އިސްމެހެލާހެރަ: މަރުވި މީހާ ފެނުނީ މި ސަރަހައްދުގެ މޫދު އަޑިން.
28 އޮކްޓޯބަރ 2016 - 19:38
މިއަދު ހެނދުނު އައްޑޫ މީދޫގައި މޫދަށް އެރުނު މީހެއްގެ ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް މޫދު އަޑީގައި މަރުވެފައި އޮއްވައި މިރޭ ފެނިއްޖެ އެވެ.
ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވައި ފެނުނީ މީދޫ ސައިމާގޭ އަބްދުﷲ ޝަރީފް، 32، އެވެ.
އޭނާގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނީ ޝަރީފަކީ ކޮންމެ ހުކުރު ދުވަހަކު ހެނދުނު މީދޫ ކައިރީ އޮންނަ އިސްމެހެލާހެރަ އަށް މޫދަށް ދާ މީހެއް ކަމަށެވެ.
އޭނާ ބުނީ ހެނދުނު މޫދަށް ދިޔަ ގޮތަށް ހަބަރެއް ނުވެގެން، އާއިލާ އިން ފުލުހުންނަށް ވެސް ރިޕޯޓް ކުރި ކަމަށެވެ.
"ފުލުހުންނާއި ސިފައިން ހޯދަމުން ދަނިކޮށް އިސްމެހެލާގެރަ ޗެނަލް ސަރަހައްދު މޫދު އަޑީގައި މަރުވެފައި އޮއްވައި ފެނުނީ،" އޭނާ ބުންޏެވެ.
ޝަރީފަކީ އެމްޕީއެލް ސަދަން ޓްރާންސްޕޯޓް ލިންކްގައި ވަޒީފާ އަދާ ކުރަމުން ދިޔަ މީހެކެވެ. އޭނާގެ ދެ ކުދިން ވެސް ތިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
29 October 2016
ވަރަށް ހިތްހެޔޮ ރަނގަޅު މީހެއް ޝަރީފް އެއީ.ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވާށި.އާމީން
ޕޮލިސް
29 October 2016
ހަމަ އެކަނި ފުލުހުން އެމީހާ ހޯދީ..ސިފައިން ބައިވަރިވެސް ނުވޭ..
ޔާމީނާ
29 October 2016
ކޮންޗެނަލެއް ކަޑާކަށްތަ؟ މިހާރު އެތަންނަށް އެނިޔާވީ ދެމީހުން! ކުރީގައި އެއްތަން ގޮތަށް އެތަން ބާއްވަން ފެނޭ!
އ މ
29 October 2016
إنّا للهِ وإنّأ إليه راجِعون. اللهم اغفِر لنا وله
ނޫސް
29 October 2016
މޫދަށް ދިޔަ މީހެއް ނޫން. އަދީބުގެ އިސްމާއީލު ހުރާ އަށް ގޮސްފަ މޫދުތެރެއިން ހިނގާފަ އަންނަނިކޮށް އޮޔާ ގޮސް ފެތުނުކަމަށް ލަފާކުރެވެނީ