ސައުދީ އަރަބިއާގެ ދީނީ އިލްމުވެރިޔާ ޝެއިޚް އަބްދުއްރަހުމާން ސުދައިސް.
30 އޮކްޓޯބަރ 2016 - 12:41
މައްކާ (އޮކްޓޯބަރު 30) - އީރާނުގެ މަދަދު ލިބޭ ޔަމަނުގެ ހޫތީން މައްކާ ސަރަހައްދަށް ބެލިސްޓިކް މިސައިލުން ހަމަލާދޭން އުޅުމަކީ ދުނިޔޭގެ 1.5 ބިލިއަން މުސްލިމުންނަށް ކުރަން އުޅުނު ގޯނާއެއް ކަމަށް ދެ ހަރަމްފުޅުގެ ކަންކަން ބަލަހައްޓާ އިދާރާގެ ރައީސް ޝެއިޚް އަބްދުއްރަހުމާން އަލް ސުދައިސް ވިދާޅުވެއްޖެ އެވެ.
ހޫތީ ބާޣީން މައްކާ ސަރަހައްދަށް ދޭން އުޅުނު މިސައިލެއް ސައުދީ ސިފައިން ނާކާމިޔާބުކޮށްލާފައި ވަނިކޮށް ސުދައިސް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ މާތްވެގެންވާ ގެފުޅަށް ހަމަލާ ދޭން އުޅުމަކީ އެބައެއްގެ މައްޗަށް މާތްﷲގެ ކޯފާ އާއި ހަލާކު ކުރިމަތި ކުރުވާނެ ކަމެއް ކަމަށެވެ.
"މި ނުބައި އަމަލުގެ ސަބަބުން ދީނާއި ގައުމު ހިމާޔަތް ކުރުމަށް ސައުދީ ސިފައިންގެ އަޒުމް ވަރުގަދަވެގެން ދާނެ،" ސުދައިސް ވިދާޅުވި އެވެ.
ހޫތީން ދޭން އުޅުނު ހަމަލާ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުސްލިމް ލީޑަރުންނާއި މުސްލިމް ޖަމާއަތްތަކުން ކުށްވެރިކޮށްފަ އެވެ. ޔޫރަޕިއަން އިސްލާމިކް ކޮންފަރެންސްގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ބިޝާރީ ވަނީ ހޫތީންނާއި އެ މީހުންނަށް ވާގިވެރިވާ މީހުންނާ ދެކޮޅަށް ދައުވާ ކުރުމަށް ބައިނަލްއަގުވާމީ މުޖްތަމައަށް ގޮވާލައްވައިފަ އެވެ. ސްޕޭނުގެ އިމާމުން ވެސް ވަނީ މި ހަމަލާ ކުށްވެރިކޮށްފަ އެވެ. ފިލިޕީންސްގެ ދާރުލް އިފްތާ އިން ބުނެފައި ވަނީ އެ ގައުމުގެ މުސްލިމުން ތިބީ ސައުދީ އަރަބިއާއާ އެކު ކަމަށެވެ. މޮރޮކޯގެ ޚާރިޖީ ވުޒާރާ އިން ވެސް ވަނީ ހޫތީންގެ މި އަމަލު ކުށްވެރިކޮށްފަ އެވެ. އަދި ހޮން ކޮންގްގެ ގްރޭންޑް މުފްތީ ޝެއިޚް މުހައްމަދު އަރުޝާދު ވެސް ވަނީ ހޫތީން ދޭން އުޅުނު ހަމަލާއާ ދެކޮޅު ހައްދަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮން ބަބުރު ސޮރު
31 October 2016
ކިތަންމެ ވަރަކަށް ބުހުތާން ދޮގު ހެދިއަސް މުސްލިމުންގެ ތެރޭގައި ތިބި ބާރު ހުރި ޕާކިސްތާން ތުރުކިޔާ އިންޑޮނޭޝިއާ ކަހަލަ ގައޮމުތަކުން އީރާނަށް ހަމަލަ ނުދޭނެ އެގައޮމު ތަކަކީ ދިއުޅީ އެއްނުވާ ޢަރަބީންނާ ޚިލާފަށް ތަސައްރަފު ފުދޭ ގައޮމުތައް ސައޮދު އަރަބަކީ ތެލުން ލިބުނު ފައިސާކޮޅު ނޫން އެހެން އެއްޗެއް ތިބި ބައެއް ނޫން އެވެސް ދިނީ ނަސާރާއިން ޔަހޫދީންނަށް ދެން މިއަދު ޖާހިލްބައެއްގެ ގޮތުގަ ތިގެން ކޯއްޗެއް ހަދަން ތޯ ތިޔަ އުޅެނީ، މޮޔަފުޅުވީތޯ؟ސައްދާމު ހުސޭން މަރާނުލާ ތިބިނަމަ މިއަދު އީރާން ގޯހެއް ހެދިއަސް ކުރިމަތިލާނެ ބަޔަކުތ ތިބީސްކަން ޔަގީން! ދެން ކޮސްގޮވާލަ ގޮވާލާ ތިބޭ ދުވަސްކޮޅަކުން ތިޔަނަންވެސް ނުފެންނާނެ....
އުދުހޭ
31 October 2016
ރަން މައިކުން ވާހަކަ ދެއްކިއަކަސް އަދި ކަމަކުނުދާނެ.
އިހުވާނުލް މުސްލިމީން
31 October 2016
އެމެރިކާ އާއި ގުޅިގެން މުސްލިމު ގައުމުތައް ސުންނާފަތި ކުރަން ސައުދީން ތިކުރާމަސައްކަތަކީ 2 ބިލިއަނެއްހާ މުސްލިމުންނައް ގޯނާކުރުން. މައްކާ ހިމާޔަތް ކުރާނެ އެތަނުގެ ވެރި ރސްކަލާންގެ. އެއްވެސް ބަޔަކައް އެތަނަކާ ނުކުޅެވޭނެ އިންޝާ ﷲ.
ހޫތީ
30 October 2016
މީ ކަނޑައެޅިގެން ދޮގެއް! ކޮންމެވެސް އެއްޗަކޭ ކިޔާފަ މިވެރިން މިއުޅެނީ އިރާނަށް ހަމަލާދޭން....އިރާންގެ ތެޔޮ ބާޒާރަށް ނެރެން ހުއްދަލިބުނު ފަހުން ދުނިޔޭގެ ބާޒާރުގަ ތެރލުގެ އަގު މައްޗަށް ނުގޮސްގެން ސައޫދު އާއިލާ ތިބެނީ ރުޅިއަސްގެން ފުފިފަ. ހޫތީންނަށް މަދަދުވެރިވަނީ އިރާންއޭ ކިޔާފަ އިރާންއަށް ހަމަލާދޭންވެގެން 1.5 ބިލިއަން މުސްލިމުންގެ ހަމްދަރުދީ ހޯދަން ޖައްސައިގެން އުޅޭ ގޭމެއްކަމާއި ދޭތެރޭ އެއްވެސް ޝައްކެއްވެސް ވަސްވާހެއްވެސް ނެތް. ވެރިކަން ދިފާު ކުރުމައްޓަކައި އަލް ސައޫދު އާއިލަާއިން ކޮންމެ ފަދަ ކަމެއްވެސްކޮއްފާނެ
ސާމިޙް
31 October 2016
ތެލުގެ އަގޭ ތިކިޔަނީ ވާނުވާ ނޭނގިގެން. ދުނިޔޭގެ ބާޒާރުގަ ތެލުގެ އަގު ދަނީ އުފުލެމުން. އީރާނުގެ އަސްލު ސިފަ ނޭނގި ސައުދީ ސަރުކާރަށް ތި އެއްޗިހިކިޔަނީ، އީރާނުގަ މާ ރަނގަޅު ބަޔަކު އުޅޭތީތަ؟
މެންޓަލިސްޓް
30 October 2016
ތިޔަކަމާއި ސުދޭޝް ހާސްވާކަށް ނުޖެހޭނެ ،، މުޅިކާއިނާތުގެ ވެރިރަސްކަލާންގެ އޮތީ އަންގަވާފައި ނޫންތޯ މައްކާ ހިމާޔަތް ކުރައްވާނެކަން ،،، ނޫނީ މުސްލިމުންގެ ގިބްލަކަމަށްވާ ކައުބާ ހިމާޔަތް ކުރައްވާނެކަން ،،،
އުސްތާޛް ޢިރުފާން ބިން ޢަބުދުﷲ
30 October 2016
އެކަން ކުރި ބަޔަކަށް ގެއްލުމާއި ހަލާކު ހުރި..! ޔަމަންގެ މުސްލިމުންނަށާއި، އެނޫން ޤައުމުތަކުގެ މުސްލިމުންނަށް ސަޢޫދީޢަރަބިޢާ އިން ޙަމަލާދީ ޤަޢުމުތަށް ސުންނާފަތިކޮށް، މުސްލިމުން މަރަމުންދާއިރު އެވާހަކާ ޝެއިޙް ސުދައިސް ނުދައްކަވަނީ ކީއްވެތޯ؟؟؟؟؟؟
ހުސްނާ
30 October 2016
ތީ ސައުދީން އަމިއްލަ ކުރިކަމެއް ހޫތީންގެ ބޮލުގަ އަޅުވަން. ސައުދީގެ ހަމަލާތަކުގައި ޔަމަނުގެ އެތައްހާސް ބަޔަކު މަރުވެ އެތައްހާސް ބަޔަކު ބަނޑުހައި ހޫނު ކަމުގައި އުޅޭތީ. މުސްލިމުގައުމުތަކާއި ސުއްނީ މުސްލިމުންގެ ތާއީދު ހޯދަން
އިބްރާހިމް
30 October 2016
ހަމަލާ ހަރުކަށި އިބާރާތުން ކުއްވެރި ކުއްވެރިކުރަން. އެކަމު ސައުދީ އިސްވެ އޮވެ ޔަމަނުގެ ކުށެއްނެތް އެތަކެއް ބަޔަކު މަރަމުންދާ އިރު އެކަމާދެކޮޅަށް ބަހެއްބުނެލަން ކެރޭ އިސްލާމީ ގައުމެއްގެ ވެރިއެއްނެތް ކަމީ މިއަދު މުސްލިމުވެރިންގެ ނިޔަަަތާމެދު ސުވާލް އުފެދޭ ކަމެއް.މިއަދު މުސްލިމުންބިކަވެ ހާލުގައި ޖެހިފައިވަނީ ހުޅަނގުގެ ގައުމުތަކައް ބަރޯސާވެ ވެރިކަމުގެ ދަހިވެތި ކަމުގަ ޖެހުމުން.
މީކާއިލް
30 October 2016
ރާޖޭގެ އެކަކުވެސް ކުުއްވެރިއެއް ނުކުރޭތަ! ކޮބާ ދީނޭކިޔައިގެން އުޅޭ މީހުންތައް ބުނާނެ އެއްޗެއްނެތީތަ.. ކޮބާ އިސްލާމިކް މިނިސްޓްރީ.
އޮޅުވާލުން
30 October 2016
މައްކާއަށް ހަމަލާދޭން އުޅުނު ކަމަށް ބުނާ ވާހަކައަކީ ކަޑައެޅިގެން ދޮގެއްކަމަށް ދޭހަވެއެވެ. 1.5 ބިލިޔަން މުސްލިމުންނާއި ދެކޮޅަށް ޚޫތީން ހަގުރާމައެއް ނުކުރެއެވެ. ފަހަރެއްގައި ސައުދީއަށް ނުވަތަ ރިޔާޒަށް ނުވަތަ ސައުދީގެ އެހެން ސަރަހައްދަކަށް ހަމަލާދޭން އުޅުނީ ކަމަށް ވެދާނެއެވެ. ސައުދީން ޔަމަނުގެ އެތަކެއް ހާސް ބަޔަކު ގަސްތުގައި ބޮން އަޅައި މަރަމުންދާއިރު އެކަން ކުއްވެރި ކުރާތަނެއް ނުފެނެއެވެ. އެއީ ޚޫދީން ކަމުގައި ވިއަސް އަދި މުސްލިމުން ނޫން ކަމުގައިވިއަސް ހަމަގައިމުވެސް އެއީ އިންސާނުންނެވެ. ކުށެއް ނެތް އެތަކެއް ހާސް ބަޔަކު އެއްމެ މީހަކަށްޓަކައި ގަތުލުކުރަމުން ސައުދީން އެދާ ދިޔުމަކީ ހަމަ ރަނގަޅުކަމެއްބާއެވެ. އެއްވެސް ހައްޤެއް ކަމަކާ ނުލައި ސައުދީން ބޭނުންވާ ސަރުކާރެއް ޔަމަނުގައި ދެމެހެއްޓުމަށްޓަކާ ސައުދީއިން ޔަމަނަށް ހަމަލާ ދެވިފައި ޔަމަނުން ސައުދީ އަށް ހަމަލާ ދިނުމަކީ 1.5 ބިލިޔަން މުސްލިމުންނާ ދެކޮޅަށް ހަމަލާ ދިނުން ކަމުގައި ނުވާނެއެވެ. ސައުދީން ފަލަސްތީނުގެ މުސްލިމުންނަށް ދިނީ ބީރު ކަންފަތެކެވެ. އަދި އިޒްރޭނލުން ފަލަސްތީނުގެ އެތަކެއް ބަޔަކު މަރަމުން ހުރިހާ އިމާރާތްތައް ފުޑުފުޑު ކުރަމުން ދިޔައިރު ސައުދީ އޮތީ ނިދާފައެވެ. ނުވަތަ އިޒްރޭލާ އެއްކޮޅަށް އަރައެވެ. މިހާރަކަށް އައިސް ސައުދީން ގެންގުޅޭ ސިޔާސަތުތައް ހުންނަނީ އެމެރިކާ އާއި އިޒްރޭލުގެ ސިޔާސަތާއި އެއްގޮތަކަށެވެ. ދުނިޔޭގައިވާ 1.5 ބިލިޔަން މުސްލިމުންގެ ތާއީދާއި ހަމްދަރުދީ ހޯދުމަށްޓަކާ މައްކާއަށް ހަމަލާދޭން އުޅުނުކަމުގެ ދޮގު ތުހުމަތު ޚޫތީންގެ ބޮލުގައި އަޅުވަނީ ކަމަށް ވަރަށް ބޮޑަށް ހީވެއެވެ. ސައުދީ އަކީ ހައްޖު އާއި އުމްރާ ފަދަ މަތިވެރި އަޅުކަން އެއީ ޓޫރިޒަމް ކަމަށް ހަދައިގެން އުޅޭ ވަކި އާއިލާއެއްގެ ނަމުން ދަންދީގެން އުޅޭ އެމެރިކާގެ ގޮނޑިކޮށްކޮ ސަރުކާރެއް އޮންނަ ޤައުމެކެވެ.