ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު. ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ޖާބިރު ހުށަހެޅުއްވި އިސްލާހުގެ ފުރަތަމަ ކިއުން މިއަދު އިއްވި.
14 އޮކްޓޯބަރ 2020 - 10:31
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ގާނުނޫނުއަސާސީ އަށް ހުށަހެޅި އިސްލާހު މަޖިލީހަށް އެޖެންޑާކޮށް، އެ ބިލްގެ ފުރަތަމަ ކިޔުން މިއަދު އިއްވައިފި އެވެެ. ފުރަތަމަ ކިޔުން އިއްވުމާ އެކު، މަޖިލިހުގެ ގަވައިދުގައިވާ ގޮތުގެ މަތިން ވަކި މުއްދަތެއް ދިނުމަށް ފަހު ދެން އޮންނާނީ އެކަމާ މެދު މަޖިލިހުގެ ތަޅުމުގައި ބަހުސް ފެށުމެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރަން ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު އިސްލާހެއް ހުށަހެޅުއްވީ، އޭނާ ކުރިން ވިދާޅުވެފައިވާ ގޮތުގައި ރިޔާސީ ނިޒާމުގައި ރައީސާއި ވަޒީރުން ޒިންމާދާރުކުރުވޭވަރު ކުޑަކަމުން ރައީސްގެ ބާރު މާ ގަދަކޮށް އޮންނާތީ އެވެ.
ރައްޔިތުންގެ މަޖިލިހަށް ބިލް ހުށަހެޅުއްވުމުގެ ކުރިން "މިހާރު" އަށް ޖާބިރު ވިދާޅުވެފައި ވަނީ ރިޔާސީ ނިޒާމަކުން ރާއްޖޭގެ ވެރިކަން ހެޔޮގޮތުގައި ހިންގޭނެ ކަމަށް އޭނާ ގަބޫލު ނުކުރައްވާ ކަމަށެވެ.
"މި ނިޒާމުގައި ރައީސް އެ ހުންނަވަނީ ރަސްކަލެއްހާ ބާރުގަދަކޮށް. ޖަވާބުދާރީ ކުރުވޭނެ އެއްވެސް ގޮތެއް ނެތް. މީހުން ނުވެސް ދަންނަ ބަޔަކު ވަޒީރުންނަށް ލީމާ ކޮރަޕްޝަން ހިންގަވާފައި، އެ ބޭފުޅުން އެ ތިއްބަވަނީ ފިއްލަވައިގެން. ގައުމެއް ނުހިނގާ. ގައުމު މި އޮތީ ބަނޑަށް ޖެހިފައި،" ޖާބިރު އޭރު ވިދާޅުވި އެވެ.
ބަރުލަމާނީ ނިޒާމުގެ ފައިދާތަކުގެ ގޮތުގައި ޖާބިރު ދެ ކަމެއް ދެއްކެވި އެވެ. އެއީ ސަރުކާރުގެ އެންމެ އިސްވެެރިޔާ (ބޮޑުވަޒީރު) އަދި އެހެން ވަޒީރުން ވެސް ވަޑައިގެން ރައްޔިތުންގެ މަންދޫބުންގެ ތެރޭގައި އަތުޖެހޭ ހިސާބުގައި ތިއްބެވުމެވެ. ދެވަނަ ކަމަކީ އޭނާ ވިދާޅުވި ގޮތުގައި ވަޒީރުންނަކީ ރައްޔިތުން އިންތިހާބުކުރާ ބަޔަކަށް ވާނެތީ އެ ބޭފުޅުން ވެސް ޒިންމާދާރުވާނެ ކަމެވެ.
"ބަރުލަމާނީ ނިޒާމަކީ ވަރަށް ކާމިޔާބު ނިޒާމެއް. ސީޝެލްސް، މޮރިޝަސް އަދި ބޮޑެތި ގައުމުތަކަށް ބަލަންޏާ ޔޫކޭ، ޖާމަނީ، އިޓަލީ މިހެން ގޮސް ޔޫރަޕިއަން ޔޫނިއަންގެ ހުރިހާ ގައުމެއްގައި އެ ނިޒާމު އެ ގެންދަނީ ކާމިޔާބު ކަމާ އެކު ހިންގަމުން،" ޖާބިރު ވިދާޅުވި އެވެ.
ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ތެރެއިން ބަރުލަމާނީ ނިޒާމު ގެންނަން އެދިވަޑައިގަންނަވާ ކަމަށް އެންމެ ގިނައިން ވިދާޅުވާ ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެެވެ. ނިޒާމު ބަދަލުކުރަން ޖާބިރު އިސްލާހު ހުށަހެޅުއްވުމުން ނަޝީދު އިއްޔެ ވިދާޅުވީ އެ އިސްލާހު އޮތީ އެދިވަޑައިގަންނަވާ ގޮތަށް ނޫން ކަމަށާއި މިއީ ނިޒާމު ބަދަލުކުރުމުގެ ވާހަކަ ދައްކަން ރަނގަޅު ވަގުތު ވެސް ނޫން ކަމަށެވެ.
"ތަކުރާރުކޮށް އަޅުގަނޑު ދަންނަވާލާނަން، އިސްލާހަކަށް އަޅުގަނޑު ވެސް އެދެން. އެހެން ނަމަވެސް އަޅުގަނޑު ނުދެކެން މިއީ އަޅުގަނޑުމެން އެ ބަހުސް ހިންގާންވީ ވަގުތު ކަމަކަށް ވެސް. އަދި މި އިސްލާހު މިބަޔާން ކުރެވެނީ އެ މަގަށް ކަމަށް ވެސް،" ނަޝީދު ވިދާޅުވި އެވެ.
ގާނޫނުއަސާސީ އިސްލާހު ކުރަމުން އައިސް، ވެރިކަމުގެ ނިޒާމު ކަނޑައެޅުމާ ހަމައަށް އައުމުން 2007 ގައި އެކަމާ ބެހޭގޮތުން ވޯޓެއް ނެގި އެވެ. އެ ފަހަރުގެ ވޯޓުން ފާސްވީ ރިޔާސީ ނިޒާމު ބޭއްވުމަށެެވެ. އެކަމަކު އޭރު އެމްޑީޕީން އެ ވޯޓުގެ ނަތީޖާ ގަބޫލެއް ނުކުރެ އެވެ. އެ ޕާޓީން ތުހުމަތުކުރި ގޮތުގައި ނަތީޖާ ވަނީ އޭރުގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ސަރުކާރުން އޮޅުވައިލަފަ އެވެ.
ނިޒާމީ ވޯޓުގައި އެމްޑީޕީ ފިޔަވައި ސިޔާސީ އެހެން އިސް ފަރާތްތަކުން ތާއީދުކުރީ ރިޔާސީ ނިޒާމަށެވެ. އެމްޑީޕީން އޭރު ތާއީދުކުރީ ބަރުލަމާނީ ނިޒާމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަސޯ
28 October 2020
ކޮންއިރަކުންތަ މިކަލޭގެ ހައްޔަރުކޮށް ސަރިއްޔަތް ފަށާނީ؟
ބާބާ
14 October 2020
ތިކަން ޕާލަމެންޓުން ކުރާނެ. ޔާމީނުގެ އެކައުންޓް ބަންދުކުރީ ރަނގަޅަށް ނޫންކަމަށް ނިންމި ހިސާބުން ތިކަން އެނގިއްޖެ. ޢަދި ޖަލުންވެސް ޔާމީނު މިނިވަންކުރާނެ. ތި ބަހުސް ނިމޭނީ އެހިސާބުން.
ުވައިސޫރި
14 October 2020
ކޮންމެ ނިޒާމެއް އޮތަސް ޖާބިރައް ޖެހޭނީ ހަމަ ތިޔަގޮތައް ބޮލިރަވަ ތަޅުވަ ތަޅުވާ ހުންނަން ކުރެވޭނެކަމެއް ނެއްތާ ކޮއްދެވޭނެ ކަމެއްވެސް ނޯންނާނެ
ނޫސް ބަލާމީހާ
14 October 2020
ޖާބިރު ތިއުޅެނީ ރައްޔިތުނެގެ އަތުން ތިން ޙައްޤު ތެރެއިން ދެހައްޤު އަތުލަން ވެގެން. މަޖިލިސް މެމްބަރުކަން ދިން ކަމުގައިވިޔަސް ވެރިޔަކަށް ހުންނަ މީހަކީ މެމަބަރަށް އަހަރެމެން ދޭން ބެނުން ބާރެއްނޫން. ޕާޓީ އިދިކޮޅުވިއަސް އައެއްކޮޅުވިޔަސް ޤައުމުގެ ވެރިޔާއަކީ ހުސްއެކަނި ލިޔަން ކިޔަން ދަންނަ މީހަކަށް ހަދާކަށް އަހަރެމެން ފުރުށަތު ދޭކަށް ނެތީމު. މިބުނީ ވަރަށް ބައިވަރު ވާހަކަ.
ދޮންބެއްޔާ
14 October 2020
ކޮބައިތޯ ދިވެހި ރައްޔިތުންގެ ބަސް. މަޖިލީހަށް ތިބޭފުޅުން ހޮއްވެވީ ރައްޔިތުން. އޭގެ މާނައަކީ ތިބޭފުޅުން ބޭނުންފުޅުވާހައި ގޮތަކަށް ކަންކަން ކުރެވޭނެއެކޭ ނޫން. ތިބޭފުޅުންނަށް މީރުވާހައި ގޮތްގޮތަށް ފޮނިތޮށި ކާފޫރުތޮޅި ލައިގެން ތައްޔާރެއް ނުކުރެވޭނެ
އިނާ މް
14 October 2020
ރާއްޖޭގެ ވެރިކަމުގެ ނިޒާ މްގެ ވާހަކައަކީ ފައިސާ ނެރުމަށް ހިންގޭ އިތުރު ވިޔަފާރި ޕްރޮޑަކްޓެއް. ޢިޚްލާސްތެރިން މަދުތަނެއްގައި އޮންނާނީ އޮޅުވާލުމާއި ނާޖާއިޒު ފައިދާ ނެގުން އޭގެ ފަހަތުން ނުކުންނާނީ އަނިޔާވެރިކަން
ށފފސ
14 October 2020
އެ މްޑީޕީ މީހެއްގެ ހައިސިއްޔަތުން ވަރައްފޫހިވެއްޖެ. ނަސީދުގެ ކަންތައް މާބޮޑީ ، ވައުދުވި ކަންތައް ބަހައްޓާފަ ނަސީދުގެ އަ މިއްލަކަންކަ މާ އުޅުންނޫންކަ މެއްނެތީތަ!
ތެދެއް.
14 October 2020
ވަގުތުން ވަގުތަށް ތިގޮތަށް މަޖިލިސް އޮޕަރޭޓް ކުރާންޖެހޭ.
ދޭސީ
14 October 2020
މި ޖާބިރަކީ މޮޔައެއްހެން އުޅުނަސް ވަރަށް ނުރައްކާ މީހެއް. ނަޝީދު އަޑީގަ ހުރެގެން ހިންގަން އުޅޭ ޖަރީމާ މިހުންނަނީ
އޮނަރަބްލް އަފީފު ދީދީ
14 October 2020
ޕާލަމަންޓްރީ ސިސްޓަމަށް ދިއުމުގެ ކުރިން މަޖިލީހުގައި ތިބި މެންބަރުން ފޫޅުކަޑާފައި ތިބީ ކޮންކޮން ދާއިރާއެއްގެ ކޮން ރައްޔިތުން ތަކަކަށްކަން ކަށަވަރުކޮށް ޔަޤީން ކުރާންޖެހޭ. # މައުމޫނު އަދި އޭގެފަހުން އައި ވެރިކަންތަކުގައިވެސް ވަކިންޙާއްސަކޮށް ޔާމީންގެ ބޭއިންސާފުވެރިކަމުގައި މާލޭމީހުނަށް ފައިދާހޯދާދީ ބާރުވެރިކުރާން މަޖިލީހުގެ ގޮނޑިތައް މާލެއަށް އިތުރު ކުރުމަށް ދަފުތަރަށް އެހެން ރަށްރަށުގެ މީހުން އިތުރުކޮށްފައިވޭ. ވޯޓަށްފަހު ދަފުތަރުމީހާއަށް އޭނާގެ މެންބަރުނުވެސްއިގޭނެ.
ޖަރިބީ
14 October 2020
އަހަރެންނަކީ ސީދާ ތިކަން ތަޖުރިބާ ކުރި މީހެއް. ދަފުތަރު މީހުނަށް ދަފުތަރު ދާއިރާ ހަދާންޖެހޭ. އެހެން ނޫނީ އިންތިޙާބު ވުމަށްފަހު އަހަރެންގެ މެންބަރަކީ ކާކުކަން އަހަރެންނަކަށްވެސް ނޭގޭ. ވަރަށް ޖޯކް ގޮތަކަށް އޮންނަ ކަމެއް.
ޖާބިރު. . / ކާށިދޫ
14 October 2020
މަޖިލީހުގައި ހުރި ދަފުތަރު ދާއިރާގެ ގޮނޑިތަކަށް މެންބަރުން ހޮވާން ވާނީ ހަމަ އެކަނި ދަފުތަރު މީހުން ވޯޓް ލައިގެން. މިހާރު އޮންނަ ގޮތުން އިންތިޙާބު ވުމަށް ފަހު އެ މެންބަރުން ބޭނުމެއްނުވޭ ދަފުތަރު މީހުންގެ ވާހަކަ އަޑު އަހާކަށް. އެމީހުން ވެސް ބަދަލު ވަނީ މާލޭ މެންބަރުންނަށް.