އަދާރަން ރަންނަޅި: ކަރަންޓުގެ ހާދިސާއެއްގައި އެ ރިސޯޓުގައި މަސައްކަތްކުރާ ސްރީ ލަންކާ ފިރިހެނަކު އިއްޔެ މަރުވި -- ފޮޓޯ: އަދާރަން ވެބްސައިޓު
05 އޮކްޓޯބަރ 2020 - 12:37
އަދާރަން ރަންނާޅި ރިސޯޓުގައި އިއްޔެ ކަރަންޓުގައި ޖެހިގެން ސްރީ ލަންކާ ފިރިހެނަކު މަރުވެއްޖެ އެވެ.
މިކަން ފުލުހުންނަށް ހުށަހަޅާފައި ވަނީ ރޭ 8:00 ހާއިރު ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ ހާދިސާ ހިނގީ އިއްޔެ ހަވީރު 6:30 ހާއިރު ކަމަށާއި އެ ފިރިހެން މީހާ ކަރަންޓުގައި ޖެހުމުން ކ. މާފުށީ ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށެވެ.
"މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންތައްތައް ފުލުހުން ދަނީ ބަލަމުން،" އެެ އިދާރާ އިން ބުންޏެވެ.
އެނގިފައިވާ ގޮތުގައި، އެ ހާދިސާގައި މަރުވެފައި ވަނީ އެ ރިސޯޓުގެ މުވައްޒަފެކެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު މައުލޫމާތެއް ރިސޯޓުން އަދި މާފުށީ ސިއްހީ މަރުކަޒުން ވެސް ހާމައެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިހާ ދެރަ
05 October 2020
ކަރަންޓް ގައި ޖެހި މަރުވެއްޖެ ނަމަ ރިޒޯޓްގެ އޯނަރު ޒިންމާ ވާން ޖެހޭނެއެވެ. މިޒަމާނުގައި ހުންނަން ޖެހޭނީ ކަރަންޓްގައި ޖެހުމާއެކު ބްރޭކަރު ވެއްޓި ނުވަތަ އެހެން ގޮތަކުން ނަމަވެސް ކަރަންޓް ކެޑި މީހާ ސަލާމަތްވާނެ ޓެކްނޮލޮޖީ އިންސްޓޯލް ކުރެވިފައެވެ.
ރަބަރު
05 October 2020
ވަރަށް ހިތާމަވެރި ހާދިސާއެއް.