14 އޮކްޓޯބަރ 2020 - 08:19
ސްޕޭސް އެކްސްގެ ވެރިޔާ އީލޮން މަސްކް ފަށާފައިވާ "ސްޓާލިންކް" މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ އިންޓަނެޓްގެ ހިދުމަތް ލިބެން ފެށި ސަރަހައްދުގެ އާންމުން އެ ހިދުމަތަށް ތައުރީފުކުރަން ފަށައިފި އެވެ.
އިންޓަނެޓްގެ ހިދުމަތަށް ހާއްސަކޮށްގެން އީލޮންގެ ސްޕޭސް އެކްސް އިން ފުރަތަމަ ލޯންޗްކޮށްފައިވާ 715 ސެޓެލައިޓްގެ "ފައުޖު"ން އިންޓަނެޓް ލިބޭ ވާހަކަ މިދިޔަ މަހުގެ ފަހުކޮޅު ހިއްސާކުރަމުން ވޮޝިންޓަން އިމަޖެންސީ މެނޭޖްމަންޓް ޑިވިޝަނުން ބުނީ ކެލިފޯނިއާ މާލްޑެން އަވަށަށް "ސްޓާލިންކް" ގެ ބްރޯޑްބޭންޑް އިންޓަނެޓް ލިބޭތީ ހިލޭ އާންމުންނަށް ވައިފައި ލިބޭ ގޮތަށް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން މިހާރު އެތަނުގެ އާބާދީ އަށް ހަލުވި ސްޕީޑްގެ ވައިފައި ލިބެމުން އަންނަ އިރު، ގިނަ ބަޔަކު ބުނަމުން އަންނަނީ މިކަމަށް ތައުރީފު ހައްގު ކަމަށެވެ. ހޯ ޓްރައިބުން ފާހަގަކޮށްފައިވާ ގޮތުގައި "ސްޓާލިންކް" ވިއުގަ އިން އިންޓަނެޓްގެ ސްޕީޑް މިހާރު ސިކުންތަކު 0.3-0.7 މެގަބިޓްސް އަށް ލިބެ އެވެ.
What a difference high-speed internet can make! Our children can participate in remote learning, residents can access #healthcare. We felt like we'd been paddling up-river with a spoon on this. @SpaceX Starlink made it happen overnight. Thanks @WAStateCommerce for introduction.
— Hoh Tribe (@TribeHoh) October 7, 2020
އެގޮތުން ކޮވިޑް-19 ގެ ދަތި އުނދަގޫ ދަނޑިވަޅުގައި ކިޔަވާ ކުދިން އޮންލައިންކޮށް ކިޔަން ޖެހުމާއި އާންމު ރައްޔިތުން ޑޮކްޓަރަށް ދެއްކުން ފަދަ ކަންކަން ވެސް އޮންލައިންކޮށް ކުރަން ޖެހޭތީ "ސްޓާލިންކް" ގެ ވިއުގަވެފައި ވަނީ ގެނެސްދިން ވަރަށް ވެސް ފުރިހަމަ ހިދުމަތަކަށް ކަމަށް އެ ހިދުމަތް ލިބޭ ރައްޔިތުން އަންނަނީ ބުނަމުންނެވެ.
You’re most welcome!
— Elon Musk (@elonmusk) October 7, 2020
މިކަމާ ބެހޭ ގޮތުން ވޮޝިންޓަންގެ ހޯލީ ޓްރައިބްގެ ވައިސް ޗެއާމަން މެލްވިންޖޯން އަޝޫ ވިދާޅުވީ އެ މީހުން ދިޔައީ ފާއިތުވި އަށް އަހަރު އިންޓަނެޓް ހިދުމަތް ހޯދުމުގައި ބޮޑު ތަކުލީފެއް އުފުލަމުން ކަމަށެވެ. އަދި އެކަން ހަނގުރާމައެއްގެ ގޮތުގައި ސިފަކޮށް އޭނާ ވިދާޅުވީ "ސްޓާލިންކް" ގެ ވިއުގައާ އެކު މިހާރު މި ތިބީ 21 ވަނަ ގަރުނުގެ ތެރޭގައިކަން ޔަގީންވެއްޖެ ކަމަށެވެ.
Remote tribe says SpaceX Starlink “catapulted” them into 21st century https://t.co/TLR3vd7IAg
— Adhushan (@Adhushan1) October 13, 2020
"އެ ސަބަބަށްޓަކައި ސްޕޭސް އެކްސް އާއި މި މަޝްރޫއާ ގުޅުން ހުރި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަން،" މެލްވިންޖޯން ވިދާޅުވި އެވެ.
އޭނާގެ މި ވާހަކަތައް ޓްވިޓާގައި ހިއްސާކުރެއްވުމުން އީލޮން ވެސް މަރުހަބާ ކިޔާފައިވެ އެވެ.
"ސްޓާލިންކް" ގެ މަޝްރޫއުގެ ފުރަތަމަ މަރުހަލާ ކާމިޔާބުވެ އިންޓަނެޓްގެ ހިދުމަތް ލިބެން ފެށުމުން ފަލަކީ އިލްމު ދާއިރާގައި މަސައްކަތްކުރާ ބައެއް މީހުން މިހާރު ދަނީ އެ މަޝްރޫއަށް ފާޑު ވެސް ކިޔަމުންނެވެ. އެގޮތުން "ސްޓާލިންކް" ގެ ސެޓެލައިޓްތައް ރޭގަނޑު ދައުރުކުރާތީ ޖައްވީ މިޝަންތަކަށް ބުރޫއަރަމުންދާ ކަމަށް ބުނެފައިވެ އެވެ.
ސްޕޭސް އެކްސް އަމާޒަކީ 2021-2022 އާ ދޭތެރޭ "ސްޓާލިންކް" ޕްރޮޖެކްގް ތެރެއިން ޖުމްލަ 1،440 ސެޓެލައިޓް ދުނިޔޭގެ އޯބިޓަށް ދޫކޮށްލުމެވެ. އަދި މި ޕްރޮޖެކްޓް އެކީއަކަށް ކާމިޔާބުވެއްޖެ ނަމަ އިންޓަނެޓްގެ ހިދުމަތަށް ބޮޑު ބަދަލެއް ގެނުވާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
14 October 2020
ސްޓާލިންގެ ސްޕީޑަކީ 100 އެމްބީޕީއެސް.
އަހުމަދުބޭ
14 October 2020
ތިޔަ ޚިދުމަތް އަހަރުމެންނަށްވެސް ލިބޭނެނަމަ ދޯ، އޭރުން ރާއްޖޭގެ ރައްތަކުގައި އުޅޭއެންމެން ތިބޭނީ ހިނިތުންވެފައި، މިހާރު އަބަދު މިޖެހެނީ ޑާޓާ ހުސްވެގެން އުޅެން
HAMMADH
14 October 2020
އަތްފޯރާ ފަށުގައި އިންޓަރނެޓް ހޯދުމުގެ، އަހަރެންގެ ހަމައެކަނި އުންމީދު، އުރީދޫ އަދި ދިރާގު އުޅޭނެ ރާއްޖޭގައި ސްޓާރލިންކް ބްލޮކް ކުރެވޭތޯ.
ތަރސހެހ
14 October 2020
ރާއްޖެއައް އެހިދުމަތް ދިނުމަށް ޖެހޭނީ ކެމްއިން ހުއްދަ ހޯދަން! އެހެން ގޮތަކަށް ނުލިބޭނެ