ވެންޓިލޭޓަރު މައްސަލައިގައި ހެލްތު މިނިސްޓަރު އަމީނާއި ބިޑް ކޮމިޓީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި. --ފޮޓޯ/މިހާރު
09 ސެޕްޓެމްބަރ 2020 - 12:28
ކޮވިޑް-19ގެ ފަރުވާ އަށް ތިން ކުންފުންޏަކާ ހަވާލުކޮށްގެން 149 ވެންޓިލޭޓަރު ހޯދުމާ ގުޅޭ އޮޑިޓުގައި ފާހަގަކޮށްފައިވާ މައްސަލަތައް ތަހުގީގުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުން ގުޅިގެން ހިންގާ ތަހުގީގަށް ސުވާލު ކުރަން ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި، އޭސީސީ އަށް ހާޒިރުކޮށް ހެލްތު މިނިސްޓްރީގެ ބައެއް މުވައްޒަފުންގެ ބަޔާން ވަނީ ނަގައިފަ އެވެ. އެކަމަކު ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ފައިނޭންޝަލް އެގްޒެކްޓިވް އަހްމަދު އަސްލަމްގެ އިތުރުން ބިޑް ކޮމިޓީގެ ބައެއް މެމްބަރުން އަދި ހާޒިރެއް ނުކުރެ އެވެ.
އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންނާ އެކު ތަހުގީގު ކުރިއަށް އެބަދާ ކަމަށެވެ. ތަފްސީލެއް ނުދެއްވަ އެވެ.
އޮޑިޓް ނެރުމާ އެކު ރައީސް އޮފީހުގެ އެންގުމަށް ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީ އާއި ފައިނޭންޝަލް އެގްޒެކެޓިވް ވަނީ ސަސްޕެންޑްކޮށްފަ އެވެ. މިނިސްޓަރު އަމީން މަސްއޫލިއްޔަތުން އެކަހެރިވެވަޑައިގަތީ އަމިއްލަ އަށެވެ.
މިނިސްޓްރީގެ ބިޑް ކޮމިޓީގެ ބޮޑެތި އިހުމާލުތަކެއް ފާހަގަކޮށްފައިވާ އޮޑިޓު ރިޕޯޓުގައި އެންމެ ބޮޑު ކަންބޮޑުވުމަކީ 75 ވެންޓިލޭޓަރު ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި ގޮތެވެ. އެ ކުންފުންޏަށް ވަނީ މާލިއްޔަތު ގަވާއިދާ ޚިލާފަށް ޕްރޮޖެކްޓުގެ އަގުގެ 90 ޕަސެންޓަށްވާ 30 މިލިއަން ރުފިޔާ ބޭންކް ގެރެންޓީއަކާ ނުލައި ދޫކޮށްފަ އެވެ. އެ ކުންފުންޏާ އެކު އެއްބަސްވީ 34 މިލިއަން ރުފިޔާ އަށް ޕޯޓަބަލް 10 ވެންޓިލޭޓަރާއި 65 އައިސީޔޫ ވެންޓިލޭޓަރު ހޯދާށެވެ.
ކޮވިޑްގެ ފަރުވާ އަށް ކޮންމެހެން ވެސް ވެންޓިލޭޓަރުތަކެއް އަވަހަށް ބޭނުންވެގެން ހެލްތު މިނިސްޓްރީން ކުރި މަސައްކަތުގައި ދުބާއީގެ ކުންފުނީގެ ނަން ދިނީ ޑަބްލިއުއެޗްއޯ އިން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެ އެވެ. ޑަބްލިއުއެޗްއޯގެ ރެޕްރެޒެންޓޭޓިވް އަރުވިންދު މާތުރާ އެކު މިކަމުގައި ހިންގެވީ ރަސްމީ މުއާމަލާތެއް ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ދުބާއި ކުންފުންޏަކީ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން ހޮވި ކުންފުންޏެއް ނޫން ކަަމަށް އެ ޖަމާއަތުން ބުނެފައިވާ ކަމަށެވެ.
ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ސަސްޕެންޑްކޮށްފައިވާ ހެލްތު މިނިސްޓްރީގެ ފައިނޭންޝަލް ކޮންޓްރޯލަރާއި ބިޑް ކޮމިޓީ މާލިއްޔަތު ކޮމިޓީ އަށް ހާޒިރުކުރުމުން އެ ބޭފުޅުން ވިދާޅުވީ ގަވާއިދާއި ގާނޫނާ ޚިލާފަށް ނާޖާއިޒު އެއްވެސް މަންފާއެއް ހޯދައިދިނުމުގެ އަމަލެއް ހިންގާފައި ނޯންނާނެ ކަމަށެވެ. ތިން ކުންފުންޏާ އެކު އެއްބަސްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެއްވި ހުއްދައާ އެއްގޮތަށް، ކޮވިޑް-19ގެ މަސައްކަތުގައި ހިމެނުނު ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް އެނގިގެން ކަމަށެވެ. އެކަމަކު އަމީރު ވިދާޅުވެފައި ވަނީ ގަވާއިދާ ޚިލާފަށް އަމަލުކުރަން ހުއްދައެއް ދެއްވާފައި ނޯންނާނެ ކަަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Lulua
10 September 2020
ޒީރޯ ޓޮލަރަނަސް ސަރުކާރު ފެެއިލް! 2022 ހަދާންނައްޓާލާ
ައަފުރާސިޔާބު
09 September 2020
ތިކަން ހުއްޓާލަބަލަ. ދިވެހިރާއްޖޭގައި ގިނަވާނީ ރޯނު އެދުރުން. ބަންޑާރަ ނާއިބު ލަފާދެއްވައިގެން ކުރާ އެއްބަސްވުންތަކުން ގައުމަށް ލިބޭނީ ފައިދާ. ވެންޓިލޭޓަރުގެ އެއްބަސްވުންވެސް ފައްކާވާނެ.
ސައުދުﷲ
09 September 2020
ބައެއްގެ ހިތްހަމަ ޖެހުމަށް ތި ސިޔާސީ ތަހުގީގެއް ކޮށް ތި ސިޔާސީ ޑްރާމާ ކުޅެލަ ކުޅެލާ ތިބޭ. އަހަރުމެންނަށް އެނގޭ ތިކަމުގައި އަމީނު ގޯހެއް ހަދާފައި ނެތްކަން. އެހެންނޫން ނަމަ ވެންޓިލޭޓަރުތަކެއް ނުލިބޭނެ
ނާގާބިލު
09 September 2020
ކިހާ ބޮޑު މުސީބާތެއް މި ދެން ކުފޫ ހަމަނުވާ މީހުން މަގާމުގައި ބައިތިއްބައިގެން. ޒިޔަތަށް އޮޑިޓް ކުރަން ނޭނގޭ އިރުވެސް ވައްކަން ކުރަން ވެގެން ޔާމީނު އޭނަ ގޮވައިގެން އުޅުނަސް މި ސަރުކާރުން ބޭނުންވާ ނަތީޖާއެއް ނުނެރެވޭނެ ތިފަދަ މީހަކު މަގާމުގައި ބަހައްޓަައިގެން. ޒިޔަތު މަގާމުން ދުރުކޮށް އޮޑިޓް ކުރަން އެނގޭ މީހަކު މަގާމަށް ގެންނަން ގޮވާލަން. މިނިވަން މުސްތަގިއްލު ގާބިލު މީހަކު.
ސަންދޯއް
09 September 2020
ވަތުއޮޑި ކޮމެންޓަށް ތާއީދު ކުރަން. އޮޑިޓަރާ މަތިކުރެވިފައިވާ ގާނޫނީ ޒިންމާ ރަނގަޅަށް ނުއުފުލާ، ސަރުކާރުގެ ވުޒާރާއެއްގެ އަގު ވައްޓަން ގަސްތުގައި ދޮގު އޮޑިޓް ރިޕޯޓެއް ނެރެފައިވާތީ ޒިޔަތުގެ މައްޗަށް ދައުވާ ކުރަން ފޮނުވަން ގޮވާލަން. އަވަސް ކުރޭ!
ސަލީމްބެ
09 September 2020
އަމިއްލަ ބުއްދި ބޭނުން ނުކޮށް ސިޔާސީ މީހުން ދައްކާ ގަމާރު ވާހަކައިގަ ޖެހޭތީ އަަހަރުމެންނަށް ވާ ގޮތް މިއީ. ކޮންޓްރެކްޓެއް ވުޖޫދަށް ގެންނަ އިރު ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތަށް ރަނގަޅަށް ފުރިހަމަ ކޮށްފައިވާނަަމަ، ކޮންޓްރެކްޓް ކުރި ފަރާތުގެ މައްސަލައެއް އޭގައި ނޯންނާނެ. ދެން ބަލަންވީ މުދާ ފޮނުވަން ބުނި ފަރާތުން އެ މުދާ ނުފޮނުވައިގެން އުޅޭނަމަ މުދާ ލިބޭނެ ގޮތެއް ހޯދުން. އެކަންވެސް މިހާރު އެ ދަނީ ވަމުން. ދެން ކޮން މައްސަލައެއްތަ؟ އަޖައިބެކޭ.
ބާލިދީ
09 September 2020
ނަޝީދު އިސްތިއުފާ. އަދުރޭ އިސްތިއުފާ. ޕީޕީއެމް އޮޑިޓަރު ޒިޔަތު އިސްތިއުފާ.
ނަޖުލާ
09 September 2020
އަމީނު އިސްތިއުފާ؛؛
މުގާބެ
09 September 2020
ކުރި ވައްކަމެއް، އުސޫލާ ޚިލާފަށް ކުރި ކަމެއް ނުދެއްކޭތާ އިސްތިއުފާއަށް ގޮވައެއްނު އެބަ. ކޮންމެވެސް ބޯ ހަމަ ޖެހޭ ކަމެއް ކުރަން ދޭ ބަލަ.
އަމްރިތާ
09 September 2020
ފޭކު އޮޑިޓު ޖެއްސި ފޭކު ޑްރާމާ ، ލަދުން ބޯ ހަލާކު
ބައިރޯ
09 September 2020
ޕިޕީސް