ޗައިނާގެ ގައުމީ ދުވަސް ފާހަގަކުރަން ބޭއްވި ވާޗުއަލް ރިސެޕްޝަނެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާހަކަދައްކަވަނީ. ޗައިނާއިން ރާއްޖެއަށް ދަތުރުފަށަށް އެނާ ގޮވައިލެއްވި.
24 ސެޕްޓެމްބަރ 2020 - 10:20
ކޮވިޑް-19 ފެތުރޭތީ ހުއްޓާލާފައިވާ ވައިގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެދިވަޑައިގެންފި އެވެ.
ޗައިނާގެ ގައުމީދުވަސް ފާހަގަކުރަން އިއްޔެ ބޭއްވި ވާޗުއަލް ރިސެޕްޝަނަަކަށް ފޮނުއްވި ވީޑިއޯ މެސެޖެއްގައި ޝާހިދު ވިދާޅުވީ އިގުތިސާދީ ހީނަރުކަމުން އަރައިގަތުމަށް ރާއްޖެއިންް ކުރަމުން އަންނަ މަސައްކަތުގައި އެންމެ މުހިއްމު ލަނޑުދަަނޑި އަކީ ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުކުރުން ކަމަށެވެ. ރާއްޖެ އާއި ޗައިނާއާ ދެމެދު ކުރާ ވައިގެ ދަތުރުތައް އަލުން ފެށުމަށާއި ވިޔަފާރި އާއި މީހުންްގެ ގުޅުން ވީ އެންމެ އަވަހަކަށް އިއާދަކުރަން ޝާހިދު ގޮވައިލެއްވި އެވެ.
ކޮވިޑް-19 ފުރަތަމަ ފެތުރެން ފެށީ ޗައިނާގެ ވޫހާނުން ކަމަށް ވާތީ މި ބަލިމަޑުކަމުގައި ރާއްޖެއިން ވައިގެ ދަތުރުކުރުން އެންމެ ފުރަތަމަ ހުއްޓައިލި ގައުމަކީ ޗައިނާއެވެ. އެގޮތަށް ކަންތައް ކުރަން ޖެހުނު އިރު އެގައުމަކީ އެއްގައުމަކުން ރާއްޖެއަށް އެންމެެ ގިނަ ޓޫރިސްޓުން އައި ގައުމެވެ. ދަތުރުތައް އަލުން ފެށުމަށާއި ކަނެކްޓިވިޓީ އިތުރުުކުރަން ގޮވައިލެއްވުމަށް ފަހު ޝާހިދު ވިދާޅުވީ ޗައިނާއާ އެކު މިހާރު ވެސް އޮތް ގުޅުން އިތުރަށް ބަދަހިކުރަން ރާއްޖޭން އޮތީ ތައްޔާރަށް ކަމަށެވެ.
ޗައިނާގެ ގައުމީ ދުވަހަކީ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހެވެ. އެކަމަކު އޭގެ ކުރިއަށް އަންނަ އެއް ހަފުތާ އަކީ ގައުމީ ދުވަހުގެ އުފާ ފާޅުކުރާ ރަސްމީ ބަންދުދުވަސްތަކެކެވެ. ގައުމީ ދުވަހުގެ ގޮތުގައި އެގައުމުން ފާހަގަކުރަނީ މިހާރު އޮތް ކޮމިއުނިސްޓް ދައުލަތް ޗައިނާގައި ގާއިމުވި ދުވަހެވެ. ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ނަމުގައި އެ ދައުލަތް އުފެއްދީ 1949 ވަނަ އަހަރު އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ޝާހިދު ޗައިނާގެ ރައްޔިތުންނަށް މަރުހަބާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ 1949 ވަނަ އަހަރު ޗައިނާގެ ދައުލަތް އުފެދުނީއްސުރެ އެ ގައުމުން އަންނަނީ ކުރިއެރުންތައް ހޯދަމުން ކަމަށާއި ބައިނަލްއަގުވާމީ މުޖުތަމައުގައި އެގައުމުގެ ލީޑަޝިޕް ދައްކަމުން އަންނަ ކަމަށެވެ. ޗައިނާ އިން ލީޑަޝިޕް ދައްކަމުން އަންނަނީ ސިއްހީ ދާއިރާ ފަދަ މުހިއްމު ދާއިރާތަކުގައި ކަމަށް ވެސް ވިދާޅުވި އެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރަން ރާއްޖޭން ކުރާ މަސައްކަތަށް ޗައިނާ ސަރުކާރާއި އެގައުމުގެ ކުންފުނިތަކުން ވެދެމުން އަންނަ އެހީތެރިކަމަށް ޝާހިދު ޝުކުރުއަދާކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޔިތުންގެ ސައްލާ
25 September 2020
ވ. މުހިންމު ކަމެއް. ޗައިނާއިން ޓޫރިސްޓުން އައިސްގެން ނޫންގޮތަކަށް މި އަޑިގަޑުން އަރައެއް ނުގަނެވޭނެ. ޢަވަހަށް ފައްޓަން ޖެހޭ.
އަބްދުއްالله
24 September 2020
ހޫނ. ޗައިނާ ރަނގަޅު.
ކަނބިލި
24 September 2020
ރާއްޖޭގެ ޚާރިޖީ ސިޔާސަތު މިހާރު މި އޮތީ ޗައިނާއަށް ހުރަސްއަޅާ އެ މެރިކާގެ ޕްރޮކްސީ އިންޑިއާ ކޮޅަށް ގޮސް ހުސް ވެފާ. ވާދަވެރި ބޮޑު ދެބާރުގެ ތެޅުންގަނޑު ތަޅާ މައިދާނަކަށް ވެފައި. މިއީ ރާއްޖޭގެ ދިގު ތާރީޚުގައި އަލަށް ހިނގާ ކަ މެއް. ހުރިހާ ގެއްލު މެއް ވާނީ ދިވެހިރާއްޖެއަށް. މިބޮޑު ގެއްލުން މިވަނީ މިއަދުގެ ވެރިންނަށް ގައު މަށް ވުރެ ވެރިންގެ އަ މިއްލަ އެދުން އިސްވެ މުހިން މު ވީ މާ.
ފަހުދު
24 September 2020
ލަދެއްގެ ކަންފުޅެއްވެސް ނެތް
ކޮރަލް
24 September 2020
ޕްރޮޖެކްޓް ތައް އިންޑިޔާ އަށް ދީފަ އެހީ އަށް އެދުނީމަ ޗައިނާ އިން ވެސް ވިސްނާނެ އެވެ.
އިސްމާލުކަލޭފާނު
24 September 2020
ޝާހިދާ ނަޝީދު ކޮބާ ލަދު؟
ސިކުނޑި
24 September 2020
ސީނު ކަރަޔަކީ މުހިންމު ބައިވެރިޔެއް! ދެރަދުން ތިން ރަދުންނަށް ބަދަލުކުރީމާ ސީނުކަރައިގެ ވާހަކަ ފެންނާނެ!
ދީމާހު
24 September 2020
ފުރަތަމަ ދައުލަތުގެ ތެރޭގައި ޗައިނާއާ މެދު ބާއްވާނެ ސިޔާސަތެއް ކަނޑައަޅާ އެއްބަސްވުމަކަށް އައިސް އެސިޔާސަތެއް ޕްރޮމޯޓް ކުރަމާތޯ. ޗައިނާއަކީ ބިޔަ ގައުމެއް. ދުނިޔޭގެ 2 ވަނަ އިގުތިޞާދު. ރާއްޖޭގެ ސިޔާސީ ލީޑަރުން ޗައިނާގެ އަގު ވައްޓާލަން ތަންތަނުގައި ވާހަކަ ދެއްކީމާ، ކޮންތާކުތޯ މިޖެހެނީ. ޗައިނާގެ އަގުތޯ ވެއްޓޭނީ. އެވާހަކަ ދައްކާ މީހުންގެ އަގުވެއްޓި ގެއްލުން ލިބެނީ ގައުމަކަށް ނޫންތޯ. ރާއްޖޭގެ ސިޔާސީ ލީޑަރުންނަކީ އަމިއްލަ އެދުމުން ފޯވެފައިތިބި ބައެއް
ކޮވެލި
24 September 2020
ރާއްޖެއާ ޗައިނާއާ ދެމެދު އޮތް ޒަމާންވީ ގުޅުމާމެދު ސުވާލު އުފައްދަނީ ހަމައެކަނި ނަޝީދެވެ. ވީމާ، ރާއްޖޭގެ ސިޔާސީ ވެރިންނާއި ރައްޔިތުން ތިބީ ޗައިނާއާއެކު އޮންނަ ގުޅުން ކުރިޔަށް ގެންގޮސް ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއަކަށް ޗައިނާ ވުމުގެ އުއްމީދުގައެވެ. ޒަމާނުއްސުރެ ރާއްޖޭގެ ހާރިޖީ ސިޔާސަތަކީ ވަކިފަރާތަަކަށް ނުޖެހުމެވެ.
އިބިރިހިންބެއްޔާ
24 September 2020
ސިޔާސީގޮތުން މިފަދަ ފުންނާބުއުސް ބެއިފުޅުން ލަދުފުޅުގެން ވަޑައިނުގަންނަވާނެ. ސަލާމް.
ޢަހޫ
24 September 2020
3 ބިލިއަން ރުފީޔާވަގައްނެގި މީހުން ލަދުގަގޭތޯ.