ޚަބަރު / ފިޝަރީޒް، އެގްރިކަލްޗާ މިނިސްޓްރީ

ދޮންދީނި ހިމާޔަތްކުރަން އައްޑޫން ކާޅު މެރުމުގެ ލަފަޔަކަށް އެދެފި

އައްޑޫގައި ކާޅު ގިނަވެ، ދޮންދީނިގެ އާބާދީ އަށް ނުރައްކާވެފައި ވާތީ ކާޅުތައް ނައްތައިލުމާ ގުޅޭ ގޮތުން ކައުންސިލުން އެންވަޔަރަމަންޓް މިނިސްޓްރީގެ ލަފައަކަށް އެދިއްޖެ އެވެ.

ކައުންސިލްގެ ފޭސްބުކްގައި މިއަދު ލިޔެފައިވާ ގޮތުގައި ކާޅު އިތުރުވަމުންދާތީ އައްޑޫން ދޮންދީނި ނެތިހިނގައިދާނެ ކަމުގެ ބީރު ވަނީ ހީވެފަ އެވެ.

"[އެހެންވެ] އައްޑު އަށް ދޫކޮށްލާފައިވާ ކާޅުތައް ނައްތައިލުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތަކާ މެދި ކައުންސިލުން ވަނީ އެންވަޔަރަމަންޓް މިނިސްޓްރީގެ ލަފައަކަށް އެދިފައި،" ކައުންސިލުން ބުންޏެވެ. މީގެ އިތުރުން ކައުންސިލުން ވަނީ ކާޅުތައް ނައްތާލުމުގެ ހުއްދަ އަށް އެދި އެޗްޕީއޭ އާއި އެގްރިކަލްޗަ މިނިސްޓްރީގައި ވެސް ދަންނަވާފައި،" ރާއްޖޭގައި އައްޑު އަށް ހާއްސަ ދޫންޏެއްގެ ގޮތުގައި މަޝްހޫރު ދޮންދީނިތައް ހިމާޔަތްކުރުމާ ބެހޭ ގޮތުން ބުނެފައިވެ އެވެ.

Kon baehkan neyngey bayaku, Addu City ge avahthakah kaalhuthakeh dhookurumuge sababun Addu ge eki avahthakugai mi...

Posted by Addu City Council on Thursday, October 1, 2020

ކައުންސިލުން ތުހުމަތުކުރާ ގޮތުގައި އައްޑޫގައި ކާޅު އިތުރުވަމުން ދަނީ ބަޔަކު ގަސްތުގައި އައްޑު އަށް ކާޅު ގެނެސް ދޫކޮށްލާފައިވާތީ އެވެ. އައްޑު އަކީ އެއް އިރެއްގައި ވެސް ކާޅު ދިރިއުޅޭ ތަނެއް ނޫނެވެ. އެކަމަކު ދޭތެރެ ދޭތެރެ އިން އައްޑޫން ކާޅު ފެންނާތީ އެކަމާ ގުޅިގެން އާންމުންގެ ތެރޭގައި ކަންބޮޑުވުންތައް އުފެދެ އެވެ.

"އައްޑޫގެ އަވަށްތަކަށް ކާޅުތައް ދޫކުރުމުގެ ސަބަބުން ކާޅުތަކުގެ ނުރައްކާ ދޮންދީނިތަކަށް ކުރިމަތިވަމުންދާ ކަމުގެ ޝަކުވާތައް ކައުންސިލަށް ވަނީ ލިބިފައި،" ކައުންސިލުން ބުންޏެވެ. "އަދި ދޮންދީނިތައް މަރައި ޅަ ދޫނިތަކާ އެކު ކައި ހުސްކުރަމުންދާކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފައި."

ކާޅުތަކުގެ ސަބަބުން އައްޑޫގެ ދޮންދީނީގެ އާބާދީ އަށް ނުރައްކާވެފައި މި ވަނީ އެ ދޫނީގެ އާބާދީ ބެލުމަށް މިދިޔަ މަހުގެ 15-30 އަށް އައްޑޫގައި ސާވޭއެއް ވެސް ކޮށްފައި ވަނިކޮށެވެ. ދޮންދީނި އަކީ އައްޑޫ ފަހުރެއްގެ ގޮތުގައި ދެކޭ އެ ސިޓީ ރަމްޒުކޮށްދޭ ދޫންޏެކެވެ.

22 ކޮމެންޓް, 42 ރިއެކްޝަންސް

icon happy icon happy 52%
icon sad icon sad 12%
icon angry icon angry 36%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ީއިމަދު

03 October 2020

ޑޮންދީނި އެއްމެ ގިނަވާނީ މިހާރު ހުވަދޫގަ

The name is already taken The name is available. Register?

ޑރ.ވަހީދު

02 October 2020

ހުރިހާ ކާޅުތައް ހިފާފަ މިގެޔައް ފޮނުވާ. ކޮއްޓަށް ލާފަ ބަހައްޓާނަން.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

01 October 2020

ކުރިއަށް އޮތް ތަނުގައި އައްޑޫސިޓީގެ ރައްޔިތުން މޭޔަރު ކަމުގެ މަޤާމަށް އިންތިޙާބު ކުރާންވާނީ ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ލިބިދޭ ބާރުތައް އޭގެ އެންމެ މަތީދަރަޖައަށް ބޭނުންކޮށް ސިޓީގެ ކަންކަމާއި ރައްޔަތުންގެ ޙައްޤު ހިމާޔަތް ކުރުމުގެ ޤާބިލްކަން ހުރި ކެރޭ މީހަކު. # އައްޑޫގެ ޝަރަފެއްގެ ގޮތުގައި ދިގު މާޒީއެއް ހޭދަކޮށް އަހަރުމެނަށް ނުހަނު އުފާވެރިކަން ގެނެސްދިން ދޮންދީޏި ހިމާޔަތްކޮށް ދިނުމަށްވެސް މޭޔަރަށް ކަމެއް ކުރެވޭނެހެން ހީނުވާތީ ރައްޔިތުން ނިކުމެ މިކަންކުރާންޖެހޭ.

The name is already taken The name is available. Register?

ބޯހުދު ޒިންދަގީ

01 October 2020

ޒަމާނުއްސުރެ ދިވެހީން ކާޅާއިމެދު ދެކެމުންއައި ނަސްލީތަފާތުކުރުން ނިމުމަކައްގެނެސް ކާޅައްކުރާއަނިޔާ ހުއްޓާލާ! #ބްލެކްލައިފްމެޓާޒް

The name is already taken The name is available. Register?

ސީޒަން ޖެކްޝަން

01 October 2020

#ބުލެކްލައިފްމެޓާޒް.

The name is already taken The name is available. Register?

އެހެންތަ ؟

02 October 2020

އެއްވެސް އިރެއްގައި އަހަރުމެނަކީ ކާޅާއި މެދު ގޯސްކޮށް ކަންކުރި ބައެއްނޫން. އެކަމަކު އަހަރުމެން އައްޑޫ މީހުން މިބުނަނީ މި ސިތީގެ ފަޙުރެއްގެ ގޮތުގައި މިތަނުގައި ދިރިއުޅޭ ދޮންދީނި ތަކަށް ނުރައްކަލެއްގެ ގޮތުގައި ކާޅު މިތަނުގައި އާލާ ވުމަށް ފުރުސަތު ނުދޭނެ ވާހަކަ. ބަޔަކު ޖެއްސުމަށް އައްޑުއަށް ގެނެސް ދޫކޮށްލި ކާޅުތައް އައްޑޫން ބޭރު ކުރާންޖެހޭ.

The name is already taken The name is available. Register?

ނަޖުމުއްދީން

01 October 2020

ހުރިހާ ކާޅުތަކެއްގާ ހުދުދަވާދުލާފައި ދޮންދީނިކިޔަމާބަހީ.

The name is already taken The name is available. Register?

ދޮންދޫނި މަންމަ1

01 October 2020

ކާޅު މަރަންވީމަވެސް މާލެއަށް ބޮޑުސިޓީ ހައްދަން މި ޖެހުނީ، ކާޅުތަށް ހިފާ އެހެން ރަށަކަށް ދޫކޮށްލަބަލަ، މެރުމެއް ނޫންދޯ މުހިންމީ، ދޮންދީނި ހިމާޔަތްކުރުންދޯ މުހިންމީ، ގައިމު ހުޅުލެއަށް ޖައްސާ ބޮޑުދޫނިތަކަށް ގެއްލުންވާތީ އެތަނަށް އަންނަ އިރުވައިހުދު ބައިގަނޑު މަރައެއްނު

The name is already taken The name is available. Register?

އުލިގަމް އިސްޓައިލް

01 October 2020

ދޫނިރައްޖޭގަ ކާޅުގެ ދަރަޖަ އެހާވެސް ދައްވީބާ؟ ނުދެނެހުރިން ޖަނަވާރެއް ހިމާޔަތް ކުރަން އެހެން ޖަނަވާރެއް މަރަން ވެދާނެކަމެއް. މީ ކޮންކަހަލަ މޮޔަ ބައެއް އުޅޭ ގައުމެއްތަ؟

The name is already taken The name is available. Register?

ސިކުނޑި

01 October 2020

ކާޅަކީ ހިމާޔަތްކޮށްފައިވާ އެއްޗެއްތަ؟ އައްޑޫގައި ދޮންދީނި ހިމާޔަތް ކުރަން ކާޅު މެރިޔަސް ރަނގަޅު! ދޮންދޫނިތަކާ ޚިލާފަށް ކާޅަކީ ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައުވެސް އުޅޭ އެއްޗެއް! ކާޅުގެ ދަރިފަސްކޮޅު ނެތިދިއުމުގެ ބިރެއްނެތް!

The name is already taken The name is available. Register?

ދރަ

01 October 2020

ކާޅު ކަޅުވީމަތަ މަރަންވީ. ދޮންދީނި ދޮންވީމަތަ އާލާކުރަންވީ. ޜޭސިޒަމް

The name is already taken The name is available. Register?

ޙަބީބު

01 October 2020

ގުދުރަތުންވާ ކަންކަ މާ ބެހިބާރުގެ ބޭނުން ކޮއްގެން ނުވާނެ ކާޅުމަރަންޏާ ހުރިހާ ރަށަކުންވެސް ކާޅު މަރާފަ ދޮންދޫނި އާލާކުރޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454