ސައީދު، މަޖިލީހުގައި ވާހަކަ ދައްކަވަނީ: އެފްޓީއޭ ތަންފީޒުނުކުރަން ސަރުކާރުން ދައްކާ ވާހަކަތަކާ މެދު ހިތްހަމަޖެހިވަޑައިނުގެން އަންނަނީ ރައްދު ދެއްވަމުން. --ފޮޓޯ/މިހާރު
12 އޮކްޓޯބަރ 2020 - 12:30
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާއާ އެކު ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ފައިދާ ހޯދެން އޮއްވައި، މި ސަރުކާރުން ދައްކަނީ އޮއްޓަރެއް ނެތް ވާހަކަ ކަމަށް ވިދާޅުވެ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ފާޑުވިދާޅުވެއްޖެ އެވެ.
ސައީދު މިހެން ވިދާޅުވީ، މިހާރު އޮތް ގޮތަށް އެއްބަސްވުން ތަންފީޒުކޮށްފި ނަމަ އިގްތިސާދަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެތީ އެފަދަ ވިސްނުމެއް މި ސަރުކާރުގައި ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވުމުންނެވެ. މި ސަރުކާރުގެ ވިސްނުމަކީ އެއްބަސްވުން ރިވިއުކުރުމެވެ.
ސައީދު ވިދާޅުވީ އެފްޓީއޭގެ ވާހަކަ ސަރުކާރުން ދައްކަނީ އެއްވެސް ޒިންމާދާރުކަމެއް ނެތި ކަމަށެވެ. އެއީ ހުސް ވާހަކަ ގޮތުގައި ސިފަކުރައްވައި އޮއްޓަރު ހުރި އެންމެ މިސާލެއް ދެއްކެވުމަށް އެދިވަޑައިގަތެވެ.
އެ ހިތްވަރު ސަރުކާރުގައި ހުންނަންވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އެފްޓީއޭގެ ސަބަބުން ރާއްޖެ އަކީ ސީފުޑް އަދި އަގުބޮޑު މުދަލުގެ ރީއެކްސްޕޯޓް ހަބަކަށް ހެދޭނެ،" ސައީދު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ، އެއްބަސްވުމުގައި ބައެއް ކަންކަން ރަނގަޅު ނަމަވެސް ޖުމުލަކޮށް ރާއްޖޭގެ އިގުތިސާދަށް މާ ބޮޑު ފައިދާއެއް ނެތް ކަމަށެވެ. ޗައިނާ އިން އަގުހެޔޮކޮށް މުދާ އެތެރެކުރެވުނަސް އެހެން ގައުމުތަކުގެ މުދަލުން ބޮޑު ޕަސެންޓެއްގެ ޑިއުޓީ ނެގުމުން ވަރަށް ގިނަ ވިޔަފާރިތަކާ އެކު އޮތް ގުޅުން ހީނަރުވާނެ ކަމަށް ވިދާޅުވި އެވެ.
"ކުރިން ފަށާފައި ހުރި ވިޔަފާރިތައް އަލުން ފައްޓާނެ ޖާގައެއް އޭރަކުން ނޯންނާނެ. އެހެންވެ އޭގައި އޮތް ގޮތަށް މިހާރު ކުރިއަށް ގެންދިއުން އެއީ އަޅުގަނޑު އިގުތިސާދީ މިނިސްޓަރަކަށް ހުރެ ކުރިއަށް ގެންދާނެ ކަމެއް ނޫން،" ފައްޔާޒު ވިދާޅުވި އެވެ.
އޭނާ މިހެން ވިދާޅުވިއިރު، ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ދާދި ފަހުން ވިދާޅުވެފައި ވަނީ މި އެއްބަސްވުން ތަންފީޒު ނުވެގެން އުޅެނީ ބާރުވެރިކަން ހޯދުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އޮތް އަރައިރުމެއްގެ ސަބަބުން ކަމަށެވެ.
ސައީދުގެ މި ތުހުމަތު އައީ. އެފްޓީއޭ ތަންފީޒުކުރުމަށްޓަކައި މަޖިލީހުން ހަދަން ޖެހޭ ގާނޫނުތައް ނުހަދައި އޮތުމުން، އެ އެއްބަސްވުން މިހާރު ނެތް ކަމަށް މަޖިލީހުގައި ނަޝީދު ވިދާޅުވުމުންނެވެ.
މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ޗައިނާއާ އެކު ސޮއިކުރަން ދިވެހި ސަރުކާރުން ނިންމިއިރު، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭރުގެ އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވެފައި ވަނީ ޗައިނާއާއެކު ފްރީ ޓްރޭޑް އެގްރީމަންޓެއް ގާއިމް ކުރުމަށް ކުރާ މަސައްކަތުގައި، އެއްބަސްވުމުގައި ސޮއިކުރަން ނިންމުމަކީ މަސްވެރިކަމާއި ޓޫރިޒަމްގެ ދާއިރާ އަށް ލިބުނު ވަަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އެއްބަސްވުމުގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު "ކޮންސިއުމާ މާކެޓް"ގައި އެއްވެސް ޑިއުޓީ އަކާ ނުލައި، މަހުގެ ބާވަތްތަކުގެ ވިޔަފާރި ކުރެވޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދޫ
14 October 2020
ތިޔައީ ރާއްޖެއަށް ފައިދާހުރި އެގްރީމެންޓެއް.އެގްރިމެންޓް ތަންފިޒު ކޮށް ފައިދާހޯދަންފެށުމުން އިންޑިޔައާ ލަންކާ އާ ޑުބާއީ ސިބަގަޕޯރ ފަދަ ތަންތާގެ ސިޕިންގ މާކެޓަށާ އިމްޕޯޓް ތަކަށް ބަދަލު އައުން އެކަށީގެންވޭ.އެކަމަކު މިހާރަށް ވުރެ ދިވެހިގައުމަށް ދިވެހިންގެ ވިޔަފާރިއަށް ހާއަސަކޮށް ޗައިނާ އިން އިޕްޕޯޓް ކޮށްގެން ކުރާ ވިޔަފާރީގަ މިހާރަށް ވުރެ ނަފާ ބޮޑުވާނެ.
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
14 October 2020
" ފައިދާވާނެ " ނުވާނެ ބުނަން ޖެހި ހިސާބު ކޮބާތޯ. ކުރި ދިރާސާ ކޮބާތޯ ؟ ކޮބާތޯ ތަޖުރިކާރުން ގެ ލަފާ ؟ ކޮބާތޯ ޗަންޕާ އަފީފް ،އޮއްޗު ،ގާސިމް ފަދަ ބިޔަ ވިޔަފާރި ތަޖުރިބާކާރުން ދެކޭގޮތް ؟ ފައިދާ އަކީ ސައީދު އިއްވާ ކޯޓް ހުކުމެއް ކޯޓް އަމުރަކުން ނެރޭ އެއްޗެއްނަމަ އޯކޭ ފައިދާ ވާނެ.
1234
12 October 2020
އަދިވެސް ތިބޭކާރު ވާހަކަ ހުއްޓާކަށްނުވޭތަ ؟
ކެރޯން
12 October 2020
މީއެއްވެސް އޮށްޓަރެއް ނުހުންނަ ވާހަކަ ދައްކާ ކޮހެއް.
ވައިސޫރި
12 October 2020
ބާރުއޮއެއްއިރު މަޖުލީހައް އިދިކޮޅު މެންބަރުން ވަނަނުދީ ގެންދެވިއިރު އެގާނުނުތައް ނުހެއްދެވީ ކީއްވެގެންތޯ ތިޔަ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ވިޔަފާރީގެ ސިނާއަތް ޗައިނާގެ ބާރުގެދަށައް ނުދާނެތޯ ތަފާތުނަމެއްގާ ދެވަނަ ވޯރާވެރިން އުފެދިގެންނުދާނެތޯ މިހިރީ ހައްތަހާވެސް ވެދާނެ ގޮއެއްތައް ވިސްނަވާ
12134
12 October 2020
ކީއްވެތަ އެކަންނުކުރީ ސަރުކާރު ވެއްޓުނީމާ ތިވާހަކަ ދެއްކުމުގެ ބޭނުމެއްނެތް؟
އަލްޖިބްރާ
12 October 2020
ކަލޭމެންގެ ވެރިކަމުގައި މިޤައުމުން ތެޔޮވެސް ނަގައިފި! އެކަމު ވީފައިދާއެއް ނެތް ! ތިއީ ފެއިލްވެގެން އެކަހެރި ކޮށްފަ ތިބި ބައެއް ! ތިމައާއި ނުބެހޭ ކަންތަކަށް އަގަނުބާނާހުންނަން ދަސްކޮށްބަލަ ! ކިހާބޮޑު މުސީބާތެއް !
އުމަރުބެ
12 October 2020
ފްރީޓްރޭޑް އެގްރީމެންޓު އިން ފައިދާކުރާނެ، އެހެން ޤައުމަކާއި ނުލައިވެސް އުޅެވޭނެ،