08 ސެޕްޓެމްބަރ 2020 - 10:33
ޗެނަލް13 ގެ ލައިވް ޕްރޮގްރާމަކަށް ގުޅި މީހަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅަށް ގެއްލުން ދޭން ބުނި މައްސަލައިގައި އެ ޗެނަލުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް ޖަވާބުދާރީވާން ދެވަނަ ފުރުސަތެއް ދީފި އެވެ.
'ރައްޔިތުންގެ އަޑު' ނަމުގައި ޗެނަލް13 އިން މިދިޔަ ބުރާސްފަތި ދުވަހު ގެނެސްދިން ލައިވް ޕްރޮގްރާމުގައި ބައިވެރިވި މީހަކު ވަނީ ސަރުކާރަށް ފާޑުކިޔައި ވެރިކަން ވަގުތުން ނައްތާލައި، "މިހާރުން މިހާރަށް [ރައީސް] އިބްރާހިމް މުހައްމަދު ސޯލިހު ގައިގައި (ކަނޑާލާފައި) ޖަހަންވީ" ކަމަށް ބުނެފަ އެވެ.
އުމުރުން 47 އަހަރުގެ އެ ފިރިހެންމީހާ ހައްޔަރުކޮށް، 15 ދުވަހަށް ބަންދުގައި ބަހައްޓައިގެން ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
މި މައްސަލައިގެ ޖިނާއީ ތަހުގީގު ފުލުހުން ފަށާފައިވާއިރު، ބްރޯޑްކާސްޓަރުންގެ ބެލެނިވެރި ފަރާތް ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް އަންނަނީ މައްސަލަ ބަލަމުންނެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސާ މަރިޔަމް ވަހީދާ "މިހާރު" އަށް މިއަދު ވިދާޅުވީ، ޖަވާބުދާރީވާން ޗެނަލް13 އަށް އެ ކޮމިޝަނުން ފުރަތަމަ ދިން ފުރުސަތުގައި އެކަމަށް އުޒުރުވެރިވުމުން އިއްޔެ ވަނީ ދެވަނަ ފުރުސަތެއް ވެސް ދީފަައި ކަމަށެވެ.
އޭނާ ވިދާޅުވީ، ބްރޯޑްކޮމް އާއި ފުލުހުން ކުރަނީ ތަފާތު ދެ މަސައްކަތެއް ކަމަށެވެ. ފުލުހުން ބަލަނީ ޗެނަލް13 ގެ ޕްރޮގްރާމްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅަށް ގެއްލުން ދޭން ބުނި މީހާގެ މައްސަލަ ކަމަށާއި ބްރޯޑްކޮމުން ކުރާ ކަމަކީ އެ ވާހަކަ އޮންއެއާވި ގޮތް ބެލުން ކަމަށް މަރިޔަމް ވިދާޅުވި އެވެ.
އެހެންވެ، މި ދެ މުއައްސަސާ އިން ވަކިވަކިން ބަލާ މައްސަލައިގައި ފުށުއެރުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ދެން އުސޫލުގައި އޮންނަ ގޮތަށް އަޅުގަނޑުމެން ވާނީ އިއްޔެ އެ ބޭފުޅުންނަށް ދެވަނަ ފުރުސަތު ދީފައި. އެއީ 24 ގަޑިއިރު. އަޅުގަނޑުމެން ވެސް ބޭނުން ވަނީ ހަމަ ޖަވާބުދޭން ވަގުތު ދީގެން ރަނގަޅަށް މައްސަލަ ކުރިއަށް ގެންދަން،" މަރިޔަމް ވިދާޅުވި އެވެ.
ޗެނަލް13 އިން ބުނެފައި ވަނީ ފުލުހުންގެ ތަހުގީގަށް ފަހު ބްރޯޑްކޮމުން އެ މައްސަލަ ބަލާ ނަމަ އެއްބާރުލުން ދޭނެ ކަމަށެވެ.
މި މައްސަލައިގައި ފުލުހުން މިހާރު ވަނީ ޕްރޮގްރާމް ދެއްކި ގަޑީގައި އެ ޗެނަލްގައި ތިބި ބައެއް މުވައްޒަފުންގެ ބަޔާން ވެސް ނަގައިފަ އެވެ. ނަމަވެސް އެއީ އެއްވެސް ތުހުމަތެއްގައި ނޫން ކަމަށާއި ހަމައެކަނި މައުލޫމާތު ސާފުކުރުމަށް ކަމަށް ފުލުހުންނާ ހަވާލާދީ ޗެނަލް13 އިން ބުނެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ުވައިސޫރި
08 September 2020
ޖަވާބުދާރީވުމައް އާދޭސް ކުރާކައްނުޖެހޭނެ ޗެނެލްތޭރައަކީ ސައިޒް އޮޅިފާވާބައެއް އުވާލުންނޫންގޮތެއްނެއް ނުވަތަސައިޒައް ތިރިކުރަން ބޮޑުޖުރިމަނާއެއްކުރޭ އޭރުން ފަންޑުފޮޓެއްބަހައްޓައިގެން ލާރިހޯދަފާނެ
އާރީ
08 September 2020
ބުރޯޑްކޮމް މި ހާދަ ނާގާބިލު ބަޔަކު ތިބި ތަނެކޭ.
އެދުރު ރަހީމު
08 September 2020
ޗެނެލް13 ވީމަ، ބޮޑާހޭކީމަ ދެވަނަ، ތިންވަނަ ފުރުސަތުވެސް ދޭންވާނެ. އެއްވެސް ފުރުސަތެއްނުދީ މިލިއަނުން ޖޫރިމަނާ ކުރިތަންވެސް ދެކުނިން.
ޢަބުދުލް ޤާދިރު
08 September 2020
ހިތަށް އަރާއިރަށް ހިތަށް އަރާ ވަރަކަށް ޖޫރިމަނާ ކުރެވޭތަ؟ ކުރިން މިލިޔަނުން ޖޫރިމަނާ ކުރީ އަބުރު ރައްކާތެރިކުރުމާ ބެހޭ ޤާނޫނުގެ ދަށުން. މިހާރު އެ ޤާނޫނު އުވާލައިފި.
މިހާރުދޯ
08 September 2020
މިހަާރު އެހެންވިއްޔާ ހައްޓަށް ނުރައްކާ ކުރުމުގެ އިންޒާރުދޭތީ އާއި އެކަން ޕްރޮމޯޓު ކުރާތީ ބޮޑު މައްސަލައެއްގޮތައް ބަލައި އުވާލަން މަށަށް ފެންނަނީ
އިބިރިހިންބެއްޔާ
08 September 2020
ލައިވް ކުރުމުން ބޮޑިލިބުން އާއްމުކަމެއް. މަގޭ ޙަޔާތުގައި ދިވެހިރާއްޖޭގެއަޑުން، ފަޅު އޮޑިފަހަރަށްއަރާ އާންމުންގެ ޚިޔާލުހޯދަން އުޅެ ހަމަ ތިޔަބޮނޑި ބުއި. އޭރު އަދި އެހާ ޑިމޮކްރެޓިކް ނުވާތީ ބުނެވުނީ މާލޭބަހުން ބޭއަދަބީ ބަހެއް. މީހަކު ހައްޔަރެއް ނުކުރޭ. އެކަން ހުއްޓާލީ. މިއަދު ޓެކްނޯލޮޖީ ތަފާތު. ދެތިން މިނެޓްގެ ޑިލޭއެއް ލައިގެން ނޫނީ ލައިވްނުކުރަން ނަސޭޙަތްތެރިވޭ. އޭރުން އެނިމުނީ. އެންމެންނަކީ ޚުޠުބާކިޔަން މިމްބަރަށް އަރާތިބޭ އިމާމުންނެއް ނޫނިއްޔާ.
ދެރަ
08 September 2020
1ޗެނަލް 13 އިން ނަގާފަ ތިހުރީ ގަދަވަކީލެތް އަނގަބަހުން ސޮއިކުރާ ރޯނު އެދުރެތް
ސޮބުރީ
08 September 2020
ބަޔަކަށް އަދަބެއް ނޫނީ ޖޫރިމަނާއެއްކޮށްލެވޭތޯ ބަލާތި
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
08 September 2020
ތިއޮތީ މުއި ވެވަށް ގެރި ވެއްޓިފައި ނެގުމުގެ މަސްވަރާ ކުރިއަށް.
ކާފަބޭ
08 September 2020
ފުލުހުން ޗެނެލް13 ސުވާލުކުރަނީ ވެސް މީހަކު ބުނި އެފަދަބަހެއް އޮންއެއަރ ކުރީތީ އެކަމާ، އެމީހާބުނިވާހަކަ އަކާ ޗެނެލް 13 އަކާ އެހެންނޫންނަމަ ބެހޭކަމެއްނޫން.
އަހަދު
08 September 2020
ނޫނޭ. ޖިނާޢީ ބޮޑުކުށަކަށް ގޮވާލުމާއި އޮންނަ އުސޫޚިލާ ފަށް ބުރޮޑުކާސްޓު ކުރުމަކީ ތަ ފާތު ދެކަމެއް. ކުށްކޮށް ފަ ރެކިގަންނަން ނޫޅޭ.
ސަޅި
08 September 2020
އުވާލާ
1234
08 September 2020
ކީއްކުރަންކުރާކަމެއް. އެއްކަމެއްވެސް ނުވާނެ ؟