ޚަބަރު / ވެންޓިލޭޓަރުތައް ގެނައުމުގެ މައްސަލަގަނޑު

ވެންޓިލޭޓަރުތައް 30 ގައި ނުލިބުނު، ބުނަނީ ފޮނުވަން ހަވާލުކޮށްފައިވާ ކަމަށް!

މާލިއްޔަތު ކޮމިޓީގައި ހެލްތު މިނިސްޓަރާއި ބިޑް ކޮމިޓީގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/މިހާރު

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި ވެންޓިލޭޓަރުތައް އިއްޔެ ލިބޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ހެލްތު މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބުނެފައިވީ ނަމަވެސް އެ ތަކެތި އަދި ރާއްޖެ ނުފޮނުވަ އެވެ.

ބޭންކް ގެރެންޓީއަކާ ނުލައި 30 މިލިއަން ރުފިޔާ އެޑްވާންސަށް ދޫކުރި ކުންފުންޏާ އެކު އެއްބަސްވީ 10 ޕޯޓަބަލް އަދި 65 އައިސީޔޫ ވެންޓިލޭޓަރު ހޯދާށެވެ. އެ ކުންފުންޏާ އެކު އެޕްރީލް 2ގައި ސޮއިކުރިކަމަށް އޮތް އެއްބަސްވުމުގައިވާ ގޮތުން ނަމަ 29 ދުވަހުގެ ތެރޭގައި އެ ތަކެތި ހުންނަން ޖެހޭނީ ރާއްޖޭގަ އެވެ.

އެކަމަކު އެއްބަސްވި މުއްދަތު ހަމަވި ފަހުން އެ ކުންފުނިން ރާއްޖެ ފޮނުވީ ހެލްތު މިނިސްޓްރީން ދިން ސްޕެސިކިފިކޭޝަނަށް ނުފެތޭ އަދި ކޮވިޑް-19ގެ ފަރުވާއަށް ބޭނުންވެސް ނުކުރެވޭ 10 ވެންޓިލޭޓަރެވެ. އެ ތަކެއްޗާ ހަވާލުވާން ހެލްތުން ވަނީ ދެކޮޅު ހަދައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވެފައި ވަނީ ވެންޓިލޭޓަރުތައް އޮގަސްޓް 30 ގައި ރާއްޖެ ފޮނުވާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ލިއުމުން ދީފައިވާ ކަމަށެވެ. އެ އީމެއިލްތައް ހުރި ކަމުގެ ޔަގީންކަން އޭނާ ކޮމިޓީގެ މެމްބަރުންނަށް ވެސް ދެއްވި އެވެ.

އެގްޒެކިއުޓާސް އިން ދިން ޔަގީންކަމާ އެއްގޮތަށް ވެންޓިލޭޓަރުތައް ރާއްޖެ ލިބިފައިވޭތޯ "މިހާރު"ން ސުވާލުކުރުމުން ތަސްލީމާ މިއަދު ވިދާޅުވީ 10 ވެންޓިލޭޓަރު ރާއްޖެ ފޮނުވަން ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވާ ކަމަށެވެ. ވަކި ތާރީޚެއް ވިދާޅުވާން އެނގިވަޑައިނުގެންނެވި ނަމަވެސް އޭނާ އުއްމީދުކުރައްވަނީ އެ ތަކެތި މިއަދު ނޫނީ މާދަމާ ވެސް ލިބިދާނެ ކަމަށެވެ.

"އަޅުގަނޑުމެން ރިޖެކްޓްކުރި 10 ވެންޓިލޭޓަރުގެ ބަދަލުގައި، ސްޕެސިފިކޭޝަނަށް ފެތޭ 10 މޮބައިލް ވެންޓިލޭޓަރު ފްރައިޓްކުރަން ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް އެބަ ޔަގީންކަން ދޭ. އީމެއިލްތައް އެބަހުރި،" ތަސްލީމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ހެލްތު މިނިސްޓްރީން ފޮނުވި ސްޕެސިފިކޭޝަނާ އެއްގޮތަށް އެ ކުންފުނިން ފޮނުވި ފޮޓޯ އާއި މައުލޫމާތުތަކާ ދިމާނުވާ ވެންޓިލޭޓަރުތަކަކަށް ވާ ނަމަ ދެން ވެސް އެއާ ހަވާލުނުވާނެ ކަން ލިއުމުން އޮންނާނީ އަންގައިފަ އެވެ.

ވެންޓިލޭޓަރުތައް ގެނައުމުގެ މުއާމަލާތާ ތަސްލީމާ ހަވާލުވެވަޑައިގަތީ އެ ތަކެތި ހޯދަން ތިން ކުންފުންޏަކާ ހަވާލުކުރުމުގައި މާލިއްޔަތު ގަވާއިދާ ޚިލާފަށް ހިންގާފައިވާ ކަންކަން ތަހުގީގުކުރަން ލަފާ ދެއްވައި އޮޑިޓަ ޖެނެރަލް ނެރުއްވި ރިޕޯޓާ ގުޅިގެން ހެލްތު މިނިސްޓްރީގެ ފައިނޭންޝަލް ކޮންޓްރޯލަރު އަހްމަދު އަސްލަމާއި ބިޑް ކޮމިޓީ ސަސްޕެންޑްކުރުމުންނެވެ. ކުރިން އެ މުއާމަލާތް ހިންގެވީ އަސްލަމެވެ.

އެގްޒެކިއުޓާސް އިން ރާއްޖެ ފޮނުވަން ޖެހޭ 65 އައިސީޔޫ ވެންޓިލޭޓަރު ލިބޭނެ ތާރީޚަކީ ކޮބައިތޯ އެހުމުން ތަސްލީމާ ވިދާޅުވީ ވަކި މުއްދަތެއް އެ ކުންފުނިން އަދި ނުދޭ ކަމަށެވެ. އެއްބަސްވި މުއްދަތަށް ވުރެން ގިނަ ދުވަސް ހޭދަވެފައިވާ ކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ އެ ވެންޓިލޭޓަރުތަކާ ގުޅޭ ގޮތުން ވެސް މިހާރު ވަނީ ވާހަކަ ދައްކަން ފަަށާފައި ކަމަށެވެ.

"ކޮމިއުނިކޭޓް އެބަ ކުރެވޭ ބަރާބަރަށް، އަޅުގަނޑު ފޮނުވާ އީމެއިލްތަކަށް ޖަވާބު ވެސް އެބަދޭ. ޖަވާބު ލަސްވެފައެއް ވެސް ނެތް. ބާކީ މިކޮޅަށް ލިބެން ޖެހޭ ވެންޓިލޭޓާސްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަން ފަށައިފިން،" އޭނާ ވިދާޅުވި އެވެ.

ތަސްލީމާ ވިދާޅުވި ގޮތުގައި ދުބާއީ ކުންފުނިން ހެލްތު މިނިސްޓްރީއާ އެކު މުއާމަލާތްކުރުން ހުއްޓާލާފައި ނުވާތީ ބާކީ ހުރި ވެންޓިލޭޓަރުތައް ނުލިބޭނެ ކަމަށް އަދި ނުނިންމޭނެ އެވެ. އެކަމަކު ނުފޮނުވައިފި ނަމަ ދެން އަޅަން ޖެހޭ ފިޔަވަޅުތަކާއި ލަސްވެއްޖެ ނަމަ އުނިވާނެ ފައިސާގެ ވާހަކަ ވެސް އެއްބަސްވުމުގައި ހިމެނޭ ކަން އޭނާ ފާހަގަކުރެއްވި އެވެ.

ދުބާއީ ކުންފުނިން ވެންޓިލޭޓަރު ފޮނުވުން ލަސްވެ ބަހަނާތައް ގިނަވެފައިވާ އިރު، ޕްރޮޖެކްޓް ހަވާލުކުރުމުގެ ކުރިން އެ ކުންފުނިން އޮތީ ޝިފްކުރެވޭ ހާލަތުގައި ގުދަނުގައި ވެންޓިލޭޓަރުތައް ހުރި ކަމަށް ހެލްތު މިނިސްޓްރީގައި ބުނެފަ އެވެ.

ހެލްތު މިނިސްޓްރީއާ ހަވާލާދީ، އޮޑިޓް ރިޕޯޓުގައިވާ ގޮތުގައި ޕްރޮޖެކްޓުގެ 90 ޕަސެންޓަށް ވާ ފައިސާ އެޑްވާންސްކޮށް އެގްޒެކިއުޓާސްއަށް ދޫކުރީ އެޑްވާންސް ޕޭމަންޓް ގެރެންޓީ ހޯދަން ވަގުތު ނަގާނެތީ އާއި ވެންޓިލޭޓަރުތައް ވަކި މުއްދަތެއްގެ ތެރޭގައި ރިޒާވްނުކޮށްފި ނަމަ އެ ނުލިބޭނެތީ އެވެ. ވެއާހައުސް ޗާޖުގެ ގޮތުގައި ކޮންމެ ދުވަހަކު 25،000 ޑޮލަރު އެގްޒެކިއުޓާސް އިން ދައްކަން ޖެހޭ ކަމަށް އެ ކުންފުނިން ބުނި ކަމަށް ވެސް އޮޑިޓުގައިވެ އެވެ.

ވެންޓިލޭޓަރު ފަދަ މެޝިންތަކަކީ އެގޮތަށް ގުދަންތަކުގައި ދިގު މުއްދަތަކަށް ސްޓޮކްކޮށްފައި ބަހައްޓާ ތަކެތި ނޫން ކަމަށް ވާތީ އެގްޒެކިއުޓާސް އިން އެހެން ބުންޏަސް އެންމެ ކުޑަމިނުން ގުދަނުގައި އެތަކެތި ހުރިތޯ ކަށަވަރުނުކޮށް ހެލްތުން ފައިސާ ދީފައިވާތީ އޮޑިޓުގައި ވަނީ ސުވާލު އުފައްދައިފަ އެވެ.

ވެންޓިލޭޓަރު ހޯދުމުގައި ގޯސްތަކެއް ހިނގާފައިވާ ކަމަށް އޮޑިޓުގައި ތުހުމަތު ކުރުމުން އޭސީސީ އާއި ފުލުހުން ގުޅިގެން އަންނަނީ ތަހުގީގެއް ހިންގަމުންނެވެ. މި ތަހުގީގު ހިނގަނިކޮށް، އަމިއްލަ އަށް މަސްއޫލިއްޔަތުން އެކަހަރިވެވަޑައިގެން ހުންނެވި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ސަސްޕެންޑްކޮށްފައިވާ ހެލްތު މިނިސްޓްރީގެ ފައިނޭންޝަލް ކޮންޓްރޯލަރާއި ބިޑް ކޮމިޓީ މާލިއްޔަތު ކޮމިޓީ އަށް ހާޒިރުކުރުމުން އެ ބޭފުޅުން ވިދާޅުވީ ގަވާއިދާއި ގާނޫނާ ޚިލާފަށް ނާޖާއިޒު އެއްވެސް މަންފާއެއް ހޯދައިދިނުމުގެ އަމަލެއް ހިންގާފައި ނޯންނާނެ ކަމަށެވެ. ތިން ކުންފުންޏާ އެކު އެއްބަސްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެއްވި ހުއްދައާ އެއްގޮތަށް، ކޮވިޑް-19ގެ މަސައްކަތުގައި ހިމެނުނު ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް އެނގިގެން ކަމަށެވެ.

އެކަމަކު ފިނޭންސް މިނިސްޓަރު ކޮމިޓީގައި ވިދާޅުވެފައި ވަނީ ބޭންކް ގެރެންޓީއަކާ ނުލައި އެގްޒެކިއުޓާސް އަށް އެޑްވާންސް ފައިސާ ދޫކުރުން ފަދަ މާލިއްޔަތު ގަވާއިދާ ޚިލާފަށް އެއްވެސް ކަމެއް ކުރަން ހުއްދަ ދެއްވައިފައެއް ނޯންނާނެ އެވެ. އެގްޒެކިއުޓާސް އިން ވެންޓިލޭޓަރުތައް ފޯރުކޮށްނުދީފި ނަމަ، ކޯޓަށް މައްސަލަ ހުށަހަޅައިގެން ފައިސާ އަނބުރާ ހޯއްދަވާނެ ކަމަށް ވެސް އަމީރު ވަނީ ވިދާޅުވެފަ އެވެ.

57 ކޮމެންޓް, 54 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 7%
icon angry icon angry 80%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކުމުންދޫއަލީ

01 September 2020

މާއްލިޔަތު ގާނޫނު އިސްލާހު ކުރަން ގޮވާލަން. ބިޑު ކޮއްގެން އެންމެ އަގުހެޔޮ ފަރާތާ ހަވާލުކުރުމުގެ ހިތި ނަތީޖާ ތިޔަ ފެންނަނީ...އެންމެ ގާބިލު ފަރާތަކީ އެސްޓިއޯ ކަން އެނގިހުރެމެ އެއްކަލަ މުސްކުޅި ގާނޫނުގެ ދަށުން އެސްޓިއޯ ފެއިލް ކުރީ...

The name is already taken The name is available. Register?

ެއެދުވަސް..

01 September 2020

“ކޮރޯނާވައިރަހާ އެކު އެމެރިކާ އަށް ކުރިމަތިވެފައިވާ، މެޑިކަލް ސާމާނުގެ ދަތިކަމަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން އެ ގައުމުގެ ކާރު ކުންފުނި ފޯޑް މޮޓޯ އިން މެޑިކަލް ސާމާނު އުފައްދަން ނިންމައިފި އެވެ. ކޮރޯނާވައިރަސް އެމެރިކާގައި ވަރަށް ބާރަށް ފެތުރެމުންދާއިރު އިރު، އެ ގައުމުގެ ޑޮކްޓަރުން ދަނީ މެޑިކަލް ސާމާނުގެ ދަތިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބައެއް ޑޮކްޓަރުން ވިދާޅުވެފައި ވަނީ އެމެރިކާ އޮތީ ތިން ވަނަ ދުނިޔޭގެ ގައުމުތަކަށް ވުރެ ވެސް ފަހަތުގައި ކަމަށެވެ.”-26 މާރިޗު 2020

The name is already taken The name is available. Register?

ލިރުގާމުސައީދު

01 September 2020

އަލީބާބާ އަށް ސޯސްކޮށްގެން އުޅޭނީ ، އޖ ޒިޔަތު ބައްލަވާ އަދި، އަލީ ބާބާގަ ވެސް ޑުބާއީބޭސްޑް ކުންފުނި އުޅޭ،

The name is already taken The name is available. Register?

75 ވެންޓިލޭޓަރު

01 September 2020

ސްޕެސިފިކޭޝަނަށް ފެތޭ 75 ވެންޓިލޭޓަރު ލިބޭނީ ކޮވިޑް19 ކޮޏްޓްރޯލް ކުރެވި، ވެކްސިން ހޯދާ ބޭނުންކުރުމަށް ފަހުކަމަށް ވެސް ވެދާނެެ. އަދި ލިބޭންވާ ދުވަސް ފާއިތުވެ، ދެން ލިބޭނެ ދުވަހެއް ނުބުނާތީ، ދުވަހަކުވެސް ނުލިބޭކަމަކަށް ނުވާނެޔޯ. މިއީ ދިޔޯގެ ވާހަކަހާ ދިގު ވާހަކައެކެވެ. ލިބުނު ދުވަހަކުން، އެއެއްޗެހި ބަހައްޓަން ސިއްޚީ ދައުރުލް އާސާރެއް ހެދުމަށް ކޮންޓްރެކްޓެއް ފަށަން އިއުލާން ކުރަން ވިސްނަންވީއެވެ.

The name is already taken The name is available. Register?

ގައުމީ ލޯބީގާ

01 September 2020

ބޭރު މީހުން ކޮންޓްރެކްޓް އުސޫލުން މަސައްކަތާހަވާކުވެ މިލިޔަން މިލިޔަނުން ފައިސާނަގައިގެން ތިބެ ހަދަނީ އެބަޔަކު ބޭނުން ގޮތެއް . ލޮނު މަޑު ވެރިކަ މެއްގަ . ހަދާނެ އެއްޗެއް ހަދާލާ ވާހަކައިން ހަ މަޖައްސަނީ ހުރިހާގެއްލު މެއް މިދިވެހި ފަސްގަޑަށް .

The name is already taken The name is available. Register?

ދުރުވިސްނުން

31 August 2020

ހަގީގަތުގައި އެއްވެސް ކަމެއް ނުވާ ކަމެއް މިހާ ބޮޑު ކޮށްލީމަ ހެލްތު މިނިސްޓްރީގެ އަގެއް ނޫން ވެއްޓެނީ، މުޅި ރާއްޖޭގެ އަގުވެސް ވެއްޓޭ. ބޭރުގައި އިންވެސްޓް ކުރަން ތިބޭ ފަރާތްތަށް ބިރު ގަންނާނެ ނޫންތޯ މިހާ ކުޑަ ކަމެއްގައި މިވަރު ކޮށްލީމަ. އަދި ޑަބްލިއުއެޗްއޯވެސް ފަޟީހަތް ކޮށް. ކުރީ ދުވަހު ފިނޭންސް މިނިސްޓަރު ބުނީ އެތަނުގެ އަގު ވެއްޓީމަ އެމީހުންނަށް ބޭރުން ލޯނު ހޯދަން އުނދަގޫ ވާހަކަ. ބާގީ ގޮވާ ފުލުހުންގެ އަގު ވައްޓާލީމަ މިއަދު އެ އިތުބާރު ހޯދަންވެސް ދަތިވެގެން އެއުޅެނީ.

The name is already taken The name is available. Register?

ވަހީދު

31 August 2020

ނަޝީދަށް ހީވާނީ ދެން ތިބި މީހުންވެސް ކޮންޓްރެކްޓް ހެދީ އޭނާ ޖީއެމްއާރްއާ އެކީ ކޮންޓްރެކްޓް ހެދި ގޮތަށް ކަމަށްތާ. އެކަމަކު މިހާރު މި މައްސަލައިގެ ގޮހޮރަށް ފުންމާލެވުނު އިރުވެސް އެއްވެސް ކަމެއް ނުފެނުނު. ދެންވެސް ރައްޔިތުން އޮޅުވަން މަސައްކަތް ކުރިން ހުއްޓާލަން ވެެއްޖެ އެއްނު.

The name is already taken The name is available. Register?

ގައިދުރު

31 August 2020

ތި ހަމަ ނަޝީދު ހެލްތު މިނިސްޓަރު ބޮލުގައި ކޮންމެވެސް ވަގު ބަދުނާމެެއް އަޅުވަން ކުޅުނު ޑްރާމާއެއް. އެހެން އުޅެނިކޮށް އެނގުނީ އެޓަރނީ ޖެނަރަލް ލަފާ ދީފައި އޮތް ކަމާއި އަދި އޮޑިޓަރު ބުނާ ގޮތުން ފިނޭންސުން ފައިސާ ދައްކާފައިވަނީ ވެސް ރަނގަޅަށްކަން. އެހެންވެ އޭނާ މިހާރު ފުރައިގެން އިނގިރޭސިވިލާތަށް ގޮއްސި. ދެން އޮތީ އިމްތިޔާޒު ކޮމިޓީއަށް އަމީން ގެންދިއުން. ފުރައިގެން ދިޔައީވެސް ހާޒިރު ނުކުރަނީސް ހުކުމްވެސް ކޮށްފައި. ރައްޔިތުން ފިސާރި ކެރިގެން ހޭލާ ތިބޭތި.

The name is already taken The name is available. Register?

ފިން

31 August 2020

1 މަސްދުވަސްތެރޭ ލިބެންޖެހޭ އެއްޗެއް 3 މަސްހަމަވާއިރު ނުލިބުމުންވެސް އެކަމުގެ ހުރިހާ ކަމެއް ދިއައީ އެންމެ ރަގަޅަށްކަން ދައްކަން މިތާ ކޮމެންޓްކުރާ ބަޔަކާހެދި ހައިރާންވޭ ހަމަ. 8000އަށް ޕޮޒިޓިވް އަރަންދާއިރު ބަޔަކު ހީކުރި ގޮތާ ގާތަށްވެސް މީހުން ވެންޓިލޭޓަރަށް ލާންނުޖެހުނުކަން އެއީ ދިވެހިންގެ ނަސީބު. އެނޫން މަންޒަރެއް ފެނުނުނަމަ ކިހިނެތްބާވީހީ ވަގުތަށް ތިޔަ ތަކެތި ނުލިބިގެން؟

The name is already taken The name is available. Register?

ބޮޑުތަކުރު

01 September 2020

ވެންޓިލޭޓަރަށް ގިނަބަޔަކު ލާންނުޖެހުން އެއީ "ނަސީބު"

The name is already taken The name is available. Register?

ގޭ ވަޅުގައި އަދިވެސް..

01 September 2020

އެހެންވަ މަ ބުނީ ބައެއް މީހުންނަށް ހީވެގެން މި އުޅެނީ ސިންދިތާއަށް ޖަަހައިގެން އުޅޭ އޯޑަރެކޭ މިއީ. 31 މާރިޗު 2020 ވަނަ ދުވަހު 5 ގައުމަކުން އެމެރިކާއަށް ތުހުމަތު ކުރި އެ ގައުމުތަކަށް ވެންޓިލޭޓަރުތައް ގެންދިޔަ ފްލައިޓްތައް އެމެރިކާއަށް ޑައިވާރޓްކޮށް ވެންޓިލޭޓަރުތައް ނަގާފައިވާކަމަށް. ދުނިޔެ އެ ދުވަހު އޮތް ހާލަތެއް ނުވިސްނޭ ގިނަ މީހުން ދައްކާނީ ތި ފަދަ ގަމާރު ވާހަކަ.

The name is already taken The name is available. Register?

ގޭވަޅުގަވެސް ފޯނުއޮވޭމިހާރު

01 September 2020

ނާގާބިލްކަމުގެ އިންތިހާ ފެންނަނީ ވެންޓިލޭޓަަރުތައް ގެންނަން އުޅުނު ހުރިހާ ކަމެއްގަވެސް. ވަޅުގަ ތިބެ މިހާރު މުޅި ދުނިޔޭގެ ސިސްޓަމްތައް ހެކްކޮށް އުޅެވޭ އަތުގަ އޮންނަ ކުޑަ އެއްޗެއްގަ އިންޓަނެޓް އޮންނާތީ. ވަޅުގަ އޮވެ ބަލާ އެއްޗެހި ކިޔޭ އެއްޗެހި ގިނަވެ އެނގޭވަރު ބޮޑުވާނެ މިހާރު ވަޅުން ބޭރުގަ ތިމާގެ މޮޅުކަން ދައްކަން އުޅޭ މީހުންނަށްވުރެ.

The name is already taken The name is available. Register?

މިއީވާގޮތަކީ

31 August 2020

ތި ހަމަ ބޮޑު ކޮށްލައިގެން އުޅޭ ޖަމަލު ފޮޑިއެއް. މާދަމާވެސް ވެންޓިލޭޓަރުތައް ލިބުނީމަ ކިހާ ޅެން ފަރިއްސައްވެ ނިމޭނެ.. އެޓަރނީ ޖެނަރަލް ލަފާ ދީގެން، ފިނޭންސުން ފައިސާ ދައްކަދީގެން ކުރިއަށް ގެންދިޔަ ކަމެއްގައި ހަމަ އެކަނި ވަކި މުއައްސަސާއަކާ ތި ހިފަނީ ސިޔާސީ ބޮނޑިބަތްގަނޑެއް ކައްކަން.. އެހެން އެއްވެސް ކަމެއް ނެތް..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454