ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމް (ކ) އާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް.-- ފޮޓޯ: ބައްސާމް/ޓްވިޓާ
03 ސެޕްޓެމްބަރ 2020 - 19:08
ފީފާ އާއި އޭއެފްސީން ވެސް ބަލައިގަނެފައިވާ އެފްއޭއެމްގެ އިންތިހާބު ރާއްޖޭގެ ކޮމިޝަނާ އޮފް ސްޕޯޓްސް އިން ވެސް ބަލައިގަނެފި އެވެ.
މިދިޔަ ޖުލައި މަހު ދެ ވަނަ ދުވަހު އެފްއޭއެމްގެ އިންތިހާބު ބޭއްވީ ކުޅިވަރު ގާނޫނާއި އެފްއޭއެމްގެ އަސާސީ ގަވާއިދުގެ ވެސް ވަކި މާއްދާތަކަކާ ހިލާފަށް ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ވަނީ އެ އިންތިހާބުގެ ސައްހަކަމާ މެދު ސުވާލު އުފައްދައިފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން އެފްއޭއެމާ ގުޅޭ މައްސަލައެއް ބަލަމުންދާތީ އެ އެސޯސިއޭޝަނުގެ އިންތިހާބު ފަސްކުރަން ސްޕޯޓްސް މިނިސްޓްރީ މެދުވެރިކޮށް އެދުނު ނަމަވެސް އެފްއޭއެމުން ވަނީ ފީފާ އާއި އޭއެފްސީގެ އެންގުމާ އެއްގޮތަށް ބާއްވަން ކަނޑައެޅި ތާރީހުގައި އިންތިހާބު ބާއްވައިފަ އެވެ.
ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް، މިދިޔަ މަހު 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރެވުނު ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރެއްގެ ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވީ އަމިއްލަ ހައިސިއްޔަތުން އެފްއޭއެމްގެ އިންތިހާބު ބަލައިގަންނަ ކަމަށާއި ވަރަށް އަވަހަށް ކޮމިޝަނާ އޮފް ސްޕޯޓްސް އިން ވެސް އިންތިހާބު ބަލައިގަންނާނެ ކަމަށެވެ. އަދި އެފްއޭއެމްގެ އިންތިހާބު ފަސްކުރަން މަޖިލީހުގެ އެދުމާ އެއްގޮތަށް ސިޓީއެއް ފޮނުވި ކަަމަށާއި އެކަމަކު އެއީ ވެސް ހަގީގަތުގައި ކުރެވޭނެ ކަމެއްގެ ގޮތުގައި ގަބޫލުނުކުރާކަމަށް ވިދާޅުވި އެވެ.
ދެ ވަނަ ދައުރަަކަށް އެފްއޭއެމްގެ ރައީސަކަށް ހޮވި ވަޑައިގަތް މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އާ ހިންގާ ކޮމިޓީ ސްޕޯޓްސް ކޮމިޝަނަރު މިއަދު ވަނީ ރަޖިސްޓްރީ ކޮށްދީފަ އެވެ. އެކަން ފާހަގަކުރައްވައި އެފްއޭއެމްގެ ރައީސް ބައްސާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ތިން ވަނަ ފަރާތެއްގެ ނުފޫޒު އެފްއޭއެމަށް ވަނަނުދީ އެފްއޭއެމްގެ އަސާސީ ގަވާއިދާ އެއްގޮތަށް ކަންތައްތައް ގެންދިއުމަށް މަގުފަހިކޮށްދިނީ މިނިސްޓަރު މަހުލޫފާއި ކޮމިޝަނާ އޮފް ސްޕޯޓްސް، ހީނާ އަހުމަދު ސަލީމްގެ މަސައްކަތުންކަމަށެވެ.
Received the registration of the elected Exco of FAM.
— Bassam Adeel Jaleel (@bassam_jaleeI) September 3, 2020
A remarkable day as this shows both Min @AhmedMahloof & CoS @Heenasaleem allowing FAM to work independently without any 3rd party interference as long as statutes are followed.
Thanking both for their leadership & support 🙏🏽 pic.twitter.com/42cSVcrm3R
ބައްސާމް ކުރެއްވި ޓްވީޓް.
"އެ ދެ ފަރާތުގެ (މިނިސްޓަރު މަހުލޫފާއި ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމް) ލީޑަޝިޕަށް ޝުކުރު އަދާކުރަން،" ބައްސާމް ވިދާޅުވި އެވެ.
އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް ހުށަހެޅުއްވި ގަރާރެއްގެ މައްސަލަ އިޖްތިމާއީ ކޮމިޓީން ދިރާސާކުރުމުގެ ގޮތުން ޖުލައި މަހު ހަތް ވަނަ ދުވަހު ބޭއްވުނު އިޖްތިމާއީ ކޮމިޓީ ބައްދަލުވުމަށް މިނިސްޓަރު މަހުލޫފާއި ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމް ވަނީ ހާޒިރުވެފަ އެވެ. މިނިސްޓަރާއި ސްޕޯޓްސް ކޮމިޝަނަރު އެ ދުވަހު ކޮމިޓީގައި ވެސް ވިދާޅުވީ އެފްއޭއެމްގެ އިންތިހާބާ ގުޅޭ މައްސަލައެއް މެމްބަރު ކްލަބަކުން ހުށަހަޅާފައިނުވާ ކަމަށެވެ. އަދި މިދިޔަ މަހު 24 ވަނަ ދުވަހު މިނިސްޓަރު މަހުލޫފް މަޖިލީހުގައި އެ ވާހަކަ ތަކުރާރުކުރައްވައި ވިދާޅުވީ އެފްއޭއެމްގެ ލީޑަޝިޕް ބަދަލުކުރުމުގެ ބާރު އަބަދުވެސް އޮންނާނީ މެމްބަރު ކްލަބްތަކުގެ އަތުގައިކަން ސާފުކޮށް ފެންނަން އޮތް ކަމަށެވެ.
އަލަށް އިންތިހާބުވި އެފްއޭއެމްގެ ލީޑަޝިޕްގައި ހިމެނިވަޑައިގަންނަވަނީ ސީނިއާ ނައިބް ރައީސްގެ މަގާމަށް ކުރީގެ ސްޕޯޓްސް ކޮމިޝަނަރު އަދި ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަލީ އުމަރެވެ. ނައިބް ރައީސަކަށް ހޮވުނީ އެންމެ ފަހުގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރު އަދި މާޒިޔާގެ ސީ.އީ.އޯ ހުސެއިން ޝާފިއު (ކޮއްކީ) އެވެ. އެގްޒެކެޓިވް ކޮމިޓީގެ އާއްމު މެމްބަރުންގެ މަގާމްތަކަށް ހޮވުނީ މިހާރުގެ ސީނިއާ ނައިބް ރައީސް އަހުމަދު ޝަކީބް (ޑޮކް) އާއި ކުރީގެ ސްޕޯޓްސް ކޮމިޝަނަރު އަހުމަދު ނަޝީދު (ޑޭވް) އާއި އެންމެ ފަހުގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރު އަދި އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ މުފާވިޒް ހާޝިމް (މުފާ) އާއި ގްރީންސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލާއި އެފްއޭއެމްގެ ސީނިއާ މުވައްޒަފެއް ކަމަށްވާ އައިމިނަތު ޝާނީޒް (ޝާނީ) އާއި މުހައްމަދު ޝިފާއު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެހި ފުޓުބޯޅަ
04 September 2020
ދިވެހިރާއްޖޭގެ ޤާނޫނު ތަކާއި އެފްއޭއެމް ގެ ހިންގާ ޤަވާޢިދާ ޚިލާފަށް ބޭއްވުނު ޢިންތިޚާބު ޞައްޚަ ކަމަށް ބަލައިގަތުމަކީ ސްޕޯރޓްސް ކޮމިޝަނަރ ގެނުކުޅެދުން ތެރިކަން. ޤާނޫނަކީ ބޯލަނބަން ޖެހޭ އެއްޗެއް ނޫން ކަން މިހާމަކޮށްދިނީ ހީނާ އަހްމަދު ސަލީމް
ސަރުކާނު
04 September 2020
ކޮއްކޯ ބައިނަލް އަޤްވާމީ ޖަމިއްޔާތަކުގައި ބައިވެރިވާއިރު އެ ޖަމިއްޔާތަކުގެ ޤަވާއިދުތަކަށް ބޯލަބަންޖެހޭނެކަމަސް އޮންނާނެ ސޮއިކޮށްފަ. އެފަދަ ޖަމިއްޔާތަކުގަ ބައިވެރިވާއިރު ހަމައެކަނި ނުކުރވޭނެކަމަސް އޮންނާނީ އިސްލާމްދީނުގެ ޙުކުމްތަކާ އުސޫލްތަކާ ޚިލާފް ވާ ކަނތައްތަކުގަ ރާއްޖެއިން ސޮއިނުކުރާނެކަމަށް ލިޔެ ސޮއިކޮށްފަ. އެހެންވީމަ ފީފާ ފަދަ ޖަމިއްޔާތަކުގެ ޤަވާއިދަށް ބޯ ނުލަނބަންޏާ ވަކިވޭ. އެމީހުންނާންނާނެ މާތްކަލާކޮ ކަލޭމެން ބައިވެރިވާށޭ ކިޔާފައެއް.
މޯޑް
04 September 2020
މިސަރުކާރުގަ އިދިކޮޅޭމެން ބޭނުން އެއްޗެކޭ މިހަދަނި. 65 ފެއިލް ވެއްޖެ
ސަންދަން
03 September 2020
އެފްއޭގެ ރައީސަކީ "ބުރޯ"އެއްހާ ބާރުގަދަ މީހެއް.
ޢރތ2
03 September 2020
ކުޅިވަރު ސިޔާސީ ކޮށްގެން އުޅޭ ބައިގަނޑު ދެން ދުވޭ ކޯޓަށް.
ދޫނި
03 September 2020
ބަންސާމްގެ ފަފަޓުން ތަކެއްވިންޔާ ސުފޯޓްސް ގެ ދާއިރާ ތަކުގަ ތިބީ. ބަލައި ނުގަނެ ކީންކުރާނި
މޯޑް
03 September 2020
އާޒިމް ސައިޒް ކުރީ ދޯ މި.
އަފްޣާނިސްތާނުގެހާމިދުކަރުޒާއީ
03 September 2020
ތިޔަހުރިހާއެންމެން ބަލައިގަތަސް މަޖުލީސްގެ ރައީސް ބަައިނުގަންނަނަމަ ތިޔަ ބަލައިގަތްބލައިގަތުންތަކަކު އެއްވެސް ބޭނުމެއްނެތް.