ޚަބަރު / ޕްރޮސެކިއުޓާ ޖެނެރަލް

މާލެ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު ޝުޖާއު އަށް ދައުވާކުރަން ޕީޖީއަށް

09 ސެޕްޓެމްބަރ 2020 - 18:44

15 comments

މާލެ ޕްލޭނިންގެ ގަވާއިދާ ހިލާފަށް އިމާރާތްކުރުމުގެ ހުއްދަ ދިން މައްސަލައިގައި، މާލެ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު އިބްރާހިމް ޝުޖާއުގެ މައްޗަށް، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާއެއް ހޯދައިދިނުމުގެ ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް އިއްޔެ ފޮނުވައިފި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނީ 250 އަކަފޫޓުގެ ބިމުގައި މާލޭ ޕްލޭނިން ގަވާއިދާ އެއްގޮތަށް އިމާރަތްކުރުމުގެ ހުއްދަ ދެވޭނީ 6.27 މީޓަރަކަށްކަން ލިޔުންތަކުން އެނގެން އޮތް ނަމަވެސް އެ ބިމުގައި 12 މީޓަރަށް އިމާރާތެއް އެޅުމަށް ޖެނުއަރީ 15، 2014 ގައި ސުޖާއު ސޮއިކޮށް "އިމާރާތުގެ ކުރެހުން ފާސްކުރިކަމުގެ ލިޔުން" އާއި "އިމާރަތްކުރުމުގެ ހުއްދަ" ދޫކޮށްފައިވާ ކަމަށެވެ.

އެ ބިމުގައި އިމާރާތްކުރުމުގެ ހުއްދަ ދީފައިވަނީ، އޭސީސީން ބުނިގޮތުގައި، ބިމުގައި "ހަތަރު ބުރިއަށް އިމާރާތްކުރުމަށް މާލެ ސިޓީ ކައުންސިލްގެ އިދާރާއިން 1995 ވަނަ އަހަރު ހުއްދަދީފައިވާ ކަމަށް" ޖެނުއަރީ 14، 2014 ގައި ޝުޖާއު ސޮއިކޮށްފައިވާ ލިޔުމަކަށް ބިނާކޮށެވެ. ނަމަވެސް އެ ބިމުގައި އިމާރާތްކުރުމަށް އެފަދަ ހުއްދައެއް ދީފައިނުވާ ކަމާއި އެއީ މާލެ ޕްލޭނިންގެ ގަވާއިދުގައިވާ ގޮތުން އެ ބިމުގައި އިމާރާތްކުރެވޭ އުސްމިނަށް ވުރެ އުސްކޮށް އިމާރާތްކުރުމުގެ ހުއްދަ ދިނުމަށް މާލެ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ އިބްރާހިމް ޝުޖާއު ސޮއިކޮށްފައިވާ ލިޔުމެއްކަން ތަހުގީގަށް އެނގޭ ކަމަށް ބުންޏެވެ.

"އެހެންކަމުން، އެ ބިމުގައި ހަތަރު ބުރިއަށް އިމާރަތްކުރުމަށް 1995 ވަނަ އަހަރު ހުއްދަދީފައިވާ ކަމަށް ބުނެ ލިޔުމެއް ދޫކޮށް، މާލެ ޕްލޭނިން ގަވައިދުގައިވާ މިނަށްވުރެ އުސްކޮށް އިމާރާތްކުރުމުގެ ހުއްދަދީފައިވަނީ އިބްރާހިމް ޝުޖާއު އަށް އެނގިހުރެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ފައިދާ ހޯދައިދިނުމަށްކަން ޝައްކެއް ނެތް މިންވަރަށް މި ކޮމިޝަންގެ ތަހުގީގަށް ސާބިތުކުރެވޭތީ އިބްރާހިމް ޝުޖާއުގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މި މައްސަލަ ފޮނުވުމަށް ނިންމީ އެވެ،" އޭސީސީން ބުންޏެވެ.

ކައުންސިލްގެ އެހެން މެމްބަރުންގެ މަޝްވަރާއެއް ނެތި، ޕަބްލިކް ފާހަނާތަކެއް ކުއްޔަށް ދިން މުއްދަތު އިތުރުކުރި މައްސަލައެއްގައި ވެސް ޝުޖާއުގެ މައްޗަށް ދައުވާކުރުމަށް 2014 ވަނަ އަހަރު ޕީޖީ އޮފީހަށް ފޮނުވި އެވެ. ނަމަވެސް އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކުރި ކަމެއް ސާފެއްނުވެ އެވެ.

15 ކޮމެންޓް, 31 ރިއެކްޝަންސް

icon happy icon happy 71%
icon sad icon sad 10%
icon angry icon angry 19%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޑޮކްޓާރ. ބަނާނާ

10 September 2020

ހޯމް މިނިސްޓަރ ޝެއިހް އިމްރާން އަރިހުގައި އެއްމެ ކާރިން މަސައްކަތް ކުރައްވާ އެއްބޭފުޅަކީ ވެސް މިނިސްޓަރ އޮފްސްޓޭޓް ފޯ ހޯމްއެފެއާރޒް އަލްފާލިލް ހުސެއިން ސްޖާއު. މިބޭފުޅުން ނަކީ ކޮންމެ ސަރުކާރެއްގަވެސް ގައުމަށް ޙިދުމަށް ކުރުމުގައި ދެމިތިބޭ ބެފުޅުން.

The name is already taken The name is available. Register?

މިއޮތީ ޒީރޯ

10 September 2020

އަމީރު އަހުމަދު ސްކޫލަށް ވީގޮތްވެސް ބަލާލަދީބަ އޭސީސީ

The name is already taken The name is available. Register?

ގޮބޮޅިން

10 September 2020

ވަރަށް ގިނަ ޖަރީމާތައް ހިންގާލައިފަހުރިމީހެއް މީނާއަކީ ފައިސާ ނަގައިގެން މާލޭގަ ކާރު ރަޖިސްޓްރީ ކޮށްސިނުމާ ކަސްޓަމުން ޑިއުޓީ ނުދައްކާ ކާރު ނެރުމާ

The name is already taken The name is available. Register?

ނަޖްވާ

10 September 2020

ޢާނ ވަރަށް ލާރި ހަދާ ކަމަށް އަޑު އިވޭ! މިހެން މި ބުނީ، އަލި ކިލެގެފާނު މަގުގެ ދެކުނުގައި ހުންނަ މިސްކިތާ އިންވެގެން ހުންނަ ބިމުގައި ޕާކުގައި ކެފޭ ހަދަންވެސް އޭރު ހުއްދަ ދީފައިވަނީ، މަހަކު ދިހަ ހާސް ރުފިޔާ އަށް ކަމަށް ވަނީ! ހަމަ އެހެން ތިލަފުށްޓަށް ކުނި ގެންދިޔުމަށް ކުއްޔަށް ހިފާފަ އޮންނަ ކާގޯ ބޯޓުގެ ވެރިފަރާތުންވެސް ކޮންމެ މަހަކު ކޮމިސަން ފީ އެއް ދައްކަން ޖެހޭ ކަމަށް ވަނީ އިނގޭ! މީ ދެން ހަމަ މީހުން ދައްކަމުން ގޮސްފަ ހުރި ވާހަކަ ތައް!

The name is already taken The name is available. Register?

ހުސޭނުބެގެ އާދަން

10 September 2020

ތިއީ އަދި އެން މެ ކަ މެއް. ކޮބާ ގަރާޖްތަކަށް ހުއްދަދީގެން ލިބުނު މަންފާ

The name is already taken The name is available. Register?

ކަނބިލި

09 September 2020

ރާއްޖޭގައި ނަން ހިނގާ މީހަކާ ދެކޮޅަށް ދައުވާ އެއް ކުރަންޏާ ވިސްނޭނީ ސިޔާސީ ނަޒަރަކުން. މިހެންވަނީ މި ރާއްޖޭގައި ބޮޑެތި ކޮރަޕްޝަންގެ އަ މަލުތައް ހިންގާފައި ތިބޭ ނުފޫޒުގަދަ އެއްވެސް މ މީހެއްގެ މައްސަލައެއް ބެލި އަދަބު ނުލިބޭތީ. ދައުލަތުގެ މާލިއްޔަތުން 1 ބިލިއަން ރުފިޔާއަށް ޚިޔާނަތްތެރި މީހާވެސް ހުރީ ގޮތަކަށް ދޫވެފައި. އޭނާ ނެގިފައިސާތައް ހޯދާ ވާހަކައެއްވެސް ނުދައްކާ އެއްވެސް މީހަކު. ރައްޔިތުން މަޖިލިހުންވެސް އެފައިސާ ހޯދާ ވާހައެއް ނުދައްކާ.

The name is already taken The name is available. Register?

ދިއްދޫމީހާ

10 September 2020

ބަލާބަލަ މިހާތަނަ ދައުލަތުން ގެއްލުނު އެއްވެސް ލާރިއެ މުދަލެ ލިބުންތޯ؟؟ އެފްއައިޑީން ފެށިގެން ގޮސް ބަލާބަލަ ހުރިހާ ކޮރަޕްޝަން މައްސަލަތަކަ ވީގޮތް، އެކަން ކުރަނީ ބޮޑުން ބުނާ ގޮތައް ބޮޑުންނަ ބާއަޅާގެން، އެހެންވީމަ އެއްވެސްކަމެ ނުވާނެ ބުނާކަހަލަ ތިމަނަ މިކާލަނީ ތިމަނައަ ވީ އެތިކޮޅޭ...

The name is already taken The name is available. Register?

ކައްކާ

10 September 2020

ތިހުރިހާ ކަމެއްގަ އުޅެފަހުރީ ކ.މާލޭ މީސްމީހުން، އެއިންމީހަކާހަމައަށް ގާނޫނު ނުފޯރާ، އުތުރު ސޮރަކު ރިހާކުރު ފުޅިއެެއް ވަގަށްނަގައިފިއްޔާ ވަގުތުން ޖަލަށް. ހުވަދޫ ސޮރަކު މުރުތައްދުވާހަކަ ދައްކައޭ ހަމަ ބުނީ ޖަލަށްލީ، މުރުތައްދު ރިޕޯޓު ލިޔުނުމީހުނަކަށް ކަމެއްނުވި.

The name is already taken The name is available. Register?

ޖެނީ11

09 September 2020

ޗާންދަނީ ގޭގެ މީހުންނާ ކުޅެވޭތޯ ވަރަށް އުޅޭނެ އަބަދު. ނުވާނެ. މޮޔަ ނުގޮވާ!

The name is already taken The name is available. Register?

ހަކީމް

09 September 2020

2014 ގައި ކުރިކަމެއް ވީމަ އަދި 20 އަހަރު މަޑުކޮއްލަން ފެނޭ ... ބޮޑެތި މުސާރަ ކައިގެން މަޤާމުތަކުގައި މިތިބޭ މީހުންގެ އަޅެ ލަދެއްވެސް ނުގަނޭތަ.

The name is already taken The name is available. Register?

ވާނުވާ ވާނެ

09 September 2020

ކުރެހުން ފާސް ކުރަނީ މޭޔަރުތަ؟ނުދެނަ ހުރީ މެވެ.އާކިޓެކްޗަރުން ނާއި އިންޖިނޭރުން ކޮބާ؟

The name is already taken The name is available. Register?

ކަޓަމަރާ

09 September 2020

ދައުވާ ކުރެވިދާނެ. އެކަމަކު ޗާނދަނީގޭ މީހަކާއި އިދިކޮޅަށް މިދިވެހިރާއްޖޭގެ ކޯޓަކުން ދުވަހަކުވެސް މައްސަލައެއް ނިންމާފައިވާކަމަށް އެނގިފައެއް ނެތް.

The name is already taken The name is available. Register?

ކަރެކްޝަން

09 September 2020

ޗާންދަނީމާގެ

The name is already taken The name is available. Register?

މުޑަހަންޖާ

09 September 2020

ހެހެ، މާލޭގަ ހުންނަނީ ހުސް ތިކަހަލަ ގޭގެ، ގާނޫނު ހިނގަނީ އެހެން ރަށްރަށު މީހުނަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454