ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ބޭއްވި އެއްވުމެއް.
19 އޮކްޓޯބަރ 2020 - 10:26
އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އޭރުގެ އިދިކޮޅު، މިހާރު ސަރުކާރު ހިންގާ ކޯލިޝަނުން އެންމެ ބޮޑަށް ދެއްކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ކޮރަޕްޝަންގެ ވާހަކަ އެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް އެންމެ ބޮޑު ވައުދަކަށް ވީ އެކަންކަން ބަލައި، ދައުލަތަށް ގެއްލުނު ފައިސާ ހޯދައިދިނުމާއި ނުހައްްގުން މުއްސަނދިވި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމެވެ. އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ރައްޔިތުން ދިނީ ކުރިން އެއްވެސް ޕާޓީއަކަށް ނުލިބޭހާ ގިނައިންނެވެ.
ނުހައްގު މުއްސަނދިކަމަކީ ކުށަކަށް ހަދަން ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ބިލެއް ހުށަހަޅައިފަ އެވެ. ފޮނަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މޫސާ ސިރާޖު ހުށަހެޅުއްވި ބިލްގައި ބުނެފައި ވަނީ ދައުލަތުގެ މުވައްޒަފަކަށް ނުވަތަ އެހެން މީހަކަށް ނުވަތަ ފަރާތަކަށް އެނގި ހުރެ ސީދާ ނުވަތަ ނުސީދާ މަންފާއެއް ދޭން ވައުދުވުން ނުވަތަ ދިނުމަކީ ކުށެއް ކަމަށެވެ. އެ މަންފާއަކީ ގާނޫނުގައި ހުއްދަކޮށްފައި ނުވާ އަދި އެ މުވައްޒަފު ރަސްމީ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވާޖިބު އަދާކުރުމުގައި ވަކި ކަމެއް ކުރުމުގެ ނުވަތަ ވަކި ކަމެއް ނުކޮށް ދޫކޮށްލުމުގެ މުގާބިލްގައި ދިނުމަށް ވައުދު ވެފައިވާ ނުވަތަ ދިނުމަށް ހުށަހަޅާފައިވާ ނުވަތަ ދީފައިވާ އެއްޗެއް ކަމަށް ބިލުގައިވެ އެވެ.
އެކަމަކު ކޮރަޕްޝަންގެ މައްސަަލަތައް އަވަހަށް ބަލަން އެންމެ ގިނައިން ގޮވާލައްވާ މެމްބަރުން ވިދާޅުވާ ގޮތުގައި މައްސަލަތައް ނުބެލިގެން އުޅެނީ އެފަދަ ގާނޫނެއް ނެތިގެންނެއް ނޫނެވެ.
މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލް ފާސްވެގެން ނޫނީ ކޮރަޕްޝަންގެ މައްސަތައް ނުބެލޭނެ ކަމަށް ގަބޫލުކުރުން ރަނގަޅު ނޫން ކަމަށެވެ. އެކަމަކު މިދިޔަ ހޯމަ ދުވަހު ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވި ގޮތުގައި ކޮރަޕްޝަންގެ މައްސަލަތައް ނުބެލިގެން އުޅެނީ ނުހައްގު މުއްސަނދިކަން ތަހުގީގު ކުރެވޭނެ ގާނޫނެއް ނެތިގެން ކަމަށް ބައެއް ތަހުގީގީ އިދާރާތަކުން ވެސް ބުނެ އެވެ.
"އަޅުގަނޑު ހަަމަ އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރަން، މި އާ ކުށް [ނުހައްގު މުއްސަނދިކަން] ކުށަކަށް ނުހެދިގެން، ދައުލަތަށް ހޯދަން ޖެހޭ ފައިސާ ނުހޯދިގެން އުޅޭ ކަމަކަށް. އަދި ކޮރަޕްޝަންގެ ތަހުގީގުތައް ވެސް ނުކުރެވި ވަނީ މި ސަބަބާ ހުރެ ކަމަކަށް،" އިންތި ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ވެސް ރައީސް މުހައްމަދު ނަޝީދު އެ ޖަލްސާފައި ވިދާޅުވީ ރާއްޖޭގައި ނުބެލި ހުރީ ވަރަށް ސާފުކޮށް ފެންނަން ހުރި ކޮރަޕްޝަންގެ މައްސަލަތަކެއް ކަމަށެވެ. އެހާ ސާފުކޮށް އޮތް މައްސަލަތަކެއް ނުބެލޭތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް، ކުރީގެ ރައީސް ވިދާޅުވި އެވެ.
މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ކޮރަޕްްޝަންގެ ވާހަކަ ދައްކަވަން މިހާރު ކުޑަކޮށް ލަދުފުޅު ވެސް ގަންނަ ކަމަށެވެ. އެއީ ނުހައްގުން މުއްސަނދިކަން ހޯދި މީހުންނަށް އަދަބު ދިނުމުގެ ވާހަކަ އެހާ ގިނައިން ދައްކަވާފައިވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވެރިކަން ލިބިއްޖެ. ރައްޔިތުންގެ މަޖިލިސް ލިބިއްޖެ. މިނިވަން މުއައްސަސާތައް އިސްލާހުކުރަން އަޅުގަނޑުމެންނަށް ލިބިއްޖެ. އެކަމަކު ވެސް އަޅުގަނޑުމެންނަށް ހަމަ ހިލާ މިކަމެއް ނުވި،" އީވާ ވިދާޅުވި އެވެ.
ކޮރަޕްޝަނުގެ މައްސަލަަތައް ބަލަން އެމްޑީޕީން ވީ ވައުދު ފުއްދެމުން ނުދާ ކަމަށް އޭނާ އިއުތިރާފުވެވަޑައިގަތެވެ. އެކަމަކު އެކަމުގައި ދެން ދައްކާނެ އުޒުރެއް ވެސް އެމްޑީޕީއަކަށް މިހާރު ނެތް ކަމަށް ވިދާޅުވި އެވެ.
އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވީ ރާއްޖޭގައި ކޮރަޕްްޝަންގެ މައްސަލަަަތައް ނުބެލިގެން އުޅެނީ ގާނޫނުތައް ތަންފީޒުކުރުމުގައި ވަކި ބަޔަކަށް ނުވަތަ ވަކި މައްސަލަތަކަކަށް އިސްކަންދީގެން ކުރިއަށް ގެންދާތީ ކަމަށެވެ. އެގޮތުން ގާނޫނުތައް ބޭނުންކުރަނީ ޒާތީ ގޮތުުން މީސްމީހުންނަށް ކެހި ދިނުމަށް ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.
"ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުކަމަށް ވިޔަސް، ޓެރަރިޒަމް ހުއްޓުވުމުގެ ގާާނޫނުކަމަށް ވިޔަސް، އާއްމު އިޖުތިމާއީ މިންގަނޑުތަކުގެ ގާނޫނުކަމަށް ވިޔަސް ދީނީ އެއްބައިވަންތަކަމުގެ ގާނޫނުތައް ކަމަށް ވިޔަސް މި ބޭނުންކުރަނީ ވަކި ބަޔަކާ ދޭތެރޭގައި ޒާތީ ހަސަދައެއް ފިލުވައިލަން،" ވަައްޑޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަށެއްގެ ކައުންސިލަރަކު ބައި ކޮތަޅު ސިިމެންތި ނެގިޔަސް އެ މައްސަލަ ވަރަށްް އަވަހަށް ބަލާ ކަމަށެވެ. އެކަމަކު ދައުލަތުން އެތައް ބިލިޔަން ރުފިޔާއެއް ނަގާ މީހުންގެ މައްސަލަތައް ނުބެލޭ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުުކުރެއްވި އެވެ.
އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވެސް ވިދާޅުވީ ތަހުގީގީ އިދާރާތަަކަށް ބެލެނީ ވަކި ބައެއްގެ މައްސަލަތައް ކަަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މައްސަލަތައް ބެލުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިސްކަންދޭ ތަރުތީބެއް ވެސް އޮޅުމެއްނުފިލަ އެވެ. އޭސީސީން ބަލަނީ އެކޮމިޝަނަށް މައްސަލަތައް ހުށަހަޅާ ތަރުތީބުން ކަމެއް ނުވަތަ މައްސަލަތަކުގެ ކުޑަބޮޑުމިނަށް ބަލައިގެން ކަމެއް ސާފުނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ކޮރަޕްޝަންގެ ތަހުގީގުތައް ހިންގަން ބޭނުންވާ ފުރިހަަމަ ގާނޫނީ އޮނިގަނޑު މިހާރު ވެސް އެބަ އޮތެވެ. އިންތިގެ ބަހުން ނަމަ ތަހުގީގީ ހުރިހާ އިދާރާއަކަށް ވެސް އެބާރު އޮތީ ލިބިފަ އެވެ.
"މި ހުރިހާ ގޮތްތަކަކުން، މި ނިޒާމުގެ ތެރެއިން މި ކަންކަން ބެލޭނެކަން އަޅުގަނޑު ގަބޫލުކުރަން. މި ނުބެލި މިއުޅެނީ މި ދެންނެވި ގާނޫނު ނައިސްގެން ނޫން ކަމަށް ހަމަ ޔަގީންކަމާ އެކުގައި އަޅުގަނޑަށް ދަންނަވަން ކެރޭ،" އިންތި ވިދާޅުވި އެވެ.
ވައްޑޭގެ ނަޒަރުގައި މައްސަލަތައް ނުބެލެނީ ކޮރަޕްޝަން މާނަކުރަން ނޭނގިގެންނެއް ނޫނެވެ. އޭނާ ވިދާޅުވާ ގޮތުގައި "ނެތިގެން އުޅެނީ އިޚުލާސްތެރިކަމެ"ވެ.
ހަސަން ލަތީފު ދެއްކެވީ އެހެން މިސާލެކެވެ. މާ ކުރިން ވެސް ރާއްޖޭގައި ކޮރަޕްޝަން މާނަކުރެވޭ ގޮތަށް ހުރި ގާނޫނުތަކެވެ.
"ރިޝްވަތު ދިނުން، ރިޝްވަތު ދިނުމަށް އެދުން، ރިޝްވަތު ހިފުން، ރިޝްވަތު ހުށަހެޅުން މިއީ 1968 އިން ފެށިގެން ރާއްޖޭގެ ގާނޫނުތަކުގައި ލިޔެވިފައި ހުރި ކަންކަން،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސޭނުބޭ
20 October 2020
ކުރަން ބޭނުން ކަންތަށްް އެބަވޭނު، އިސްލް ދީން މިހާރު ގާދޫކޮޅުން އެޔޮށްް ބޭރުވަނީ
މޫސަ
20 October 2020
ތިވަރުން ދެން ސަރުކާރު އިސްތިއުފާ ދޭން ފެނޭ.
ޢަފްލާ
19 October 2020
ކަލޯ އޭރުވެސް ވައްކަން މިހާރުވެސް ވައްކަން ހަމަ އެއްތާކު ޖެހެނީ ރ ޔާމީނަށްވުރެ އަރާހުރި ވަގެއް މިހާރު ހުރީ
ހުނިގޮނޑި
19 October 2020
ދެން އިސްތިއުފާދީފަ ތިކަން ވާވަރު ބަޔަކާ ހަވާލުކުރަންވީނު. ބޮޑު މުސާރަ ނަގައިގެން ވާކަމެއް ހަރާން.
ނުވި
19 October 2020
ނުވި ނުވި އެއްކަމެއްވެސް ނުވި. ނުވިނުވި. 5 އަހަރުން ނަގާ އެއްލާލާނަން.
ޖޫލިއާ
19 October 2020
ވެރިކަން ލިބިއްޖެ. ރައްޔިތުންގެ މަޖިލިސް ލިބިއްޖެ. މިނިވަން މުއައްސަސާތައް އިސްލާހުކުރަން އަޅުގަނޑުމެންނަށް ލިބިއްޖެ. އެކަމަކު ވެސް އަޅުގަނޑުމެންނަށް ހަމަ ހިލާ މިކަމެއް ނުވި،" އީވާ ވިދާޅުވި އެވެ. ތެދެއް!! އެކަމަކު އީވާ އަށް 200،000ރ މަހަކަ، ރައީސް ނަޝީދަށް 270،000ރ މަހަކު މުސާރައާއި އެކިއެކި އިނާތަތަކުގެ ގޮތުގައި! ކުރާ ކަމަކީ ރައްޔިތުންގެ މެދުގައި ފިތުނަ އުފެއްދުން އަދި އިސްލާމްދީނަށް ގޮންޖެހުން! އިންޑިޔާއަށް ގައުމު ވިއްކާލުން! ވަރަށް ވާހަކަ!
ގައިމު
19 October 2020
މައްސަލަ ބެލުމުގައި ފެއިލްވީކީ ނޫނޭ. ބެލެން ނެތީ. ހެއްކަކީ ޔާމީން ޖަލުގަ ހުރެފަ އަދީބު ގޭގަހުރީމަ. އަދީބުއާއިއެކު ކުޅުނު ގޭމްގަ ސިޔާސީއޭ ކިޔާ ގިނަ ބަޔަކަށް އޮތީ ބައިވެރިވެވިފަ. ފަނިއެޅުވި މައްސަލަ ރަނގަޅަށް ތަހުގީގްކުރޭ.
ލުތުފީ
19 October 2020
މުޅި ދައުލަތުގެ އެންމެ މަތީފަންތީގައި ކޮރަޕްޝަން އަށަގަތީމަ، ދެން ކޮރަޕްޝަނުގެ ވާހަކަ ދައްކައިގެން ކުރިއެއް ނުލިބޭނެ. ބެގް ބޮރޯ ސްޓީލް ސިޔާސަތު ވަނީ ރަގަޅަށް އަށަގަންނުވާފަ.
ސައިމާ
19 October 2020
"ވެރިކަން ލިބިއްޖެ. ރައްޔިތުންގެ މަޖިލިސް ލިބިއްޖެ. މިނިވަން މުއައްސަސާތައް އިސްލާހުކުރަން އަޅުގަނޑުމެންނަށް ލިބިއްޖެ. އެކަމަކު ވެސް އަޅުގަނޑުމެންނަށް ހަމަ ހިލާ މިކަމެއް ނުވި،" އީވާ ވިސްނަވާލައްވާ ތިވިދާޅުވެވުނު އެއްޗަކަށް. ތިޖުމްލައިން ދެހަވަނީ ތި ޕާޓީގެ އިސް ފަޑީގައިވެސް ކޮރަޕްޝަން މޫލާފައިއޮތްވަރު. މުޅިދައުލަތް ހިތަކަށްލިބި ނަތީޖާނުނެރެވިގެންތިއުޅެނީ ދަވާލި އެމްއެމްއާރުޕީސީގެ ފައިސާ ލިބުނުމީހުން ތިޕާޓީގައިވެސް ތިބީމަ.
ކަޓްލިބިފައި
19 October 2020
މިވެރިކަމުގައި ވެސް ދެން އަންނަން އޮތް ވެރިކަމުގައި ވެސް ކުޅަދާނަ އެއް ނޫނޭ އެމްއެމްޕީއާރުސީން ވައްކަން ކުރި 250 މިލިއަން ޑޮލަރު ހޯދަން މޫނު މައްޗަށް 78 މިލިއަން ޑޮލަރު ކަމަށް ދެއްކި ނަމަވެސް ހަގީގަތުގައި އެމްއެމްޕީއާރުސީން ވައްކަން ކޮށްފައިވަނީ 250 މިލިއަން ޑޮލަރަށް މިވައްކަމުގައި އެމްޑީޕީގެ އެއިރު ވެސް އަދި މިހާރުވެސް ގައުމީ މަޖްލީހުގެ މެމްބަރުންގެ ގޮތުގައި ތިބި ކޮންމެ މެމްބަރަކަށް މަދުވެގެން އެބަހުރި 10 މިލިއަން ރުފިޔާ އާއި ގާތް ކުރާ އަދަދަށް