މުނިފޫހިފިލުވުން

ސުޝާންތަށް ހަދާ ދެ ފިލްމެއް އާއިލާ އިން ހުއްޓުވައިފި

11 އޮކްޓޯބަރ 2020 - 08:00

ޖޫން މަހު މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތަށް ބިނާކޮށް ހަދާ ދެ ފިލްމެއްގެ މަސައްކަތް އޭނާގެ އާއިލާ އިން ހުއްޓުވާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި ބިހާރުގައި ދިރިއުޅޭ ސުޝާންތުގެ އާއިލާ އިން ހުއްޓުވި ދެ ފިލްމަކީ ސުޝާންތާ ވައްތަރުވެގެން އޭނާގެ ރޯލް ކުޅެން ލިބުނު ސަޗިން ތިވާރީ ސޮއިކުރި ދެ ފިލްމެކެވެ. އޭގެ ތެރެއިން އެއް ފިލްމަކީ "ސުއިސައިޑް އޯ މާޑާ" އެވެ. އެ ފިލްމު ޖޫން މަހު އިއުލާންކޮށް، ކާސްޓުން ހަމަޖެއްސީ ޖުލައި މަހުގެ ތެރޭގަ އެވެ. އަދި މައިގަނޑު ކާސްޓުންގެ ފަަސްޓްލުކް ޕޯސްޓަރު ވެސް ދައްކާލާފައިވެ އެވެ.

މީޑިއާތަކުން ބުނި ގޮތުގައި ސުޝާންތަށް ބިނާކޮށް ފިލްމެއް ހެދޭނީ ނުވަތަ ފޮތެއް ވެސް ލިޔެވޭނީ އާއިލާގެ ރުހުން ލިބިގެންނެވެ. އަދި ހުއްދަ ނުހޯދައި އެފަދަ މަސައްކަތެއް އެއްވެސް ބަޔަކު ކުރާ ނަމަ އެކަން އާއިލާ އިން ހުއްޓުވާނެ ކަމަށް ބުންޏެވެ.

ސުޝާންތުގެ މަރާ އެކު އޭނާ އަށް ބިނާކޮށް ފިލްމުތަކެއް ހަދަން ވަރަށް ގިނަ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން ފޫގަޅާފައިވެ އެވެ. އޭގެ ތެރެއިން މަސައްކަތް ފަށައި، ޕޯސްޓަރު ވެސް ދައްކައިލި ފިލްމުތަކުގެ ތެރޭގައި "ޝަޝަންކް" ހިމެނެ އެވެ.

މީގެ އިތުރުން "ސުޝާންތު" އާއި "ސުޝާންތު ސިންގް ރާޖްޕޫތު ބައޮގްރަފީ" އާއި "ސުޝާންތު ރާޖްޕޫތު: ޓުރުތު ވިންސް" އާއި "ދި އަންސޯލްވްޑް މިސްޓްރީ" އަދި "އަންޔޭ: ދަ ޖަސްޓިސް" ފަދަ ނަންތައް ރަޖިސްޓްރީކުރަން ހުށަހަޅާފައިވާ ކަމަށް އިންޑިއަން މޯޝަން ޕިކްޗާ ޕްރޮޑިއުސާޒް އެސޯސިއޭޝަން (އައިއެމްޕީޕީއޭ) އިން މިދިޔަ މަހު ބުނެފައިވެ އެވެ.

ސުޝާންތު ދަންޖެހިގެން މަރުވީ ޖޫން މަހުގެ 14 ގަ އެވެ. ނަމަވެސް އޭނާ މަރާލީ ކަމަށް ބުނެ އާއިލާ އާއި ރައްޓެހިން ތުހުމަތުކުރުމުން އެ މައްސަލަ އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން އަންނަނީ ތަހުގީގުކުރަމުންނެވެ. އަދި އެ ތަހުގީގެ ތެރެއިން އިންޑިއާގެ އެއިމްސް ހޮސްޕިޓަލްގެ ތަޖުރިބާކާރުންގެ ޓީމަކުން އެކުލަވާލާފައިވާ ރިޕޯޓެއްގައި ބުނާގޮތުން ވެސް 34 އަހަރުގެ އެކްޓަރު މަރުވީ އަމިއްލައަށެވެ. އަދި އެކަމުގައި އިތުރު އެއްވެސް ބައެއްގެ އަތެއް ނެތެވެ. މިކަމާ ގުޅިގެން ސުޝާންތުގެ އާއިލާ އިން މިހާރު ވަނީ ސީބީއައި އިން އަލުން ފޮރެންސިކް ތަހުގީގެއް ހިންގުމަށް އެދިފަ އެވެ.

އެއިމްސްގެ ރިޕޯޓް ލީކްވެފައި ވަނިކޮށް މި މަހުގެ 6 ގައި މުމްބާއީ ހައި ކޯޓުން ވަނީ ސުޝާންތު މަރުވުމުގައި މަސްތުވާތަކެތި ބޮޑު ދައުރެއް އަދާކޮށްފައިވާ ކަމަށް ބަލައި، ސުޝާންތު ލޯބީގެ ގޮތުން ގުޅިގެން އުޅުނު ރިއާ ޗަކްރަބަތީ ހައްޔަރުކޮށްފައި މަހެއްހާ ދުވަހު ބެހެއްޓުމަށް ފަހު ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ.

ނާކޮޓިކް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އަށް ދީފައިވާ ބަޔާންތަކުގައި ރިއާ، 27، ވަނީ ސުޝާންތަކީ ޑްރަގް އެޑިކްޓެއް ކަމަށާއި އޭނާ އެދިގެން މަސްތުވާކަތި ހޯދައި ދިން ކަމަށް އެއްބަސްވެފަ އެވެ. އެކަމަކު ސުޝާންތުގެ މަރާއި އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެފައިވެ އެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454