ހައި ކޯޓު: އިސް ފަނޑިޔާރުން އައްޔަން ކުރުމުގެ އާ ގަވާއިދެއް ޖޭއެސްސީން ވަނީ އެކުލަވާލާފައި -- ފޮޓޯ/މިހާރު
23 ސެޕްޓެމްބަރ 2020 - 17:26
ކޯޓުތަކުގެ އިސް ފަނޑިޔާރުން ކަނޑައެޅުމުގެ އާ ގަވާއިދެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކުލަވާލައި، އަމަލުކުރަން ފަށައިފި އެވެ.
ޖޭއެސްސީން އިއްޔެ އާންމުކޮށް، އަމަލުކުރަން ފެށި އިސް ފަނޑިޔާރުން އައްޔަން ކުރުމުގެ ގަވާއިދު ބުނާގޮތުން އިސް ފަނޑިޔާރުން އައްޔަން ކުރާނީ އެ މަގާމަށް ކުރިމަތިލާން އެ ކޯޓެއްގެ ފަނޑިޔާރުންނަށް ފުރުސަތު ދިނުމަށް ފަހު އަދި ކުރިމަތިލާ ބޭފުޅުންނާ އިންޓަވިއު ކުރުމަށް ފަހު އެވެ.
އެ ގަވާއިދު ބުނާގޮތުން އިސް ފަނޑިޔާރު ކަމަށް އައްޔަން ކުރާނެ ބޭފުޅުން ކަނޑައަޅާނީ ކުރިމަތިލާ ބޭފުޅުންނާ އިންޓަވިއު ކުރުމަށް ފަހު ޖޭއެސްސީގެ ބައްދަލުވުމެއްގައި މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެންނެވެ. އަދި ނަންތަކާ މެދު ވޯޓަށް އަހާނީ އެންމެ މަތިން މާކްސް ލިބޭ ބޭފުޅުންނަށް އިސްކަން ދޭ ތަރުތީބުން ކަމަށާއި ދެ ބޭފުޅެއްގެ މާކްސް އެއްވަރު ވެއްޖެ ނަމަ، ފުރަތަމަ ވޯޓަށް އަހާނީ ފަނޑިޔާރުކަމުގައި ޚިދުމަތް ކުރި މުއްދަތަށް ބަލައިގެން ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ.
އިސް ފަނޑިޔާރުން އައްޔަން ކުރުމުގެ ގަވާއިދެއް ޖޭއެސްސީން އެކުލަވާލިއިރު، ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގުން އެ ކޯޓުގެ ގާޒީ އާދަމް މުހައްމަދާ ހަވާލުކުރީ އުސޫލާ ޚިލާފަށް ކަމަށް ބުނެ އެ ކޮމިޝަނަށް ދާދިފަހުން ފާޑުކިޔުންތައް އަމާޒުވި އެވެ. އެކަމަކު އެ ކޮމިޝަނުން ބުނެފައިވަނީ އެއީ އުސޫލާ އެއްގޮތަށް ނިންމި ނިންމުމެއް ކަމަށެވެ.
އާ ގަވާއިދެއް ޖޭއެސްސީން އެކުލަވާލިއިރު ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓާއި ހައި ކޯޓުގެ އިސް ފަނޑިޔާރު ކަން މިވަގުތު އޮތީ ހުސްކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްލާޙް
24 September 2020
ތިދެން އުޞޫލެއްތަ. ތިއުޞޫލުގެ ޚުލާޞާއަކީ އިސްފަނޑިޔާރުން އައްޔަންކުރާނީ ކޮމިޝަނުންނޭ. ސިޔާސީ ބަޔަކުތިބެ ފަނޑިޔާރުން އައްޔަންކުރީމާ ވަރަށް އިންސާފުވެރިވާނެ.މި މީހުންގެ އިންސާފު ހިނގަނީ މިމީހުން ނުރެހޭ މީހުންގެ މައްޗަށް.ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވިއޭ ކިޔާފައި ފިޔަވަޅު އަޅަނީ އެކަމު އެއްބަޔަކަށް ނަޞޭޙަތް.އަނެއްބަޔަކު ވަކިކުރަން.މިފަހުން ތިޔަ ކްރިމިނަލް ކޯޓަށް ނެގި ޕީޖީ އޮފީހުގައި އުޅުނު ވަކީލުންނަކީވެސް ކްރަޕްޝަންގެ އަޑުފެތުރިފައި ތިބި ބައެއް
އޮނަރަބްލް އަފީފު ދީދީ
23 September 2020
ޤަވާއިދުގައި ދެ ބޭފުޅެއްގެ މާކްސް އެއްވަރު ވެއްޖެ ނަމަ، ފުރަތަމަ ވޯޓަށް އަހާނީ ފަނޑިޔާރުކަމުގައި ޚިދުމަތް ކުރި މުއްދަތަށް ބަލައިގެން ކަމަށް އޮތުމަކީ އެންމެ ރަނގަޅުގޮތް ކަމަކަށް ނުދެކެން. އޭގެ ބަދަލުގައި އޭނާގެ ތައުލީމީ ފެންވަރަށާއި އަދާކޮށްފައިވާ ކަމާއިގުޅުންހުރި މަޤާމްތަކާއި ޒިންމާތަކަށް ބަލައި އިސްކަން ދިނުން ރަގަޅުކަމަށް ދެކެނީ އެމަރިކާގެ މިހާރުގެ ޗީފް ޖަސްޓިސް ކަމުގެ މަޤާމްގައި ހުންނެވި ފަނޑިޔާރު އެ މަޤާމަށް ވަޑައިގެންނެވިއިރު ލިބިވަޑައިގަތް ތަޖުލިބާއަށްބަލާފަ.