މަނަފަރު ރިސޯޓުގެ މުވައްޒަފުންތަކެއް-- ފޮޓޯ: ސޯޝަލް މީޑިއާ
08 ސެޕްޓެމްބަރ 2020 - 15:33
ހއ. އަތޮޅުގައި ހިންގަމުން އަންނަ ޖޭއޭ މަނަފަރު ރިސޯޓުގައި މަސައްކަތް ކުރާ 68 ދިވެހި މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި އެވެ.
މީގެ ތެރޭގައި ހއ. އަތޮޅުގެ ދިއްދު އާއި އިހަވަންދު އާއި ހޯރަފުށީގެ ގިނަ މުވައްޒަފުން ހިމެނޭއިރު އެންމެ ގިނައިން ވަކިކޮށްފައިވަނީ ހޯރަފުށީގެ މުވައްޒަފުންނެވެ. އެގޮތުން އެ ރަށުގެ 24 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
މަނަފަރުގައި މަސައްކަތް ކުރާތާ 10 އަހަރަށްފަހު ވަޒީފާއިން ވަކި ކުރި މުވައްޒަފަކު "މިހާރު" އަށް ބުނިގޮތުގައި އެ ރިސޯޓުން ވަނީ ދިވެހިންގެ އިތުރުން ބައެއް ބިދޭސީން ވެސް ވަޒީފާއިން ވަކިކޮށްފަ އެވެ. އަދި ބަދަލުގައި ވެރިންގެ ފަރާތުން ކޮންމެ މުވައްޒަފަކަށް 400 ޑޮލަރު (ގާތްގަނޑަކަށް 6،168ރ.) އާއި ދެ މަހުގެ މުސާރައިގެ އިތުރުން ޗުއްޓީ ނުނަގާ ތިބި މުވައްޒަފުންނަށް ޗުއްޓީގެ ފައިސާ ދޭން ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ.
ހޯރަފުށީގެ ގިނަ އަދަދެއްގެ މުވައްޒަފުން އެއްފަހަރާ ވަކިކުރުުމުގެ ސަބަބުން އެ ރަށުގެ ގިނަ އާއިލާތަކަކަށް ވަނީ އަސަރުކޮށްފަ އެވެ. އެހެންކަމުން އެކަން ހައްލު ކުރުމަށް މިވަގުތު އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭގޮތުން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމްއާ ވަޒީފާއިން ވަކިކުރި މީހުން ވަނީ މަޝްވަރާ ކޮށްފަ އެވެ.
"ސަލީމް ވިދާޅުވި މިނިސްޓްރީ އާއި މަނަފަރުގެ މެނޭޖްމަންޓާ ވާހަކަދައްކައިގެން ވެސް މިކަން ހައްލު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް. އަޅުގަނޑުމެންނަށް މައްސަލައެއް ނެތް ރިސޯޓު ހަމަޔަކަށް އެޅެންދެން ނޯޕޭއަށް ފޮނުވިޔަސް. އެކަމަކު މިހާރު ކަންތައް މި ކުރީ ވަރަށް ހިތްދަތި ގޮތަކަށް." މަނަފަރުގެ ވަޒީފާއިން ކަނޑާލި މުވައްޒަފަކު ބުންޏެވެ.
Eh dhuvas therey hama ekani Hoarafuttah nisbaiyvaa 68 muvazzafun #Manafaru resort in vaki kurumakee bodu kanbodu vumeh. Mi ee 68 aailaa ah libunu bodu nikamethi kameh. Vazeefa in vaki kuri iru haalathu rangalhu vandhen kuda ujoora eh gai dhemi thiben ves kudhin thibee ruhigen
— Ahmed Saleem (@SalleHoarafushi) September 8, 2020
ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކުރެއްވި ޓްވީޓެއް--
މަނަފަރު ރިސޯޓުން މުވައްޒަފުންނަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވާގޮތުގައި ވަޒީފާ އިން ވަކި ކުރަން ނިންމާފައިވަނީ ކޮވިޑް-19އާ ގުޅިގެން އާމްދަނީ އަށް ދިމާވެފައިވާ ދަތިތަކާ ގުޅިގެންނެވެ. އަދި އަލުން ރިސޯޓު ހުޅުވާއިރު އެހާ ގިނަ މުވައްޒަފުންނާ އެކު މަސައްކަތް ކުރުމުގެ ގާބިލުކަމެއް މިވަގުތު ރިސޯޓުގައި ނެތް ކަމަށް ވެސް އެ ރިސޯޓުން ވަނީ ބުނެފަ އެވެ.
ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ ވަޒީފާއިން ވަކި ކުރި މީހުންގެ ތެރެއިން އެ ރަށު މީހުންނަށް އިންކަމް ސަޕޯޓު ހޯދައިދިނުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި މަނަފަރުން އެއްފަހަރާ އެ ރަށުގެ ގިނަ ބަޔަކު ކަނޑާލުމަކީ ރަށަށް ލިބުނު ވަަރަށް ބޮޑު ގެއްލުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
"ރިސޯޓުގައި މަސައްކަތް ކުރޭ އެހެން ރަށްރަށުގެ މުވައްޒަފުން ވެސް. އެކަމަކު މިރަށުގެ ގިނަ އަދަދެއްގެ ކުދިން ކަނޑާލުމަކީ އަޅުގަނޑުމެން ގަބޫލު ކުރާނެ ކަމެއް ނޫން. މި ކަންތައްތައް ބަލައި އެ ކުދިންނަށް ހައްގު ހޯދައިދޭން އަޅުގަނޑުމެންނަށް ކުރެވުނުހާ މަސައްކަތެއް ކުރަން މިތިބީ." ވަހީދު ވިދާޅުވި އެވެ.
މަނަފަރު ރިސޯޓުގެ ވިލާއެެއް -- ފައިލް ފޮޓޯ
ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް އަންނަ ޓޫރިސްޓުން މަދުވެ ގިނަ ރިސޯޓުތަކާއި ގެސްޓް ހައުސްތަކަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ. މީގެ ސަބަބުން އެކި ރިސޯޓުތަކުން އަންނަނީ މުވައްޒަފުން ވަކިކޮށް، އެއްބައި މުވައްޒަފުން ނޯޕޭއަށް ވެސް ފޮނުވަމުންނެވެ.
މަނަފަރު ރިސޯޓު މިވަގުތު އޮތީ ބަންދުކޮށްފަ އެވެ. ނަމަވެސް ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު އޮޕަރޭޝަންތައް ފަށަން އެ ރިސޯޓުން އަންނަނީ ތައްޔާރުވަމުންނެވެ. އެ ރިސޯޓުން ވަނީ ކޮވިޑް-19އާ ގުޅިގެން މުވައްޒަފުންގެ މުސާރަ 25 ޕަސެންޓަށް ކުޑަ ވެސް ކޮށްފަ އެވެ.
ޖޭއޭ މަނަފަރު ރިސޯޓަކީ ދުބާއީގެ ޖޭއޭ ރިސޯޓްސް އެންޑް ހޮޓެލްސް އިން ރާއްޖޭގައި ހިންގަމުން އަންނަ ރިސޯޓެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަޑިމިލޭރު
10 September 2020
ރަނގަޅުނު ގާނޫނުން ފާސްކުރި ގޮތަށް ހުރިހާ މުވައްޒަފުން ރަށަށް ނިދަން.
އިބިރިހިންބެއްޔާ
09 September 2020
އައްޑުއަތޮޅުގައި ހިންގި އެންމެ ބޮޑު ރިޒޯޓް ޝެންގަރިއްލާ މުއްދަތެއްނެތް ގޮތަށް ބަންދުކޮއް ހުރިހާ މުވައްޒަފުން ގެއަށް ފޮނުވާލައިފި. ވަޒީފާއިން ވަކިކުރުމެކޭ ވަކި ތަފާތެއްނެތް. ރައީސަކަސް މަޖިލީހުގައިތިބި އައްޑޫ 7 މެމަބަރުންވެސް ކައުންސިލުންވެސް ޗުޕްވެސް ބުނެނުލާ. އެކަމަކު ރާއީސާއި ކައުންސިލާއި މެމްބަރުންނަކީވެސް ރައްޔިތުންދެކެ ވާލޯބިން މަރުވާން ތައްޔާރަށްތިބި އެމްޑީޕީގެ ބޭފުޅުން.
ރިސޯޓް ބޯއިސް
09 September 2020
ކުރުނބާ މޯލްޑިވްސް އިންވެސް 20ށް ވުރެ ގިނަ މުވައްޒަފުން ކަނޑާލައިފި
ސަހަރޯ...
09 September 2020
އެއްވެސް ދިވެއްސެއްގެ ޙިއްޞާއެއް ނެތް ތަނަކީތަ އެއީ؟؟
އަންކަލ
08 September 2020
އޯގާތެރި ސަރުކާރު، ޖަޒީރާ ވަންތަކަން އަދި ތި އޮތީ އަބަދަށް ނައިޓަށް ރަށަށް ދެވޭ ގޮތް ހަދާ ދީފަ، ސުކުރިއްޔާ ހިސާން
މުލޭ
08 September 2020
ވަޒީފާތަކުން މީހުން ވަކި ކުރިޔަސް ދިވެހިންނާއި ބޭރު މީހުންނަށް ވަޒީފާދިނުމުގައި އޮންނަންޖެހޭ ރޭޝިއޯ ހިފެހިއްޓިފައި ހުންނަންޖެހޭނެ. އެކަން ބަލާ ބަޔަކު އެބަތިބިތޯ.
ރެޓޭ
08 September 2020
ތިގޮތަށް "ނައިޓަށް" ފޮނުވުމަކީ ވަރަށްދެރަކަމެއް!
ހޯރަބޭ
08 September 2020
ގަނޑްކޮށް ރިސޯޓްތަކުން މުއަށްޒަފުން ކަނޑަށް ލައިސަންސު މަޖިލިހުން ދީފަ މިހާރު ކޯއްޗެކޭ ކިޔާކަށް.
އިބްރާހިމް އަހުމަދު
08 September 2020
ރާއްޖޭގެ ބޯޑަރު ނުހުޅުވާތަ؟
ދޫނި
08 September 2020
މަޖިލިހުން ފާޑް ފާޑް ބިލު ފާސްކުރީމަ އެކަމުގެ ނާޖާއިޒް ފައިދާ ރިސޯޓްތަކުގެ އޯނަރުން މި ނަގަނި. މިކަމުގެ ޒިންމާ އެމްޑީފީ 65 މެންބަރުން ނަގަށްޖެހޭނެ. ހާންސަ ކޮށް ހ.އ އަށް ނިސްބަތްވާ 5 މެންބަރުން