ކުޅުދުއްފުށީގެ މަގެއް. އެރަށުން ކޮވިޑްގެ ކޭހެއް ފެނުމުން އަރާފޭބުން ވަނީ މަނާކޮށްފައި
25 ސެޕްޓެމްބަރ 2020 - 22:15
އުތުރުގެ އެންމެ އާބާދީ ބޮޑު ރަށް، ހދ. ކުޅުދުއްފުށްޓާ މާލެއާ ދެމެދު ދަތުރުކުރާ ބޯޓެއްގެ ކެޕްޓަން ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން ކުޅުދުއްފުށި މޮނިޓަރިން އަށް ލައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ ކުޅުދުއްފުށްޓަށް އަރައި ފޭބުން މަނާކޮށްް މޮނިޓާ ކުރަން ފެށީ އެރަށުގެ އުޅަނދަކުން ކޮވިޑްގެ ކޭހެއް ފެނިގެން ކަމަށާއި އެ ރަށް މޮނިޓަރިން އަށް ލާފައި ވަނީ ކޮންޓެކްޓް ޓްރޭސިން ނިމެންދެން ކަމަށެވެ.
ކުޅުދުއްފުށީ ކައުންސިލަށް އެޗްޕީއޭއިން ފޮނުވި ލިއުމުގައިވާ ގޮތުން އެ ރަށަށް އަރާ ފޭބުން މަނާކުރީ މިރޭ 8:45 އިން ފެށިގެންނެވެ. އެ ލިއުމުގައި އަންގާފައި އޮތީ އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން އެ ރަށަށް އަރައި ފޭބުން މަނާކޮށްފައިވާ ކަމަށެވެ.
ރާއްްޖޭގައި ކޮވިޑް 19- ފެތުރެން ފެށިފަހުން މާލެއާ ގުޅުމެއް ނެތް ކޭހެއް އަދި ނުފެނެ އެވެ. ރާއްޖޭގައި އެބަލި ޖެހުނު މީހުންގެ އަދަދު 10،000 ވުރެ މަތިވީ މިރެ އެވެ. އެ އަދަދަށް މީހުންނަށް ބަލި ޖެހުނު އިރު މާލެ ފިޔަވާ އެ ބަލީގެ މީހުން ފެނިފައި ވަނީ ކުޅުދުއްފުށްޓާ އެކު 25 ރަށުންނެވެ. އޭގެ އިތުރުން 15 ރިސޯޓަކުން ވެސް ކޭސްތައް ފެނިފައި ވެއެވެ.
ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 34 މީހަކު އެބަލީގައި މަރުވި އިރު 8500 އަށް ވުރެ ގިނަ މީހުން ވަނީ އެ ބަލިން ރަނގަޅުވެފަ އެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 1308 އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Ali Gasim
26 September 2020
މިވަރަށް ބިރުގަންނަން ޖެހުނީމާ ކިހިނެތް ވެރިކަންކުރާނީ
ހުސެނ
26 September 2020
ކޮވިޑް އާ އެކު އުޅުން ނޫން ގޮތެއް މިވަގުތަކު ނެއް.... އުޅެން ދަސްކުރަންޖެހޭނީ...
މޯޑް
26 September 2020
ކޮޗިންފެރީ ވެސް ޗޮކުން ނެންނު ތި ދިޔައީ
އުދުހޭ
26 September 2020
އެޗްޕީއޭތޯ މޮޅުވަނީ ނުވަތަ އިންޑިޔާތޯ މިތިބީ ބަލަން. އެނގިދާނެތާ ވާގޮތެއް! ވަކި ބަޔަކު އެޗްޕީއޭގެ އެންގުމަށް ތަބާވާ އުސޫލަކީ އަހަރެން ބަލައިގަންނަ އުސޫލެއްނޫން.
ކަރަންޓީނު ބަދަރު
25 September 2020
ކިހާ ދެރަ..ކޮޗިން ފެރީ އަށް ވުރެ ކޮވިޑް19ގެ ސުޕީޑްާ މާ މާރު ވެއްޖެ އެވެ. ކޮޗިން ފެރީ ބަދަރު ކުރުން އޮތީ މިރޭ ފަތިހުއެވެ. ކޮވިޑް19 މިހާރުލާ ބަދަރު އެކުރީ އެވެ.
މީވަހީދު
25 September 2020
ފެރީ އަންނާނެ ކޮވިޑެއް އެހެން އެހެން އެއްޗެއް ކިޔާނެކަމެއްނެތް. ފިއްތާލައިގެންހުންނަން ޖެހޭނީ.
އިބިރިހިންބެއްޔާ
26 September 2020
ގެންނަންވާނެ. ބޮޑުވަޒީރުގެ މާސްޓަރ ޕްލޭނު.
ސަލާޙް
26 September 2020
މީވަހީދު! ފެރީ އަންނާނެ. އިންޑިޔާ މިލިޓަރީވެސް އަންނާނެ. މިގައުމު ދެވެނަ ފަލަސްތީނަށްވެސް ވާނެ، ފިއްތާ ބާރުކޮށްގެން ތިބޭ!
އަހީދު
26 September 2020
ވަހީދޫ އަދި އިތުރަށް ތިކޮޅުންވެސް ފިއްތާލައިގެން ތިބެންޖެހިދާނެ އެވަރަށް ކޮވިޑް އޮތް ގައުމަކުން ތަކެތި ގެންނައިރު ކޮވިޑްވެސް އިތުރަށް ރަށަށް ގެނައުމުގެ ޗާންސް ބޮޑުވީމަ.