މިނިސްޓަރު މައުސޫމް "މިހާރު"އަށް އިންޓަވިއު ދެއްވަނީ-- ފޮޓޯ:އަހުމަދު އަވްޝަން/މިހާރު
17 ސެޕްޓެމްބަރ 2020 - 10:07
ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ބަންދު ކޮށްފައިވާ، މާލެ ސަރަހައްދުގެ ގެސްޓް ހައުސްތައް އަލުން ހުޅުވޭނީ ވިދިވިދިގެން ދެ ހަފުތާ ވަންދެން އެ ބަލީގެ ޕޮޒިޓިވް ކޭސްތައް ފަސް ޕަސެންޓަށް ދަށްކޮށްގެން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ރޭ ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހު ޓޫރިޒަމް މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވި ޑރ. މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ ހުރިހާ ޓޫރިސްޓު ފެސިލިޓީތަކެއް އަންނަ ނޮވެމްބަރު މަހުގެ ކުރީ ކޮޅުގައި ހުޅުވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. މިކަމަށް ބޭނުންވަނީ ކޮވިޑަށް ޕޮޒިޓިވްވާ ޕަސެންޓު ދެ ހަފުތާ ވަންދެން ފަސް ޕަސެންޓަށް ދަށްކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
މައުސޫމް "މިހާރު" އަށް ވިދާޅުވީ، މާލެ ސަރަހައްދުގެ ގެސްޓު ހައުސްތައް ހުޅުވޭނީ މި ސަރަހައްދުގައި ކޮންމެ ދުވަހަކު ކޮވިޑަށް ކުރާ ޓެސްޓުތަކުން ޕޮޒިޓިވްވާ އަދަދު ފަސް ޕަސެންޓަށް ދަށްވުމުން ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެންނަށް ހާސިލުވާނެ. އެ މަގަށް މަސައްކަތް ކުރަމުން މިދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
މާލެ ސަރަހައްދުގައި މިހާރު ކޮންމެ ދުވަހަކު ކޮވިޑަށް ހާހެއްހާ ޓެސްޓު ހަދަ އެވެ. މި ރޭޓުން ބަލައިފި ނަމަ ފަސް ޕަސެންޓަށް ދަށް ކުރުމަކީ މާލެ ސަރަހައްދުން ދުވާލެއްގެ މައްޗަަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 50 އަށް ވުރެ ދަށްކުރުމެވެ.
Male', HulhuMale', ViliMale' #GreaterMale' area ge hotel, guesthouse adhi tourist facility thah #November mahu kureekolhu hulhuveyvaru vaane kamah unmeedhu kuran. Beynun vanee #fassi % #fahakah naaruvaa vidhividhigen 2 hafuthaa. #TogetherWeCan
— Abdulla Mausoom (@Mausoom_Maus) September 16, 2020
މިނިސްޓަރު ކުރެއްވި ޓްވީޓު
މައުސޫމް ވަނީ މާލެ ސަރަހައްދުގެ ގެސްޓް ހައުސްތައް ހުޅުވުމަށް އާންމުންގެ ފަރާތުން އެއްބާރުލުން ބޭނުންވާ ކަމަށް މީގެ ކުރިން ވެސް ވިދާޅުވެފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން ވަނީ އަންނަ މަހުގެ 15 ގައި އަތޮޅުތަކުގެ ހުރިހާ ގެސްޓު ހައުސްތަކެއް ހުޅުވަން ނިންމައިފަ އެވެ. އެކަމަކު، މާލެ ސަރަހައްދުގައި ކޮވިޑް-19 އަދިވެސް ހަލުވި ކަމާއެކު ފެތުރޭތީ، ގެސްޓް ހައުސްތައް ހުޅުވާލުން އެ މިނިސްޓްރީން ވަނީ ފަސްކޮށްފަ އެވެ. މާލެ ސަރަހައްދުގެ ގެސްޓް ހައުސްތައް މިވަގުތު ބޭނުން ކުރަމުން އަންނަނީ ޓްރާންސިޓް ތަންތަނުގެ ގޮތުގަ އެވެ.
ރަށްރަށުގެ ގެސްޓު ހައުސްތައް ހުޅުވޭނީ އެ ރަށެއްގެ ކައުންސިލުން އެކަމުގެ ހުއްދަ ދީ ޓޫރިޒަމް މިނިސްޓްރީއަށް އެންގުމުންނެވެ. މިނިސްޓްރީން މިހާރު ވަނީ ގެސްޓް ހައުސްތައް ހުޅުވާލާއިރު އެ ތަނަކުންނާއި ރަށު ކައުންސިލުން ފުރިހަމަ ކުރަން ޖެހޭ ކަންތައްތަކުގެ ގައިޑްލައިނެއް ވެސް ތައްޔާރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދ1ދ1
18 September 2020
އެތެއްބަޔެއްގެ ގުރުބާނީ ތަކެއް ތި ފުނޑަލަނީ ކޮވިޑޭ ކިޔައިގެން. އެތައް އާއިލާއެއް ތި ބަނޑަށް ޖައްސާލަނީ. އަތައްބަޔަކު ދަރާވިކޭނީ..މިފަންނުގެ ތިވަރުގެ އުސްތާޒަކު މިދާއިރާ ޔާއި ބެހޭގޮތުން ވަށާޖެހޭ ދިރާސާޔެއް ނުކުރައްވާ ތިޔަފަދަ ނިންމެވުމެއް ނިންމެވިކަމީ މިއަދު މިދާއިރާގެ އެއްމެން ކަރުނަައަޅާ ރޯން ޖެހޭވަރުގެ ކަމެއް.
ނަޝީދު.
18 September 2020
"ބަލަނީ" ބުނީމަ ހީވަނީ ވަރަށް ވާންނެއްކަމެއްހެން. އެކަމަކު ބަޔަކު ރުއްސަން ބުނާހެން.
އައްޑޫ ބަކުރު
17 September 2020
ރާއްޖެތެރޭ ގެސްޓުންގެ ވާހަކަތޯ ތިދަންނަވަނީ؟؟؟؟
މަންމަ
17 September 2020
މާލޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކޮށް އެމީހުން ބޭރުކުރެވޭނެ ތާރީޚެއް ވަރަށް މުހިންމު، މުޅިގައުމު އެވެރިންގެ ސަބަބުން މިދަނީ ހަލާކާ ދިމާލަށް
ފަހުދު
17 September 2020
ބަލާ ނުނިމެނީސް ބަލާނިމޭނެ ކަމައް ހީކުރަން. ބަލާ ނިމެން ދެންއޮތީ 3 އަހަރު
ލޫދު
17 September 2020
ޕޮޒިޓިވްވާ މީހުންގެ އަދަށް ވުރެ ހޮސްޕިޓަލް އެޑްމިޝަންސް މާ މުހިއްމު. ބަލިޖެހި ބަލީގެ އަލާމާތްތައް ނުހުރެ ބަލި ޖެހުނުކަން ވެސް ނޭންގެ ރަގަޅުވެފައިވާ މީހުން ވެސް ގިނަ ދުވަސް ތަކެއް ވަންދެން ޕޮޒިވްކަމަށް ޓެސްޓުން ދައްކަފާނެ.
ކޮވިޑްނެތޭމާލޭގައި
17 September 2020
ކޮވިޑާއި ގުޅުވައިގެން ރާއްޖޭގެ ޓޫރިޒަމް އޮޕަރޭޓް ކުރަން ޓޫރިޒަމް މިނިސްޓަރު ނޫޅުން އެއީ މީގައި އެންމެ ބުއްދިވެރި ގޮތަކީ ސަބަބަކީ ކޮވިޑް މިސަރުކާރުން ބޭނުން ކުރަނީ އެއީ ދައުލަތުގެ މާލިއްޔާ ދަވާލަން ވެގެން އެމެން ކުރާ ކަމެކޭ ތިޔާ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރާއި އެންޑީއެމްއޭ އާއި މާލޭގައި ތިބި ބޮޑެތި ވަގުންނާއި ސަރުކާރުގެ ތެރޭގައި ތިބި ބޮޑެތި ވަގުންނާއި ގުޅިގެން ކޮވިޑް އެއީ އެމެން ވައްކަން ކުރަން ލިބުނު ލައިސެންސް އެއް ކަމަށް ދަނީ ހަދަމުންނޭ
ބޮޑެތިވައްކަމޭ
17 September 2020
މާލޭގެ ގެސްޓު ހައުސްތައް ހުޅުވުމުގެ ޓާގެޓަކީ ކޮވިޑް ކޭސްތައް ފަސް ޕަސެންޓަށް ދަށްކުރުން ކަަމަށްވާނަމަ މިހާރު ރާއްޖޭގައި ކޮވިޑް ކޭސް ތައް އިއުލާން ކުރަމުން ދަނީ އެއީ އެއްގޮތަކަށް ވެސް ދިމާވާ ނަތީޖާ ތަކެއް ނޫނޭ މިއަދު އެއިއުލާން ކުރަނީ މިދިޔަ މަހުގެ އެއްޗިއްސޭ މާލެ ސަރަހައްދަކު ކޮވިޑެއް ނުވެސް އުޅެއޭ ތިޔާ އުޅޭ އެއްޗެއް އުޅެނީ ރާއްޖެތެރޭގައޭ މާލެ ސަރަހައްދުގެ ގެސްޓް ހައުސް ތައް މިހާރުން މިހާރަށް ހުޅުވާލަން މަމެން ގޮވާލަމޭ ކޮވިޑޭ ކިޔައިގެން ކުރަނީ