ކުށުގެ ވެށްޓެއްގައި ފުލުހުން ޓޭޕް ދަމާފައި. މާލޭގައި މިރޭ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި
23 ސެޕްޓެމްބަރ 2020 - 21:39
މާލޭގައި މިރޭ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެެ.
ފުލުހުން ބުނީ ހަމަލާ ދީފައިވަނީ ހަވީރީ ހިނގުމާއި ޝަހީދު އަލީ ހިނގުން ގުޅޭ ހިސާބުން ކަމަށެވެ. ފުލުހުން ބުނި ގޮތުގައި މި ހަމަލާ ރިޕޯޓްކުރީ މިރޭ 8:45 އެހާއިރު އެވެ.
ޒަހަމްވި މީހާ އަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ބުނި ނަމަވެސް އިތުރު ތަފްސީލެއް އަދި ނޭނގެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހަމަލާދިން ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި ހަމަލާ ދިން ސަރަހައްދުން، ތޮއިބާ މިސްކިތް ކައިރިން 19 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފަައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
މި ހަމަލާ ދީފައި މި ވަނީ މިފަދަ ހަމަލާތައް މާލެ ތެރޭ ވަރަށް ބޮޑަށް މަދުވެފައި އޮތުމަށް ފަހުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަބަރު
24 September 2020
ވަރަށް ހިތާމަހުރިކަމެއް. ކުށްކުރިމީހުން ހޯދާ ހިފާ ހައްޔަރުކޮށް އަދަބުދީ. އަދި ސިޔާސީކުރަން ނުޖެހޭ.
އާރީ
23 September 2020
މިތާ ހަމަޖެހުން އޮތީމަ ބަޔަކު ލަގޮޑިއަށް ކެށްނުވެގެން އެކި ގޮތް ގޮތުން މާލެތެރެ ހަލަބޮލި ކުރަށް އުޅޭތާ ކިތަށްމެ ދުވަހެއް.
ޖަރީ
23 September 2020
މިކަން ވެސް ތި ސިޔާސީ ކޮށްލީ. ހަބަރު ލިބިފައިވާ ގޮތުން މީ ފެމެލީތެރޭގެ މައްސަލައެއް. ޕީޕީއެމް ގެ ނުވަތަ ސަރުކާރާއި އިދިކޮޅު ބައެއް ގެ ކަމެއް ނޫން.
އުއްތަމަ އުސްތާޛް
24 September 2020
ކޮއްކޯ މިއީ ފެއިލްވެފާވާ ސަރުކާރެއްކަން ނުދަންނަ ހަމަ އެކަކުވެސް މިރާއްޖޭގައި ނެތް