފަންނާށެވެ. އޭނާ އަކީ މިހާރު ފިލްމުތަކަށް ވެސް ލަވައިކިޔައިދޭ، އަދި އަމިއްލަ އަށް ވެސް ލަވަ އާއި މަދަހަ ނެރޭ ފަންނާނެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަކުނިި
24 August 2020
ކައިވެންޏަކީ ކުރަން ފަސޭހަ އެއްޗެއް އެކަމަކު ދަމަހައްޓަން ވަރަށް ބޮޑު ޗެލެންޖެއް... ހާއްސަކޮށް މިފަދަ ސްޓްރެސްފުލް ޒަމާނެއްގަ...
ނޫޅެން
24 August 2020
ހަމައެކަނި އާއިލާއާއި އެކުއެއް ނޫން. މިއީ ރަންކިއުމުގެ ރަސްމިއްޔާތު. ޕާޓީ ބޭއްވީ އިންޑިއަން ތީމްއަށް. ޕާޓީއަށް ދިޔަމީހުން މާސްކްވެސް ނާޅާ އުޅުނީ. މައްޝޫރު މީހުން އިމިއުން ވާނެ ކޮވިޑަށް. އައްޒަވެސް ބޭރަށް ނުދާށޭ ކިޔައިގެން ކުރު ފިލްމު ކުޅެ ސަމާލުކަން ހޯދާފަ މިހާރު ދެއިރު ދެދަޅައަށް އުފަންދުވަހުގެ ޕާޓީ ބާއްވާ، ދެން ހީވަނީ އެހެން ކަމެއްހެން. ދަ ހިޕޮކްރެސީ
ރިހި ރާންބާގަސް
24 August 2020
އުފާވެރި މުސްތޤްބަލަކަށް އެދެން
ޡަރީނަ
24 August 2020
ކޮވިޑް ތެރޭ ޝަލަބީއަށް ޝިފާ ލިބިއްޖެ
ޒަލަބީޒިސާސަޖަހދރހެ89767
24 August 2020
މަހީހީ ހުވާ މިބުނީ މަޖާ ވަރަށް ހެހެހެހެހެހެހެ
ހުސެން
23 August 2020
މަރުހަބާ، ކައިވެނިކުރުމުން ވަރަށް ގިނަކަންކަން ކުރިޔާތަފާތުވާނެ، ޒިންމާތަށްއިތުރުވާނެ، މިކަންކަމަށް ވިސނައިގެން ނަމޫނާދިރިއުޅުމެއް ދަށްކާނެކަމަށް ހީކުރަން، މިހެން މިބުނީ އާންމުކޮށް ފިލްމީދާއިރާގަޔާ ލަވަކިޔުމުގައާ މިކަންކަމުގައި އުޅޭމީހުންގެ ދިރިއުޅުން އޮންނަނީ ވަރަށް ތާކުންތާކުލަށްވާނުލާ،
ނުބަހޭ
24 August 2020
ކަލެޔާ ބެހޭ ކަމެއް ނޫން
ހާމިދު ޝާހިދު
23 August 2020
އުފާވެރި ދިރިއުޅުމަކަށް އެދެން. ބާއްޖެވެރި ދުވަސްތަކަކަށް އެދެން. ދެކުދިން ކުދިން ހޯދައިގެން އަމިއްލެ ފައިމައްޗަށް ތެދުވެ އުފާވެރި ދުވަސްތަކެއް ވޭތުކުރާތަން ދެކެން އެދެން!
ސަންޓެ
23 August 2020
ޝިފާ ހާދަ ފަލަ ވެއްޖޭ. ތަންކޮޅެއް ބަލައިގެން އުޅެބަލަ
ބަންޓެ
24 August 2020
ޝިފާ ފަލަވެފަ ހުރި މިނަށް ޝިފާ ހިތްހަމަޖެހިފަ ހުރިއްޔާ އެހެން މީހުންނާ ބެހޭ ކަމެއްނޫން އޭނަ ފަލަވުމަކީ. ތިއައީ ޑޮކްޓަރަކަށްވީނަމަވެސް އޭނާ ފަލަވެފައިވަނީ އޭނާއަށް ސިއްހީ ގޮތުން ގެއްލުންލިބޭ ވަރަކަށް ނޫންނަމަ ފަލަވުމާ ނުބެހެވޭނެ. ޝިފާގެ ފަލަކަން ޝަލަބީއަށް ކިރިޔާވެސް މައްސަލައަކަށްވާންވީ. އެހެން މީހުން އެދޭ ގޮތަށް ހިކިފަ ހުންނާކަށް ޝިފާއަށް ނުޖެހޭނެ.
ކިޔު5
23 August 2020
މަރުހަބާ ދެ ކުދިންނަށް! ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބޭތޯ އެކުވެރިކަމާއި ލޯތްބާއި އިހުތިރާމާއެކީ މަސައްކަތް ކުރާތި! މިދުނިޔެއަކީ ވަގުތީ ތަނެއް! ދާއިމީ ހަޔާތް އޮތް ދުވަހުގެ މަތިން ހަނދާން ނައްތާނުލާތި!
ޙުސޭނާ
23 August 2020
މާރިތިވީ މަ ޖޭވީ ދޯ. ދެކުދިންނަށް ބާއްޖަވެރި ދިރި އުޅުމެއް
ދުންދަނޑި
23 August 2020
ހޫނނނ، އަދި މަ ފުރަތަމަ ހީކުރީ މޭޔަރަކަށް އެއުޅޭ ޝިިފާކަމަށޭ.
ހުސެެން
23 August 2020
މަވެސް ހީކުރީ ސިޓީ ކައުންސިލް ގަ އެއުޅޭ ޝިފާ ކަމައް..
ތިންދަނޑި
23 August 2020
ފޮޓޯވެސް ނުބަލާދޯ ކޮމެންޓްކުރަނީ
ވަވާ
23 August 2020
އައްޑޫ ބިއުޓީ ޝިފާ!
ވިވި
23 August 2020
ދަ ޑިސްލައިކްސް ފުރޮމް ޖެލަސް ނޯރތްސް ހހހހހހ
ވިވިގރ މަންމަ
23 August 2020
ވިވި، ތިހާ ކޫސަނި ކުޑަކުދިންހެން ނޫޅޭށޭ! ދެމަފިރިންނަށް މަރުހަބާ!